އޮޅުވާލުމުގެ މައްސަލައެއްގައި ފުލުހުންނަށް ހާޒިރުކުރަން ބޭނުންވާ ހުސެއިން ނަސީރު (ކ) އާއި އާމިނަތު ލަތީފާ -- ފޮޓޯ: ފުުލުހުން
18 އޮކްޓޯބަރ 2020 - 15:03
މާލެ އަދި ވިލިމާލެއިން ތިން ގޯއްޗެއް އިމާރާތްކޮށްދޭނެ ކަމަށް ބުނެ އެ ބިންތައް މޯގޭޖްކުރުމަށް ފަހު އަމިއްލަ ބޭނުމަށް ލޯނެއް ނެގި ކަމުގެ ތުހުމަތުގައި ފުލުހުންނަށް ހާޒިރުވާން އެންގި ދެ މީހުން އަދިވެސް ހާޒިރު ނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މިދިޔަ ހަފުތާގައި ފުލުހުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި މައްސަލައިގައި ހޯދަނީ އުމުރުން 50 އަހަރުގެ ހުސެއިން ނަސީރާއި އުމުރުން 48 އަހަރުގެ އާމިނަތު ލަތީފާ ކަމަށެވެ. މި ދެ މީހުންގެ ވެސް ދާއިމީ އެޑްރެސް އޮންނަނީ މާލޭ ދަފްތަރުގަ އެވެ. އެ ދެ މީހުން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މިއަދު ހެނދުނު 10:00 އަށެވެ.
ފުލުހުން ބުނީ އެ ދެ މީހުން މިއަދު ހާޒިރު ނުވާ ކަމަށެވެ.
"އެ މީހުން ހޯދުމަށް ދެން އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އަޅާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭ ބޮސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ތިން ގޯތި މޯގޭޖްކުރުމަށް ފަހު މޮރިޝަސް ކޮމާޝަލް ބޭންކުން އަމިއްލަ ލޯނެއް ނަގާފައިވާ ކަމަށް އެ މީހުންނަށް ތުހުމަތު ކުރެ އެވެ. ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
އެ ދެ މީހުން ހޯދަން އިއުލާނުކުރީ އެ މީހުން އުޅޭ ތަނެއް ނޭނގުމުން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
20 October 2020
މައްސަލަތަކުގައި ހޯދަންޖެހޭ މީހުންހޯދުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފުލުހުން ފުރަތަމަވެސް ކުރާކަމަކީ ނޫސްތަކަށް މީޑިއާ އަށް ފޮޓޯހާމަކޮށް މީހުންގެ އަބުރު ކަތިލުން، ތުހުމަތެއްކުރެވުނަސް ސާބިތުނުވާހާ ހިނދަކު އެއްވެސްމީހަކީ ކުއްވެރިއެއްނޫން! ކޯޓުތަކުންވެސް ކަންކުރަނީ މިކަހަލަ ގޮތަކަށް، ހާޒިރުވާންޖެހޭ މީހާގެ އެޑްރެހާ ފޯނުނަންބަރު އޮންނައިރުވެސް އެމީހަކަށް ގުޅާވެސްނުލާ ހޯދައިގެން ގެނެސްދިނުމަށް އެދި ފުލުހުންގެ މައްޗަށް އެބަ އަމުރުނެރޭ!
ސައިބޯނި
19 October 2020
ލޯނެއް ނޫން ނަގާފަ އޮތީ އޯވަރ ޑްރާފްޓެއް، ތީ ބޭންކްގެ މީހުނާ ގުޅިގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް، ހުސެއިން ލަންކާގަ ދިރިއުޅެނީ، އިއުލާން ޖެހިއްޔާ އާދޭތަ....
ހައް ދުންމަތި
19 October 2020
މާލޭ ދަފުތަރަށް ގުޅާ އޭރުން އެގޭނެ ... ކޮން ދަފުތަރެއްތަ؟؟ މީހުން ރަޖިސްޓްރީ ކުަންޖެހޭނީ ގެއެއްގަ ދަފްތަރު އުވާލާ..
ތިރަށުއައްމަޑޭ1257
19 October 2020
ހޯދުނީމާ ކޮންކަމެއްވާނީ ؟؟ ބުނެބަލަ
Ahmed Shujau
19 October 2020
ތަފްތަރުގެ ބޭނުން ފުރިހަމަށް ހިފާތި ، ހަބޭސް
1234
18 October 2020
ކީއްކުރަންތަ މިދެމީހުން ހޯދަން މިއުޅެނީ ވަކި. ގައުމު ކާލާފަ ތިބިމީހުން ބައިތިއްބާފަ ތިކަން ވަކި ކުރާނެކަމެއްނެއް. ފުރަތަމަ އެމީހުން ކަންތައް ނިންމަބަލަ
އެބަތިބި
18 October 2020
ތިދެމީހުންގެ ވަނަވަރުގެ މައުލޫމާތު ޑީއެންއާރަށް އިނގޭނެ.. ތި މީހުންގެ އެޑްރެސް ދަފްތަރު ޖެހުމުގެ ބަދަލުގަ ކުރީގެ އެޑްރެސް ޖެހިނަމަ މާ ރަނގަޅުވީސް.. ދަފްތަރުއަކީ ދެން މީރާއްޖޭގަ އޮތް އެންމެ ބޮޑު ގެ.. ކުރީގެ އެޑްރެސް ރަށު އެޑްރެސް ހާމަ ކުރުމުން ތިމީހުންގެ އާއިލާ މީހުން ހޯދި އެމީހުން މެދުވެރިވެގެން ތި މީހުން ހޯދިދާނެ.. ވއ. ބެލެވެނީ އިސް ބަޔަކާ ގުޅުމެއް ވާނެކަމަށް
ޖާދޫ
18 October 2020
ޔަގީނކަން މާއެކު އެބުނަނީ
ކުޑަހަސަންބޭގޯތި ބޮޑުބަކުރު
18 October 2020
ލަންކާ ބަލާބަލަ. ރިއަލް ސްޓޭޓުމީހުން އެހެންމީހުންނަށް ދޯކާދީފާ ގޮސް ލައްގަނީ އަހަރެމެންގެ އަވައްޓެރި ލަންކާއަށް. ބުނެވޭގޮތުގާ ޝޭޚު އަންމަޓީވެސް އުޅޭނީ އެތަނުގާ.
އަލީހަސަން
18 October 2020
ތި ދެމީހުން ވެސް މިހާރު ދިވެހިރާއްޖޭއަކު ނުތިބޭނެ.