ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިން: ސަރުކާރު އޮފީސްތައް އިންސްޕެކްޓް ކުރަން ފަށަނީ -- ފޮޓޯ:ހުސެއިން ވަހީދު/ މިހާރު
25 އޮކްޓޯބަރ 2020 - 15:38
ކޮވިިޑް-19 އިން ރައްކާތެރިވާން ކަނޑައަޅާފައިވާ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލަން ސަރުކާރު އޮފީސްތަކާއި ޕްރައިވެޓް އޮފީސްތައް އިންސްޕެކްޓް ކުރަން ފަށަން މިއަދު ނިންމައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނީ މިއަދު ފަށާ މި މާސް އިންސްޕެކްޝަނަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މިއީ އޮފީސްތަކުގެ ހާލަތު ބަލަން ފަށާ ފުރަތަމަ އިންސްޕެކްޝަނެވެ.
📣Starting today mass inspection of government & private offices will be initiated.
— Health Protection Agency (@HPA_MV) October 25, 2020
🦠We will be checking adherence to #COVID19 safety guidelines at the workplace.
We request your full support.
އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް
ކޮވިޑުން ރައްކާތެރިވާން ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ތިން ފޫޓޫ ދުރުމިނުގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ފަސޭހައިން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ. އަދި ކޮންމެ ދުވަހަކު އެތަނަށް ޑިސްއިންފެކްޓްކޮށް، ސާފުކުރަން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.
ރެސްޓޯރަންޓާއި ކެފޭގެ އިތުރުން ސެލޫނާއި ފިހާރަ ފަދަ ތަންތަން ހުރީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ކަން ބަލަން މީގެ ކުރިން އިންސްޕެކްޝަންތަކެއް ކުރިއަށް ގެންގޮސްފައި ވެ އެވެ. އަދި އެޗްޕީއޭގެ އިރުޝާދާ ހިލާފަށް އަމަލުކުރާ ތަންތަން ޖޫރިމަނާ ކޮށްފައިވާ އިރު ބައެއް ތަންތަން ބަންދުކޮށްފައި ވެސް ވެ އެވެ.
ރާއްޖެއިން މިހާތަނަށް 11،421 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 912 މީހުންނެވެ. މި ބަލި ޖެހިގެން މަރުވެފައި ވަނީ 37 މީހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހޭބެ
27 October 2020
ކުރާނެ ކަމެއް ނެތިގެން އުޅޭ ބައެއްތަމީ... ތިކަމަކާހެދި ބޮޑެތި ކޮރަޕްޝަންތަކާއި އިސްތިއުފަތަކާއި ދައުލަތުން އިސްރާފުތައް ކުރަންޖެހި ގައުމު ބަގުރޫޓްވާހާލަތަށް ގޮސްފި... އަދިވެސް ތިކަން ހުއްޓާކަށްނުވޭތަ؟ ފާއިތުވި 6 އަހަރުގެ މަރުގެ ތަފާސްހިސާބަށް ބަލާއިރު އެންމެ މަދުން މީހުން މަރުވީ މިއަހަރު ދެންކޮންހާ ވާހަކައެއްތަ. ޓެސްޓްކުރުން ހުއްޓާލާ ކޮވިޑްފްރީ ގައުމެއްގެ ގޮތުގައި އިޢުލާންކުރޭ ރައްޔިތުންނަށާއި ގައުމަށް ފައިދާހުރީ އޭރުން.
އެމްސް
27 October 2020
މިބީދައިން އޮފީސްތަކުގަ، ކޮންމެ ދިވެއްސަކަށް ކިތައް ބިދޭސީން އުޅޭތޯ ބަލާނެ އެއްވެސް މުވައްޞަސާއެއް އެބައޮތް ބާ؟
އަހަެއން
27 October 2020
ބަލާބަލަ ކޮކާ ކޯލާ އޮފީސް ހެޔޮނުވާނެ. އެތާ ތެރޭގަ ތިބޭ މީހުން ތިބެނީ ބިރެއް ތެރޭގަ. މި އިންޑިއާ އެއްޗެހިތަކަށް ނޭނގެ އުޅެވޭ ގޮތް ވެސް އަބަދު މީޓިންގ ބާއްވާއިގެން އެންމެން އެއްވެގެން. އެ ވަރިހަމަ ރޯގާ ޖެހިގެން ކިތަންމެ ވަރެއް ވިޔަސް. ކަމެއް ކުރި ކަމަށް ވާނެ ގޮސް ބަލާބަލަ!!!
އުމަރު
26 October 2020
ރަނގަޅު. މަރުޙަބާ
ދޮން ހުސެެއިން
25 October 2020
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުވަނދުމާ ހިނގުން، ހުޅުމާލެ އަށް އަނައްޗޭ.
ހަޒާނާ
25 October 2020
ސަރުކާރު އޮފީސް ތަކުގަ 8 ން 2 ށް މަސައްކަތް ކުރޭތޯ ބަލާ ޗެކް ކޮށް ދިނުން އެދެމެވެ. ކޮމްޕއުޓަރުން ސޯސަލް މީޑިޔާގެ ސައިޓް ތަކެވެ. 12 ން 1 ށް ބްރޭކް ގަޑި އެވެ. 8 ގަ ސޮއި ކޮށްފަ ސައިގަޑި އެވެ. ދެން މަސައްކަތް ކުރާ ވަގުތަކީ ކޮބާ ތޯ ބަލާލަން ބޭނުމެވެ.
ނަޖުމުއްދީން
25 October 2020
ބުނެފަ ދާތީ. އޭރުން ރަނގަޅަށް ތައްޔާރުވެވޭނީ.