ޚަބަރު / ރައީސް ޑޮނަލްޑް ޓްރަމްޕް

"މިހާރު"ން އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ވަގުތުން

03 ނޮވެމްބަރ 2020 - 16:17

14 comments
happy icon 67%

މިއަދު އެމެރިކާގައި އޮންނަ ވާދަވެރި ރިޔާސީ އިންތިހާބުގެ ނަތީޖާ "މިހާރު"ގެ ކިއުންތެރިންނަށް ވަގުތުން ފެންނާނެ ގޮތަށް އޭއެފްޕީގެ ހާއްސަ ކަވަރޭޖުގައި ބައިވެރިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ނިއުސް އެޖެންސީ ކަމަށްވާ އޭއެފްޕީގެ ހާއްސަ ކަވަރޭޖްގައި، ރިޔާސީ އިންތިހާބުގެ ވާދަވެރިން ކަމަށް ވާ ރައީސް ޑޮނަލްޑް ޓްރަމްޕާއި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަންއަށް، އެމެރިކާގެ އެކި ސްޓޭޓްތައް ކާމިޔާބުކުރެއްވޭ ވަރު ވަގުތުން ފެންނާނެ އެވެ. އޭގެ އިތުރުން ރިޔާސީ އިންތިހާބާ އެކުއެކުގައި ކުރިއަށް ދާ ސެނެޓަށާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ އިންތިހާބުގެ ނަތީޖާތައް ވެސް ވަގުތުން ފެންނާނެ އެވެ.

"މުޅި ދުނިޔެ ހުއްޓިފައި މި އޮތީ އެމެރިކާގެ އިންތިހާބަށް. އަޅުގަނޑުމެން ބެލީ 'މިހާރު'ގެ ކިއުންތެރިންނަށް ހަމައެކަނި 'މިހާރު"އަށް ވަދެގެން ވެސް ވަގުތުން ނަތީޖާ ލިބޭނެ ގޮތް ހެދުން ވަރަށް މުހިންމު ކަމެކޭ،" އެޑިޓަރު މޫސާ ލަތީފް ވިދާޅުވި އެވެ.

"މިހާރު"ން ދުނިޔޭގެ ހަބަރުތަކާއި ދުނިޔޭގެ ކުޅިވަރު ހަބަރުތަކާއި ފޮޓޯތައް ގަންނަނީ އަބަދުވެސް އޭއެފްޕީންނެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ، ވޯޓު ގުނަން ފެށުމާ އެކު، "މިހާރު"ގެ ހޯމް ޕޭޖުން ފެންނާނެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އޮންނަ "އާލީ ވޯޓިން" ނުވަތަ އިންތިހާބު އޮންނަ ދުވަހުގެ ކުރިން ވޯޓު ލެވޭ ގޮތަށް ދޭ ފުރުސަތުގައި މިހާތަނަށް 100 މިލިއަނަށް ވުރެ ގިނަ މީހުން ވޯޓު ލައިފި އެވެ. މިއީ އެމެރިކާގެ ތާރީހުގައި ވެސް މިހާ ގިނަ އަދަދެއްގެ ބަޔަކު، އެގޮތަށް ވޯޓު ލީ ފުރަތަމަ ފަހަރެވެ.

މޫސަ ވިދާޅުވި ގޮތުގައި އެމެރިކާގެ އިންތިހާބަށް މުޅި ދުނިޔޭގެ ލޯ ހުއްޓުމުގެ އިތުރުން ދިވެހިންގެ ގިނަ ބަޔަކު ވެސް ވަރަށް ކައިރިން އެ އިންތިހާބުގެ ކަންކަން ބަލަ އެވެ.

"އަޅުގަނޑުމެންގެ ކިއުންތެރިން ވެސް ވަރަށް ސަމާލުކަން ދޭ އިންތިހާބެއް މިއީ. އެހެންވެ އަޅުގަނޑުމެންނަށް ބުރަވެވުނީ އިތުރު ހަރަދެއް ކޮށްގެން ނަމަވެސް އެ އިންތިހާބުގެ ނަތީޖާ ވަގުތުން ކިއުންތެރިންނަށް ލިބޭނެ ގޮތް ހެދުން ރަނގަޅޭ،" މޫސަ ވިދާޅުވި އެވެ.

14 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިޑަން ބްރޯ

04 November 2020

ބައިޑަން ވިލް ވިން ! ނޯ ވޮރީސް.

The name is already taken The name is available. Register?

ައަބްދުﷲ

04 November 2020

އަޕްޑޭޓް ވަރަށް ލަސް

The name is already taken The name is available. Register?

Happy

04 November 2020

މިހާރު ހަމަ ހަބޭސް??

The name is already taken The name is available. Register?

ޕްރެސިޑެންޓްޖޯއީބިޑެން

03 November 2020

އެޑިޓަރު މޫސައަށް ވަރަށް ޝުކުރު. ބާނީ ސޭންޑާރސް ޑިމޮކުރަޓިކް ނޮމިނީއަށް ނުވީމައި ދެރައީ ، ގިނަ މީހުން ބައިވެރި ވީވަރަކަށް ބައިޑަނަށް ފުރުސަތު ބޮޑުވާނެ ، އެކަމަކުވެސް މަ ބުނާނީ ޓުރަމްޕް އިންތިހާބު ކާމިޔާބު ކުރާނޭ.

The name is already taken The name is available. Register?

KingkoimalaSiriMahaabaranaKeeritithiMahaaRadun

03 November 2020

ޝުކްރަން، މިހާރުގެ ނޫސްވެރިން ކުރައްވާ މަސަތްކަތް ބަލައިގަންނަން

The name is already taken The name is available. Register?

އަސްރަފް

03 November 2020

މިހާރު ވަރަށް ބަރާބަރު

The name is already taken The name is available. Register?

ޓްރަމްޕް ޓްރަމްޕް

03 November 2020

ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން! ޓްރަމްޕް ވިލް ވިން!

The name is already taken The name is available. Register?

ޢަޒްރާ

04 November 2020

ފާޅުގަ އިސްލާމްދީނަށް ބަދުބަސް ބުނާ މީހަކަށް އާނއެކޢ ބުނާމީހުންނަކީ ހަމަ އެމީހުންގެ ތެރެއިންވާ ބައެއް ވިސްނާލުން ބުއްދިވެރި

The name is already taken The name is available. Register?

އައިމިނާ

03 November 2020

ވަރަށް ވެދުން "މިހާރު" ވަރަށްބޮޑަށް ބޭނުންވެފަ ހުރިކަމެއް ވަގްތުންވަގްތަށް އެމެރިކާގެ އިންތިޚާބުގެ މަޢުލޫމާތު ލިބުމަކީ.

The name is already taken The name is available. Register?

ޓުރަންމްޕު

03 November 2020

އެއްބުރުން ބައިޑެން. މަވެސް ބައިޑެން

The name is already taken The name is available. Register?

އަލީރާޖާ

03 November 2020

މިހާރު ނޫހުގެ ޓީމަށް ސާބަސްދެން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!