22 ނޮވެމްބަރ 2020 - 13:24
ދޯންޏަކަށް އެރި މީހެއްގެ މައްޗަށް ވައްކަމުގެ ތުހުމަތުކޮށް އޭނާ ބަރަހަނާކޮށް ވަރަށް ރަހުމް ކުޑަ ގޮތަކަށް ބޮޑެތި އަނިޔާތަކެއް ދީފި އެވެ. އެކަމަކު އެއީ ކޮން ރަށެއްގައި، ކޮން ބަޔަކު ހިންގި އަމަލެއް ކަމެއް އަދި ނޭނގެ އެވެ. އެ އަނިޔާތަކުގެ މަންޒަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުންގެ މީހަކު އެ ވީޑިއޯ ޝެއާކޮށްފައި ވަނީ އިއްޔެ އެވެ. ވީޑިއޯއިން ފެންނަނީ އަތްފައި ބަނދެފައި އޮތް ޒުވާނަކު ދޯނީގެ ތައްޓު މައްޗަށް ވައްޓާލައި 10 ވަރަކަށް މީހުން ވެގެން އެކި ގޮތްގޮތަކަށް އަނިޔާކުރާ ތަނެވެ. ބައެއް މީހުން އޭނާގެ ގައިގައި ކޮޅުފައިން ތެޅިއިރު އަނެއް ބަޔަކު ދަގަނޑާއި ހޮޅިބުރި އާއި ލަޓިބުރިން ވެސް ތަޅަ އެވެ. އަދި އޭނާގެ ދެފައިގައި ހިފައި ދޯނީގައި ދަމަމުން ގެންދިޔަ އެވެ. އެއް މިނެޓްގެ އެ ވީޑިއޯ އެ ފަށާއިރު ވެސް އޭނާ އަށް އޮންނަނީ ވަރަށް ބޮޑަށް އަނިޔާވެފަ އެވެ. އަދި ވީޑިއޯ ނިމުނުއިރު ވެސް އޭނާ އަށް ދިޔައީ އަނިޔާކުރަމުންނެވެ. އޭނާގެ ކޮނޑު މަތިންނާއި ހަށިގަނޑުގެ ބައެއް އެހެން ހިސާބުތަކުން ވެސް އަނިޔާގެ ނިޝަންތައް ފެންނަން ހުއްޓެވެ. (އަނިޔާވެރި މަންޒަރުތަކެއް ހިމެނޭތީ މި ވީޑިއޯ މި ހަބަރުގައި ޝާއިއު ނުކުރީ އެވެ.)
ބެލެވޭ ގޮތުގައި އެއީ ކަންނެލީގެ މަސްވެރިކަން ކުރާ ދޯންޏެކެވެ.
އަނިޔާކުރި މީހުން އޭނާއާ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައީ ވަގަށް ނެގި ތަކެއްޗާ ގުޅޭގޮތުންނެވެ. ވީޑިއޯގައި އިވޭ ގޮތުގައި ދޯނިން ތިން ފޯނާއި 5،000ރ. ވަނީ ގެއްލިފަ ވެއެވެ. އެކަމަކު އެ މީހާ ދިިޔައީ ވައްކަން ނުކުރާ ކަމަށް ބުނެ ރޮމުންނެވެ.
ބޮކްސާއެއް އެކަނި ލައިގެން އޮތް އެ މީހާ އަށް ކުރި އަނިޔާތަކާ އެކު އާންމުން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އަދި މި ގައުމުގައި ގާނޫނާއި ގަވައިދު ހިންގުމަކީ ރައްޔިތުންގެ އަމިއްލަ ކަމެއްތޯ ވަނީ ސުވާލު އުފައްދައިފަ އެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ ދެންނެވުމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ އެ ވީޑިއޯ ފެނިފައިވާ ކަމަށާއި އެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރާންްތި
24 November 2020
ހަމަ ގައިމުވެސް ތިސޮރު މި ހާރު ހިތަށް އަރާނެ ސަ ހަރޯއޭ،މިގައުމު ހަމަ އަކަށް އެޅޭނެ ހަމައެކަނި ގޮތަކީ ﷲ ގެ ޝަރީއަތް ތަކާ ޙުކުމް ފުޅު ތަށް ގާއިމް ކުރުން،ކާފަރުންގެ އަގީދާ އަށް ބޯލަނބާ ހާ ދުވަކު ނުކެރޭނެ އެއްކަމެއްވެސް ރަނގަޅު ކުރާކަށް،
ޢާރާސްކޯރު22
23 November 2020
ވަރަށް ރަގަޅު ނިންމުމެއް ރައްޔިތުން އެބަޖެހޭ ވަގުންނަށް ހަރުކަށި އަދަބުދީ ނައްތާލަން، ވަގުންގެ ބަލާބޮޑު ނުވާ ހަމަ އެންމެ ރަށެއްވެސް މިގައުމަކުނެތް، ރައްޔިތުން ނިކުމެ އިންސާފު ކޮށްލަން ގޮވާލަން.
އިއްބެ
25 November 2020
ރަގަޅު ހަމަ ވަގުން ހުއްޓުވޭނީ ދެވަނަ ފަހަރު ނާރާވަރު ކުރީމަ
އެފް
23 November 2020
އެކިކުށަށް އެކިއަދަބު ދީނުގައި ކަނޑައަޅާފައިވާއިރު އެކުށަކަށް އޮންނަ އަދަބު އެމީހަކަށް ލިބެންވާނީ. ޖޯޝުގައިވެސް އެމީހަކު ހިތުހުރި އަދަބެއްދޭން ދީނަކު ނޯވޭ. ކަމެއް ޔަގީންނުވާއިރު މީހަކަށް އަނިޔާކުރެވިގެންނުވާނެ. ގިނަފަހަރު އަމިއްލަ މުދާ ހޯދިފައިވަނީ އެންމެ ހަލާލު ގޮތުގައިތޯވެސް ބަލާލުން މުހިއްމު. މުދަލު ޒަކާތް ނުދައްކާ ތިބޭ މީހުން ހިފަހައްޓައިގެން ތިބެނީ ބައެއްގެ ހައްގެއް. ވައްކަންނޫނީ އެހެންކަމަކުން ގެއްލުންލިބެން މެދުވެރިވާ ސަބަބެއް އޮންނާނެ
ޔާނު
23 November 2020
ވައްކަމަށް ދީނުގަ އޮންނަ އަދަބު އެންމެ ފަހުން މިގައުމުގަ ދިނީ ކޮންއިރަކުބާ؟
ޕޮގުބަ
23 November 2020
އެމްޑީޕީ ވެރިކަމަކީވެސް އަނިޔާވެރި ރަށްޔިތުން ބަނޑަށްޖެހޭ ވެރިކަމެއް
ނެގުނުކަތީބު
23 November 2020
ހައްގު މިންވަރު ހޯދައިގެން ރަނގަޅަށް އުޅެން އުޅޭ އެންމެންގެ މުދާކޮޅު ރޯމާ ދުވާލު ލޫޓްވާލައިގެން ދާއިރުވެސް އެމީހުންނަށް ޙައްގު އަދަބު ނުދެވި އޭގެ ބަލާވެރިކަން ތަކުރާރުވާނަމަ މިހެން ވެދާނެ.
ރައްޔިތުސޮރު
23 November 2020
އަދުލު އިންސާފް ނެތްތަނެއްގަ ހިނގާނީ ޖަންގަލީގެ ގާނޫނު!
ލޮލީ ޖާ
23 November 2020
ހަމަރަންގަޅަށް ކަންތައް އެކުރީ މަގޭޚިޔަލަކީ މިގައުމުގަ ރަށްޔަތުން ނުކުމެ ހުކުމްތަންފީޒުކުރަން ވަޢްކަންކުރާމީމުން އަތުލައިގެންފަ އޮންދަ ސްޕޮޓުގަ އަތްކަނޑާފަ ދޫކޮށްލީމަ ނިމުނީ ކުދި އަނިޔާ ކުރާނެކަމެއްނެތް އިސލާމްދީނުގަ އޮންނަނީ ވަށްކަން ކުރާމީހުންގެ އަތްކެނޑުމަށް
ރައްޔިތުމީހާ.
24 November 2020
ޢިސްލާމްދީނުގައި ނޯންނާނެ އޮންދަ ސްޕޮޓްގައި އަތް ކަނޑާކަށް އަދި ކޮންމެ ވައްކމަކާގުޅިގެން އަތެއް ނުކެނޑޭނެ. ވެރިން ތަންފީޒުޖުރަންޖެހޭ ކަންކަން އެއީ. އެމީހުން ގޯސް ކޮށް ކަންކުރީމާ ރައްޔިތުން ގޯސް ހަދަން ހުއްދައެއް ނުވާނެ. އެކަމަކު ޠަބީޢީގިތުން މިހެން ވަމުންދާނެ. އެހެންވެ ކުށާއެކށީގެންވާ އަދަބު ކަނޑައަޅުއްވާފައިވަނީ.
ދެރަ
23 November 2020
ތިކަންކަމުގެ ޙައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޒް ކުރުން. ޢެއީ ދުނިޔެ ދުށް ވަޒަން ހިފެހެއްޓިފައިވާ ޝާމިލް ޢަޤީދާގެ މައްޗަށް ބިނާވެފައިވާ ހަމަ އެކަނި ޝަރީޢާ
ސުލޭ މުންޓާރީ
23 November 2020
ވައްކަންކުރާމީހާގެ އަތްކެނޑީމާ ނިމުނީ. މައްސަލަ ހައްލުވާނެކަމީ ސައްތައިންސައްތަ ޔަގީން ކަމެއް. ސިމްޕަލް.
ބޮޑު ބުލް
23 November 2020
ވައްކަން ކުރާ މީހުންނަށް ހައްގު އަދަބު ދޭން ސަރުކާރުން ނުކުޅެދޭކަމަށްވާނަމަ މިފަދަ އެތައް ހާދިސާ އެއް ހިނގުމަކީ ދުރުގާ ވާ ކަމެއް ނޫން.. މީހުން ލޯބޯ ފިއްސާ ދާ އޮހޮރުވައިގެން ހޯދާ ރުފިޔާކޮޅު ވަގުން ކާން ދޭކަށް އެއްވެސްމީހަކު ނޭދޭނެ.. އިންސާފް ވަގުންނަށް ލިބިދެން ޖެހޭނީ، ފޭރެވުނު މީހާގެ ހައްގުވެސް ހޯދާއި ދީފަ.