ޚަބަރު / އެޑިއުކޭޝަން މިނިސްޓްރީ

ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔަކު އަވަހާރަވުމުން އެޑިއުކޭޝަންގެ ތައުޒިޔާ

ޝަހީދާ: އޭނާ ވަނީ ތައުލީމީ ދާއިރާއަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައި.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅަކު މިއަދު އަވަހާރަވެއްޖެ އެވެ.

ކެންސަރަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް އަވަހާރަވީ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް އެފެއާޒް ސާވިސް ޑިވިޝަންގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި ސ. ހިތަދޫ، ބްލޫކޯނާ، ޝަހީދާ އަބްދުއްސަމަދު، 51 އެވެ. އެޑިއުކޭޝަނުން ނެރުނު ތައުޒިޔާގެ ބަޔާނެއްގައި ބުނީ 30 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަހީދާގެ ވަކިވުމަކީ އެ ދާއިރާއަށް ލިބުނު ބޮޑު ހީނަރުކަމެއް ކަމަށެވެ. މިނިސްޓްރީން ބުނީ އޭނާ އަކީ އެންމެންނާ ވެސް ގުޅޭ، ކަންކަމުގައި އިސްނަންގަވައި މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ.

ޝަހީދާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިވަޑައިގަތީ 1990 ވަނަ އަހަރު އުމުރުން 21 އަހަރުގައި "ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒު"ންނެވެ. އޭގެ ފަހުން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައި ވެ އެވެ.

ޝަހީދާ އަވަހާރަވީ 2015 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށެވެ. އަވަހާރަވީ، މި ފަހުން ހާލު ސީރިއަސްވުމުން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ހޯއްދަވާތާ ދެ ހަފުތާ ފަހުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ "މިހާރު" އަށް ވިދާޅުވި ގޮތުގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި ނަމަވެސް ޝަހީދާ ވަނީ ވަރަށް ފަރުވާތެރިކަމާއެކު މަސައްކަތް ކުރައްވައިފަ އެވެ. ލޮކްޑައުންގެ ތެރޭގައި ވެސް ގޭގައި ހުންނަވައިގެން ވަރަށް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"ހައި ރިސްކް ބޭފުޅަކަށް ވީމަ މި ފަހަކާ ޖެހެންދެން ވެސް ގޭގައި މަސައްކަތް ކުރެއްވީ. މި ހާލަތާ ގުޅިގެން ފަރުވާއަށް ދިއުން ލަސްވެފައި ހުއްޓައި އަވަހާރަވި،" އަހުމަދު ވިދާޅުވި އެވެ.

19 ކޮމެންޓް, 206 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 97%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑޮކްޓާރ. ބަނާނާ

09 December 2020

ސަރުކާރުގެ އޮފީސް ތަކުގައި އާދައިގެ މުައައްޒަފަކު ނިޔާވުމުން އާއްމު ގޮތެއްގައި ތައުޒިޔާގެ ބަޔާން ނެރެ މީޑިޔާ ގައި އެކަން ފާހަގަ ކުރުމަކީ ވަރަށް ނުފެންނަކަމެއް. ޝަހީދާ އަބުދުއްސަމަދު ގެ ޚިދުމަތުގެ އަގުވަޒަންކޮށް މިކަމުގައި ސަރުކާރުގެ މުއައްސަސާ ތަކަށް ނަމުނާ ދައްކަވާފައިވާތީވެ އާއިޝަތު އަލީ އަށް ޝުކުރު ދައްނަވަން! މައްޔިތާ އަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! ޑރ . ބަނާނާ

The name is already taken The name is available. Register?

ހުސެެން

08 December 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ ވަރައް މަޑުމައިތިރި ރަގަޅު ބޭފުޅެއް

The name is already taken The name is available. Register?

ޔާނު

08 December 2020

30 އަހަރު ވީއިރުވެސް ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައި! އެޑިއުކޭޝަން މިނިސްޓްރީ އަށް ވަރަށް ސަލާމް!

The name is already taken The name is available. Register?

ސަންފާދިޔެ

08 December 2020

މި ފަދަ ގައުމަށް އެތަށް އަގުހުރި މަސައްކަތްކޮށްދީފައިވާ ފަރާތްތަށް، އަދި ވަކިން ހާއްސަކޮށް އައްޑޫ އަށް ނިސްބަތްވާ ހީވާގި ބޭފުޅެއް އަވަހާރަވުމާއި ގުޅިގެން އައްޑޫގެ އެއްވެސް މީޑިޔާއަކުން މިހަބަރު ގެނެސްދީފައެއް ނެތް! މީ ވަރަށް ހިތާމަ ހުރިކަމެއް! އައްޑޫ ފަސްގަނޑުގައި ނެތަސް އެވާނީ ހަމަ އައްޑޫގެ ފަހްރުވެރި ދަރިއަކަށް!! މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރަން! ގެއްލިގެން ދިޔައީ އަގުހުރި ޖަވާހިރެއް!

The name is already taken The name is available. Register?

ދެރަވ

08 December 2020

ޝަހީއަށް ހެޔޮ ރަޙުމަތްލައްވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވާށި! އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އެޑިޔުކޭޝަނުން ޝަހީގެ ޚިދުމަތުގެ އަގުވަޒަން ކުރެއްވީތީ ޝުކުރުދަންނަވަން. އެހެނީ މީގެ ކުރިން މިފެންވަރުގެ މުވައްޒަފުންގެ ޚިދުމަތުގެ އަގު ވަޒަން ކޮށްފައިނުވާތީ.

The name is already taken The name is available. Register?

އަލީރަމް

08 December 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މަދުންނަމަވެސް މިފަދަ ޚިދުމަތް ތެރިންގެ އަގު ވަޒަންކުރާތީ އުފާކުރަން

The name is already taken The name is available. Register?

އެދުރުކަލޭފާނު

08 December 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މާތްﷲ ރަޙްމަތުން ފާފަފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ. އާމީން

The name is already taken The name is available. Register?

IBRAHIM MUIZZU

08 December 2020

نَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎,

The name is already taken The name is available. Register?

އައިމަން އިބްރާހީމް ހަސަން

08 December 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.ޝަހީދާއަށް ﷲ ހެޔޮ ރަހުމަތް ލައްވައި،ސުވަރުގެ މިންވަރު ކުރައްވާށި!.ޢާއިލާއަށް ކެތްތެރިކަން ދެއްވާށި!

The name is already taken The name is available. Register?

އިމަނާ

08 December 2020

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ އެކަމަނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވުން އެދި ދުޢާކުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454