ޚަބަރު / ހައްދުފަހަނައެޅުން

ހަމަހަމަކަމާއި ހައްގުތަކާ ދެކޮޅަށް ހަރުކަށި ފިކުރު

ރަށެއްގައި އަންހެނުންތަކެއް މަގުމަތި ކުނި ކަހަނީ: ދިރާސާ އިން އެނގޭ ގޮތުގައި ކައިވެނީގައި އަނބިމީހާ އަށް އޮތީ ފިރިމީހާ އަށް ބޯލެނބުމުގެ ދައުރެއް ކަމަށް ދެ ޖިންސުގެ މީހުން ވެސް ވަނީ ބަލައިގެންފައި. ފޮޓޯ: އަހުމަދު އަރުޝަދު

ރާއްޖޭގައި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އެއްބާރުލުންދިނުން ބަލިކަށިކޮށްލަން ދީނީ ހަރުކަށި ފިކުރު ބޭނުންކުރުން އިތުރުވެފައިވާ ކަމުގެ އިންޒާރު, ބުރާސްފަތިދުވަހު ނެރުނު އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓެއްގައި ދީފި އެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތާއި ހޭލުންތެރިކަން ހުރި މިންވަރު ބެލުމުގެ ސިލްސިލާ ދިރާސާ, ދަ ރައިޓްސް ސައިޑް އޮފް ލައިފްގެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނީ ދީނީ ހަރުކަށި ވިސްނުންތައް ފަތުރާ މައްސަލަ ހައްލުކުރަން ދައުލަތުން ކޮންމެހެން ވެސް މަސައްކަތްކުރަން ޖެހިފައިވާ ކަމަށެވެ.

މިންތީގެ ހަމަހަމަކަން (ޖެންޑާ އީކުއަލިޓީ) އަދި ކުޑަކުދިންގެ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ އާއްމުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ދިރާސާގެ ހޯދުންތަކުގެ އަލީގައި ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ގޮތަށް ގަބޫލުކުރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"މިއީ ހަރުކަށި ފިކުރާއި އަނިޔާވެރި ހައްދުފަހަނައެޅުން އިތުރުވުމުގެ އަލާމާތެކެވެ. މި ސާވޭ އިން އަދި އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުޑަވުމުގެ ގެއްލުން އެންމެ ބޮޑުވާނީ އަންހެނުންނަށާއި ކުޑަ އަންހެންކުދިންނަށާއި ކުޑަކުދިންނަށެވެ."

އިންސާނީ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ މީހުންގެ އަދަދު އިތުރުވެއްޖެކަން ސާވޭގެ ނަތީޖާ އިން އެނގެ އެވެ. ގިނައިން އެ ގޮތަށް ދެކެނީ އަންހެނުންނެވެ. ފުށުއެރުމެއް ނެތް ކަމަށް ގަބޫލުކުރާ މީހުން މާލެ އަށް ވުރެ ގިނައީ ރަށްރަށުގަ އެވެ. އިންސާނީ ހައްގުތައް ދީނާ ފުށުއަރާ ކަމަށް, ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދެކެ އެވެ.

އިންސާނީ ހައްގުތައް ދީނާ ޚިލާފު ކަމަށް ދެކޭ މީހުންގެ 36 ޕަސެންޓަކީ އުމުރުން 20-29 އަހަރުގެ ޒުވާނުންކަން ފާހަގަކޮށް, ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ފުށުއެރުމެއް ނެތް ކަމަށް ގިނައިން ދެކެނީ 70 އަހަރުން މަތީގެ މީހުންނެވެ.

އިންސާނީ ހައްގުތައް ދީނުގެ އުސޫލުތަކާ އެއްގޮތް ނޫން ކަމަށް ގަބޫލުކުރާ އެންމެ އާއްމު އެއް ސަބަބަކީ, ސާވޭ އިން އެނގޭ ގޮތުގައި, އިންސާނީ ހައްގުތައް, މިންތީގެ ހަމަހަމަކަމަށާއި ކުޑަކުދިންގެ ހައްގުތަކަށް ބާރުއަޅާތީ އެވެ. އަދި އިންސާނީ ހައްގުތައް އިސްލާމީ ޝަރީއަތާ ޚިލާފު ކަމަށާއި އިސްލާމީ ވެލިއުސްއާ ފުށުއަރާ ކަމަށް ދެކޭކަން ވެސް ފާހަގަކޮށް ރިޕޯޓުގައި ބުނީ މިކަމާ މެދު ކަންބޮޑުވާ ކަމަށެވެ.

"މިއީ ހަރުކަށި ފިކުރާއި އަނިޔާވެރި ހައްދުފަހަނައެޅުން އިތުރުވުމުގެ އަލާމާތެކެވެ. މި ސާވޭ އިން އަދި އެނގޭ ގޮތުގައި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުޑަވުމުގެ ގެއްލުން އެންމެ ބޮޑުވާނީ އަންހެނުންނަށާއި ކުޑަ އަންހެންކުދިންނަށާއި ކުޑަކުދިންނަށެވެ," އެޗްއާރުސީއެމް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓުގައި ބުނެފައިވެ އެވެ.

ސާވޭ އިން އެނގުނު ގޮތުގައި "ރަނގަޅު އަތްބެއް ނަމަ އޭނާ ދެބަސްވާ ކަންކަމުގައި ވެސް ފިރިމީހާ އަށް ބޯލަނބާނެ" ކަމަށް ގާތްގަނޑަކަށް 83 ޕަސެންޓް މީހުން ދެކެ އެވެ. އެ ގޮތަށް ގިނައިން ގަބޫލުކުރަނީ ރަށްރަށުގައި ދިރިއުޅޭ މީހުންނެވެ. އަދި 12 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ބޯނުލަނބައިފި ނަމަ އަނބިމީހާ ގައިގައި ޖެހުމުގެ ހައްގު ފިރިމީހާ އަށް އޮންނާނެ އެވެ. އެ ގޮތަށް ވެސް ފިރިހެނުންނަށް ވުރެ ގިނައިން ދެކެނީ އަންހެނުންނެވެ.

ސާވޭ އިން އެނގުނު ގޮތުގައި ކައިވެންޏަކީ ދެ މީހެއްގެ ޕާޓްނަޝިޕެއް ކަމަކަށް ގިނަ މީހުން ނުދެކެ އެވެ. ކައިވެނީގައި އަނބިމީހާ އަށް އޮތީ ފިރިމީހާ އަށް ބޯލެނބުމުގެ ދައުރެއް ކަމަށް ދެ ޖިންސުގެ މީހުން ވެސް ވަނީ ބަލައިގެންފަ އެވެ. އަދި ދެމަފިރިން ދޭތެރޭ އޮންނަ ގުޅުމުގައި ފިރިމީހާގެ ބާރުގަދަވާނެ ކަމަށް ދެކޭ އަންހެނުން ފިރިހެނުންނަށް ވުރެ ގިނަކަން ވެސް ފާހަގަކުރެވެ އެވެ.

"ކައިވެނީގައި އަންހެން މީހާގެ ރުހުމާ އެކު ކަންކަން ކުރުމަށް ތާއީދު ކުޑަކަން މި ދިރާސާ އިން ހާމަވެ އެވެ. މިއީ މިހާރުން މިހާރަށް ހޭލުންތެރިކުރުމުގެ ފިޔަވަޅުތައް ބޭނުންވާ ކަމެކެވެ," ރިޕޯޓުގައިވެ އެވެ.

ރައިޓްސް ސައިޑް އޮފް ލައިފްގެ ތިންވަނަ ސާވޭގައި، އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތް ފުޅާ ދާއިރާއެއްގައި ދިރާސާކޮށްފައިވެ އެވެ. މިދިޔަ އަހަރު ކުރި އެ ސާވޭގައި ހިމެނި ދާއިރާތަކުގެ ތެރޭގައި ޑިމޮކްރެޓިކް އިސްލާހު، އަމާންކަމާއި ކުށްކުރުން، އިންސާނީ ހައްގުތަކާއި ދީން، އާއިލީ ނުވަތަ ގޭތެރޭގެ ދިރިއުޅުން، ގެވެށި އަނިޔާ، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް އަދި ހަމަހަމަކަމާ އެކު ޚިދުމަތް ލިބިގަތުމުގެ ހައްގު ހިމެނެ އެވެ. ރައިޓްސް ސައިޑް އޮފް ލައިފްގެ ދެވަނަ ސާވޭ އަށް ފަހު ވޭތުވި ހަތް އަހަރު ތެރޭ އިންސާނީ ހައްގުތަކާ މެދު ކަންބޮޑުވުންތައް އިތުރުވެފައިވާކަން އާ ސާވޭ އިން ވަނީ އެނގިފަ އެވެ. ރިޕޯޓުގައި އެޗްއާރުސީއެމުން ބުނިގޮތުގައި އެ ކަންބޮޑުވުންތައް ހުރީ ގައުމީ ފެންވަރުގައި ވަގުތުން އިޖާބަދޭން ޖެހޭ ފަދަ ސީރިއަސް މައްސަލަތަކަކަށް ވެފަ އެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވި 20 ރަށެއްގައި ކުރިއަށް ގެންދިޔަ ސާވޭގައި 1160 މީހުން ބައިވެރިވި އެވެ.

23 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 24%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޭކޔބޭ

13 December 2020

ހާހެއްހާ މީހުންގެ ހިޔާލުން ކޮން ސާވޭއެއް ހެދޭނީ.

The name is already taken The name is available. Register?

ވަރަށް ހަރުކަށި

12 December 2020

މި ހުރިހާ ފިކުރުތަކަކަށް ޖާގަ ދެނީ ސަރުކާރު. މަޑުކަށިވެސް ހަރުކަށިވެސް. ދެން ކޮން ސާވޭއެއް ކުރާކަށް.

The name is already taken The name is available. Register?

ހާޖީބެ

12 December 2020

ތިޔަ ރިޕޯޓުގަ މައްސަތައްކަ މަށް ފާހަގަކޮށްފަ ހުރި އެއްވެސް ކަ މަކީ ދީނުގަ އެކަންކަން މައްސަލައަކަށްވާ ކަންކަ މެއްނޫން

The name is already taken The name is available. Register?

ދިއްދޫމީހާ

12 December 2020

އަބަދުވެސް ކޮންމެވެސް އެއްޗެއް ހަރުވެގެން މިބައި މީހުން އުޅެނީ،،

The name is already taken The name is available. Register?

ކަންއޮތްގޮތް

12 December 2020

ތި ސާވޭކުރި ޖަމިއްޔާއަށް ވުރެ ނުބައި ޖަމިއްޔާ އެއްނޯންނާނެ ސަބަބަކީ އިސްލާމް ދީންވަނީ އެއްވެސް ބަޔަކަށް ނުގެނެސްދެވޭވަރުގެ މިނިވަންކަން އަންހެނުންނަށް ގެނެސްދީފަޔޯ އެކަމު ކަންތަށް ހުރި ހިސާބު ތިއޮތީ ފެންނަން

The name is already taken The name is available. Register?

ހަޒާނާ

12 December 2020

12 ސަތޭކަ މީހުން ވީމަ ސާވޭ އަކަށް ވުރެ ބޮޑައް މީހުންގެ މީހުން ގެ ވިސްނުން ވަކި ދިމާލަކަށް ފޮނުވާލަން އުޅޭ ހެން ހީ ވެ އެވެ.

The name is already taken The name is available. Register?

ކައުންސެލަރު

12 December 2020

މައްސަލަޔަކީ ހަރުކަށި ފިކުރު ކަމަށްވަނީ. ލާދީނީ ފިކުރުގެ މައްސަލައެއްނެތްކަމަށްވަނީ. ދޯ! ކަޑަ!؟ ވަރަށްވެދުން

The name is already taken The name is available. Register?

ލަދު ދޯ

12 December 2020

ހަރުކަށި ފިކުރާއި "މަޑުކަށި ފިކުރު" ގެ ނުރައްކާ ގައުމަށް ވަނީ ބޮޑުވެފައި. ނަމަވެސް ބޮޑަށް ދެކެވެނީ ހަރުކަށްޓެއްގެ ވާހަކަ. މިއީވެސް އެބުނާ އެއްޗެއް އިތުރަށް ހަރުވާކަމެއް. މަޑުކަށީގެ މީހުން ބަސްކިޔާ ހިސާބުގައި ގިނަވީމާ އެ "ކަށި" ން ލިބޭ ގެއްލުމުގެ ވާހަކައެއް ނުދައްކަ. މި ދެކަށީގެ ދުއްތުރާ ގައުމަށް ޖެހިފައިވަނީ ހަރުދަނާ އިސްލާމީ، ޞައްޙަ ގިއުގަނޑެއްގެ މައްޗަށް ތައުލީމާ ތަރުބިއްޔަތު ބިނާ ނުކުރުމުން. އާދެ. "ލިޓްލް ނޮލެޖް އިޒް ޑޭންޖަރަސް"

The name is already taken The name is available. Register?

މިންތި

12 December 2020

މިންތިއަކީ ކޮބާ؟ ދެ ޖިންސު މަދީތަ؟ ދެ ޖިންސުގެ ހަމަހަމަކަމޭ ކަމުނުދަނީ ދޯ؟

The name is already taken The name is available. Register?

ތިމާވެށި

12 December 2020

ޝޭހުން ވެސް އަދި ޖަމްއިއްޔާ ތަކުން ވެސް ރާއްޖޭގަ އިސްލާމް ދިނާ ބެހޭ އެންމެ އާއްމު ހުކުމް ތައް އެނގޭ ވަރެއް ބަލާލަން ސާވޭ އެއްކޮށްލަ ބަލާށެވެ. ނަމާދުގެ ސުންނަތާ ފަރުލު އަދި ރުކުން ވަކި ކުރަން އެނގޭ ވަރެއް ބަލާލަ ބަލާށެވެ. އަދި އިސްލާމް ދީން ގަ އަންހެނުންނާ ކުޑަކުދީންނާ ދުވަސް ވީ މީހުންގެ ހައްގު ތައް އާއްމުންނަށް އެނގޭ ވަރެއްވެސް ބަލާލަ ބަލާށެވެ.

The name is already taken The name is available. Register?

ޢަބިކަބަލުން123

12 December 2020

ކޮންމެ ކަށްޓެއްވިޔަސް، އަބިމީހާގައި ޖެހުން ގަބޫލެއް ނުކުރެވޭނެ. ޢެއީ ލޯތްބެއްނޫން. ޢަދިކުޑަކުދީންނާއި ކައިވެނި ނުކުރެވޭނެ، އެއީ ބޮލަށް ޖިންސީ އެދުންވެރިކަން އެރުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!