ޕީޕީއެމް އޮފީހުގައި މައުމޫން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ--ފޮޓޯ: ނިޝާން އަލީ/ މިހާރު
05 ނޮވެމްބަރ 2016 - 11:35
ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި "އަސްލު" ޖަލްސާއަށް މަޖުބޫރު ވެގެން ނަމަވެސް ދިޔަ މެމްބަރުންނަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް ދިޔަ މީހުންގެ ހާޒިރީ ބެލުމަށް ހަދާފައިވާ ދެ ކާޑަކާއި 500 ރުފިޔާގެ ނޫޓެއް ހިފައިގެން ޒުވާން ތިން ފިރިހެނަކު ތިބި ފޮޓާއަކާއެކު މައުމޫން ކުރެއްވި ޓްވީޓެއްގައ ވިދާޅުވީ، މަޖުބޫރުވެގެން ނަމަވެސް ޖަލްސާއަށް ދިޔަ މެމްބަރުންނަށް މަރުހަބާ ދަންނަވާ ކަމަށާއި ސާބިތުވެ ތިބުމަށް ގޮވައިލައްވާ ކަމަށެވެ.
Majbooru vegen namaves jalsaa ah vadai gennevi PPM ge lobuvethi menbarunnah mar'habaa. Saabithuve thibbavaa! pic.twitter.com/zWL6TktaFl
— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫންގެ ޓްވީޓް
މައުމޫން ކުރެއްވި އެހެން ޓްވީޓްތަކެއްގައި ވަނީ ޖަލްސާގައި ރައީސް ޔާމީނާއި އެހެން ބައެއް ބޭފުޅުން މައުމޫނަށް އަމާޒުކޮށް ދެއްކެވި ވާހަކަތަކަށް ނުސީދާކޮށް ބަހުގެ ހަމަލައެއް ވެސް ދެއްވައިފަ އެވެ.
މައުމޫން ވިދާޅުވީ "އެކަކު ބުނީ ދައުވަތު ނުދޭނަމޭ" ކަމަށާއި "އަނެކަކު ބުނީ ވަޑައިނުގަތުމަކީ ޖަލްސާއަށް ލިބުނު ހާދަ ފަޅު ކަމެކޭ" ކަމަށެވެ.
"މިވަރު ކަމެއްގައި ވެސް ތެދު ނުބުނެވޭ ނަމަ ކޮން ކަމެއްގައި ބާ ތެދު ބުނެވޭނީ،" މައުމޫން ސުވާލު ކުރައްވާފައިވެ އެވެ.
ބެލެވޭ ގޮތުގައި މައުމޫން އެ އިޝާރާތް ކުރެއްވީ، ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ސިވިލް ކޯޓުން ހަވާލުކުރި ފަހުން ރައީސް ޔާމީންގެ ފެކްޝަނުން ބޭއްވި ފުރަތަމަ މި ޖަލްސާގައި، އެބޭފުޅުންނާ އަލުން ގުޅިވަޑައިގަތުމަށް ދެއްވި ދައުވަތަށެވެ.
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަކުރާއިރު، ހިޔަނި އެޅިގެން ދަނީ އެ ޕާޓީގެ ރައީސް އެކުގައި ނެތުމުން ކަމަށެވެ. އަދި މައުމޫން އަލުން އެބޭފުޅުންނާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން ތަކުރާރުކޮށް ގޮވާލެއްވި އެވެ.
މައުމޫން އަލުން ވަޑައިގަތުމަށް ދައުވަތު ދެއްވައި ރައީސް ޔާމީން ވިދާޅުވީ "ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނާ އެކީ ވަޑައިގަންނަވާށޭ. އަޅުގަނޑުމެންނަށް މަގު ދައްކަވާށޭ" ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޕާޓީގެ އުސޫލްތަކުގެ ތެރެއިން ބޭބޭފުޅު ރައީސް މައުމޫނާ އެކު މަސައްކަތްޕުޅު ކުރައްވަން ތައްޔާރު ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަނުން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ މިވަގުތު ކަންތައްތައް ހުރިގޮތުން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މައުމޫނަށް ދައުވަތު ނުދެއްވާނެ ކަމަށެވެ.
Ekaku bunee dhauwatheh nudheynamey. Anekaku bunee vadainugathumakee jalsaa ah libunu haadha bodu falhu kamekey. 1/2
— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫން ކުރެއްވި ޓްވީޓް
Mivaru kameh ga ves thedhu nubunevey nama kon kameh ga baa thedhu buneveynee?
— Maumoon Abdul Gayoom (@maumoonagayoom) November 5, 2016
މައުމޫން ކުރެއްވި ޓްވީޓް
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން މިިދިޔަ މަހުގެ 27 ވަނަ ދުވަހު ޖަލްސާއެއް ބޭއްވުމަށް މައުމޫން މަސައްކަތްޕުޅު ކުރެއްވި އެވެ. ނަމަވެސް ޖަލްސާ ބޭއްވުމަށް ފުލުހުން ހުރަސްއެޅުމުން އެމަނިކުފާނު ވަނީ ޝީ ބިލޑިންގްގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައި އަމިއްލަފުޅު ޕާޓީގެ ސަރުކާރަށް ކުރަމުން އައި ތާއީދު އަނބުރާ ގެންދެވިކަން އިއުލާން ކުރައްވައިފަ އެވެ.
"އަސްލު" ނަމުގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން (މ) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މުހަންމަދު ޝަރުހާން/މިހާރު
މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ރޭގެ ޖަލްސާއާ ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވީ "ހާދަ ރޫހެެއް، ފޯރިއެއް، ރޫހެއް ނެތޭ. އަސްލު ވެސް މަޖުބޫރުން" ކަމަށެވެ.
ރައީސް ޔާމީންގެ ފެކްޝަންގެ ޖަލްސާގައި 12،000 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ފެކްޝަނުން ބުނެ އެވެ. އޭގެ ތެރެއިން 4،000 އަށް ވުރެ ގިނަ މީހުން ވަނީ ސީދާ ޖަލްސާއަށް މާލެ ގެނެސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން ބަބުރު ސޮރު
07 November 2016
ތިޔާހުރިހާ އަގައެއް ތަޅާކަށް ބޭނުމެއްނެތް މިއަންނަ އިންތިޚާބުން ހަގީގަތް ހާމަ ވާނެ އެދުވަހަކު މޮޅީ ކޮންބައެއް ކަން އެއްމެނަށް އެގޭނެ.
ޟާ
06 November 2016
ކޮންމެސް މީހަކު ހަގީގަތް ބަލައިދީ ހެޔޮނުވާނެ، ލިޓުލް ސިންގަޕޫރުގެ ފްލޯލެސް ކޯޑިނޭޓަރުގެ ކޮމެންޓުތަކުގައި "މެޖިކް" އަދި "ޖާދޫ" ބޭނުންކޮށްފައިވަނީ އާދަޔާ ޚިލާފަށް ގިނައިން!!! ނުބައެއް ނޫޅެ ނުދާނެ! މީހުން އެއްކުރަން ހިފާލާފައިހުރި ވަރާ އުޅުނުގޮތުން ހަމަ ޝައްކުވަނީ!!! ހަނދާންވަނީ ތަންކޮޅެއްކުރިން ބޮޑު މުޒާހަރާއެއްގައި ބޮޑުތަކުރުފާނުމަގަށް ހާލެއް ކަތިލައި ކަނޑަށް ލޭ ދައްކައި ބޮނޑިބަތުން ގަތް ގަނޑު. ކިތައް މީހުނަށް ސިހުރު ޖެއްސީ؟ ހަމަ ތެދެއް ބުނަން އެކަމުގެ އުނދަގޫ މަށަށް އިހުސާސް ވަނީ ބުނަން ނޭނގޭ ގޮތަކަށް. :(((((((( މި ޖަލްސާއަށް އައި މީހުންގެ ދުވަސް ވާ ހިނގައްޖެ!!!
ހަސަނު
06 November 2016
ކޮންތާކު...!! މަޖުބޫރުކޮށް އަނެއްބަޔަކަށް ލާރިބަހައިގެންވެސް ގެންދެވުނީ ތިން ހާހެއްހާމީހުން.. ދުރު ދުރުގާ ގޮނޑިޖަހައިގެން ތަން ފުރާލިއިރު އޯޑިއަންސުގެ އަޑެއް ބަޑެއް ނެތް.. ހީވީ ގޮނޑިއާލާ އައްސާފަތިބިހެން.. ވަނދުވެ ވަޅޯވެފަ އޮތީ.. އެހެންތިއްބާ ޔާމީނު ވާހަކައިގަ މައުމޫނުގެ ނަން ހަމަ ބުނެލިއިރަށް މުޅިތަން ތަރަތަޖަހަިގެން ދިޔަ.. އަސްލު ޖަލްސާއަށްވެސް ކުޑަކުޑަ ކޮށް ނަމަވެސް ރޫހުއައީ މައުމޫނުގެ ނަން އަޑުއިވުމުން.... ޔާމީނާ އަދުރޭ އަށް މަޖުބޫރުވެގެެން މަުމޫނަށް ރީތިބަހުން މުހާތަބް ކުރަން ޖެހުނީވެސް.. އެހެން ނޫންނަމަ ހަމަ ފާރުގަ ލިޔުނު ބަސްތައް އައީހީ...
ޕިންކް
05 November 2016
މައުމޫން ކައިރީ ތިބިކުދިންކޮޅު އެތިބީ ކަރުއެލިފާ!!
ބަނދަރުކާޅު
05 November 2016
ޔާމީން ފެކްޝަންގަ މީހުން ބަލައިގަންނަ ކަހަލަ އެކަކުވެސް އެބަހުރިތަ. އަދުރޭ، ނިހާން، އަރީފް، ރިޔާޒް ރަސީދު. މި މީސްމީހުންގެ ބަސް ގަބޫލްކޮއްގެން އުޅޭ އެއްވެސް މީހަކު ރައްޔިތުން ބަލައިނުގަންނާނެ.
އަހުމަދު
05 November 2016
އެއްވެސް ގޮތަކަށް ސަރުކާރުން މަޖުބޫރެއް ނުކުރޭ. ދެން ފަހަރެއްގައ ިއެތަނެއްގފައި ހުރި އިސްމީހަކު ގޮތް ދައްއކަން އެހެން ހަދާފާނެ. އަހަރުން ދިޔައީ އެއްވެސް ބަޔަކު މަޖުބޫރުށްގެނެއްނޫން. އެމްޑީޕ ހައެއްކަ ގޮލާ ފެނޭ ފްލައިޓްތެރެއިން. އެއީ ފެނަކައިގައި އުޅޭ މީހުން. އެއީ ކަމަށްވެދާނެ ތިބުނާ މަޖުބޫރޭ ކިޔައިގެއން އުޅޭ ބަޔަކީ. ރޭ ފެނުނ މަންޒަރާއި ދިން ތަރުހީބަށް ބެލީމަ އެނގޭ މަޖުބޫރަކުން ނޫންކަން. ހާޒިރީ ނުބަލާ ބަހަކު ނުތިބޭ. ކޮންމެ ވެރިކަމެއްގަްއިވެސް ބަލާ. ރައީސް މައުމޫނު ޕާޓީ ހިންގެވިއިރުވެސް އެކަން ބަލާމީހުން ބަލާ. މިއަދު އެނގޭ ކަމަކީ ކިތަންމެ ވަރަކަށް އޮޅުވަން އުޅުނަސް ނޯޅޭނެ ބަޔަކު ނޯޅޭނެޔޭ
ކޮމާންޑޯ
05 November 2016
ތިހާވަރަށް ދެންމީހަކަށް އޮޅޭނީ!!!
ޣހޣ
05 November 2016
ހޫމް މަޖުބޫރެއް ނޫން ކުރީކީ. ޓިކެޓް ދީފަ ގެނެސް އަނބުރާ ފޮނުވާދެނީ އެތަނަށްގޮސް މޫނު ދެއްކީމަ. އެހެން ނަހަދަ މީހުނަށް ރިޓާން ޓިކެޓް ނުދޭ. ދެން ހުށަހަން ހުރިމީހާ ހޭވައްޓާލަަފަ މީހުން ގިނައޭ މީހުން ގިނައޭ ގޮވީމަ މަމެން އެތާތިބެގެން ބަނޑަށް ހީހީތިބީ. އެނގިއްޖެ.
ހަންކު
06 November 2016
އޭ ކަލޭ ދޮގު ނުހަދާ. ދިރިއުޅެނީ ލިބޭ މުސާރަކޮޅުން. ދާން ބޭނުން ނުވިއަސް ޖަލްސާ އަށް ދިޔައީ މަޖުބޫރުން . ވަޒީފާގެ ބިރަށް. ޖަލްސާ އަށް ދާން މައައްޒިފުންނަށް ގުޅާފަ އަންގަންވެސް އެންގި. ނުގޮސްފިނަމަ ފިޔަވަޅު އަޅާނެ ކަން ޔަޤީން. މީ އަސްލު ޙަޤީޤަތް!
ނަތަންޔާހޫ
05 November 2016
ފޮޓޯ ބަލާލީމަވެސް އެނގޭ މިއީ އާއިލީ ރަސްކަމެއް ކުރަން އުޅެ އެކަން ނުވެގެން އުޅޭ ބަޔެއްކަން!
ބަކުރު އެންޑް ޒުބޭރް
05 November 2016
ބާރެލީގަނޑު އަދިވެސް މާމޮޅުތާ.
ތުޖުމެހުމޭ މުޖުމެހުމޭ
05 November 2016
މަމެންގެ ބިއުޓިފުލް ހުދުމުހްތާރު ސަރުކާރަށް ތާއީދު އޮހެނީ.50 އަހަަރަށްވެސް ވެރިކަމުގަ ތިބޭނީ މަމެން.ތަމެން ހުރިހާ މީހުންވެސް ތާއީދުކުރޭ.ޑާޑާ ޑާޑާ
އެގްޒޯސްޓެޑް
05 November 2016
ރައީސް މައުމޫނު ފެކްޝަން ކުދިން ރަންރީނދޫ ކުދިންނާއި އެކު ވާކަން މަމެންނަށް ސަސްޕެކްޓް އިނގޭ. އެކަން މަމެންނަށް ޕްރޫވް ވެއްޖެނަމަ ތަމެން ގެ މައްޗަށް ޑިފަމޭޝަން ޖައްސަން ޖެހިދާނެ އިނގޭ. އެއިރުން މާ ތާހިރެއް ނުވާނެ އިނގޭ. މަމެން ޖަލްސާ ބޭއްވީ ގަދަ ކަމުން މީހުން ގެނެސް ގެން ކަން ބަޔާން ކޮށްދޭ ޑޮކިއުމަންޓް ތަމެން ދައްކަބަލަ މަމެންނަށް. ދައްކަބަލަ. ނުދެއްކުނޯ ނުދެއްކުނޯ ނުދެއްކުނޯ. ކޮބާތަ. ނެތް ދޯ ޑޮކިއުމަންޓް އެއް. ތަމެންގެ ޑައިލޮގް މިހާރު ހާދަ ވައްތަރޭ ރަންރީނދޫ ކުދިންގެ ކްރުއަލް ޑައިލޮގް އާއި ދޯ. ތީ ދެން ކިހާ ދެރަ ކަމެއް ނޫންތެ. ތަމެން ތިޔާ އުޅެނީ މަމެން ޖަލްސާ އަށް ކުދިން ގެނައީ ގަދަ ކަމުން ދަަމާ ކޫއްތާފައި ކަމަށް ތިޔާ ބުނަނީ އެއީ ކީއްވެގެންތަ. އައްދިޔޯއި މަގޭ ހިތަށް ހާދަ ތަދުވެއޭ ތިހެން ތަމެން ބުނުމުން. އޭއި ތަމެން ދެން މަޑުން ތިބެބަލަ ގޭގައި އިނގޭ. ޔޫ މަސްޓް ބީ އެގްޒޯސްޓެޑް ނައު.