މާފުށި: އެރަށުގައި ކާރެއް މޫދަށް ވެއްޓި، ދެ މީހަކަށް ވަނީ އަނިޔާވެފައި
13 ޖެނުއަރީ 2021 - 19:46
ކ. މާފުށީގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓި، ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ރޭ މާފުށީގައި ތިން މީހަކު ދަތުރުކުރި ކާރެއް މޫދަށް ވެއްޓުމުން އޭގެ ތެރެއިިން އަނިޔާވި ދެ މީހަކަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ކާރު މޫދަށް ވެއްޓުމުގެ ތެރޭގައި، ބަނދަރުގައި އަޅާފައި އޮތް ލޯންޗެއްގައި ޖެހި، އެ ލޯންޗަށް ގެއްލުންވި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކާރު ދުއްވާފައި ވަނީ ކާރު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސް ޝައްކު
14 January 2021
ޔަޤީންތަ މޫދަށްކަން ވެއްޓުނީ؟ ޝަރުބަތުކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅިއެއް ފެނުނުތަ؟ ޝަރުބަތުކަމަށް ޝައްކުކުރެވޭ އެއްޗެއްގެ ވަސްދުވިތަ؟ ކުޑަކަމުދާ އެއްޗެހިކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ނެގިތަ؟ ފުލުހެއްކަމަށް ޝައްކުކުރެވޭ މީހަކުތަ ސުވާލުކޮށް ބަޔާންނެގީ؟ ތަހުޤީޤްކުރަނީ ފުލުހުންކަމަށް ޝައްކުކުރެވޭ ބަޔަކުތަ؟ މީމައްސަލައެއްކަމަށް ޝައްކުކުރާނެކަމަށް ބަޔަކަށް ޝައްކުކުރެވޭތަ؟
ގުލްސަނޫބަރު
14 January 2021
މި ބުނީ މާފުށީގަވެސް ކާރު ދުއްވާހޭ! ދެން މާފުއްޓަކީ ކޮންތަނެއް ކާރު ދުއްވަން! ދެފައި ދެ ގޯޅިއެއްވަރު ރަށެއް! ދެން އަނެއްކާ ޓުއަރިސްޓު އެހާ ގިނައިން އުޅޭ ރަށެއްގަ ދެން ކޮންފަދަ ކަމެއް ކާރު ދުއްވާކަށް! ކާރު ދުއްވުން މަނާ ކުރަންވީނޫންތަ އަޅެ ފަހެ ތި ރަށުގަ!