ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

ޣައްސާން ގޯހެއް ނުހަދާނެ، "ސިޔާސީ މަންފާ" ރައީސް ޔާމީން ނަންގަވާ: މައުމޫން

ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު، ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބޭއްވި ކައުންސިލް ބައްދަލުވުން ނިންމާލުމަށް ފަހު މައުމޫން، ނިކުމެވަޑައިގަންނަވާއިރު ދަރިކަލުން ޣައްސާން އަރިހުގައި..-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ގައުމަށް ހިދުމަތް ކުރެއްވުމުގެ ބޭނުމުގައި، ދަރިކަލުން ޣައްސާން މައުމޫން، ރައީސް އޮފީހުގައި ހުންނަވާތީ، އެކަމުގެ "ސިޔާސީ ފައިދާ" ރައީސް އަބްދުﷲ ޔާމީން ނަންގަވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމް ދެ ފަޅިވެ ރައީސް ޔާމީނާއި ރައީސް މައުމޫންގެ ފެކްޝަނެއް ހިންގާއިރު، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިސްކަން ދެއްވަނީ ބޮޑުބޭބޭފުޅު، ރައީސް ޔާމީން ބާއްވަވާ ކައުންސިލް ބައްދަލުވުން ތަކަށެވެ. ރައީސް ޔާމީނާއި މައުމޫން އެއް ވަގުތެއްގައި ކައުންސިލް ބޭއްވިއިރު ވެސް ޣައްސާން އިންނެވީ ރައީސް ޔާމީނާ އެކުގަ އެވެ. ކުރިން ދެ ކައުންސިލް ބައްދަލުވުމަށް ވަޑައިގަތަސް، އެ ބައްދަލުވުމުން ޣައްސާން ތާއީދުކުރައްވާ ފެކްޝަން ސާފުވެފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ މައްސަލައާ ގުޅޭގޮތުން މިދިޔަ ހޯމަދުވަހުގެ ރޭ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ތިން އަހަރު ބާކީ އޮއްވައި، ޣައްސާން މަޖިލީހަށް އެތެރެ ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ޣައްސާނާ ގުޅޭ ގޮތުން ރައީސް ޔާމީން އެ މޭރުމުން ވާހަކަފުޅު ދެއްކެވީ "ސިޔާސީ މަންފާ" ހޯއްދެވުމަށް ކަމަށް ބެލެވޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

ޣައްސާން އަކީ ވަރަށް ރަނގަޅު ކުއްޖެއް، ވިސްނުން ވެސް ވަރަށް ރަނގަޅު، ގައުމަށް ވަފާތެރިވާނެ، އިހްލާސްތެރިވާނެ. އޭނަ ގޯހެއް ނުހަދާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. --މައުމޫން

އަސްލު ޕީޕީއެމަކީ ރައީސް ޔާމީން ފެކްޝަން ކަމަށް ޕްރޮމޯޓްކުރަން ބޭއްވި ޖަލްސާގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ޣައްސާން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: މުހަންމަދު ޝަރުހާން

ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި، ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި މިހާރު ވެސް އެ ކެމްޕޭން ކުރިއަށް ގެންދެ އެވެ.

"ކީއްކުރަންތޯ [ރައީސް ޔާމީން] އެހެން ވިދާޅުވާންވީ މިހާރު؟ އަދި މި ދައްކަނީ 2019 ގެ ވާހަކަ. ތިން އަހަރު އޮއްވައި އެ ވާހަކަ ވިދާޅުވާންވީ ކީއްވެތޯ؟ ކޮންމެ މީހަކަށް ވެސް އެނގޭނެ ކޮން ސަބަބަކަށްޓައި ކަން،" ޣައްސާންގެ ސިޔާސީ ފައިދާ ރައީސް ޔާމީން ނަންގަވާ ކަމަށް ވާހަކަ ދެއްކެވޭ ނޫންތޯ ދެންނެވުމުން މައުމޫން ވިދާޅުވި އެވެ.

ރައްޔިތުންނަށް ނުރަނގަޅު ހިޔާލެއް ދެއްވަން ޣައްސާންގެ ބޭނުން ކުރެއްވުމަކީ "ވަރަށް ނޭދެވޭ، ދެރަ ކަމެއް" ކަމަށް މައުމޫން ވިދާޅުވި އެވެ. ރައީސް ޔާމީން އެގޮތަށް އަމަލުކުރެއްވިޔަސް މައުމޫން ވިދާޅުވީ "އަޅުގަނޑުމެންގެ އާއިލާ އެއަށް ވުރެ މާ ހަރުދަނާ ވާނެ" ކަމަށާއި "އެކަކު އަނެކަކަށް އިތުބާރު ކުރާ" ކަމަށެވެ.

ތިން އަހަރު އޮއްވައި އެ ވާހަކަ [ރައީސް ޔާމީން] ވިދާޅުވާންވީ ކީއްވެތޯ. ކޮންމެ މީހަކަށް ވެސް އެނގޭނެ ކޮން ސަބަބަކަށްޓައި ކަން. --މައުމޫން

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަޖިލީހުގެ އިންތިހާބަށް ކުރިމަތިލެއްވުމުގެ ވާހަކައެއް މިހާތަނަށް ޣައްސާން ވިދާޅެއް ނުވެ އެވެ. ޣައްސާން ނެރޭނީ ތުލުސްދޫ ދާއިރާ އަށް ކަމަށް ބުނެ ރައީސް ޔާމީންގެ ފެކްޝަނުން ކެމްޕޭން ކުރާއިރު، އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަކީ އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ހުންނެވި ބޭފުޅެއް ކަން މައުމޫން ފާހަގަކުރެއްވި އެވެ.

އެހެންވެ އެ ކެމްޕޭނަކީ ވެސް "އަޅުގަނޑުމެންނަށް ދަތިކުރަން ކުރާ ކަމެއް" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫނާއެކު ޔުމްނާ އާއި ދުންޔާ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މައުމޫން ވިދާޅުވީ "އެއްވެސް ކުއްޖެއްގެ ގާތު ވަކި ގޮތަކަށް އަމަލުކުރާކަށް" އެމަނިކުފާނު ވިދާޅު ނުވާ ކަމަށެވެ. ހުރިހާ ބޭފުޅުންނަށް ވެސް އަމިއްލަ އަށް ކަންކަން ނިންމެވުމުގެ ފުރިހަމަ އިހްތިޔާރު އޮންނާނެ ކަމަށާއި އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ހެއްދެވުމަށް ވިދާޅުވެފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކު ބޭނުންވާ ގޮތެއް ނިންމާނީ އަމިއްލައަށޭ. އެހެން މިދަންނަވަނީ، ޔުމްނާ ޑިސިޝަން ނެގީ އަމިއްލަ އަށް. ދުންޔާ އިސްތިއުފާ ދެއްވުމަކީ އަމިއްލަ ނިންމެވުމެއް. ދެން ފާރިސް ސަރުކާރުން ވަކިވެ ރައްޔިތުންގެ މަޖިލީހަށް ހޮވުނީ، އެއީ އޭނަގެ އަމިއްލަ ޑިސިޝަން. އަޅުގަނޑު އެއްވެސް ކުއްޖަކު ކައިރީ ނުބުނަން މިހެން ހަދާށޭ،" މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޣައްސާން ވެސް އަމަލުކުރައްވަނީ އޭނަ އަށް ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށެވެ. ވަކި ގޮތަކަށް އަމަލުކުރަން ޣައްސާނަށް ވެސް އިރުޝާދު ނުދެއްވާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޣައްސާނަކީ ވަރަށް ރަނގަޅު ކުއްޖެއް، ވިސްނުން ވެސް ވަރަށް ރަނގަޅު. ގައުމަށް ވަފާތެރިވާނެ. އިހްލާސްތެރިވާނެ. އޭނަ ގޯހެއް ނުހަދާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް،" އެންމެ ހަގު ދަރިކަލުންނާ ގުޅޭގޮތުން މައުމޫން ވިދާޅުވި އެވެ.

ރައީސް އޮފީހުގައި އަދާކުރައްވާ މަސައްކަތްތަކަކީ، މައުމޫން ވިދާޅުވި ގޮތުގައި، ގައުމަށް ފައިދާކުރާނެ މަސައްކަތްތަކެއް ކަމަށް، ޣައްސާން ދެކެވަޑައިގަންނަވަ އެވެ. އޭނާގެ ނިންމެވުމުގައި ސިޔާސީ އެއްވެސް ސަބަބެއް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ.

ޣައްސާން ވަރަށް ގިނަ ކަންކަމާ ހަވާލުވެވަޑައިގެން ރައްޔިތުންގެ ފައިދާ އަށް ހިދުމަތްކުރައްވާ ކަމަށާއި އޭނާ ކުރައްވާ މަސައްކަތުގެ ތަފްސީލު ހޯއްދަވައި ސުވާލު ކުރައްވަން ބޭނުންފުޅު ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"ސިޔާސީ ކަންކަމުގައި [ޣައްސާން] ނުކުމެ ވާހަކަ ދައްކަވައި އެހެނެއް ނޫޅުއްވައެއް ނޫންތޯ؟" މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމް ކޯޅުންގަނޑުގައި، ޣައްސާނަށް އަށް ފާޑުކިޔުންތައް އަމާޒުކުރިޔަސް ޣައްސާން މިހާތަނަށް މީޑިއާ އަށް އެއްވެސް ވާހަކައެއް ނުދައްކަވައި ހުންނަވަނީ "ހިމޭނުން"ނެވެ. އޭނާ ވިސްނުން ގެންގުޅޭ ގޮތުގެ މައްޗަށް "މިހާރު" ގައި ޝާއިއުކުރި ރިޕޯޓަކަށް ކޮމެންޓް ހޯދަން އެދުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

20 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 6%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަހަ

10 November 2016

ޣައްސާން އަކީ، ހުވަނދުމާ ގަހެއްގާ އަޅާފަވާ އަސުރުމަލެއް އަތަށް ޗިސްކޮށްލީމަ އެނގޭނެ.

The name is already taken The name is available. Register?

މަރީ

10 November 2016

ހުރިހާކަމެއް ޣައްސާނާ ބައްސަން ނަހައްދަވާ.

The name is already taken The name is available. Register?

ގުނބޯ

10 November 2016

އެންމެންގެ ފައިދާވެސް އެކަކު އަނެކަކަށް ދޭންޖެހޭނެ. ފައިދާ ނަގަން ޖެހޭނެ. އިސްލާމީ އިމުގެ ތެރެއިން. އެގޮތުން ޣައްސާނުގެ ފައިދާ ނުދެއްވަން މައުމޫނު އެ އުޅުއްވަނީ ރަނގަޅަކަށް ނޫން. މަގު ގެއްލިފައި.

The name is already taken The name is available. Register?

މޯލްޑިވިއަން

09 November 2016

ރަނގަޅު ވާހަކަފުޅެކެވެ. ޣައްސާނު މައުމޫނަކީ ޕްރޮފެޝަނަލް ހަޤީޤީ ޕޮލިޓީޝަނެކެވެ. ގެންގުޅުއްވާ ޚާއްސަ ހަމަތަކަކާއި އުޞޫލުތަކުގައި ސާބިތުކަމާއެކު ހިފަހަށްޓަވައެވެ. ސިޔާސީ މޮޔަގޮވާ ނަހައްދަވައެވެ. މައުމޫނުގެ އެހެން ބޭފުޅުންނާ ޣައްސާނު ވަރަށް ތަފާތުވާނެއެވެ. ތުއްޕުޅުއިރުވެސް ފެނުނީ ހެޔޮ ވިސްނާ މީހުންނާ ގުޅޭ ސަމާސާ މިޒާޖެވެ. އެކުވެރިންނާއެކު ވަގުތު ހޭދަކުރައްވައެވެ. އެކި ނަންނަމުގައި ޓީމުތައް ހައްދަވައިގެން ފުޓުބޯޅަ ކުރިކެޓް ބެޑްމިންޓަން ކުޅުއްވިއެވެ. މިއާ ޚިލާފަށް މިހާރު ޕީޕީއެމް ފެނިގެން އުޅުއްވާ ފާރިޝް އާއި ދެން ތިއްބެވި ދުންޔާ އަދި ޔުމްނާއަކީ އޭރުވެސް އަދި މިހާރުވެސް އަބުއި ބޭފުޅުންނެވެ. ސިޔާސީ މާބޮޑު އުރައްޕެއް ނެތެވެ. ޣައްސާނަށް އޮންނަ ތާއީދާއި ލޯތްބެއް އެވެރިންނަކަށް ނެތެވެ.

The name is already taken The name is available. Register?

މޫސަބެ

09 November 2016

އެބޭފުޅާގެ ފައިދާ ނަހަމަ ގޮތުގައި ނަގާ މީހުންގެ ޢަދަދު ވަރަށްގިނަ! ވަކި ބައެއްގެ އެހާ ބޮޑު ފަރޭންޑެއްވީމާ ކަންނޭގެދޯ! ބައްޕާފުޅުގެ ފައިދާ ނެގިމީހުން މިއަދު އިސްތަށިފުޅަށް ފައިން އަރާ އެއޮއް ފިތަނީ!

The name is already taken The name is available. Register?

ހުމާ

09 November 2016

އަޖައިބެއް . އޭނަގެ އަމިއްލަ ފައިދާއަށް އެހުންނަވަނީ! އެކަން އެންމެނައްއެނގޭ.

The name is already taken The name is available. Register?

މަގޭ ބުއްދި

09 November 2016

ޤައުމުގައި ހުރި ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ރައީސް އަދި ބައްޕާފުޅު އެހީއަށް އެންމެ ބޭނުންވި ދުވަހު އެންމެ ހަގުދަރި ، އިދިކޮޅު ފެކްޝަނުގައި މަސައްކަތް ކުރުމަކީ ރަނގަޅު ދަރިޔަކު ނަމަ ކުރާނޭ ކަމެއް ނޫނެވެ. އެގޮތަށް އެކަން ކުރާނަމަ އެކުރަނީ ކުރެވިފައިވާ ކަމެއްގެ ބޮޑުކަމުން މަޖުބޫރީ ޙާލަތެއްގައިކަން ޔަޤީންވެ ކަށަވަރުވެއެވެ. މާތްﷲ އިންސާނުންނަށް ބުއްދި ދެއްވައި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ކުރުމަށް ވަނީ އަންގަވާފައެވެ.

The name is already taken The name is available. Register?

އިބޫ

09 November 2016

އާދެ އާދެ އަޑު އިވޭ އިނގޭތޯ.. ދައްކަވާންހުރި ތަނެއް ދައްކަވާނެ..... ތެންކްޔޫ

The name is already taken The name is available. Register?

ބެސްޓް

09 November 2016

ގައްސާން އެއުޅުއްވަނީ ގައްސާންގެ ޖޮބްގަ. އާއިލާގަ ޖެހޭ މައްސަލައަކާ އެކަމަކާ ކޮންމެހެން ބައްސާކަށްނުޖެހޭ. މިހާރު ކޮންމެ ގޮތަކުންވެސް ސިޔާސީ ތަޖްރިބާ ލިބެން އެންމެ ރަގަޅަށް އަންނަނީ އެ ޖޮބްގަ ހުރެގެން. އެ ތަޖްރިބާއަކީ ކުރިމަގަށް ވަރަށް މުހިއްމު އެއްޗެއް. ޖޮބެއްގައި ޒާތީނުވެ ޕްރޮފެޝަނަލް ވެވޭނެކަން އެދައްކައިދެނީ.

The name is already taken The name is available. Register?

ފާތުން

09 November 2016

ގައްސާން އަކީ އަޙްލާގްރަގަޅު ބޭފުޅެއް އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ދާނީ ރަގަޅައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454