ރައީސް އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ "މީހަކަށް އިންޒާރު ދިން މައްސަލަ ބަލަމުންދާ" ކަމަށެވެ. އެއީ ރައީސް ކަމެއް ޔަގީންކޮށެއް ނުދިނެވެ.
އެނގިފައިވާ ގޮތުގައި، އައްޑު އަށް ނިސްބަތްވާ ބަޔަކު ފޭސްބުކްގައި ހިޔާލުފާޅުކުރާ ޕޭޖެއްގައި ރައީސަށް އިންޒާރު ދިން މީހާއާ ވަނީ ސުވާލުކޮށް، ބަޔާން ނަގައިފަ އެވެ. އެކަމަކު އޭނާ އަދި ހައްޔަރެއް ނުކުރެ އެވެ.
އެ ޕޭޖުގައި އިންޒާރު ދީފައި މިވަނީ، ރައީސް މި ހަފުތާގައި އައްޑު އަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖައްސާފައި ވަނިކޮށެވެ.
މީގެ ހަފުތާއެއްކުރިން، އައިޖީއެމްއެޗު ގޮއްވާލާނެ ކަމުގެ އިންޒާރު ވެސް ފޭސްބުކް މެދުވެރިކޮށް ދީފައިވެ އެވެ. އެ މައްސަލަ ވެސް ފުލުހުން ތަހުގީގުކުރި އެވެ.