ރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވަނީ: ޝިޔާމާއި ޝާހިދަކީ މައުމޫނާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅި ދެ މެމްބަރުން --ފޮޓޯ/ރައީސް އޮފީސް
13 ނޮވެމްބަރ 2016 - 12:20
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަތުން ޕާޓީ ހިންގުން އަތުލަން ކޯޓަށް މައްސަލަ ހުށަހެޅި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންނަކީ ދަންޑަހެލުން ކަމަށް ރައީސް އަބްދުﷲ ޔާމީން ރޭ ސިފަ ކުރައްވައިފި އެވެ.
ޕީޕީއެމް ހިންގުން ރައީސް މައުމޫންގެ އަތުން ނެގުމަށް ފަހު އެ ބާރު ރައީސް ޔާމީން ލިބޭ ގޮތަށް ކޯޓުން ހުކުމްކުރީ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ތާއީދު ކުރުމުން ޕާޓީ މިހާރު ހިންގަނީ ސީދާ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް މިހާރު ދަތުރު ކުރަނީ ގަދަ ކަނޑެއްގައި ކަމަށާއި ނަމަވެސް އެމަނިކުފާނަށް ލިބޭ އުފަލަކީ ރާއްޖޭގެ އުތުރުންނާއި ދެކުނުން އަދި ދުވާފަރުން އެމަނިކުފާނާ އެކު "ތިން ދަންޑަހެލުން" ތިބުން ކަމަށެވެ. ޝާހިދާއި ޝިޔާމާއި ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީއަށް ނިސްބަތް ކުރައްވައި، އެ ބޭފުޅުންނަކީ އެ ތިން ދަންޑަހެލުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަމާންކަމާ އެކު އަޅުގަނޑުމެން ދަތުރު ކުރަމުންދާ މަންޒިލަށް އަޅުގަނޑުމެން ދާނީ ތިން ދަންޑަހެލުންގެ މަސައްކަތާ އެކީގައި،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމަކީ ރާއްޖޭގެ މުސްތަގްބަލް ކަމަށާއި އެ ޕާޓީ އަށް ފަސް އަހަރުވީއިރު ސިޔާސީ މަސްރަހުގައި ނަމޫނާ މަސައްކަތްތަކެއް އެ ޕާޓީން މިހާތަނަށް ދައްކައި ދީފައިވާ ކަމަށެވެ. މަގުމަތީގައި މުޒާހަރާކޮށް، ކުޑަކުދިންނަށާއި އާންމުންނަށް އުނދަގޫވާ ގޮތަށް ކަންކަން ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަން އަންގައިދިނީ ވެސް އެ ޕާޓީން ކަމަށް ރައީސް ވިދާޅުވި އެވެ.
"ބަގީޗާއެއް ޒީނަތްތެރި ކުރާ ކަމަށް ވަންޏާ އަޅުގަނޑު ދަންނަވާލާނީ ނަމަ ނަމަ ދިއްގާ ގަހާ ދޯޅު ނުވާށޭ. ޖާގަ ދެއްވާށޭ ފިނިފެންމަލަށް. ޖާގަ ދެއްވާށޭ އަސުރު މަލަށް." އެމްޑީޕީ އަށް ނިސްބަތް ކުރައްވައި، ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުންތައް އުފެދިފައި ވަނިކޮށް ކޯޓުން ކުރި އެ ހުކުމާ އެކު ޕީޕީއެމްގައި ރަސްމީކޮށް ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. މައުމޫން ދަނީ ފާޅުގައި ސަރުކާރާއި ރައީސް ޔާމީނަށް ފާޑު ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސސ
14 November 2016
ޝާހިދު ދަންޑަ ހެލަކަށް ހެދިޔަސް އަދި ނުފުދޭނެ، ހުޅުމީދޫ އަވަށް އައްޑޫ ސިޓީގެ އެހެން އަވަށްތަކާއި ނުގުޅި އައްޑޫސިޓީ ފުރިހަމައެއް ނުވާނެ، އުއްތަމަ ފަންޑިޔާރު މެންފަދަ ބޭފުޅުން ޗުއްޓީ ހޭދަކޮށްލަންދާ ހުޅުމީދުއަށް ލޯންޗެއްގައި ދިއުމަށްވުރެން އޭސީ ކާރުގައި ދިއުން ނުންތޯ ފަސޭހަވާނީ އެހެންކަމުން ހުޅުމީދޫ ގަން ބުރިޖް އަވަސްކުރަންޖެހޭ!
ބާސްމަތީ ރައީސް
14 November 2016
ވެރިކަމުގަ ހުންނެވިނަމަވެސް ބައެއްފަހަރު ކިޔޭނުކިޔޭ އެއްޗެއްވެސް ނޭންގޭހެން ހީވަނީ!
މޫސަޔޭ
14 November 2016
ތިޔެހެން މޮޔަގޮވާ ކޮންމެ މީހަކު ވެއްޓެނީ ހާދަ ބާރަށޭ އަދި އެކަން ވެގެންދަނީ ދިވެހި އުންމަތައް އިބުރަތަކަށޭ އަދި ތާރީޚުގައި ލިޔެވެޔޭ. ހަމަ ބިމަށް ތިރިވެލައްވާ.. ބޭބޭ ގެ އަޑު އައްސަވާ!
އައި
13 November 2016
މެމްބަރު ޝިޔާމް އާއި ޝާހިދަކީ އެއީ ސީދާ ދަންޑެހެލުންނެވެ. އެއީ އެމެންނަށް އެންމެ ހައްގު މަގާމް އެވެ. އެމެެންގެ ސަބަބުން މަމެންނަށް މިވަނީ މަމެންގެ އަސްލު ޕާރޓީ ލިބި އަސްލު ޖަލްސާ ބާއްވާ އަސްލު މީހުންނާއި ސަލާމް ކޮށްލާ ނެ ފުރުސަތު ލިބި އަސްލު އުފާކޮށްލަން ލިބިފައެވެ. އައި ކޭން ސީ އިޓް ފްރޮމް ދެއާރ އައިޒް ނައު. އައި އޭމް ކީޕިންގް ދިސް މެމޮރީ ފޯރ އޯލްވޭޒް، އޯލްވޭޒް..
ޢާދިލް
13 November 2016
މިހާރަކަށް އައިސް ކަޅޯއްފުންމިއާއި ދަންޑެހެލެއްގެ ވާހަކަ ކިޔާއިރު އަނދިރިއަނދިރިއަކުވެސް އެބަ އުޅޭ ކަމަށއް ވޭ އެހެންވީމާ 2018 ގަ ކުޅި ސަމާ ފެނިގެން ދާނެ
ާއަނީ
13 November 2016
ނަސީބު މިފަހަރު ޚާލިދު ބުނު ވަލީދަށް ނުވިކަން. ްެއެންމެ ފަހުން ޚާލިދު ބުނު ވަލީދަށް ވީމިހާ ވެސް އެއޮތީ ޖަލުގަ
ރަމޭ
13 November 2016
ޕީޕީއެމްގެ މައްސަލަ ކޯޓަށް ހުށަހެޅި ދެމީހަކީ ބަންގާޅު ދެމީހުނަށްނުވިކަން އެއީނަސީބެއް. ނޫންނަމަ އެދެމީހުންވާނީ ދެހާޖީންނަށް.
ބާސްމަތީ ރައީސް
13 November 2016
ތިޔަ ދެ މެމްބަރުންނާ ބެހޭގޮތުން ބުނަންއޮތްއެތި ބޮޑުކަމުން މިވަގުތު ބުނެވޭކަށްނެތް!
ދެހާސްއަށާރަ
13 November 2016
ﷲގެ އިރާދަފުޅުން 2018 ގައި ނުވަތަ އެއަށްވުރެން ވެސް ކުރިން ކަލޭމެންނަށް ރަނގަޅު ފިލާވަޅެއް ލިބޭނެއެވެ. އާމީން!
އިބްރާހިމް
13 November 2016
އެއީ އެމްޑީޕީއަށް ހިތާމަހުރި ޚަބަރެއް ދޮގއްތޯ؟
ރކ
13 November 2016
އާމީން
ބީއެސްބީ ވެންގާ
13 November 2016
އަސްލު ތަރުޖަމާ: ''އަޅުގަނޑަށް'' ފަހިވާ ގޮތަށް ހަޑިހާވާ ހުރިހާ މީހުން އެއީ ''ދަންޑެހެލުން'' ، ނަމަވެސް އަޅުގަނޑާ ދެކޮޅަށް މަސައްކަތް ކުރާމީހުން އެއީ ''ނިރުމަޅަވެރިން'' . އހ (ނިރުމަޅަ = ޕައިރެޓުން)