ވެކްސިން ޖަހަން ކިއު ހަދާފައިވާ މީހުންތަކެއް: 46 އަހަރުގެ ފިރިހެނަކަށް ދެ ބްރޭންޑެއްގެ ވެކްސިން ޖެހިފައިވޭ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
22 އެޕްރީލް 2021 - 23:45
ކޮވިޑް-19 ވެކްސިން ދިން އިރު ދެ ބްރޭންޑުން ދެ ޑޯޒް ޖެހުނު މީހާގެ ހާލު ބަލައި މޮނިޓަކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނި ނަމަވެސް އެކަން ދިމާވިކަން ރަސްމީކޮށް އަދިވެސް ނާންގާ ކަމަށާއި ހާލު ވެސް ނުބަލާ ކަމަށް އެކަން ދިމާވި މީހާ ބުނެފި އެވެ.
ޓްރެވަލް އޭޖެންސީއެއްގެ އެއާޕޯޓް ރެޕެއްގެ ގޮތުގައި މަސައްކަތްކުރާ 46 އަހަރުގެ އަބްދުލްމަތީން މޫސާ މިދިޔަ މަހު 23 ގައި ފުރަތަމަ ޑޯޒް ޖެހިީ ސައިނޮފާމް ވެކްސިނުންނެވެ. އަދި ދެ ވަނަ ޑޯޒް ޖެހީ ވެލާނާ އެއާޕޯޓްގައި މަސައްކަތްކުރާ މީހުންނަށް އެއާޕޯޓްގައި ހަދާފައިވާ ވެކްސިން ސެންޓަރުންނެވެ. އެތަނުން ޖަހައިދިނީ ކޮވިޝީލްޑް ވެކްސިނެވެ.
އޭނާ "މިހާރު" އަށް ކިޔައިދިން ގޮތުގައި ވެކްސިން ޖެހުމުގެ ކުރިން ހަތަރު ކައުންޓަރަކުން އޭނާގެ ވަނަވަރު ބެލި އެވެ. އަދި ވެކްސިން ޖަހަން ތިބި ދެ މީހުން ވެސް އޭނާގެ ވެކްސިން ކާޑު ބެލި ކަމަށް ބުންޏެވެ.
އެކި ބްރޭންޑުގެ ވެކްސިނުން ޑޯޒް ހަމަކުރުމަކީ އަދި ބައެއް ގައުމުތަކުގައި އަޖުމަ ބެލުމުގެ ގޮތުން ކުރަމުން އަންނަ ކަމެކެވެ. މިކަމުން ގެއްލުމެއްވާ ކަމަށް މިހާތަނަށް އެނގިފައި ނެތް ނަމަވެސް މިއީ އަދި ނަތީޖާ އެނގިފައި އޮތް ކަމެއް ނޫނެވެ.
އަބްދުލްމަތީން ބުނީ ދެ ވައްތަރުގެ ވެކްސިން ޖެހިކަން އެޗްޕީއޭ އަށް އެނގުމުން އެކަން ބަލާނެ ކަމަށް ފުރަތަމަ ވެސް ބުނީ މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ކަމަށާއި އޭނާ އަށް އެކަން ނުވެސް އަންގާ ކަމަށެވެ.
"އެކަމަކު ވެސް އަޅުގަނޑު ކައިރީ އަދިވެސް ނުބުނޭ [އެ ވާހަކައެއް]. އާންމުން ކައިރީ [މީޑިއާ ބްރީފިންގައި] އެއް ނޫން ދޯ ފުރަތަމަ ބުނާނީ؟" މަތީން ސުވާލުކުރި އެވެ.
މަތީން ބުނީ ކަން ދިމާވި ގޮތުން އޭނާ ހުރީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށާއި ރެ އާއި މިއަދު އުޅުނީ ވަރަށް ބޮޑަށް ހުން އައިސްގެން ކަމަށެވެ. ރޯދަ ވީއްލި ފަހުން ހާލު ރަނގަޅު ކަމަށާއި އެކަމަކު އަދިވެސް ތުރުތުރު އަޅައި ބޮލަށް އެނބުރުން އަރާ ކަމަށް ބުންޏެވެ.
"ބޭހެއް ވެސް ކާން ނުކެރިފައި މި ހުންނަނީ، އިތުރު ގޮތެއް ވެއްޖެ ނަމަ އެއީ ބޭހުގެ ސައިޑް އިފެކްޓެކޭ ބުނެފާނެތީ،" މަތީން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އެޗްއީއޯސީ އިން މިއަދު ބޭއްވި މީޑިއާ ބްރީފިންގައި ބުނީ މި ކޭސް ވަރަށް ގާތުން މޮނިޓަރުކުރަމުން އަންނަ ކަމަށެވެ. އަދި މި ކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އަށް ހިއްސާކޮށްފައިވާ ކަމަށާއި މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެމި
23 April 2021
ހުސް ދޮގުހަދާ މީހުން އެޗްޕީއޭގަ ! މޫމިނާ އިސްތިއުފާ~!
ރަހާ
23 April 2021
މަގޭ ގަޔައް ވެކުސިން ޖަހާ އިރު މަވެސް ބަލަން ބަލަންޖެހޭނެ މިޖަހަނަި ރަނގަޅު ވެކުސިންތޯ
އަހާ
23 April 2021
އެހާ ބޮޑަށް އިތުބާރުކުރެވުނީމަ ނުބެލިވެސްދާނެ.
ޕޮގުބާ
23 April 2021
ވެކްސިން ދޭނީހާބަލަންޖެހޭތަ ޖަހަނީ ކޮންންކަހަލަ ވެކްސިނެއްތޯ އެބަލަންޖެހޭނީ ޑޮކްޓަރުންނާއި ނަރުހުން އެއީ ބަލަން ނޭންގޭ މީހުންވެސްތިބޭތި
އަލީ ކަތީބް
23 April 2021
ނުޖެހޭ ބުނާކައް! ބުނަން ޖެހެންޏާ ބުނާނެ. އަނެއްކޮޅުން ދައުވާ ކުރެވިދާނެ ވާހަކަ ވެސް ނުވެސް ބުނާނެ! މަންދު ކޮލެޖައް އެކަނިތަ މިލިއަނުން ދައުވާ ކުރެވޭނީ؟ ތިކަމަކީ އާރުލީ މީހަކައް ދިމާވި ކަމެއްނަމަ ގައުމު ދަރުވާލާ ވަރައް ދައުވާ ކުރާނެ! ޢަދި ހަޒާނާ ފެލާވެސް ލާނެ!
ފާތުމަ ވަގު މިސްކިތް
23 April 2021
ކޮބާ ކަލޭގެ ފަރުދީ ޒިއްމާ. ކަލެއްޔަށް ވެސް ހަމަ ނޭގެނީތަ ކުރިން ޖެހި ވެކްސިން އަދި މިހާރު ޖަހަމުން މިދަނީ ކޮވިސީލްޑް ކަން
ޢަލީލީ
23 April 2021
ކާރޑުގައި ފުރަތަމަ ޑޯޒްގެ ހުރިހާ ތަފްސީލެއް ލިޔެވިފައިވާ އިރު އަދި ކައުންޓަރުން ފާސްވެގެން ގޮސް ވެކްސިން ޖެހޭ އިރު ގިނަ މީހުން ނުބަލާނެ ޖެހޭ ވެކްސިނެއް. އެއީ ކައުންޓަރު ސުޓާފުންނަށް އިތުބާރުކޮށް. އަނެއްކާ ދުވަސްވީ ބޭފުޅުންވެސް ވަރަށް އެބަ ޖަހާ ވެކްސިން. އެބޭފުޅުންނަކަށް މާބޮޑަކަށް ނޭގޭނެ ވެކްސިންގެ ވައްތަރު ތަކެއް.ވެކްސިން ކަން ހަމަ އެކަނި އިނގޭނީ.
ކިއުގަހުރިމީހާ
23 April 2021
ފަރުދީ ޒިންމާއެއްގެ ގޮތުން ފަހުވަގުތުވެސް ޖަހަނީ ކޮން ވެކްސިނެއްތޯ އަހާލުން ރަގަޅު. މިހެން މިބުނީ އެއަރޕޯޓް ރެޕް ގޯސްކުރާކަށްނޫން. އޭނާއަށް އެހެން އެކަންވީމާ ދެވަނަ މީހަކަށް އެހެން ދިމާވެދާނެތީ.
ނަލަ
23 April 2021
ދެން މިހާރު ކޮންމެ މީހަކުވެސް އަހަންވާނެ. ޔަގީންކަން ނެތުނީމަ.
ފަހުން
23 April 2021
ތަންކޮޅެއް އަމިއްލަ ޒިންމާއެއްވެސް މިކަމުގަ އޮތްކަން ދަނެގެން ކަން ކުރަންވީ. ސައިނޯފާމް ދެވަނަ ޑޯޒް ދޭން ނުފަށަނީސް ކީއްކުރަން ތިހެން ހެދީ
މައުލޫމާތުނެތީ
23 April 2021
އެ ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހަން ފެށިތާ ކޮން ދުވަހެއް.
ޖުލައި2021
23 April 2021
ފަރުދީ ޒިންމާވެސް މުހިންމު. ވެކުސިން ޖެހުމުގެ ކުރިން އަހާލަންވާނެ ހަމަ ކުރިން ޖެހި ވެކިސިންތޯ ތިޖަހަނީ؟
ނޫފާ
23 April 2021
އެފަކީރަށް ތިހެން ހަދަން ހެޔޮނުވާނެ. ތިބޭނުންކޮށްލީ ތަހްލީލު ކޮއްލަން ގަސްފުގައި
އަލިހުތު
23 April 2021
މީނައަށް ވާނުވާ ނޭންގެނީނު. ޢެއަރޕޯރޓަކު ސައިނޯފާމް ނުދޭއިރު ކީއްކުރަން އެތަނަށް ދިޔައީ؟
ބަލަ ހުތާ
23 April 2021
ކޮންމެ ތަނަކަށްވެސް އޮޅިގެން ދެވިދާނެ. ވެކްސިންޖަހާދޭ މީހުން ފަރުވާ ބަހައްޓަންޖެހޭނީ.