ރައީސްއަށް ހަދިޔާ ކުރެއްވި މުސްހަފް މާލްދީފް: އެ މުސްހަފުގެ އެއް ލައްކަ ކޮޕީ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ- ފޮޓޯ: ރައީސް އޮފީސް
16 ނޮވެމްބަރ 2016 - 17:08
ކޮންމެ ދިވެއްސަކަށް މުސްހަފެއް ހަދިޔާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް އެއް ލައްކަ ކޮޕީ ރާއްޖެ ގެނެސްފައިވާ ކަމަށާއި އެ ކޮޕީތައް މިއަހަރުގެ ތެރޭގައި ބަހަން ފަށާނެ ކަމަށް އެ މިނިސްޓްރީން މިއަަދު ބުނެފި އެވެ.
އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު މުހައްމަދު މުސްތަފާ ވިދާޅުވީ "މުސްހަފު މާލްދީބް" ގެ އެއް ލައްކަ ކޮޕީ ކަސްޓަމްސް އިން ކްލިއާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެންމެ ފުރަތަމަ މުސްހަފު ބަހަން ހަމަޖައްސާފައިވަނީ ކޮންމެ ގެއަކަށް ކަމަށެވެ. އަދި ބާކީ ދެ ލައްކައަށްވުރެ ގިނަ ކޮޕީ ޗާޕު ކުރަން ހަމަޖައްސާފައިވާ ކަމަށާއި އެ ލިބުމުން ކޮންމެ ދިވެއްސަކަށް މުސްހަފެއް ލިބިގެންދާނެ ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ޗާޕްކުރި ފުރަތަމަ މުސްހަފް ރައީސް އަބްދުﷲ ޔާމީނަށް ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަރުވައިފަ އެވެ.
މުސްހަފުގެ ބޭރުގަނޑާއި އެތެރޭގެ ކުރެހުންތަކާއި ލޭއައުޓްގައި، ހުކުރު މިސްކިތުގައި ހިމެނޭ އަތްތެރި މަސައްކަތުގެ ފަންނުވެރި ކުރެހުންތައް އެކުލެވޭ ކަމަށް ސަރުކާރުން ބުންޏެވެ. ރާއްޖޭގެ ބައެއް އާސާރީ މިސްކިތްތަކާއި ކުރެހުންތައް ހިމަނައިގެން ތައްޔާރުކުރި މުސްހަފްގެ މި މަޝްރޫއަކީ ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމްގެ ބެއްލެވުމުގެ ދަށުން ފެށި މަސައްކަތެކެވެ. ބަހުރައިންގެ ގުރުއާން ކެއާ ސޮސައިޓީ އާއި ރާއްޖޭގެ ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ގިނަ ދުވަސްތަކަކަށް މަޑު ޖެހުނެވެ. ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ދިވެހި ބައެއް ކުންފުނިތަކާއި އާންމުން ހަދިޔާ ކުރި ގިނަ އަދަދެއްގެ ފައިސާ އިންނެވެ. އަދި ޖިއްދާގައި ހުންނަ އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމަންޓް އޮފް ދަ ޕްރައިވެޓް ސެކްޓަ (އައިސީޑީ) އިން ވަރަށް ބޮޑު އެހީތެރިކަމެއް މުސްހަފް މަޝްރޫއަށް ލިބުނު ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލިއަލީ
17 November 2016
މިހާރު މުސްހަފުން ކިޔަވާ މީހުން އުޅޭތޯ. މިސްކިތްތަކުގައުވެސް މީހުން ކިޔަވާތަން މުޅިންހެން ފެންނީ ފޯނުން. ވީމާ އެއްގޮތަކުން ބަލާއިރު ތިޔައީ ބޭކާރު ޚަރަދެއް.
އިކޮނޮމިސްޓް
16 November 2016
ޢަހަރެން ތިމުސްހަފެއް ބޭނުމެއް ނޫން. ޢަހަރެން ބޭނުމީ ޤުރުއާނުލް ކަރީމް ގެ ކޮޕީއެއް. ތިމުއާމަލާތުގެ ނިޔަތާމެދު ސުވާލު އުފެދޭ.
ާދމރލ
16 November 2016
މުސްހަފް ފެނިފައި ހާދަ އުފަލުން ދޯ؟
މެެންޓަލިސްޓް
16 November 2016
ސުވާލަކީ މާތްސާހިބާ މުހަންމަދުގެ ފާނުގެ ޒަމާނުގައި ކީރިތި ގުރުއާންއާށް ، މުސްހަފް މައްކާ ، ނޫނީ މުސްހަފް ހިޖާޒް ނޫނީ މުސްހަފް އެރެބިޔާ ކީތޯ ؟ ނޫނީ އަބޫބަކުރު ، އުމަރު ، އުސްމާން ، އަލީ ގެ ދުވަސްވަރު މުސްހަފް ގެ ފަހަތަށް ގައުމުގެ ނަންކިޔައިގެން ކީތޯ ؟ އުސްމާނީ ޙިލާފަތުގައި ކީރިތިގުރުއާންގެ ކޮޕީތަށް އެކި ގައުމުތަކާއި ތަންތަނަށް ބެހިއިރު މުސްހަފް ގެ ފަހަތަށް އިތުރުނަމެށް ނޫނީ ކީތޯ ؟ ގުރުއާނުލް ކަރީމް ، ނޫންތޯ ކިޔާފައިހުރީ ، އެހެންވީމައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ސިޔާސީ މަންފާއެއް ހޯދަން ކޮންހާ ގޭސްގަނޑެއްތޯ ތިޔައަނބުރަނީ ؟؟؟ އަޅުގަނޑު ތިޔަކަމާއި ކަނޑައެޅިގެން ދެކޮޅު ، ތިޔަކަމާޢި އިހްތިޖާޖްވެސް ކުރާނަން ،، ވަރަށް ވެދެުން
ރާގިޑި ރާޖާ
16 November 2016
މިސަރުކާރުން ޢެއްވެސް ކަމެއް ކުރޭތޯ ސިޔާސީ ފައިދާޔައް ނޫން ގޮތަކަށް، ދީނާ ގައުމައްޓަކާ އެވެސް. ތިކަމައްވެސް އަތްޖަހާނެ ބަޔަކު ތިބޭނެ.