ގެއެއްގެ ބޭރުގައި މަޑުކޮށްލައިގެން ތިބި ބިދޭސީންތަކެއް: ކޮވިޑްގައި މިއަދު ވަނީ ހަތަރު މީހުން މަރުވެފައި
06 މެއި 2021 - 22:11
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިރޭ މަރުވެއްޖެ އެވެ. މިއީ ކޮވިޑް ބަލީގައި މިއަދު މަރުވި ހަތަރު ވަނަ މީހާ އެވެ. އަދި މިއާ އެކު މިއީ ކޮވިޑްގައި ރާއްޖޭން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
މިކަން އެޗްޕީއޭން އަދި ޔަގީންކޮށް ނުދިން ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މަރުވީ ދިވެހި ފިރިހެނެކެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 77 އަހަރުގެ އަންހެނަކު ރޭ މަރުވި އިރު، ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު މެންދުރު ވަނީ މަރުވެފަ އެވެ. އަދި އއ. ރަސްދޫގައި ކަރަންޓީނުގައި ހުރި އިންޑިއާގެ ޓޫރިސްޓަކު ވެސް ވަނީ މަރުވެފަ އެވެ. މި އެންމެންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
މި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވަމުން އައިސް އިއްޔެ އެ އަދަދު އުޅުނީ 700 އިން މަތީގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް 198 އަށް އަރާފައި އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރޭތީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލި
06 May 2021
އަންނި ކޮބާ؟ ކޮވިޑް ފެތުރި ސިޔާސީ ކެންޕޭނުތައް ކުރި ގުރޫޕުތައް ކޮބަާ. ޙުރިހާ ކަމެއް ބޮއްސުންލީމަ ފިލި ގުރޫޕު ކޮބާ
ބުއްބެ
06 May 2021
ބަރުލަމާނީ. ނޫނެކޭ ބަރުލަމަނީ. އިންތިހާބެއް ބާއްވާފަ ބަލަން ހިނގާބަލަ ބަރުލަމާނީ ނޫންތޯ މޮޅުވަނީ ބަލާލަން. މިފަހަރު ހަދާ އުސޫލުގަ ރަށަށް ވޯޓަލާންދާ މީހުން ރަށު 10 މީހުން ގައިގަ ދޫލާފަ އަންނަން ޖެހޭނީވެސް. އޭރުން ފޯރިގަދަ ވާނި.
ހަނާވަނީ
06 May 2021
އަމީނު ކުރިއަސް ނަސީމަކަށް ނުވާނެއޭ ކިޔާ މިނިސްޓްރީ ކުދިންނާ މި ރާއްޖޭ އެތައް ރައްޔިތުންނެއް ރޮއެ އާދޭސް ކުރަމުންދަނިކޮށް ނަޝީދު އޭނާގެ ބޮޑުބޭބެއަށް މަގާމު ހޯދަ ދޭން ފެށި ވެންޓިލޭޓަރު ފުލޯކުގައި ޖެހި، އެފަދަ ހިންގުންތެރި އަމީނު ގެއްލި، މިނިސްޓްރީ ލީޑަރޝިޕް ބޮއްސުން ލައިގެންގޮސް، ކޮވިޑް އަދަދުތައް އަތްނުފޯރާ ފަށަށް ގޮސް މިއަދު މިއޮތީ ހަތަރު އުދަރެސް ފެނުޖެހިފަ. ނަޝީދު އަދިވެސް ސްޓަންޓު ޖެއްސުމުގަ، ނަސީމު ވީ ތަނެއްވެސް ނޭނގެ، ރައްޔިތުން ހަނާވަނީ