ޚަބަރު / ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ

ލިސްޓްގައި ތިބި އެންމެންނަކީ ކުށްވެރިން ކަމަށް ނުބަލާ: އަސްއަދު

އަސްއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ފައިލް ފޮޓޯ: މިހާރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ފައިދާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހުން މިއަދު އާންމުކުރިޔަސް، އޭގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ކަމަށް އަދި ނުނިންމުމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އެދިވަޑައިގެންފި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައި އޮތް ދެ ލިސްޓަކީ ވެސް، ކޮމިޝަނުން މަޖިލީހަށް ފޮނުވި ދެ ލިސްޓް ކަމަށެވެ. އަދި އެ ދެ ލިސްޓްގައި، ބައެއް ނަންތަކާ ދިމާލުގައި މައުލޫމާތު އެއްކޮށް، ތަހުގީގުކުރަމުންދާ ކަމަށް ލިޔެފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެ ލިސްޓުން އަދިވެސް މީހުން އުނިވެ، އިތުރުވުމަކީ އެކަށީގެންވާ ކަމެކޭ،" އޭނާ މިރޭ "މިހާރު" އަށް ވިދާޅުވި އެވެ.

"މީގެ ތަހުގީގުގައި މީހުންނާ ސުވާލު ކުރީމަ އެނގޭ އިތުރު ކަންތައްތަކުން ބައެއް މީހުން މި ލިސްޓުން އުނި ވެސް ވެދާނެ އަދި އިތުރު ވެސް ވެދާނެ. އަނެއްކާ އަޅުގަނޑުމެންނެއް ނޫން ނިންމާނީ ކުށް ކުރިކަން. އެކަން ނިންމާނީ ކޯޓުން."

އެކަމަކު ލިސްޓްގައި ހިމެނޭ ބައެއް މީހުން، ކުށްވެރި ނުވަނީސް ވަޒީފާއިން ވަކިކުރުމުގެ ބިރު އޮތުމާއި ކުށް ސާބިތު ނުވަނީސް ލިސްޓްގައި ހިމެނި އާންމުންގެ ތެރޭގައި އެ މީހާ ފަލީހަތް ވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ ނަންތައް އާންމު ކުރީ މަޖިލީހުން ކަމަށެވެ.

"އަޅުގަނޑުމެން އަދާކުރީ ގާނޫނީ ގޮތުން އަޅުގަނޑުމެން އަދާކުރަން ޖެހޭ ޒިންމާއެއް. ދައުލަތުގެ ދެ ބާރަކުން ބޭނުންވީ ލިސްޓް. އެ ލިސްޓް އަޅުގަނޑުމެން ފޯރުކޮށްދިނީ،" އަސްއަދު ވިދާޅުވި އެވެ.

ތަހުގީގު ފުރިހަމަ ނުވާ، އަދި މައުލޫމާތު ވެސް އެއްކުރަމުން އަންނަ ބައެއް މީހުންގެ ނަންތައް އޭގައި ހިމެނިފައިވާއިރު އެވަރުގެ ލިސްޓެއް އާންމުންނާ ހަމައަށް ދޫކޮށްލުމާ ދޭތެރޭ ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ދެންނެވުމުން އަސްއަދު ވިދާޅުވީ އެކަމަށް ޖަވާބު ދެއްވާނީ ނަންތައް އާންމުކުރި ބައެއް ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ނަންތައް އާންމުކުރިޔަސް، ކޮމިޝަންގެ ތަހުގީގަށް ލިބޭނެ ގެއްލުމެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ލިސްޓް އާންމުކުރި ގޮތުން، ބައެއް އާންމުންގެ ކަންބޮޑުވުންތަކާ އެކު ފާޑުކިޔުން ވެސް ވަނީ ބޮޑުވެފަ އެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކޮމިޝަން އުފެއްދިތާ ދެ އަހަރާ ބައިވިއިރު، ނެރެފައި ވަނީ އުންމީދުކުރި ވަރުގެ ފުރިހަމަ ލިސްޓެއް ނޫނެވެ. އަދި އެ ލިސްޓްގައި ހިމެނޭ ބައެއް މީހުން ބުނެފައިވާ ގޮތުގައި، ނަން ހިމެނިއިރު އެއީ ކިހިނެއް ލިބުނު ފައިސާއެއްތޯ ވެސް ކޮމިޝަނުން މިހާތަނަށް އަހާލައިފައެއް ނުވެ އެވެ. އޭގެތެރޭގައި، މި ލިސްޓްގައި އެންމެ ގިނައިން ފައިސާ ލިބުނު ބައެއް މީހުން ވެސް ހިމެނެ އެވެ.

އަސްއަދު ވިދާޅުވީ ކޮމިޝަންގެ މަސައްކަތް އަސްލު ފެށުނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށެވެ. އަދި މަސައްކަތް ކުރަނީ ވަރަށް ދަތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހައެއްކަ އަށެއްކަ މީހުން ގޮވައިގެން މި ހާލުގައި މަސައްކަތް ކުރާ ވާހަކައެއް އެކަކު ވެސް ނުވެއް ދައްކާ. ކޮމިޝަނަށް މީހަކު ހާޒިރު ކުރަން ޖެހެނީ އެހާ ހާލުން. ބޭންކުން ސްޓޭޓްމަންޓެއް ލިބެނީ އެހާ އުނދަގުލުން. ކޮވިޑްގެ ހާލަތުގައި އަޅުގަނޑުމެން މި މަސައްކަތް ކުރީ،" އަސްއަދު ވިދާޅުވި އެވެ. "އެކަމަކު ނަން ހިމެނިފައިވާ ނަމަ އެ ނަމެއް ހިމަނާފައި ވާނީ ވަރަށް ގިނަ ގޮތްގޮތުން މައުލޫމާތު ހޯދުމަށް ފަހު. ހަމައެކަނި މީހަކު ބުނެލި އެއްޗަކަށް އެކަންޏެއް ނޫން."

މިއަދު އާންމުކުރި ލިސްޓްގައި މަޖިލީހުގެ ބައެއް މެމްބަރުންގެ ނަން ހިމެނި، އެއީ ސީދާ އަސްއަދު ޒާތީގޮތުން ކުރެއްވި ކަމެއް ކަމަށް ވިދާޅުވާ ވާހަކައާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެއީ އެއްވެސް އަސްލެއް އޮތް ވާހަކައެއް ނޫން ކަމަށެވެ.

"މި ތަހުގީގު މި ހިނގަނީ ޖޮއިންޓްކޮށް. އޭސީސީ ވެސް އަދި ފުލުހުން ވެސް މީގެ ތެރޭގައި ބައިވެރިވެގެން. އަޅުގަނޑު ވަކި މީހަކު ލިސްޓަށް ލާން ބޭނުން ވިޔަސް، އަދި ނަގަން ބޭނުން ވިޔަސް އެކަމެއް ނުކުރެވޭނެ. އެހެން މުއައްސަސާތަކުގެ ބޭފުޅުން ވެސް މި ތަހުގީގުގައި އެބަ ބައިވެރިވޭ،" އޭނާ ވިދާޅުވި އެވެ.

އަސްއަދި ވިދާޅުވީ ޑޮލަރު ގަނެފައި ހުރި މުއާމަލާތްތަކާއި އެހެން ބައެއް ކަންކަން ވެސް މިހާރު "ސާފުކުރަމުން ގެންދާ" ކަމަށެވެ.

"ފުރަތަމަ އަޅުގަނޑުމެން ފޯކަސް ކުރީ ކުންފުނިތަކަށް. އޭގެ ފަހުން މިހާރު އަމިއްލަ މީހުންނަށް،" އޭނާ ވިދާޅުވި އެވެ.

40 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިސްޕިސް

14 May 2021

މިހިރަ ޖޯކަރެއް ދެކިބަލަ!

The name is already taken The name is available. Register?

އަހަންމަދޭ

13 May 2021

މަރު ކޮމިޝަނުންވެސް ބުންޏޭ ބުންޏޭ ކިޔާފަ ބައެއްގެ ނަން ޖަހައިގެން ރިޕޯޓެއް ނެރުނު. އެހިސާބުން މާސިންގާ ކޮމިޝަންގެ މަސައްކަތް ނިމުނީ. އެފަދަ ބުރަ މަސައްކަތެއް ކޮށް ބުނިބުނި އަށް ބޭފުޅާވެސް ނަން ލިސްޓެއް ނެރެފަ ތިއޮތީ. މަސައްކަތް ނިމުނީނު. ދެން އިތުރު ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

ދޮގެއްތަ؟

13 May 2021

ދައުލަތުން އެތައް މިލިއަން ފައިސާއެއް ޚަރަދު ކޮށްފަ ފަލަ މަގާމެއް ދީފަ ބެހެއްޓީމަ ބޮޑު ވަގަކު ކިޔައިދިން ނަންތަކެއް އެކްސެލް ޝީޓާކަށް އެންޓަރ ކުރުން 3 އަހަރުން ކުރެވުނު ކަމަކީ. ދެން އިތުރަށް ކޮން ވާހަކައެއް ތިދައްކަނީ. ބާކީ ދެއަހަރުވެސް މުސާރަގަނޑު ކާލައިގެން ކޮމިޝަން ރައީސް ވެފަ ހުރެލާ. ލަދުގަންނަންވީނު.

The name is already taken The name is available. Register?

ކިނބޫ

13 May 2021

މީ މަޖާ މީހެއްނު! ކުށްވެރިން ކަމުގަ ބަލަންވީ ނަންތައް ލިސްޓުން ވަކިކޮށްދޭންވީނު އެހެންވިއްޔާ.

The name is already taken The name is available. Register?

އައިސްތަ

13 May 2021

ނަންތައް ލިބޭވަރަކުން ހާމަ ކުރަންވީ ފައިސާއެއް އެކަުންޓަށް ވަންނައިރަށް ނޭގުނަސް ތީގެ މީހެއްގެ އެކައުންޓުން ބައިލާރިވެސް ކަނޑާލަ ބަލަ އެނގިގެން ލަވާ ހަޅޭއްތައް، މުޅި ގައުމު ސުންނާފަތި ކޮށްފި

The name is already taken The name is available. Register?

ދދފފފ

13 May 2021

ގޮތް ނޭނގޭ ފައިސާއެއް އެކައުންޓަށް ވަންކަން އެނގި އެފައިސާގަ އަތްނުލާ އޭގެ ހަގީގަތް ހޯދެންދެން ކަމާބެހޭ އިދާރާގެ ބެލުމުގެ ދަށުގަ ބެހެއްޓީ ޔާމީނު އެކަނި. އިދިކޮޅުގަ ތިބެގެން މިލިއަން ރުފިޔާއަށް ވޯޓު ވިއްކި އިއްޒަތްތެރި ވަގުން ފައިސާއެ ކައިފަ އޮތީ. މީ އެންމެނަށް ސާފުކޮށް އެނގޭ ކަމެއް. ކުޅަނދު މަދުވެފަ ތިބޭ މީހުނަށް ނުވިސްނޭނެ މިހާ ސާފުކޮށް ފެންނައިރުވެސް.

The name is already taken The name is available. Register?

ޕޮގުބާ

13 May 2021

ރައީސް ޔާމީން އެކަނި ކުއްވެރިއަކީ ދެންތިބީ ހުސް ވަގުން ރަނގަޅު ވާހަކައެއް

The name is already taken The name is available. Register?

އަބްޑޫޅް

13 May 2021

ކޮން ވާހަކައެއް ދައްކާކަށް؟

The name is already taken The name is available. Register?

ޖުމާ

13 May 2021

ހެހެ.ތިލިސްޓް ފައިނަލްވާއިރު ތީގަ ތިބޭނީ މުޅިންވެސް އިދިކޮޅުމީހުން.އެމްޑީޕީ އެކަކުގެ ނަމެއްވެސް ނޯންނާނެ.މިހާރުވެސް އެދަނީ އުނިވަމުން .

The name is already taken The name is available. Register?

ޢިބޫ

13 May 2021

ކޮމިޝަން އިސްތިއުފާ.

The name is already taken The name is available. Register?

ފޑބއ

13 May 2021

ލިސްޓްގައި ތިބި އެންމެންނަކީ ކުށްވެރިން ކަމަށް ބަލާނީ ހަމަ ބޮޑެތި ވަގުން ތިތިބީ ވެރިން ގެ ގޮތުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454