ރާއްޖޭގެ އިސްލާމިކް ޔުނިިވަސިޓީން އިންތިޒާމްކުރާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. ޝަހީމް (ވ-2) އަދި ނައިބު ރައީސް ޖިހާދު މިއަދު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
19 ނޮވެމްބަރ 2016 - 19:36
ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ސަބަބުން ރާއްޖެ އާއި އިސްލާމީ އުއްމަތާ ދެމެދު އޮންނަ ގުޅުން ބަދަހިވެއްޖެ ކަމަށް އެ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީ އިން ބާއްވާ ބައިނަލްއަގްވާމީ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމީ އެކި ޔުނިވަސިޓީތަކުގެ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމުގެ އެތައް އެއްބަސްވުމެއް މިހާރު ވެސް ގާއިމްކޮށްފައިވާ ކަމަށާއި އަދިވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޔުނިވަސިޓީތަކާ އެކު މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ގާއިމް ކޮށްފައިވާކަން ޝަހީމް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީއާ މެލޭޝިއާގެ ޔުނިވަސިޓީއަކާއި ބުރޫނާއި އާއި ސައުދީ އަރަބިއްޔާގެ ޔުނިވަސިޓީއެއް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވި އެވެ. މީގެ އިތުރުން އިސްލާމިކް ބޭންކުގެ އެހީތެރިކަން ވެސް ލިބެމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ،
ޝަހީމް ވިދާޅުވީ، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ މެދުވެރިކޮށް، ބުރޫނާއިގެ އިސްލާމިކް ޔުނިވަސިޓީ އަށް ކިޔަވަން ދާ ދަރިވަރުންގެ ހަރަދުތަކުގެ ތެރެއިން ފީ އާއި އެކޮމޮޑޭޝަން ފީ މާފު ކޮށްދޭނެކަން އެ ޔުނިވަސިޓީން އަންގާފައިވާ ކަމަށެވެ. އެއީ ބުރޫނާއީ އަށް ކިޔަވަން ދާން ބޭނުންވާ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކަމަށެވެ. އެގޮތުން ހިއްސާގެ ބާޒާރާއި ވިޔަފާރީގެ ތެރެއަށް ވަނުމުގެ ޝައުގުވެރިކަން އޭނާ ވަނީ ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲއިސްމާއިލް
20 November 2016
އިސްލާމީ ޔުނިވާސިޓީއަކީ ސަރުކާރުގެ ޕްރޮޕެގަންޑާ މެށިނަކަށް ނެހެދުމަށް ޝަހީމުއަށް ގޮވާލަން... އިސްލާމީ އުންމަތަކީ ސަރުކާރަށް ތާއީދުކުރާ އަރަބި މަހުޖަނުންނާއި ޕުރިންސުންނެއް ނޫން ޝަހީމޫ! މިއޮތް ދުވަސް ވާހިރުވެސް އެކަން ނުވިސްނޭބާ؟
ތެއާސާ
20 November 2016
ތިމާގެ އެންމެ ގާތް އަޚް ބޭއިންސާފުން ހައްޔަރުކޮށް ހުކުމްކޮށް ބޮޑެތި އަނިޔާދެމުންދާއިރު އެތަން ނުފެންނަކަމަށް ހަދައިގެން، އެ އަނިޔާދެމުންދާ ފަރާތްތަކާ ގުޅިގެން އެބައިމީހުންނަށް ވާގިވެރިވަމުންދާ ޝެއިޚުންނަށް ހުރި ނިކަމެތިކަމާއެވެ.
އައިޝާ
20 November 2016
އިސްލާމީ އުއްމަތް ކޮބައިތޯ ސީރިޔާގެ ހަލަބުގެ ހުރިހާ ހޮސްޕިޓަލްތަކެއް ބިމާ ހަމަކޮށްލިއިރު؟ އަދިވެސް ބުނާނީ އެއީ ދާހިލީ ހަގުރާމަތޯއެވެ؟ ދާހިލީ ހަގުރާމައެއްނަމަ އެހާ ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ނުމެރީސް. އިސްލާމީ އުއްމަތެއްވާނަމަ ތެދުއްވަންވީ ސީރިޔާގެ ނުބާ ކުއްފާރުންނާއި ރަޝިޔާގެ އަނިޔާވެރިކަމުން ސަލާމަތްކުރުމަށް.
ނާޒިމް
20 November 2016
ޢިސްލާމީ އުންމަތާގުޅުން ބަދަހި ވެެއްޖެ ޑރ. ސަހީމް ވިދާޅުދެއްވަބައްލަވާ ގުޅުންބަދަހިވިގޮތެއް އަދި މީހަކުއައިސް ތަގްރީރެއްދެއްވީމާ އެއިކީ ގުޅުންބަދަހިވި ކަމަކަށް އަޅުގަޑެއްނުދެކެން، ގުޅުން ބަދަހިވެފައިވަނީ ހަގީގަތުގައި ކޮންމެސް އަރަބި ގައުމެއްގެ ފަރުދަކާ ތިޔަބޭފުޅާއާއި ދެމެދު ނުވަތަކޮންމެސް އެހެން ފަރުދަކާދެމެދު މީވެސް އެގައުމެއްގަކިޔާވާ ނުވަތައުޅެން ޖެހުނު ދުވަސްވަރެއްގަ ރައްޓެއްސެއްގެ ގޮތައްދިމާވާމީހަކާ، އަޅުގަޑެއްނުދެކެން މީކީ ގައުމީލެވެލްގައި އެއްގަމުއަނެއްގައުމާގުޅުން ބަދަހިވީކަމަކަަށް. މިޔަތް އަޅުގަޑުގެހިޔާލްގަ ބުނެވޭނީ އިސްލާމީގައުތަކުގައިވެސް ވަރައްގިނަދިވެހިންގެ ރައްޓެހިން އެބަތިއްބޭ، މިހެންވިދާޅުވިނަމަ މާރަގަޅުވީސް މިބުނިގުޅުމުން ގައުމީލެވެލްގެ ގުޅުމެއްނެތް ފަރުދީގުޅުންތަށް ގިނަވެދާނެ.
ޓެކްސް ދައްކާމީހާ
19 November 2016
އިސްލާމީ އުންމަތޭ!؟ ކޮންތާކު އޮތް އުންމަތެއް؟!
އަލްޖިބްރާ
19 November 2016
އިސްލާމީ އުންމަތާ ގުޅުން ބަދަހި ވަނީ ގިނައިން ފައިސާދިނީމަތަ ؟
ޔޫޒްޑްޓު
19 November 2016
އިސްލާމީ އުއްމަތް ތަކާއި ގުޅިގެން ރާއްޖެ ތަަރައްގީ ކުރަން ބޭނުން ނަމަ އިސްލާމީ ގައުމު ތަކުން ވެސް އެބަޖެހޭ ރާއްޖެ އަށް އިގްތިސާދީ ގޮތުން އެހީވެސް ވާން. އެއީ އެމެން ކުރަން ޖެހޭނެ ކަމެކެވެ. އެއްލައްކަ ޑޮލަރު ނުވަތަ ފޮޓޯ ކޮޕީ މެޝިން ގަނޑެއް ދިނުން އެއީ އަދި އެއްޗެއް ދިނުމެއް ނޫނެވެ. އައި ޔޫޒްޑް ޓު ތިންކް އޮފް ދިސް ސޯ މެނީ ޓައިމްސް.. ވީއާރ ނޮޓް ބޯއިސް ނޮޓް ޔެޓް މެން.
މަންސޫރު
19 November 2016
ސައުދީ މަހުޖަނުން ގޯނީގައި ދޭ ފައިސާ އަކީ އިސްލާމީ އުއްމަތާ އެއްވެސް ގުޅުންހުރި ކަމެއް ނޫން.
ޖިހާދީ ޖޯން
19 November 2016
ގުޅުން ބަދަހި ކަމުން ފަލަސްތީނު މިނިވަންވެ، ސީރިޔާ، އީރާގު، އަފްގާނިސްތާނުފަދަ ގައުމުތަށް އަދި މުޅި މެދު އިރުތަމި އަމާންވެ ނިމިއްޖެ. ވަރަށް ވެދުން. ހަޖަމް.
މެންޓަލިސްޓް
19 November 2016
ތިޔަވިދާޅުވަނީ ސައޫދީއެރެބިޔާކިޔާަގައުމެއްގެ ވާހަކަތޯ ؟ އެއީ އިބުންސައުދުކިޔާމީހަކު މުޅިގައުމު ހިސޯރުކޮށް ރަސްކަމަކަށް ހަދައި އެމީހުންގެ އާޢިލީ ތަރިއަކަށް ގައުމު ހަދައިގެން އުޅޭތަނެށް ، ގައުމުގެ އާބާދީގެ ހަތަރުބައިކުޅައެއްބައި އުޅެނީ ފަގީރުކަމުގައި ، އެކަމު ރޯޔަލްފެމިލީގެ ޕްރިންސުން އުޅެނީ މިލިއަނުން ޑޮލަރު ޙަރަދުކޮއްގެން ބޮޑެތި ޗުއްޓީތަކުގައި ނާޗަރަނގީ ކުޅެން ، ރާއްޖޭން ވެސް އެމީޙުން ބޭނުންވީ އަތޮޅުތަށް ހުރިގޮތަށް އެމީހުންގެ މިލްކިއްޔާތަށް ހަދައި ، އެމީހުން މަޖާކޮށް ލަނގިރިޖަހާތަނަކަށް ރާއްޖެހަދަން ، ރޯޔަލް ފެމިލީގެ ކުރައުންޕްރިންސް މުހަންމަދު އައިސް ހުންނާނީ ވެލާޕްރައިވަޓް އައިލަންޑްގައި ، އެބޭފުޅާ ފ.އަތޮޅު ހިމިތި ބައްލަވައިގަތީވެސް އަދި ފަހުން ފާފުއަތޮޅުއެއްކޮށް ބައްލަވައި ގަންނަންބޭނުންވީ ،، ވީމާ ތިޔަކިޔާ އިސްލާމީ އުއްމަތަކީ އެއީތޯ ؟ އަޅުގަނޑު ދަންނަވާފާނަން ވާހަކައެއް އިސްލާމް ދީނަށްޓަކައި ސައުދުގެ އާއިލާއަތުން އެގައުމު މިނިވަންކުރުމަކި ކޮންމެހެން ކުރަންޖެހޭކަމެށް ،،، ވަރަށް ވެދުން
މާލޭ އަހުމަދު
20 November 2016
ވަރައށް ރަނގަޅު ވާހަކަ އެއް