ވިއްސާރަ ދުވަހެއްގައި މާލޭ މަގުމަތީގައި މީހުން ހަރަކާތްތެރިވަނީ.-- ފައިލް ފޮޓޯ / މިހާރު
07 ޖުލައި 2021 - 07:03
ހުޅަނގު މޫސުމާއެކު، ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ރޭ ބުނެފި އެވެ.
މޫސުމާ ބެހޭ އިދާރާ އިން ކުރި އިލްތިމާސްއެއްގައި ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އާންމުކޮށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް މެޓުން ލަފާކުރެ އެވެ.
ކަނޑުތައް ގަދަވެ، ރާޅު ބޮޑުވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
"ރާއްޖޭގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ދަންނަވަމެވެ،" މެޓުގެ އިލްތިމާސްގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީސުޖާއު ހުޅުމާލެ
07 July 2021
ބަލާނެކަމެއްނެތް މާނައަކީ ހޫނުގަދަކަމުން ކެތްނުވާނެ.