އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ. ޝުއައިބު ވަނީ އެމްޑީޕީގެ މެމްބަރު ކަމުން ވަކިކޮށްފަ --- ފޮޓޯ: ފޭސްބުކް
08 އޯގަސްޓް 2021 - 14:50
އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަަމަ އެ ޕާޓީ އަށް ސޮއިކުރި މީހުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެ ޕާޓީން ވަކިކޮށްފި އެވެ.
އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުގެ މަގާމު ވެސް ފުރުއްވާފައިވާ ޝުއައިބު ވަނީ މިދިޔަ މަހުގެ 7 ގައި އެމްޑީޕީން އޭނާ ވަކިކުރިކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
ޝުއައިބް ވިދާޅުވީ އޭނާ ޕާޓީން ވަކިކުރީ ގިނަ ދުވަސްތަކެއް ވަންދެން އޭނާގެ މައްސަލަ ކޮމިޓީގައި އޮތުމަށް ފަހުގައި ކަމަށެވެ.
ޝުއައިބް ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރުކަމުން މިދިޔަ ސެޕްޓެމްބަރު މަހު އޭނާ ވަކި ކޮށްފައިވަނީ ޖަވާބުދާރީ ވުމަށް އެއްވެސް ފުރުސަތެއް ނުދީ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ޖަވާބުދާރީވުމަށް ކޮމިޓީއަށް އެކިފަހަރު މަތިން ހާޒިރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީން ފޮނުވި ސިޓީއާ ހަވާލީ ޝުއައިބް "މިހާރަ"ށް ވިދާޅުވީ އެމްޑީޕީން އޭނާ ވަކިކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކާޓޫނުތަކެއް ކުރަހައި ސޯޝަލް މީޑިއާގައި އާންމުކުރިކަމުގެ ތުހުމަތުގަ އާއި، ނިމިދިޔަ ކައުންސިލް އިންތިހާބުގައި ޕާޓީއާ ދެކޮޅަށް މަސައްކަތްކުރި މައްސަލައިގަ އެވެ.
މިދިޔަ ކައުންސިލް އިންތިހާބުގައި ޝުއައިބު ވަނީ މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމަށް ހޮވަން ތާއީދުކުރައްވާ ކަމަށް ހާމަކުރައްވައިފަ އެވެ.
އެމްޑީޕީން ޝުއައިބް ވަކިކުރުމާ ގުޅިގެން އެ ޕާޓީ އަށް އޭނާ އިއްޔެ ފޮނުވި ސިޓީގައި ވަނީ ޕާޓީގެ މެނިފެސްޓޯގައިވާ ސިޔާސަތުތަކާއި ވައުދުތަކާ ހިލާފަށް ޕާޓީގެ ރައީސާއި ކެންޑިޑޭޓުން އަމަލުކުރާ ވާހަކަ ދެއްކުމުގެ ހައްގު މެމްބަރުންނަށް ލިބިގެންވާ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން އޭނާ އެމްޑީޕީން ވަކިކުރި މައްސަލަ އެކަށީގެންވާ ވަރަށް ބަލައިފައި ނުވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނާ ޕާޓީން ވަކިކުރީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާން ކުރުމުން އެމްޑީޕީގެ އިދާރާ މުވައްޒަފުން މެދުވެރިކޮށް ޕާޓީގެ ރައީސް ހިންގަވާފައިވާ ޒާތީ ކަމެއް ކަމަށް ޝުއައިބް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި ގުޅުމުން ފޯނަށް ޖަވާބު ދެއްވައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްނި އިބޫ
09 August 2021
ކާކު ޖެހި ބޯޅަ އެއްތަމީ
ހަނީ 1
09 August 2021
ޑިމޮކްރަސީ ބަފާ ޕާޓީވީމާ ވާ ގޮތް ތީ
ހެޑް ..
09 August 2021
ކޮންމެ ޕާޓީއަކަސް އެޕާޓީއަކާ ގުޅޭ ދުވަހުންފެށިގެން ކުރާ ކޮންމެ ސިޔާސީ ކަމަކީ ޕާޓީއަށް ޖަވާބު ދާރީވުން.. މިނަޒަރުން ބަލާއިރު ތިމީހާއަށް އެމްޑީޕީގަ ބަހައްޓަން ހިދުކޮޅެއްވެސް ދޭކަށް ނުޖެހޭ..
ލެއްބެ ފްރޮމް ނިއުރޭޑިއަންޓް ފޭމް
09 August 2021
ހޫ ޑިސް؟
ދޯސްތު
09 August 2021
މުޅިޕާޓީގަނޑު ހަފުސްވަާއިރުވެސް މެމްބަރުން ވަކިކުރަނީ އެމްޑީޕީ އަކީ ފެށުނީސުރެން ގަދަކަން ދައްކަން އުޅޭ މީހުން އުޅޭ ޕާޓީގަނޑެއް. ރަނގަޅުވަަނީ އެންމެން އެކައްޗެއް ކިޔާ ތިޔަ ވިޔާނުދާ ޕާޓީޔާދުރުވީޔަ.
ފުރަހަނި
09 August 2021
އުރައްޕެއް ހުރި މީހެއް ނޫން
ގުދުގުދާބެއްޔާ
09 August 2021
އިރަތްޕެއް ނެތް މީހެއްކަން 2023 ވަނަ އިންތިހާބުން އެމްޑީޕީއަށް ވަރަށް ރަގަޅަށް އިގޭނެ!
ވސނ
08 August 2021
ޝުޢައިބުވެސް، އަދި އެމްޑީޕީވެސް، ކަންތައްކުރިގޮތް ކަމަކުނުދޭ! ދެބަސްވާންވެސް އެއްބަސްވެވި، އަމިއްލައެދުން އިސްނުކޮށް، ގޮތްދޫކޮށް، މަޝްވަރާގެ ރިވެތިސިފައިން ޙައްލެއް ހޯދެންޖެހޭނެ. ދެފަރާތުންވެސް މިހާރުތިނެގީ ފިތުނަވެރިގޮތް. ފިތުނަވެރިކަމަކީ ނަހީކުރުއްވަވާފަވާކަމެއް.
ވިސްނާލުމަށް އެދެމޭ
08 August 2021
ޕޕމއިން މަރުޙަބާކިޔަންޖެހޭ...ސިޔާސީހިޔާލު އެއްގޮތްނުވިޔަސް އެކުގައި މަސައްކަތްކުރުމުގެ ހުނަރާ ހިއްވަރު ޕޕމގެ ލީޑާރޝިޕްބޭފުޅުންގެ ހުންނާނެ...ޝުއައިބު ވަޑައިގަންނަވާ ޕޕމއަށް..
ނައިބުތުއްތު
08 August 2021
ސުއައިބު ތީ މާކުރިންވެސް ވަކިކުރަންޖެހޭމީހެއް. ވަޒީރުކަން ނުދީގެން ބޮޑާހާކާފަ ޕާރޓީ އާ ދެކޮޅަށް މަސައްކަތް ފަށާހިސާބުން ވަކިކުރަންޖެހޭ.
ގުދުގުދާބެއްޔާ
08 August 2021
ސުއައިބުވަކިކުރީ މާލެސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ކަންތައްތަކުގެ ވާހަކަ ދައްކާ، މާލެ ސިޓީއަށް ނިސްބަތްވާ މީހުންގެ ވައިބަރ ގުރޫޕެއްހަދާ! މިސަރުކާރު އަންނަން މާލެ ރައްޔިތުންނަށް ވެފައިވާ ގޯތިގެދޮރުގެ ދަތިކަމުގެ ވާހަކަދައްކާ! އެމްޑީޕީ ނަސީދު މާލެ ސިޓީއަށް ކޮއްދޭން ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ ވައުދުތަކުގެ ވީޑިއޯސޯޝަލްމީޑިޔާގައި ޓުއިޓާގައި އަންނިއަށް ޓެގްކޮށްފައި ލުމުން.މިކަންތައް އަންނި އަދި އެމްޑީޕީއަށް ހަޖަމްނުވުމުން.