02 ސެޕްޓެމްބަރ 2021 - 16:06
އެމްޑީޕީގެ ސެކްރެޓޭރިއޭޓްގެ އިސް މުވައްޒަފު މަރިޔަމް ޒުބައިރު (މަންދީ) އަށް އެ ޕާޓީގެ އޮފީސް ތެރޭގައި އެ ތަނުގެ އެހެން މުވައްޒަފަކު މިއަދު ހަމަލަދިނީ އެ މީހާގެ މުސާރަ ކުޑަކުރުމުން އައި ރުޅީގައި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
އެމްޑީޕީގެ އޮފީހުގައި މަސައްކަތް ކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ފިރިހެން އެ މުވައްޒަފު މަންދީ އަށް ހަމަލަ ދީ، މަންދީީގެ ބޯ ފަޅައިލީ ބައިސިކަލް ޗޭނުގަނޑަކުން ކަމަށް މިކަން ހިނގައިދިޔަ ގޮތް އެނގޭ ބައެއް މީހުން ބުންޏެވެ. އެ މުވައްޒަފު މި މާރާމާރީ ހިންގީ ޗުއްޓީ އަށް ފަހު މިއަދު އޮފީހަށް ނުކުމެ އެވެ.
މި މާރާމާރީގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް ނަސީމްގެ މަންމަ މަންދީގެ އިތުރުން އެ ތަނުގައި ހުރި އެހެން މީހަކަށް ވެސް ހަމަލަދިނެވެ.
ފުލުހުން ބުނީ މި ދެ މީހުންނަށް ވެސް ހަމަލާ ދީފައި ވަނީ ޗޭނުގަނޑަކުން ކަމަށެވެ.
މި މާރާމާރީއާ ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވަނީ ހަލަދިން މީހުން ހައްޔަރު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެ މަނިކުފާނު ވިދާޅުވީ، މާރާމާރީގައި އަނިޔާވި މީހުންނަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ.
"އޮފީސް ސްޓާފް މަންދީ ޒުބައިރާއި ޝާމިން އަށް އަވަސް ޝިފާއަކަށް އެދެން،" މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނަ
04 September 2021
މީގަ ނޭގެ މިވާ ގޮތެއް. އެކިފަހަރު އެކި އެތި ކިޔަނީ
ހުސައިން
04 September 2021
އެމްޑީޕީ އަކީ އަބަދުވެސް މުސާރަކުޑަކުރާ ޕާޓީއެއް. ރައީސް ނަޝީދުވެސް ސިވިލްސާރވަންޓުންގެ މުސާރައިން 0 ކުޑަކުރި. ވަހީދުގެ ސަރުކާރުގައި ޔާމީން ޕްރެޝަރކޮށްގެން އެބައި އިއާދަކުރީނޫންތޯ. ދެން މިތާކު މަންދީގެ މައްސަލައެއްނެތް.
އީސަ ސަރީފް
02 September 2021
އަދިވެސް އިގިރޭސިވިތުގަދޯ ރައްޔަތުންގެލާރި ކިހާދެރަ ތަޅާބުރުވަނީދޯ ކުރީފަހަރުވެސް ގޮޑިދުއްވީ
ކައުންސެލަރު
02 September 2021
"ޑިމޮކްރަޓިކު" ޕާޓީގެ ފެންވަރު. ވަރަށްވެދުން.
އަސްތާ
02 September 2021
ސުބުހާނަﷲ. ހާދަ ހަރުކައްޓޭ ދޯ. ތިހާ ހަރުކަށި ފިކުރުހުރި ބަޔަކު ތި އޮފީހުގައި ގެންގުޅޭކަށް ނުވާނެ.
ހެހެެެެހެޭ
02 September 2021
ހަމަ މުސާރަ ކުޑަ ކޮއްގެންބާ. ނޫނީ މީޑިއާއަށް ރީތިކޮއްލީތަ
އުދުހޭ
02 September 2021
ދެން މިވަރުގެ ބަޔަކަށް ކިހިނެއްތަ ގައުމެއް ހިންގޭނީ؟ ފުރަތަމަ 4 ފާރުން އެތެރެ ސާފުކުރަންވީނުން؟
1828
02 September 2021
މިހާރު ހުންނާނީ އުރީދޫ ހޯމް ބްރޮޑްބޭންޑަށް 50% ޑާޓާ އިތުރުކޮށްދިން ގޮތަށް ( 699ރއަށް 50 ޖީބީ. ބޮޑުވީ 10 + 15 ޖީބީ) 50% މުސާރަ ބޮޑުވެފައި.
ކޮވެލި
02 September 2021
ސުއާލަކީ ތިފެންވަރުގެ މީހުންނަށްތޯ އޭ އެމްޑީޕީ އޮފީހުން ވަޒީފާ ދީފައި ތިބެނީ. ހަމައިގަ ބާ އެމީހާ ހުރީ؟
ޕޮޕޮޕޯ
02 September 2021
އެމް ޑީ ޕީ ގެ ގިނަމީހުންގެ އަހުލާގު ހުންނަނީ ތިހާދަށްކޮއް. ހަރުކަށި އަމަލުތައް އެމީހުންގެ ކިބައިން ފެންނަނީ. އަޑުގަދަކޮއް ހަޅޭއްލެވުން. މުޒާހަރާކޮއް މުޅިގައުމުގެ ޓުއަރިޒަމް ހަލާކުކުރުން. މާރާމާރީ ހިނަގާ މީހުން ޓެރަރައިޒް ކުރުން. އިރުއިރު ކޮޅުން ފިލައިގެންގޮސް ބޭރުގައުމުތަކުގަ އުޅުން. އާންމުކޮށް ޑިމޮކުރަސީ ސިޔާސީ ޕާޓިތައް، ހާއްސަކޮށް އެމްޑީޕީ.