ރައީސް ޔާމީން މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީގެ ބައްދަލުވުމަކަށް

މެލޭޝިޔާގެ ވެރިކަން ކުރާ އަދި އެގައުމުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭން (އުމްނޯ)ގެ އަހަރީ އާއްމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް އަބްދުﷲ ޔާމީން ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ،


ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގެ އިތުރުން، ރައީސްގެ ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބުއާ ވެސް ބައްދަލު ކުރައްވާނެ ކަމަށެވެ.

ރައީސާ އެކު، ޕީޕީއެމްގެ ދެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް ޢަބްދުﷲ އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުު އަބްދުﷲ ހަލީލު ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިދިޔަ މެއި މަހު ވެސް ރައީސްގެ ދެކަނބަލުން ވަނީ މެލޭޝިޔާއަށް ވަޑައިގެންފަ އެވެ.

އެ ގައުމުގައި ބޭއްވި "ޕަމާޓާ އިންޓަނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ"ގައި ބައިވެރިވުމަށް ކުރެއްވި އެ ދަތުރުފުޅުގައި ވެސް ބޮޑުވަޒީރު ނަޖީބާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.