ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދިނުން ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން
ހިޔާ ފްލެޓް ލިބުނު މީހަކު ފްލެޓަށް ވަންނަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ސެޕްޓެމްބަރ 2021 - 12:04
ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓްތައް ލިބުނު ބައެއް މީހުން އެތަންތަން ކުއްޔަށް ދޫކުރިޔަސް އެކަމާ މެދު ފިޔަވަޅެއް އެޅޭނީ ކަމާބެހޭ އިދާރާތަކުގެ ލަފާ ލިބިގެން ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ފްލެޓްތައް ހަވާލުކުރުމުން ބައެއް މީހުން އެ ތަންތަނުގެ ފިނިޝިން މަސައްކަތް ނިންމަމުން އަންނައިރު އަނެއް ބަޔަކު އެ ތަންތަން ދިގު މުއްދަތަކަށް ކުއްޔަށް ދޭން ފާޅުގައި އިޝްތިހާރު ކުރަމުން އެބަދެ އެވެ.
ފްލެޓްތައް ކުއްޔަށް ދިނުމަކީ އެއްބަސްވުމުގައި މަނާ ކަމަކަށް ވާތީ، އެއްބަސްވުމާ ހިލާފުވުމުން ފިޔަވަޅު އަޅާނެތޯ "މިހާރު" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ ފްލެޓްގެ އަގު ދައްކާ ނިމުމުގެ ކުރިން އެތަން އެއްވެސް މީހަކަށް ކުއްޔަށް ދިނުން ނުވަތަ ވިއްކޭނީ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގާނޫނެއް ނުވަތަ ގަވާއިދެއްގެ ތެރެއިން ކަމަށެވެ.
"މިކަމަށް އެއްވެސް ބަދަލެއް ނުވަތަ މިކަމާ ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާނީ ކަމާ ބެހޭ އިދާރާތަކުގެ ލަފަޔާ އެކުގައި" އެޗްޑީސީން ބުންޏެވެ.
އެޗްޑީސީ އަކީ ތަންފީޒީ އިދާރާއަކަށް ނުވާތީ ފްލެޓް ކުއްޔަށް ދިނަސް އެ ކުންފުންޏަށް ކުރެވޭނެ ކަމެއް ނޯވެ އެވެ. އެއްބަސްވުމާ ހިލާފުވާ ނަމަ ފްލެޓް އަތުލުމުގެ ބާރު އޮންނަނީ މިނިސްޓްރީއަށެވެ.
ހިޔާ ފްލެޓަށް، 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި 1،000ރ. ދެއްކުމަށް ސަރުކާރުން ކަނޑައަޅާފައިވާއިރު އެ ކުލި ބޮޑުވެގެން ޝަކުވާކުރުމަށް ފަހު ދެ ކޮޓަރީގެ މިތަންތަން ކުއްޔަށް ދޫކުރަން އިސްތިހާރުކޮށްފައި ހުރީ އެންމެ ކުޑަކޮށް ވެސް 10،000ރ. އަށެވެ. އެކަމަކު ފްލެޓް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.
ދަތި ހާލުގައި އުޅޭކަމަށް ބުނެ ފްލެޓް ހޯދުމަށް ފަހު އެތަން ކުއްޔަށް ދޭތީ އާންމުން ފާޑުކިޔައި ޝަކުވާކުރަމުން އަންނައިރު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއުތަކެކޭ އެއްގޮތަށް ހިޔާ ފްލެޓް ލިބުނު މީހުން ވެސް އެތަނުގައި ދިރިނޫޅެ، ތަން ކުއްޔަށް ނުދެވޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ވިދާޅުވެފައިވެ އެވެ.
ސޯޝަލް ހައުސިން ސްކީމްގެ ތެރެއިން ލިބޭ ފްލެޓްތައް ކުއްޔަށްދޭ މައްސަލައިގައި މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި އަސްލަމް ވިދާޅުވީ ފްލެޓްތައް ލިބޭ މީހުން އެތަން ކުއްޔަށް ދޫކުރުން މަނާވާނެ ކަމަށާއި ނަމަވެސް މިހާރު ވެސް އެކަން ހިނގާ ކަމަށެވެ. އެކަން ސާބިތުވެއްޖެ ނަމަ، ފްލެޓް އަތުލުމުގެ ބާރު ސަރުކާރަށް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު މިހާތަނަށް ޖޫރިމަނާކުރުމަށް ފަހު ދޫކޮށްލަނީ އެވެ. އެއްވެސް މީހެއްގެ އަތުން ފްލެޓް އަތުލާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ
13 September 2021
ފްލެޓް ކުއްޔައްދޭތީ ހާދަކަންބޮޑުވާ ބަޔަކު އެބައުޅޭ އެނޫނީ ކުއްޔައްދޭ ތަނެއް ނެއްތަ ސޯޝަލްހައުސިންގ އިންލިބފަ ބޮޑު އަގުދީފަ ގަނެގެންވެސް ސަލާމަތެއްނެތް ގޯތިކަޑާފަ ހިލޭ ދިނީމަ އެގޯތިކުއްޔައްދީގެން ބޭނުންވަރަކަށްފައިސާ ނަގަަންވީ ފްލެޓް ދިގުމުއްދަުން ފައިސާ ދައްކާގޮތައް 2.2މިލިއަންނރުފިޔާއަށް ގަންނަމީހާއަށް އެތަނައް މޮހޮރެއްވެސް ޖެހޭކަށްނެތް ހުއްދަނެތި މީކޮން ކަހަލަ އިނސާފެއް
ނާނާފަސްކަރު
12 September 2021
ތިޔަ ފްލެޓް ތަކަކީ ބޮޑު އަގު ދީފަ ރައްޔިތުން ގަންނަ ތަންތަން. ބޭނުމަކީ ފަސޭހަ ދިރިއުޅުމެއްލިބުން. ފްލެޓް ލިބުމުން އެތަން ކުއްޔައްދީފަ ކުޑައަގެއްގަ ހަމަ އެވަރުގެ ތަނެއް ހޯދާ އެތަނުގަ އުޅުމުގެ ފުރުޞަތު އެބަ ފަހިވޭ. ބޭނުންވަނީ ކޮންމެ އުޞޫލަކުންވިޔަސް ބޯހިޔާވަހިކަން ލިބުން ނޫންތޯ! މިޙާލަތުގަވެސް އެކަންކުރާ ބަޔަކު ހަމަޖެހިލައިގެން އުޅެވޭނަމަ އެ ނިމުނީ ނޫންތޯ! އެކަން އެޙާޞިލުވީ ފްލެޓް ލިބުމުގެ ސަބަބުން ނޫންތޯ!
އިބްރާހިމްބެ
12 September 2021
ނޫން، އެޗްޑީސީ އަށް ކުރެވޭނެ ކަންކަން އެބަހުރި. އަހަރެން މީ ޝަރުތު ހަމަވެ ފްލެޓް ނުލިބުނު މީހެއް.. ތި ކުއްޔަށްދޭ ފްލެޓްތަކުން ފްލެޓެއް ކުއްޔަށް ހިފާނަން. ދެން ކުލި ނުދައްކަ ހުންނާނީ ފްލެޓް ލިބުނުމީހާ އެޗްޑީސީ އަށް ދައްކަންޖެހޭ އެއްޗެއް ދައްކާނެނު. ނުދައްކައިފިއްޔާ ފްލެޓް އޭނަގެ ކިބައިން ވަކިކޮށް މަށަށް ދިނީމާ އަހަރެން ބަރާބަރަށް ކުލިދައްކާނަން. ސިމްޕަލް
ޔެސް
12 September 2021
ހަދަންވީ ގޮތަކީ ތިޔައީ. ކުލި ނުދައްކައިގެން ދާނީ ވަކި ކޮންތާކަށް. ބަރާބަރު ޚިޔާލެއް.
މުންޑުބުރި
12 September 2021
ގޮތެއްފޮތެއް ނެތް ރައްޔިތެއް އޮތް ތަނެއްގައި ވަށައިގެންވެސް ފެންނާނީ ނުބައިކަމާއި ނުލަފާކަމެވެ. ނުބައިނުލަފާ ކަމެއް ކުރީމާ ކޮންމެ މީހަކުވެސް ބުނާނީ އެކަކުކުރާ ކަމަކާ އަނެކަކު ނުބެހޭނެ ކަމުގައެވެ. ފައިސާ ދިން މީހާގެ މައްސަލަ ބެލިފައި މައްސަލަ ބަލަން ފައިސާ ނުދޭ މީހާގެ މައްސަލަ ނުބެލޭނެ ކަމުގައެވެ.
ދޮގެއްތަ؟
13 September 2021
ގޮތެއްފޮތެއް ނެތީ ސަރުކާރުގެ. ރައްޔިތުން ބޮލުގަ ދަރަނި އަޅުވަން ހުސް ތޮށިގަނޑެއް ދީފަ، ކުއްޔަށް ދިނަސް ނާތުލެވޭނެ. ނިކަން އަތުލަބަލަ. ލައްކަ ހާލެއްގަ ތަޅުވައިފިއެއްނު ނިކަމެތިން.
ރައްޔިތު ބެއްޔާ
12 September 2021
ތިހެންވާނީ ކަމާ ނުބެހޭ މީހުނަށް ފުލެޓްް ދިނީމާ ! އެމީހެއްގެ މުދަލެއް އެމީހަކަށް އެގޭނީ ހަދާނެ ގޮތެއް ހުސްކޮށް ބެހެއްޓިއަސް ދިރި އުޅުނަސް ! މަކަރާއި ޖަހައިގެން ގައުމުކާނެ މިއަށް ވުރެ މޮޅުވެރިޔަކު މަގޭ ހަޔާތުގައި ނުދެކެން ! ސާބަހޭ
ެެއެބައެއްގެ ވަރުން
12 September 2021
ނިކަމެތިންނަށް ވެސް ތިގެ ކުއްޔަށްދީފައި އެހެންގެއަކަށް ކުލިދައްކާގެން އުޅެން އިޚްތިޔާރު ދެވެންވާނެ. މަހުޖސނުންނަށް ނޫނިއްޔާ ވިއްކާއެތިވެސް އަމިއްލަ ބާރު ނުހިނގާނެހެން ޝަރްތުކޮށްފައިތަ؟
ސަމަރޭ
12 September 2021
އެހެންތަނެއްގައުޅެން ފުލެޓް މަށަށް ކުއްޔަށް ދޭންވީނު. ފިސާރި ރީއްޗަށް ކުލި ދައްކަދޭނަން.
މައްސަލަ
12 September 2021
ފްލެޓްތަކަކީ މާ ކުރިން ވާހަކަތަކެއް ދެކެވި އެތައް އަހަރެއް ފަހުން އިމާރާތް ކުރެވި އެތައް އަހަރެއް ފަހުން ލިބުނު ތަންތަން. ލިބުނު އިރު އެތަނުގެ އެތައް ކަމެއް ހުރީ ހީކުރި ގޮތަށް ނޫންކަމަށްވީމަ ބައެއް މީހުން ބޭނުންނަމަ އެޗްޑީސީގެ ހުއްދައާއެކު ކުލި ކޮންޓްރޯލް ކުރެވިގެން އެގޮތަށް ކުއްޔަށް ދިނުމަކީ މައްސަލައެއް ނޫންކަންނޭނގެ. މިވަގުތަށް އެތަނުގަ އުޅެވޭނެ ގޮތެއް ނެތުމުން ފަހުން އެތަނުގައި އުޅެން ބޭނުންވާނަމަ ތަން ދޫކުރާކަށް ބޭނުމެއްނުވާނެ އެކަކުވެސް.
ހަސަނާ-2
12 September 2021
މީގެ ކުރިން ދިން ފްލެޓްތައް ބަލަމާތޯ ކިތައް މީހުންތޯ ކުއްޔަށްދީގެން އުޅެނީ.. ކޮންމެހެން ހިޔާ ފްލެޓާ ޖެހުނީމާ ތީކީ ދައްކަންވީ ވާހަކައެއްނޫން. އަޅެ ޤާނޫނެއް ފާސްކޮށްބަލަ ސޯޝަލް ހައުސިންގ ގެ ފްލެޓްތައް ރެޖިސްޓްރީ ކޮށްދޭނީ އެތަނެއްގައި މިހާރު ތިބި މީހުންނަށްކަމަށް. އެނގޭނެ ވާގޮތެއް.
ރަތްބެ
12 September 2021
ތިތަންތަން ދެން ކުއްޔަކަށް ނުދޭނެ. އެއްބަސްވުމެއްގެދަށުން ދިރިއުޅޭނީ. ދުވަސްކޮޅަކުން އެތާ ދިރިއުޅޭމީހަ ކުލި ނުދެއްކީމަ ތެޅިގަންނާނެ ތިމަންދިނީ ކުއްޔަށޭ ކިޔާފައި. މަޖާކަމަކަށްވާނެ. ގަވައިދެއް ނެތިއްޔަ ހަދައިގެން ނަމަވެސް ތިތ ާދިރިއުޅޭ މީހުނަށް ތަން ބަދަލްކޮއްލަދޭންޖެހޭ.
ދދދދދ
13 September 2021
ކަލެއަކަށް ނޫން ކުއްޔަށް ދޭނީ. އެމީހަކަށް އިތުބާރު ކުރެވޭ މީހަކަށް ދޭނީ.
މުހުތާޒު
12 September 2021
ޢެމީހުންނަށް އަތުލެވޭނެ ގޮތެއްއޮތްނަމަ އަތުނުލާނުތިބޭނެ