އަރަބިއްޔާ ހުރި ތަނުގައި އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް. ފްލެޓު ހޯދަން ފޯމުލި މީހުންނާއި ސާވޭ ކުރުން މެދުކަނޑާލަން ހައުސިން މިނިސްޓްރީން ވަނީ ނިންމާފައި. ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
05 ޖޫން 2016 - 12:29
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ފްލެޓު ހޯދަން ފޯމު ހުށަހެޅި މީހުންގެ ސާވޭކުރުން ހައުސިން މިނިސްޓްރީން ރޯދަމަހަށް މެދުކަނޑާލައިފި އެވެ.
ފްލެޓަށް ކުރިމަތިލި މީހުންގެ މައުލޫމާތު ސާފުކުރުމުގައި ލަސްތަކެއް އުޅޭތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނީ ގޭގެއަށް ގޮސް ސާވޭ ކުރުމުގެ ކަންކަން މެދުކަނޑާލާފައި ނުވާނެ ކަމަށެވެ.
އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިއަދަކީ ސާވޭ ކުރާނެ އެންމެ ފަހު ދުވަސް ކަމަށާއި ގޭގެއަށް ގޮސް ސާވޭ ކުރުން މެދުކަނޑާލީ ރޯދަ މަސް ނިމެންދެން ކަމަށެވެ.
އަޅުގަނޑުމެން ރޯދައަށް ސާވޭ ކުރުން ހުއްޓާލާފައި، ރޯދަ މަސް ނިމުމުން އަނެއްކާވެސް ފެށުމަށް ވަނީ ހަމަޖެހިފައި. --އޮފިޝަލް
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ރޯދައަށް ފަހު ސާވޭ ކުރިއަށް ގެންދިއުން ހަލުވިކުރަން މަސައްކަތް ކުރާނެ އެވެ. އެގޮތުން ސާވޭ ޓީމަށް މީހުން އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލެއިންނާއި ހުޅުމާލޭން ފްލެޓް ބޭނުންވެގެން 15،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން ބައެއް ގެތައް ސާވޭކޮށް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ހުޅުމާލޭގައި 1000 އަށް ވުރެ ގިނަ ފްލެޓުގެ މަސައްކަތް ދަނީ ހިނގަމުންނެވެ. އަދި ކުރީގެ ނާދީ ހުރި ބިމުގައި ވެސް ފްލެޓު އެޅުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
05 June 2016
ރޯދަ މަހު މުސާރަ ނުލިބޭތަ؟އަޅުގަނޑަށް ގުޅާފައި ބުނި ކުރިޔަށް އޮތް 3 މަސް ދުވަހު ދާނެ ކަމަށް.ވަޒީރ ހޭބޯނާރާ އެއުޅުއްވަނީ މާބްލް ޖަހަން.މިސްކިތް އެއްދުވަހު ވެސް ނުފުރޭ.ބޭނުމަކީ ބަލާލި ކޮންމެ ދިމާޔަކުން ވެސް ޔާމީނުގެ ވެރިކަމުގައި ކުރި ކަންތައް ދެއްކުން
ކީއްވެބާ
05 June 2016
ރޯދަމަހު އޮފީސްތަކެއްވެސް ބަންދެއްނުކުރޭ. މަސައްކަތް ކުރޭ. ދެންކީއްވެބާ ސާރވޭ ނުކުރެވޭނީ
ތާރުކުނާވަޙީދު
05 June 2016
ހުޅުމާލޭގައި މިހާރު ނިމެމުންދަނީ 750 ފްލެޓް. އެހެންވީމާ 15 ހާސް މީހުން ފޯމު ހުށަހަޅާފައި ވީނަމަވެސް އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ހޯދި 750 މީހުންގެ ގެދޮރުގެ ސާވޭކުރުމުން މިވަގުތަށް ފުދޭނެ. އިތުރު ފްލެޓެއް އަވަސް ފުރުޞަތެއްގައި ނިމޭކަށްނެތް. މިސަރުކާރުން އިތުރު ފުލެޓްތަކެއް އަދި ނާޅާ. މިއަދު ސާވޭކުރިޔަސް ފްލެޓެއް މީހަކަށް ލިބޭނީ ތިންހަތަރު އަހަރު ފަހުން. ސަރުކާރުންވެސް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅޭނެކަމެއްނެތް.
ބޭނުން
05 June 2016
ފްލެޓްސް ތަކަށް ފޯމް ހުށައެޅި ފަރާތް ތައް ފޯރމް ތައް ހުށައެޅީ އެކަމަށް ވަރަށް ބޮޑެތި ޚަރަދު ތައް ވެސް ކޮށްގެން ނެވެ. މިފަހަރ ފްލެޓްސް ތަކަށް އެދި ހުށައެޅި ފޯމް ފުރުމަކީ އެއީ މަރަށް ތައްޔާރުވުން ފަދަ ކަމެކެވެ. ފޯމް ހުށައެޅުމުން ދެން ސަރުކާރުން އަނެއްކާ ފްލެޓްސް ތަކަށް އެދި ފޯމް ލާފައިވާ ފަރާތް ތަކުގެ ސާރވޭ އެއް ކުރަމޭ ބުނުމުން ސަރުކާރުން އެތައްޔާރު ކުރި ފޯރމް ތައްޔާރު ކުރުމުގެ ބޭނުން ދިޔައީ އެވެ. ދިވެހި އައިޑީ ކާރޑް އޮންނަ ކޮންމެ މީހަކު ބޭނުންނަމަ މާލެ ސަރަަހަައްދުން ފްލެޓްސް ތައް އެމީހަކު ބޭނުން އަދަދަށް ކުއްޔަށް ލިބޭނެއެވެ. ފުރަތަމަ ފްލެޓް ދެވޭނީ އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 100 އަހަރު ވަން ދެން. ދެވަނަ ފްލެޓް ދޭނީ އަކަފޫޓަކަށް މަހަކު 2 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް. މިގޮތަށް ބޮޑު ކުރަމުން ދަނި ކޮށް އެނިމުނީ އެވެ. ކޮންމެހެން ތިޔަ ތާކުން ތާކު ނުޖެހޭ ފޯރމްސް ތަކެއް ފުރާކަށް ނުޖެހޭނެއެވެ. ބޮޓަމް ލައިން އަކީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދި ފޯމް ލާފައިވާ ހުރިހާ ފަރާތް ތަަކަށް ފްލެޓްސް ތައް ލިބެން ޖެހޭނެއެވެ. މީ ސަރުކާރެއް އޮތުމުގެ ބޭނުމަކީ.
ސާވޭދޮންބެ
05 June 2016
މިނިސްޓްރީގެ ފަރާތުން އަޅުގަނޑަށް ގުޅުއްވިބޭފުޅަކު ވިދާޅުވި ކުރިޔަށް އޮތް 3 މަސް ދުވަސްތެރޭ ސާވޭ ކުރަން މިނިަސްޓްރީގެ މުވައްޒަފުން ވަޑައިގަންނަވާނެ ވާހަކަ. އޭގެަފަހުން މިހާރު 5 މަސްވެ މިއޮތީ 6 މަހަށް އެޅިފައި... ... ދެން އިތުރަށް ދަންނަވާނެއެއްޗެއް ނޭނގެ.
މިނިސްޓަރ ސައްޕެ
05 June 2016
ރަނގަޅު، އަނެއްހެން، މީހަކު ރޯދަ ހިފައިގެން ހުރެ މާލެ ތެރޭގައި ކުރާވަރު ކަމެއް ނޫން ތީކީ. އެހެން ނޫނަސް ޕާރޓި ކުދިންނަށް ބަހައި ނިންމާފަ އިއުލާންކުރަން ދަންނަވަމެވެ.
އިބްރާހީމް
05 June 2016
ޕާޓީ މީހުންނަށް ދީފަ ބާކީ އެއްޗެއް އޮތިއްޔާ އެހެން މީހުންނަށް ދިނުން އެއީ އެމްޑީޕީގެ ސިޔާސަތު. އެމީހުން ވަނީ ރައްޔިތުންގެ ކުރިމަތީގައި އެކަން އިޢުލާންކޮށްފަ.
ކީއްވެތަ
05 June 2016
ފްލެޓަށް ފޯރމް ހުށައެޅި މީހުންގެ ސާރވޭ ހަދަނީ އެއީ ކީއްކުރަންތޯއެވެ. އެކަން އެއްގޮތަކަށް ވެސް ކުރާނެ ކަމެއް ނެތެވެ. މިހާރު އޮތް ހުޅުމާލެ 1 ގައި ވެސް 24 ހާސް ހައުސިންގް ޔުނިޓްސް އެޅޭނެ ބިން އެރަށުގައި އެބައޮތެވެ. އެހެން ކަމަށްވާނަމަ ކީއްވެގެންތޯ ހުޅުމާލެ 1 ގައި 24 ހާސް ހައުސިންގް ޔުނިޓްސް ސަރުކާރުގެ ކުންފުންނެއް ކަމުގައިވާ އެމްޓީސީސީ މެދުވެރިކޮށް ބީއެމްއެލް އިން ލޯން ނަގައިގެން ސަރުކާރުން މިކަން ނުކުރަންވީ. ސަރުކާރަށް ބީއެމްއެލް އިން ލޯން ނަގައިގެން މިކަން ނުކުރެވޭ އެކަމަކު ދެރަވަރު އަމިއްލަ ކުންފުނި ތަކުން ހުޅުމާލޭން ބިން ގަނެގެން ބީއެމްއެލް އިން ލޯން ނަގައިގެން މިކަން ކުރެއެވެ. މީ ހައިރާން ވާން ޖެހޭ ކަމެކެވެ.