ޒަމްޒަމް ގުރޫޕުގެ ބަޔަކު މައްކާގައި: އެ ގުރޫޕުގެ ހަވާލުގައި ދެ ހަރަމްގެ އުމްރާ އަށް ފުރާ މީހުންގެ ވިސާގެ ކަންކަން ހަމަޖެހިއްޖެ ކަމަށް އަޒީބެ ވިދާޅުވި.---ފޮޓޯ: ޒަމްޒަމް ގުރޫޕް
02 ޑިސެމްބަރ 2016 - 21:42
ޒަމްޒަމް ހައްޖު އެންޑް އުމްރާ ޓްރެވެލްގެ ހަވާލުގައި މިއަދު ހެނދުނު އުމްރާ އަށް ފުރަން ޖެހޭ މީހުންގެ ވިސާ މިހާރު ހަމަޖެހިއްޖެ ކަމަށާއި މަތިންދާބޯޓެއް ޗާޓަރު ކުރުމުގެ ކަންކަން ނިނުމުހާ އަވަހަކަށް ފުރޭނެ ކަމަށް އެ ގުރޫޕުގެ ވެރިޔާ އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) މިރޭ ވިދާޅުވެއްޖެ އެވެ.
ޒަމްޒަމް ގުރޫޕުގެ ހަވާލުގައި ދެ ހަރަމްގެ އުމްރާ އަށް ދާ މީހުން މިއަދު ހެނދުނު 11:55 ގައި ސައޫދީ އެއާލައިންސްގެ ޗާޓަރު ފްލައިޓެއްގައި ފުރާގޮތަށް ކުރިން ހަމަޖެހިފައިވީ ނަމަވެސް، އެމީހުންގެ ވިސާގެ ކަންކަން ނުނިމޭ ކަމަށް ގުރޫޕުން އެންގީ ރޭ ފަތިހުގަ އެވެ.
އުމްރާ އަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އެއާލައިންގެ ބޯޓު ޗާޓަރުކުރީ ޒަމްޒަމް ގުރޫޕާއި އަދި އެހެން ގުރޫޕެއް ގުޅިގެންނެވެ. އެކަމަކު ޒަމްޒަމް ގުރޫޕުގެ މީހުންގެ ވިސާ ހަމަނުޖެހޭތީ، އަނެއް ގުރޫޕު މީހުންނާ އެކު އެ ބޯޓު ވަނީ މިއަދު ހެނދުނު ފުރައިފަ އެވެ.
ޒަމްޒަމް ގުރޫޕުގެ ވެރިޔާ އަޒީބެ މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ވިސާގެ ކަންކަން ހަމަޖެހުމުން ދެން މިހާރު މަސައްކަތް ކުރަނީ އަލުން ބޯޓެއް ޗާޓަރު ކުރުމަށެވެ.
"އިރާދަކުރެއްވިއްޔާ ރަނގަޅު ގޮތެއް ވާނެ. ބޯޓެއް ޗާޓަރު ކުރުމުގެ ކަންތައް ވެސް އިރާދަކުރެއްވިއްޔާ މިރޭ ހަމަޖެހޭނެ،" އަޒީބެ ވިދާޅުވި އެވެ.
ބޯޓެއް ޗާޓަރު ކުރުމުގެ ކަންކަން އަދި ނުނިމޭތީ، އުމްރާ އަށް މީހުން ފުރުވައިލެވޭނެ ސީދާ ގަޑިއެއް ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީބެ ވިދާޅުވި ގޮތުގައި ވިސާ ޖެހުމުގެ ކަންކަން ކުރިން ވެސް ހަވާލުކުރީ އައިލެންޑް އޭވިއޭޝަނާ އެވެ. ނަމަވެސް ވިސާ ހަމަނުޖެހުނުކަން އެންމެ ފަހު ވަގުތު އެނގުނު މައްސަލާގައި އޭނާ އިތުރަށް ވާހަކަ ދައްކަވަން ބޭނުމެއް ނުވި އެވެ. ޒަމްޒަމް ގުރޫޕުގެ މީހުންގެ ވިސާގެ ކަންކަން މިއަދު ވެސް ހަމަޖެއްސީ އައިލެންޑް އޭވިއޭޝަން މެދުވެރިކޮށެވެ.
ވިސާ ޖެހުމުގައި ދިމާވި މައްސަލަތާ ގުޅޭ ގޮތުން، އައިލެންޑް އޭވިއޭޝަންގެ އިސްވެރިއަކާ މިރޭ އަދި ގުޅޭ ގޮތް ނުވާތީ އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.
ޒަމްޒަމް ގުރޫޕުގެ ހަވާލުގައި އުމްރާ އަށް ދާ މީހަކު މިއަދު ބުނީ، ވިސާ ހަމަޖެހިފައިވާ ކަމަށް، މިދިޔަ ހަފުތާގައި އެ ގުރޫޕުން ބޭއްވި ބައްދަލުވުމެއްގައި ވެސް ބުނެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާ
04 December 2016
އައިލެންޑު އޭވިއޭޝަނުން ޒިންމާނަގަންޖެހޭނެ ނުފުރިތިބި ހުރިހާ މީހުންގެ
މާލިމީ
04 December 2016
އިސްލާމިކް މިނިސްޓްރީ އަށް ދަންނަވަން ބޭނުންވަނީ މިކަން ވަރަށް ސީރިއަސްކޮށް ބެލުމަށްފަހު މިކަންކަމުގެ ޓައިމްލައިނެއް ހަދަންވެއްޖެއޭ. އަދި މިނިސްޓރީގެ ރޯލެއް އޮންނަންޖެހެއޭ. މިކަންކަން ނުކުރާނަމަ ކީއްކުރާ މިނިސްޓްރީއެއްތޯ. މިރާއްޖޭގައި ނުހުރޭ ފޮރެސްޓް މިނިސްޓްރީއެއް އަދި ރެއިލްވޭ މިނިސްޓްރީއެއް. އެއީ ބޭނުންނުވާތީ. އާދޭސްކޮށްފައި ދަންނަވަން މިކަންތައް ބައްލަވައި ފަސޭހަވާނެ ގޮތަކަށް ޕްރޮސީޖަރ ހަދަން.
♘ އަސްގެ
03 December 2016
މިވެރިން އެޖެންސީތައް ހިންގަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން - އެއްވެސް ކަމެއް އޯގަނައިޒް ނުކުރެވި މިއޮންނީ ފަހު ވަގުތާ ޖެހެންދެންވެސް...
ފަރިގު
03 December 2016
ކޮންމެ ނަމެއް ގައި ހިންގިޔަސް ތިޔަވާނީ ހަމަ ޓްރެެވެލް އޭޖެންސީ އަކަށް. ޒަމްޒަމް ޓްރެވެލް އޭޖެންސީ އަށް ފަހުވަގުތު ވިސާ ހަމަ ނުޖެހުނުކަން އެނގުނީމަ އެ ވީ ފެއިލް. އަޒީބެގެ އިހުލާސްތެރިކަން އެއީ އެހެން ކަމެއް. ޓްރެވެލް އޭޖެންސީ ވިޔަފާރި ކުރަންޏާ ކަސްޓަމަރުން އަތުން ނަގާ ފީ އާ އެއްވަރުގެ ހިދުމަތް ދޭން ޖެހޭނެ. ކަސްޓަމަރުން ބަލާ ކަށް ނުޖެހޭނެ ޒަމްޒަމް އިން ތާރޑް ޕާޓީ ކޮށް ވިސާ ހޯދާ ގޮތެއް. ވިސާ ނުލިބުނީމަ އެއޮތީ ނުލިބިފަ.
ހަސަން
03 December 2016
ސަައުދީ އަށް ވިސާ ހޯދުމާ އެހެން ގައުމުތަކަށް ވިސާ ހޯތުން ވަރަށް ތަފާތު. މިކަން ސާފު ނުކޮށް ކޮމެންޓު ނުކުރައްވާ.
މާލިމީ
04 December 2016
ސައުދީ އަށް ވިސާ ހޯދުމުގައި ދަތިވާނަމަ އުމްރާވެރިންގެ އަތުން ޕާސްޕޯޓްތައް ކުރިން ހޯދައިގެން އެކަން ހަމަޖެއްސުމަކީ ގްރޫޕުގެ ކަމެއް. މިކަމުގައި އިސްލާމިކް މިނިސްޓްރީ އިން ފިޔަވަޅު ނާލާނަމަ އަދި މިއަށްވުރެން ގޯސްވާނެ.
ފަރިގު
04 December 2016
ކޮބާ ހަސަނާ މިހާރު ފުރިއްޖެތަ؟
ސުވަދީވް ގަމާރު
03 December 2016
ދެފަހަރަކު މައްކާއަށް ދެވޭއިރަށް ދެންއެވީ ހައްޖު އަދި އުމްރާގެ ވިޔަފާރި ފަށަން.ގައިމު ވަރަށް ފައިދާވާތީވެތާ މިމަސައްކަތްމިކުރަނީ.
ބާސްމަތީ ރައީސް
03 December 2016
ކޮބާތަ ސަރުކާރުު؟
އިބޫ
03 December 2016
މިފަދަ ކަމެއް ހިނގުމުން ގްރޫޕުތައް ބަދުނާމުކޮށް ނޭނގޭ ވާހަކަތައް މަތިކުރުން ރަނގަޅެއް ނޫން. އަޒީބެމެން އެ ރާވަނީ ދެން ވެސް އަވަހަށް ފުރުމުގެ ކަންތައް ހަމަޖައްސަން. އިތުރު ވާހަކަ ދައްކައިގެން އައިލެންޑް އޭވިއޭޝަން ބޮލުގައި އަޅުވާފައި ނިންމައިގެން ހުރުމަށް ވުރެ، ފުރުމުގެ ކަންތައް ހަމަޖެއްސުން މުހިންމީ. ﷲ ރަހުމަތުން އަވަސް ހައްލެއް ލިބުން އެދެމު.
އިސްލާހު
03 December 2016
ވިސާގެ ކަންކަން އެންމެ ފަހުވަގުތާޖެހެންދެންވެސް އަޒީބެ ގެންދިޔައީ ބަލަމުންނެވެ. ވިސާގެ ކަންކަން ހަވާލު ކުރިފަރާތުން ނިމޭނޭ ބުނާގަޑިއަކީ ނިމޭގަޑި ކަމަށް އަޒީބެވެސް ބަލާނެއެވެ. ތިޔަބުނާ ރޭގެ ދަންވަރު ވެސް އަޒީބެ ދިޔައީ ބަރާބަރަށް ވާނުވާ ބަލަމުންނެވެ. އައިލެންޑް އޭވިއޭޝަނުން ވިސާ ކަންތަށް ހަމަޖެހޭނެ ކަމަށް ބުނާ ނަމަ 24ގަޑި އިރު ކުރިން ވިސާ ހަމަނުޖެޔޭ އަޒީބެ ބުނާނެ ގޮތެއް ނިކަން ބުނެދީ ބަލާށެވެ.؟؟؟؟؟ ކަންކަން ވާނުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު ނޫނީ މީސްމީހުންނަށް ، ޚާއްސަކޮއް އަޒީބެ ކަހަލަ އިޚްލާސް ތެރި މީހަކަށް ފާޑުފާޑުގެ އެއްޗިހި ނުކިޔާށެވެ.
މާލިމީ
04 December 2016
އަޒީބެގެ ތްޖްރިބާ ބެނުންކޮށްގެން 1 މަސް ނުވަތަ 3 މަސް ނުވަތަ ހަމަސް ކުރިން ވިސާގެ ކަންކަން ހަމަޖައްސަންވީނޫންތޯ.
ދޮންދީނި
03 December 2016
އަޒީބެ އަކީ ވވ ތެދުވެރި ބޭފުޅެއް..އަޒީބެ ގެ ބެލުމުގެ ދަށުގައި ބަޔަކަށް މިފަދަކަމެއް ދިމާވުމުން ވވ ދެރަވެއްޖެ...ކުރިމަގުގައި މިފަދަ ކަމެއް އަޒީބެއަށްދިމާނުވެ އަމާން އޮމާން ދަތުރުތަކެއް ކުރެވުންއެދި ދުޢާކުރަން..
ބަކުރު އެންޑް ޒުބޭރް
03 December 2016
އަޒީބެ ހިޔެއްނުވޭ މީހަކަށް އޮޅުވާލަން އުޅެފާނެއެކޭ. އަޒީބެއަކީ އެބާވަތުގެ މީހެއް ނޫން.