ޔާގޫތުގޭ ކައިރީގައި ހުކުރު ދުވަހުގެ ރޭ ހިންގި މާރީގައި މީހަކު ޒަހަމްވެ ލޭ ފޭބި ތަނުގައި ފުލުހުން ހަރަކާތްތެރިވަނީ --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
05 ޖޫން 2016 - 13:06
މާރާމާރީގެ މައްސަލަތަކުގައި ފުލުހުންނަށް ހެކި ނުލިބުނަސް އެހެން މައްސަލަތަކުގައި "ބައި ރުފިޔާއަކަށް ކިލޯއެއް"ގެ މަގުން އިންޓެލް ރިޕޯޓާއި ސިއްރު ހެކިން ލިބޭ ކަމަށް ވިދާޅުވެ، ގާނޫނީ ވަކީލް މައުމޫން ހަމީދު ފުލުހުންނަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު މާލޭގައި ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފުލުހުން 19 މީހަކު ހައްޔަރުކުރި އެވެ. މައުމޫން ފާޑުވިދާޅުވީ، އެ އެންމެން ދޫކޮށްލަން ޖެހުނީ ބަންދުގައި ބޭތިއްބޭ ވަރަށް ހެކި ނެތިގެން ކަމަށް ފުލުހުން ބުނުމުންނެވެ.
Intel reports / secret witnesses unavailable to solve murder cases, but otherwise "bai rufiyaa ah kilo eh".. https://t.co/moxJ7QN1Ix
— Maumoon Hameed (@maanhameed) June 4, 2016
މައުމޫން ހަމީދުގެ ޓުވީޓް
މި ޓުވީޓާ ގުޅިގެން "މިހާރު" އަށް މައުމޫން ވިދާޅުވީ ފުލުހުން ތަހްގީގުކުރާ މަރުގެ މައްސަލަތަކުގައި، އާއްމުކޮށް ހެކި ނުލިބުނަސް އެހެން މައްސަލަތަކުގައި ހެއްކާއި އިންޓެލް ރިޕޯޓްތައް ވެސް ފުލުހުންނަށް ލިބޭ ކަމަށެވެ. ބައެއް މައްސަލަތަކުގައި، ފުލުހުންނަށް ލިބޭ އިންޓެލް ރިޕޯޓްގެ މައްޗަށް މީހުން ބަންދުގައި ބައިތިއްބާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަރު ނޫން އެހެން މައްސަލަތަކުގައި ސިއްރު ހެކި ވެސް ލިބޭ. އިންޓެލިޖެންސް ރިޕޯޓްތައް ވެސް ލިބޭ. މަރުގެ މައްސަލަތަކުގައި އެންމެ ކުޑަމިނުން އިންޓެލިޖެންސް ރިޕޯޓެއް ވެސް ނޯވޭ، ދުވަހަކު ވެސް ހެކި ލިބޭ ކަމަކަށް ނުވޭ،" މައުމޫން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ މަރެއް ހިނގާފައި ވަނިކޮށް ހައްޔަރުކުރި ބަޔަކު 24 ގަޑިއިރު ނުވަނީސް ދޫކޮށްލުމުން، ސުވާލު އުފެދެ އެވެ.
"މިހާރު އެ އަމަލުކުރި ގޮތުން ސުވާލު އުފެދޭ ގާނޫނާ ހިލާފަށް ހައްޔަރުކުރެވުނީމަ ބާއޭ އެ ދޫކޮށްލީ،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ހަމީދަކީ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ.
ދެ ކުދިން މަރުވި މާރާމާރީ ހިންގާފައި ވަނިކޮށް 19 މީހަކު ހައްޔަރުކުރިއަސް އެއީ، މަރާ ގުޅުން ހުރި ބައެއް ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ދެ ކުދިންގެ މަރާ ގުޅުން ހުރި މީހަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯޅަބު ސަލީމް
05 June 2016
ތިހެންުބުނީމަ ހީވާކަހަލަ މިއީ ވެގެން ވާންޖެހޭނެ ކަމެއް ނޫނޭ މިރާއްޖެއަކު. ހަގީގަަތަކީ، ޓުރިޒަމް އައިސް ކަނުއަދިރީގަ ތިބި ބަޔަކު ލޯމައްޗައް ދިއްލާލީ ކަނުވާވަރުގެ ޓޯޗެއް. މޫނު ތަކުގެ ބިއްދަށުގައި ތިބީ އަދިވެސް ހަމަ ދުންމާރީން! މިއީ ހަމަ ރާއްޖޭގެ އެވްރެޖް ފެންވަރު!
މެންޓަލިސްޓް
05 June 2016
އެއީހަމަރަގަޅުވާހަކައެއް ، މިހާރުމާގަދަކަމެށް ސިއްރުހެކިންހުށައެޅުމަކީ ، ބަންގާޅީއަކަށް ސައިކޮޅެށް ދީފައި ސިއްރުހެއްކަކަށް ހެދިދާނެ ، އެއިރުން ގާޒީއާއި އެމީހާއަށް އެކަނިއިނގޭނީ ހެކިބަސްދިނީ ކާކުކަން ، މީކަނޑައެޅިގެން އިސްލާމްދީނާއި ޙިލާފްކަމެށް
އަލީ
05 June 2016
ވަރަށް އުފާކޮށްފިން މި ގައުމުގައި މިކަހަލަ ގޭންގު މައްސަލަ އަކާއި ބެހޭގޮތުން ކެރިވަޑައިގެން ސާބިތުކަން މަތީގައި އެއްޗެއް ވިދާޅުވެވޭނެ އެންމެ ބޭފުޅަކުވެސް މި ގައުމުގައި ހުންނެވިކަން އެނގުމުން. އަޅުގަނޑުގެ ފުރިހަމަ ތާއީދު މައުމޫން ހަމީދަށް.
ފަލަކު
05 June 2016
ކިތަންމެ ގިނައިން ވަޅިހަރާ މަރާލިޔަސް ވިދިގެން އަންނަ ދުވަހު ދިވެހިންގެ ސިކުޑީގައި އެފަދަ ކަމެއް ހިނގިކަމުގެ ކަންފުޅެއްވެސް ނުހުންނާނެ. އެއްޗެކޭ ބުނެފިއްޔާ ބުނާނެ ރާއްޖޭގެ ހަމަޖެހުން ގެއްލުވާލަން މަސައްކަތް ކުރާމީހެކޭ. އަނެއް ދުވަހު އެމީހާ އޮންނާނީ ހައްޔަރުކޮށްފާ. ފުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ދެފިސްތޯލަޔާ ވަޒަހެއް އެމީހާގެ އަތުން ފެނިގެން.
ބޮޑުމޮޔަ
05 June 2016
އަނެއްކާ މަރު، ޑްރަގް، ވައްކަން ފަދަ ކަންކަމުގައި އިންޓެލް ރިޕޯޓަށް ކޯޓްތަކުން އިތުބާރެއްނުކުރޭ. އެކަމަކު ސިޔާސީ ގޮތުން އެއީ ފައްކާ ހެކި. މިވަރުވާއިރު ދެން ޤާޒީން ވެސް އެބަޖެހޭ އިންސާފުވެރިވާން.
ލިންކްސް
05 June 2016
ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ މާލޭގެ ސަލާމަތާއި ރައްކަލަކަށް ޓަކައި ކޯޓް ތަކުން އަމަލު ކުރަމުން ދާ ގޮތުން އެކަން ގޯހުން ގޯހަށް ދާއިރު އެކަމުގައި ވިސްނާ ފިޔަވަޅު އަޅަން މިޖެހެނީ އެއީ ޖުޑިޝަލް ސާރވިސް ކަމިޝަނާއި އަދި ސްޕްރީމް ކޯޓެވެ. މި ދެތަން އޮންނީ ނިދާފައިތޯ މިބާވަތުގެ ގައުމީ މައްސަލަ ފެންމަތި ވެގެން މިއުޅެނީ. މިފަަދަ ކަންކަން ކީއްވެގެންތޯ ސްޕްރީމް ކޯޓަށް ނުބެލެންވީ. އެއީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެކަން އެބަޖެހޭ ބަލަން ސްޕްރީމް ކޯޓުން. ދަށު ކޯޓް ތަކުން ފުލުހުން ހައްޔަރު ކުރާ ބޮޑެތި ކުށްވެރިން ކަމަށް ތުހުމަތު ކުރެވޭ މީހުން އެހާ ފަސޭހައިން ކޯޓް އިން ދޫކޮށްލަނީ އެއީ ކޯޓް ތަކުގެ ބޮޑުންނާއި އަދި ގޭންގް ލީޑަރުނާއި ގާތް ވިޔަފާރީގެ ގުޅުމެއް އޮންނަނީ ތޯއެވެ.
ބަލާތި
05 June 2016
ރާއްޖޭގެ ކޯޓް ތައް ވެސް އެބަޖެހޭ ގައުމުގެ ސަލާމަތާއި ރައްކަލަށް ޓަކައި ކުށްވެރިންނަށް މަދަދު ވުމާއި އަދި ކަރަޕްޝަންގެ އުސޫލުން ކުށްވެރިން އަތުން ކޯޓް ތަކުގެ ގާޒީން މޭޒު ދަށުން ދަމާ ކުޅުން ހުއްޓާލަން. އެނޫންނަމަ މިގައުމު ރޮޓެން ކަންޓްރީ އަކަށް ވެދާނެއެވެ. އިދިކޮޅު ސިޔާސީ ފަރާތް ތަކުން މިސަރުކާރަށް ޖެއްސުން ކުރުމަށް ޓަކައި ވެސް މިބާވަތުގެ ކަންކަން ކޮށްފާނެ މާލެތެރޭގެ ޑްރަގް ލޯޑުންނާއި ގުޅިގެން. ކަން މިހެން ހުރުމުން ސިފައިންނާއި އަދި ފުލުހުން ވެސް މިހާރަށް ވުރެން ބޮޑަށް މަގުމަތި ބަލަހައްޓަންވީ އެވެ.