ޚަބަރު / ހިމާޔަތްކޮށްފައިވާ ދޫނި

މިއީ ދޫނިތައް ހިޖުރަކުރާ ދުވަސްވަރު، ގޯނާކޮށްފި ނަމަ ފިޔަވަޅު އަޅާނަން: އީޕީއޭ

ދޫނިތަކެއް ހިޖުރަ ކުރަނީ: އީޕީއޭއިން ބުނީ ރާއްޖެއަށް ހިޖުރަ ކުރާ ދޫނިތައް ހިފާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް --

މި ދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ދީފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އެކި ވައްތަރުގެ ދޫނިތައް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ. އެފަދަ ދޫނިތަކަކީ ހިމާޔަތްކޮށްފައިވާ ދޫނިތަކެއްކަން އީޕީއޭގެ ބަޔާނުގައި ހަނދާންކޮށްދިނެވެ.

ނަމަވެސް، ކޮންމެ އަހަރަކު ވެސް މި ދުވަސްވަރު، އެގޮތަށް ހިޖުރަކުރާ ދޫނިތައް ހިފައި ގޯނާކުރާ ކަމަށާއި އެކަމާ އީޕީއޭ އިން ވަރަށް ކަންބޮޑުވާ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

ފުޓުބޯޅަ ދަނޑުތަކާއި، ހިއްކާފައިވާ ބިންތަކާއި ހާމައަށް ހުންނަ އެހެން ބިންތަކުގައި މަޅިފައްޗާއި، ދަންތުރަ ފަދަ އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާ ކަމުގެ ޝަކުވާ އީޕީއޭއަށް ލިބޭ ކަމަށް އެޖެންސީން ބުންޏެވެ.

އެހެންކަމުން، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކޮށް، ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް އީޕީއޭ އިން ނަސޭހަތްތެރިވި އެވެ. އަދި ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފައި ގޯނާކުރާ މީހުންނަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދާއި ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާ ބެހޭ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުންޏެވެ.

މި މޫސުމުގައި ގިނަ އަދަދެއްގެ ދޮންދޫންޏާއި ދޮންދޫނިލޯފިނދު ވެސް ރާއްޖެއަށް ހިޖުރަ ކުރާކަން ފާހަގަކޮށް އީޕީއޭއިން ބުނީ އެ ތަކެއްޗަކީ މަދިރި ކޮންޓްރޯލުކޮށް، މަދިރިން ފެތުރޭ ބަލިތައް މަދުކުރުމުގައި މުހިންމު ސޫފިތަކެއް ކަމަށެވެ. އެހެންވެ އެފަދަ ތަކެތި ނުހިފުމަށް ވެސް އީޕީއޭއިން އެދިފައިވެ އެވެ.

22 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 0%
icon angry icon angry 30%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިލީ

10 October 2021

އެފަދައިން ހިޖުރަކުރާ ދޫނިތަކުގެ ވީޑިއޯ ނަގާ އެ އެންމެންނަށް ފެންނާނެ ގޮތް ހަދާނެ ބަޔަކުވާނެނަމަ. އެފަދަ މަންޒަރު އަހަރަކު 1 ފަހަރު ނޫނީ 2 ފަހަރު ފެންނަނަމަ އެއީ ކޮންމެހެންވެސް ރިކޯޑްކުރެވެންވާ ވަރުގެ ކަމެއް. ބައެއް ގައުމުތަކުގައި އެހެން ހިޖްރަކުރާ ދޫނިތަކަށް ޚާއްސަކޮށްފަ އޮންނަ ހުސް މައިދާންތަކުގަ ކާނާ އަޅާ ހަދާ. އަދި އެތަކެތި ހިފާ ގޯނާއެއް ނުކުރޭ އެއްގޮތަކަށްވެސް. ކާންދީފަ ފޮނުވާލަނީ އެ ދާން ބޭނުންވާ ދިމާއަކަށް.

The name is already taken The name is available. Register?

ސަނީލިއޯން

10 October 2021

ޢީޕީއޭއިން ކިހާވަރެތްގެ ދިރާސާއެތް ހަ ދާފަތޯ ދޫނި ހިފުން މަނާތިކުރަނީ އަޅުގަނޑަކީ ކުޑައިރުން ފެށިގެން ފުރާވަރަށް އަރާ ދެން ދޫނި ހިފުމުގަ އުޅޭމީހެތް މި މޫސުމުގަ އަންނަ ދޫނި ދުވަހަކުވެސް ހާލި ހަ ދައިގެން އާލާ ވެފަ ތިއްބަ ނު ދެކެން މޫސުން ނިމުމާއެތްކޮށް އަންނަ ދޫނިތަށް ގެއްލޭ އަހަރުމެން ހިފައިގެން ގޭގަ ގެންގުޅޭ ދޫނިތަށް 7 އަހަރުވާ ދެން އެބަތިބޭ މި ދުވަސްކޮޅު އަންނަ ދޫނި ހިފަންވީ އޭރުން ތި ހިފެހެއްޓޭނެ ނޫނީ ހަމަ ހިޖުރަކޮށް ދާނީ

The name is already taken The name is available. Register?

ްްޔުސޭއި

10 October 2021

ހިޖުރަ ކުރުން އޯކޭ، އެކަމް ބޭރުން ދޫނި ގެނައުން މަނާ، ކޮންވައްތަރު ހުންނަނީ؟

The name is already taken The name is available. Register?

ކޮޅުފުށީ ނައީމް

10 October 2021

ކޮން ފިޔަވަޅެއްތޯ މިހާތަނަށް އެޅީ!؟؟ އައްޑުއަތޮޅު ގިނަގޭގެ ގޯތިތެރެއަށް އަޅަފައި ހުންނަނީ ގޮނޑުދޮށުން ނަގާ އޮށްވެއްޔާއި އަކިރި، ފަތިސް ދަޅައިގައއްޔާއި ދިޔަވަރު ހިކިވަގުތު ގޮނޑުދޮށްބަލާބަލަ ، ހާއްސަކޮށް ރޯދަމަސް ގާތްވަމުން އަންނައިރު އަދި އެނަގައިގެން ގޯތިތެރޭ ފުނިޖަހައި އެވިއްކާމީހުން ބައިވަރު، ބަސްތާއެއް 100-130 ރުފިޔާއެއް

The name is already taken The name is available. Register?

ޒީންބޭބީ

09 October 2021

ދޫނި ހިމާޔަތްކޮށް މީރުކޮށް ކާންދީ ބޯންދީގެން ގެންގުޅެވެންޖެހޭ

The name is already taken The name is available. Register?

ބޮގަރި

09 October 2021

ހިޖުރަ ނުކުރަން އަންގަންވީނު

The name is already taken The name is available. Register?

ސުކީނޯ ބަންގާޅީ

09 October 2021

މަޤާމެއް އޮތީވިއްޔާ ދިވެއްސެއްވިއްޔާ ފިތް ކަނޑުވާލާ އޮބިއަޅައިގެން ވެސް ފައިސާފޮއްޗެއް އޮތީވިއްޔާ އަތުލުން ނޫންކަމެއް ކުރެވޭތަ. މާކަމާ އަކީ ހިމާޔަތް ކުރިއެއްޗެއްތަ. މަދުވާ ދޫނިތައް އާލާ ކުރަން ބަޔަކަށް ހިތްވަރެއްދީބަލަ. ދުއްޕާން ނުކޮށްބަލަ. ތިޤާނޫނު އުވަލަ ދެއްވާ. ދުރާލާ ވިސްނާފިކުރު ކުރަމާ ހިނގާބަލަ. މަދެކެން އެބަ ބަޔަކު މީހުން މާކަނާ އާލާކޮށް އިތުރު ކުރާމަންޒަރު. ތިމީހުންނަށް ފެންނާނީ ހިފާ ހައްޔަރު ކުރާކަމަށް. ބޯގޯސް

The name is already taken The name is available. Register?

1828

09 October 2021

ފުއްޕާފައި ފިޔަވަޅު އަޅާނަމޭބުނާއިރު އީޕީއޭގެ އޮފީސް ހުންނަނީ މާލޭގައި، ހުރިހާ މުވައްޒަފުން ތިބެނީ މާލޭގައި. ރަށެއްގައި ހިމާޔަތްކޮށްފައިވަ ދޫންޏެއް ހިފައިފިނަމަ އެކަމާ ފިޔަވަޅު އަޅަން އެންމެ ފަހުން ޖެހޭނީ ރާއްޖެތެރޭ ފުލުހުންނާއި ނުވަތަ ކައުންސިލާއި. ދެން ކޮންވާހަކައެއް.

The name is already taken The name is available. Register?

ރައްޔިތުންނަށް ކުރާގޯނާ

09 October 2021

ރައްޔިތުންގެ ލިސްޓް. 1- ޕޭޕަލް އިން ނުވަތަ އެހެން ވަސީލަތްތަކުން ފައިސާނުލިބޭ މައްސަލަ ހައްލުކޮށް ނުދިނުން 2- ޔޫޓިއުބުން ފައިސާނުލިބޭ މައްސަލަ ހައްލުކޮށް ނުދިނުން 3- ސަރުކާރު އޮފީސް ތަކުން ރައްޔިތުން އެދޭ ހިދްމަތްތަށް ލަސްކުރުން

The name is already taken The name is available. Register?

ވަހުތާން

09 October 2021

އިންސާނުންގެ ފުރާނަ ހިމާޔަތް ނުކުރެވިގެން އުޅޭއިރު ކޮން ބޭކާރު ވާހަކައެއް! ޢެ ހިފިޔަސް ކެޔަސް ނުހިފިޔަސް މިތާކު ނޫޅެނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454