ނޫސްވެރިންނާ ބައްދަލުކުރައްވައި މޭޔަރު ޑރ މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ. ގަރާޖު ސިޓީ އުވައިލުމަކީ މިވަގުތަށް އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް މޭޔަރު ވިދާޅުވި--- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
08 ނޮވެމްބަރ 2021 - 13:14
ގަރާޖު ސިޓީއަކާނުލައި ކާރާއި ޕިކަޕު ފަދަ އުޅަނދުތައް ރަޖިސްޓަރީ ކުރެވޭ ގޮތް ހަދަން ނިންމުމަކީ މިވަގުތަށް އެންމެ ރަނގަޅު ވިސްނުން ނޫން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކޮށް، އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމުނުވާ ގޮތަށް ހަދަން މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.
އެގޮތަށް އިސްލާހުގެންނަށް ތަރައްގީ އާއި ތަރިކަ ކޮމިޓީން މިދިޔަ އޭޕްރީލް މަހު ނިންމި ނަމަވެސް އެމްޑީޕީގެ ބައެއް އިސް މެމްބަރުން އެކަމާ ދެކޮޅު ހެއްދެވި އެވެ.
ގަރާޖު ސިޓީއަކާ ނުލައި އުޅަނދު ރަޖިސްޓާ ކުރެވޭ ގޮތަށް ހަދަން ކޮމިޓީން ފާސްކޮށްފި https://t.co/6bKLmwlP9o
— Mihaaru (@Mihaarunews) April 25, 2021
އެހެންވެ އެ ގާނޫނަށް އިސްލާހުގެނައުމުގެ މަސައްކަތް ނިންމާލުމުގެ ކުރިން ކޮމިޓީން މިއަދު ވަނީ މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނާ ބައްދަލުކޮށް ގަރާޖު ސިޓީ އުވާލުމާ ބެހޭ ގޮތުން ހިޔާލު ހޯދައިފަ އެވެ. އެ ބައްދަލުވުމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައި ވާއިރު، އިތުރު ވެހިކަލްތައް އެތެރެކުރާއިރު އެ ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާ ކަމުގައިވާ ނަމަ އެކަމުން ނުކުންނާނީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމަށެވެ.
މިހާރު ގަރާޖު ސިޓީ ހޯދަނީ ހަމައެކަނި ރަޖިސްޓްރީކޮށްލަން ލިޔުމެއް ހޯދުމުގެ ބޭނުމުގައި އެކަނި ނަމަވެސް ހަގީގަތުގައިވެސް ވެހިކަލް ބާއްވާނެ ފިސިކަލް ސްޕޭސްއެއް އޮތްކަން ކަށަވަރުކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.
".... އެ ވެހިކަލް މާލޭގައި ދުއްވާ އުމުރު ދުވަހުގެ ނިޔަލަށް އެ ގަރާޖެއް ނުއެއް އޮވޭ. އެހެން އޮއްވައި އަނެއްކާ މިކަން [ގަރާޖު ސިޓީ ދޫކުރުން] އެއްކޮށް ދޫކޮށްލީމަ ދެން ހަމަ ހުރިހާ ވެހިކަލްތައް އިތުރުވަމުން ދިއުމަކަށް ވެސް ހުރަހެއް ނެތް."
ގާނޫނުގައި ބުނާގޮތަށް މާލެއަށް އެތެރެކުރެވޭ ވެހިކަލްގެ އަދަދު ކޮންޓްރޯލު ކުރުމަށް ސިޓީ ކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ގަރާޖު ސިޓީ އުވާލައިފި ނަމަ ވެހިކަލްތައް ކޮންޓްރޯލު ނުކުރެވޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އެހެންވެ މި ވަގުތަކީ ގަރާޖު ސިޓީ އުވާލުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވި އެވެ.
ވެހިކަލް ރަޖިސްޓްރީކުރާ ގަރާޖުތައް ބެލުން ސިޓީ ކައުންސިލްގެ ދަށަށް https://t.co/PLdQlHvNOu
— Mihaaru (@Mihaarunews) July 12, 2021
ހަތަރު ފުރޮޅުލީ އުޅަނދު އެންމެ ކުރިއްސުރެ މާލޭގައި ރަޖިސްޓަރީ ކޮށްދެނީ އެ އުޅަނދެއް ޕާކްކުރާނެ ގަރާޖެއް ދެއްކުމުންނެވެ. އެ ގަރާޖުތަކަކީ އުޅަނދު ޕާކް ކުރެވޭނެ ތަނެއްތޯ ބަލައި، ޗެކް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލާ ހަވާލުކުރީ މިދިޔަ ޖުލައި މަހު އެވެ.
އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށް ފާސްކޮށް އާންމުކުރި ކޮމިޓީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ އިސްލާހު ގެނައުމުގެ ބޭނުމަކީ ބައެއް ފަރާތްތަކުން ބޮޑު އަގުގައި ގަރާޖު ސިޓީ ވިއްކާ މައްސަލާގައި ދައުލަތަށް ފައިދާ ނުވެ އަދި ރައްޔިތުންނަށް ވެސް ބޮޑެތި ގެއްލުންވަމުން ދާތީ އެކަން ހައްލު ކުރުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެދުމަނުންގެ
09 November 2021
މުއީޒަކީ ކަޓުގެ އައްޕަ ކަޓަށް ކާރަކަށް 80 ހާސް 60 ހާސް ލިބިލިބި ހުއްޓާ އެކަން ހުއްޓާލަން އެއްބަސްވާނެތަ
ސަދަން
09 November 2021
އާ މުއިއްޒު ދެކޮޅު ހަދާނެ މާލޭ މީހުންނަށް އެންމެ ލާރިއެއްވެސް ގެއްލޭ ކަމެއް ކުރަން. ގަރާޖަކަށް މިހާރުވެސް އެބަހުރި 200 އުޅަނދު ރަޖިސްޓްރީ ކޮށްފައި. މިހާރުވެސް ގަރާޖު ސިޓީއެއް ދޭން އެބަ ނަގާ ލައްކައިން ފައިސާ. މި ހުރިހާ ކަމެއް އަހަރެމެން ލޯ ކުރިމަތީގައި މާލޭ ބިންވެރި މީހުން ދަނީ ކުރަމުން. އެހެން ވީމައި މުއިއްޒު މިކަމަށް ތާއީދެއް ނުކުރާނެ
އާރީ
09 November 2021
މުއިޒް މި ދެއަގައިން ވާހަކަ ދަށްކާ މީހެއް. މާދަށް ކަނޭ ފީފީއެމް ފޯޑިޔަމް އަށް އަރާ ގަރާޖްސިޓީ އޭ ފަޅޮލޭ މިސަރުކާރުން ރަށްއިތުން ގަނަތަޅުވަނީއޭ ކިޔާނި
ލަތީފްް
08 November 2021
ގަރާޖު ސިޓީ ހޯދަން ޖެހެންޔާ އެތެރެކުރާ/ރަޖިސްޓަރީ ކުރާވަރު މަދުވަނީތަ؟ 75-50 ހާހަށް ގަންނަންލިބޭ އެއްޗެއް ތިސިޓީ އަކީ. ވެހިކަލް އޮންނަނީ ހަމަ މަގުމަތީގަ. ހަމަޖެހޭ ވާހަކަ ދައްކަބަލަ. މާލޭގަ ޖާގަ ނެތިއްޔާ ވެހިކަލް ކޯޓާއެއް ލީމަ ނިމުނީ. ކޮންމެ އަހަރަކު ވަކިވަރަކަށް ރަޖިސްޓަރީ ކޮށްދީފަ ޕާކިން ބިލްޑިން ހެދީމަ ވަރަށް ބޮޑުތަން ތައްކަތުވާނެ ތިކަން.
އޮރެންޖްބެރީ
08 November 2021
އުވާލަންވީ މާލެއަށާ، އައްޑުއަށާ، ފުވައްމުލަކަށާ، ކުޅުދުއްފުއްޓަށް "ސިޓީ"ކިއުން. ދުނިޔޭގެ ސިޓީތައް ބަލާލާ. ލަންޑަން، ނިއުދިއްލީ، ކައިރޯ،، ބައިޖިންގް، ޖޮހެނޮސްބަރގް، ރިއޯޑިޖިނޭރޯ، އެޓްސެޓެރާ. ސިޓީއެއް ނުކިޔާ ސިޓީއަކަށްވިޔަސް. މަދު ގައުމެއްގަ މަދު ސިޓީއަކަށް ސިޓީ ކިޔަނީ. ޕިލިޕީންސްގަ ތަންކޮޅެއް ގިނައިން ކިޔާ. އައްޑުއަކީ އަތޮޅެއް. އިގިރޭސި ރަދީފްގަ އޮތް ހަމައެކަނި ދިވެހި ބަސް. ނަމަވެސް މިހާރު އަތޮޅު ކިޔަން ލަދުގަނޭ ލާމަރުކަޒުވެގެން ދިޔަދިޔައިނުން
ައަހާ
08 November 2021
މިހާރުވެސް ގިނައީ ސަރުކާރުތަންތަނުގެ ވެހިކަލްތައް. އެތަންތަނަށް ނުކަތާ ވަރަށް ވެހިކަލް އެބަހުރި. ފުހުންނާއި ސިފައިންގެ ކޮންމެ މީހަކަށްވާ ވަރަށް އެތަންތަނުގައި ވެހިކަލްއެބަހުރި. އާއްމުން ޖެހެނީ ސަލާންޖަހަން
ތުއްތު ބޭ
08 November 2021
މިހާރު މާލޭ ނުތިބޭނެ ބޭފުޅުން! އަލްފާޟިލު ވެސް ނެތި ހުސްވަނީ!
120687
08 November 2021
އިއްޒައްތެރި ދޮއްތަ؟ ނޫން ނޫން.. އަދި މި ބުނީ ރަނގަޅަކަށް ނޫން، އިއްޒަތު ބިލް ގާނޫނީ މީހުން.
ހަސަނު
08 November 2021
މުއިއްޒު ބުންޏަސް މީ ހަމަ 100 ގެ ވާހަކައެއް.. އަތުގާ ކުޑަ ލާރިކޮޅެއް އޮތީތީވެ ސެކަންޑް ހޭންޑް ބޮޑު ބާ ކާރެއް ގެނެސް މާލެތެރެއަށް ދޫކޮށްލީމާ އެ ކާރުގަނޑާހުރެ އާންމު ރައްޔިތުން މި ތިބެނީ މަގުގާ ހިނގާބިނގާވާން އުނދަގޫވެ އިތުރު ބިރުވެރިކަމެއްގަ.. މާލޭގާ ދުއްވާއެއްޗެއް ދުވުމަކީ އަގުބޮޑު ކަމަކަށްވާން ޖެހޭ. ރޯޑް ޓެކްސް ނުވަތަ މުނިސިޕަލް ޓެކްސްއެއް ނަގަންޖެހޭ މާލޭ މަގުތަކުގާ ދުއްވަން..
ޢަރުތަ
08 November 2021
ޓެކްސް ނެގުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށް ބަޔަކު އެތިބަދަނީ ގޮވާނަގަމުން، އެހެންވީމަ ތިކަމެއްވެސް ނުކުރެވޭނެ ނޫންތޯ، އެބޭފުޅުން ވިދާޅުވަނީ ޓެކްސް ނެގުން ޙަރާމޭ، ޙަރާމޭ، ޙަރާމެ.............
ޢަމާ
09 November 2021
ޢެ ހެޔޮ ދޯ މަގުތައް ގަދަ ކަ ނޑެއް ހެ ން އޮތަސް؟
ޓެސް
08 November 2021
މާލޭ ސިޓީގަ މާލޭ ބޭފުޅުން އެކަނި ކާރު ދުއްވޭނީ. އަހަރުމެން ރާއްޖެތެރޭ ދައްފަންތީގެ މީހުން ޖެހެނީ އެބޭފުޅުންނަށް ފައިސާދީ ރުއްސަން. ގަރާޖުގަ ތި ހުރިހާ ކާރުތަކެއް ބާއްވާނަމަ މާލެގަ ޕާކްކުރާނެ ޖާގަވެސް ހުންނާނެ. ކާރު ޕާކު ކުރާ ޒޯން ހުންނާކަށް ޖެހޭއެއްޗެއް ނޫން
ޢަރުތަ
08 November 2021
ބޭފުޅާ ރަށުގަ ކާރު ޕާކުކުރާ ޒޯނު ނެތަސް އަދި އެކަހަލަ ތަނެއް ނުފެނުނަސް، ދުނިޔޭގަ ހުރިހާ ތަނެއްގަވެސް ކާރު ޕާކު ކުރާ ޒޯނު ހަދާފަހުރޭ..............
ޜައްޔެތު
08 November 2021
މާލޭ ސިޓީގަ މާލޭ ބޭފުޅުން އެކަނި ކާރު ދުއްވޭނީ. އަހަރުމެން ރާއްޖެތެރޭ ދައްފަންތީގެ މީހުން ޖެހެނީ އެބޭފުޅުންނަށް ފައިސާދީ ރުއްސަން. ގަރާޖުގަ ތި ހުރިހާ ކާރުތަކެއް ބާއްވާނަމަ މާލެގަ ޕާކްކުރާނެ ޖާގަވެސް ހުންނާނެ. ކާރު ޕާކު ކުރާ ޒޯން ހުންނާކަށް ޖެހޭއެއްޗެއް ނޫން