ފުލުހުން އިއްޔެ ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގްސް ހޯދައި 10 މީހަކު ހައްޔަރުކޮށްފި އެވެ
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްތުވާތަކެތި ހޯދައި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި މެރިން ޕޮލިހާއި ފޮރެންސިކްސް އަދި ޑްރަގް އިންޓެލިޖެންސް ގުޅިގެން މިދިޔަ 24 ގަޑިއިރު ތެރޭ ކުރި މަސައްކަތުން ކަމަށެވެ.
އެ އޮޕަރޭޝަނުގައި 10 ތަނެއް ފާސްކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިން އެވެ.
މި އޮޕަރޭޝަނާ ބެހޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.