ޚަބަރު / ކުޑަކުދިންނަށް އަނިޔާކުރުން

ސްކޫލުގައި ޖިންސީއަނިޔާ ކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

ކޯޓު އަމުރަކަށް ހައްޔަރުކުރީ ހައްޔަރުކުރީ 63 އަހަރުގެ އަންހެނެއް

ކުޑަކުއްޖާއަަށް ޖިންސީގޯނާ ކުރި ކަމަށް ތުހުމަތުވާ މީހާ ވަނީ ހައްޔަރުކޮށްފައި.

ގަލޮޅު ސްކޫލުގައި ހަތަރު އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ އަނިޔާ ކުރި ކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ކަށަވަރުކޮށްދެއްވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 63 އަހަރުގެ އަންހެނެކެވެ. އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ކުޑަ ކުއްޖާއަށް އަނިޔާ ދިން މައްސަލައިގައި މީހަކު ހައްޔަރުކުރި އިރު އެ ސްކޫލުގެ މަސައްކަތު ހުރިހާ އަންހެނުން ތިބީ ސަސްޕެންޑްކޮށްފަ އެވެ. މި މައްސަލައިގައި ގިނަ އަދަދެއްގެ މީހުންގެ ބަޔާން ނެގި އެވެ. އޭގެ ތެރޭގައި ސްކޫލުގެ އިސްވެރިން ވެސް ހިމެނެ އެވެ.

އެ ކުއްޖާއަށް އަނިޔާ ލިބިފައިވާކަން ޑޮކްޓަރުގެ ރިޕޯޓުގައިވެ އެވެ.

މި މައްސަލަ ފެންމަތިވުމުން ސްކޫލުން ފުރަތަމަ ބުނީ ދަރިވަރު ފާހާނާއަށް ގެންދަން ހަވާލުކުރެވުނީ ކާކާ ކަމެއް އާންޓީ ހަނދާނެއް ނެތް ކަމަށެވެ. ދަރިވަރު ހަވާލުކުރެވުނީ ކާކާ ކަން ނޭނގޭ ކަމަށް ސްކޫލުން ބުނާތީ ސީސީޓީވީ ކެމެރާ ހޯދަން ބެލެނިވެރިން ހުށަހެޅިއިރު އެތަނުގައި ކެމެރާއެއް ނެތެވެ. އެކަމަކު ސްކޫލުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދަރިވަރުންގެ ރައްކާތެރިކަމަށްޓަކައި ގިނަ އަދަދެއްގެ ކެމެރާ ސްކޫލުގައި މިހާރު ހަރުކޮށްފައިވާ ކަމަށެވެ.

އާއިލާގެ ކަންބޮޑުވުމަކީ ކުއްޖާއަށް އަނިޔާ ލިބުން މާބޮޑު ކަމަކަށް ނުހަދައި، މުއައްސަސާތައް ބަދުނާމުވެދާނެ ކަމުގެ ބިރަށް އެކަން ނުހިނގާ ކަމެއްގެ ގޮތުގައި ވާހަކަ ދައްކައި ފޮރުވަން މުއައްސަސާތަކުން މަސައްކަތް ކުރުމެވެ.

އާއިލާ އިން "މިހާރު"އަށް ބުނެފައިވާ ގޮތުގައި މިކަހަލަ ތުހުމަތެއް ކުރެވުމުން އަނިޔާ ލިބުނު ކުއްޖާ އާއި އެހެން ކުދިންނަށްޓަކައި ވެސް ވީގޮތް ބެލުމަކީ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް ކުރަން ޖެހޭ ކަމެކެވެ.

24 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 36%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީމި

02 November 2021

މަށަށް ހަމަ ގަބޫލް ކުރަން ދަތި މުސްކުޅިމީހާ ކަން…! މިކަހަލަ ކަންތައްތަކުގައި އާއިލާގެ ވަނަވަރު ވަރަށް ރަގަޅަށް ބަލަންވާނެ..! ގޭތެރޭންވެސް ކަމެއް ހިނގާފަ އޮތުން ވަރަށް ގާތް…! މަންމަ، ބައްޕަ، މާމަ ވަޒީފާއަށް ދާ އާއިލާ އެއް ކަމަށް ވެސް މައުލޫމާތު ލިބޭ

The name is already taken The name is available. Register?

އަންހެން

02 November 2021

ގޯސް ވާނީ ފިރިހެނުން.

The name is already taken The name is available. Register?

ފޫހި

02 November 2021

އއަހަރެންނަށް މިކަމުގައި ސުވާލުތަކެއް އެބައުފެދޭ. އެ އުމުރުގެ މީހާގެ ބޭނުމަކީ ކޮބާބާ؟ އަދި ކަމެއް ވެފައިވާނަމަ ކުއްޖާގެ ގޭގެ މާޙައުލުވެސް ބަލަންޖެހޭ. މިހާރުވެސް އެއުޅެނީ 13 އަހަރުގެ ކުއްޖަކު އޭނާގެ ބޭބެއާއި ބޮޑު ބޭބެ ބެހިގެން ވިހައިގެން. ދަރިއަކީ ކާކުގެ ކުއްޖެއްކަން ވެސް ނޭންގޭ. މި ކުއްޖާވެސް ގެއިން އައިއިރުގެ ހާލަތު ބެލި މީހެއްނެތް. ދެން ކުޑަކަމު ދިއުމުން ލިބިފަހުރި އަނިޔާއަށް ތަދުވީ ކަމަށްވެސް ވެދާނެ. ބަލަންޖެހޭ ބައިވަރުކަންކަން އެބަހުރި.

The name is already taken The name is available. Register?

ވާހް

02 November 2021

ޓީޗަރަކަށް ވުމުގެ އިޙްތިޔާރަކީ އަމިއްލަކަމެއް. އެހެނެއްކަމަކު ޓީޗަރުންނަށް ހީވާނީ މުޅި ޤައުމު އެމީހުންނަށް ސަޖިދަ ކުރަންޖެހޭނެއޭ. ހަދީޔާ ދޭ ބެލެނިވެރިޔާގެ ދަރިއަަށް އަޅާލާނި. ޕީ.ޓީ.އޭ މީހުން ނުނިދާތިބެ ސްކޫލް ތައްޔާރުކުރާނި އެކި ޑޭސް ތައް ފާހަގަ ކުރަން. މި ޤަޢުމުގެ %80 ތީޗަރުން އުޅެނީ ކަޓްގަ. އެލަވަންސް ޙައްޤުވަނީ ޕީ.ޓީ.އޭއަށް. މިކަހަލަ ވިޔާނުދާ ކޮންމެ ޢަމަލެއްގައި ފޮރުވަން މަސައްކަތް ނުކުރާނެ ކުދިންދެކެ ލޯބިވާ ޓީޗަރުންނެއް

The name is already taken The name is available. Register?

ބޯހަލާކު

02 November 2021

ބަލަ އުމުރުން ދުވަސް ވީ ދެމީހަކު ދޯ އެހަކައް ދުވަކު ދެ އަހަރުގެ ކުއްޖަކާ ބެހުނީ.

The name is already taken The name is available. Register?

އަލި

02 November 2021

ގަބޫލުކުރަން ވަރަށް ދަތި. ތެދެއް ނަމަ އިތުރަށް ވަރުގަދަ ތަހުގީގެއް ކުރަންޖެހޭ. ސަބަބަކީ 63 އަހަރުގެ މީހެއްނަމަ ވަޒީފާގައި ވަރަށް ގިނަ ދުވަހު އެޅެފައި ހުންނާނީ. އެތައް ސަތޭކަ ކުދިންނެއް ފަހާނާ އަށް ގެންދިއުމުގެ ކަންކަން ކޮށްފައި ހުރެދާނެ. މީގެ ކުރިން މިފަދަ ކަމެއް ނުހިނގާކަން ޔަގީންވާންޖެހޭ. އަދި ވެސް ހަމަ ގަބޫލު ކުރަން ދަތި.

The name is already taken The name is available. Register?

ބްލަޑް

02 November 2021

މިވަރު ނުކުރަންޏާ ކޮންމެ ކަމެއްވެސް ނުވާ ކަމަކަށް ހަދާފަ ނިންމާލަނީ

The name is already taken The name is available. Register?

ޝާރލޮކް

02 November 2021

ކުދިންނާ އެކު ފާހާނައަށް ދާާ މަސައްކަތު މީހާ ނޫނީ ޓީޗަރުވިޔަސް ބެލެނިވެރިޔާ ނޫންނަމަ ހުންނަން ޖެހޭނީ ފާހާނައިން ބޭރުގައި ކުދިން ތާހިރުވާން ޖެހޭނީ އަމިއްލަޔަށް އަމިއްލައަށް ތާހިރުވާން ނޭނގޭ ކުދިން ކޮންމެސް އެހެން ގޮތެއް ހަމަޖައްސަން ޖެހޭނީ

The name is already taken The name is available. Register?

ރޯޒަސް

02 November 2021

އެންމެ މުހިންމުބައި ތި ދޫކޮށްލީ.. ކޮބާ އެހެން ގޮތަކީ...؟؟ ބެލެނިވެރިޔާ ބޭރުގަ ގޮނޑިއެއްގައި ބައިންދަންވީ؟

The name is already taken The name is available. Register?

ކައުންސެލަރު

02 November 2021

އިންސާފުގެ ވާހަކަ ދެއްކީމަކާ ރީއްޗެއްނޫނެވެ. ބާރުލިބުނީމާ ފުރަތަމަވެސް ފުލުހުން ރެޑްކޮށްހިފި ބޮޑުހޯރަގެ ވާހަކަ ހަނދާންހުރިމީހަކު ނެތެވެ.

The name is already taken The name is available. Register?

އަލިފުތާ

02 November 2021

މިކަމާއި ގުޅޭ ފުރަތަމަ ޚަބަރު "މިހާރު" ނޫހުން ކީން. އޭގަ އެބައޮތް ބަލާ ދިޔައިމާ ކުއްޖާ ނުދާން އާންޓީ އަތުގައި ހިފައިގެން ހުންނަނީއޭ..އެންމެ ފަހުން އާންޓީ އެކުއްޖާ ބަލާދިޔަ މީހާ އާޢި ހަވާލުކުރީއޭ.. އެ ކުއްޖާ އެގޮތަށް ޢަމަލުކުރީ ކީއްވެބާ؟ ސްކޫލްތެރެއިން ހިނގިކަމެއް ނަމަ އަވަހަށް އެތަނުން ނިކުމެވޭތޯ ނޫންބާ އުޅޭނީ؟ ހަމަ ސުވާލު އުފެދޭ.. ރަގަޅަށް ތަހުގީގު ކުރަން ޖެހޭ.. އިސްކޫލަށް ދިޔައިރު ކުއްޖޭގެ މޫޑު ހުރީ ކިހިނެތްބާ؟

The name is already taken The name is available. Register?

ަސދސދފސދ

02 November 2021

ބަލަ ގަމައަރާ.. އެކުއްޖާ އަށް ތަދުވާތީ ހިގަން އުދަގޫވެ ހިގާއިގަންނަން ބިރުން ހުރި ވާހަކަ އެބުނަނީ. އަދި ބަލާ އައި މީހާ ކަރީ އުރާލަދޭން ބުނިވާހަކަ ލިޔަފަ އޮތީ.

The name is already taken The name is available. Register?

ޙުސެއިންބެ

02 November 2021

މިއީ ވަރަށް ސީރިއަސް ވާހަކައެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454