ޚިޔާލު

ކޮލަމް 27: އަތް ނުލެވޭހާ ބޮޑު އަގެއް ކިޔަމާ! އިހުލާސްތެރިކަން ހުރި ވަރެއް އެނގޭނީ އޭރުން!

މީހަކު ދުންފަތުގެ އިސްތިއުމާލު ކުރަނީ: ސިނގިރޭޓްގެ އަގު ބޮޑުކުރަނީ ސިއްހީ ނަޒަރަކުން ވިސްނައިގެނެއް ނޫން -- ފައިލް ފޮޓޯ/ މިހާރު

ވިލިމާލޭގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވި ވާހަކަ އަށް އަޅުގަނޑު ތާއީދުކުރަމެވެ. އޭނާގެ ވިސްނުމަކީ ސިނގިރޭޓް ފޮއްޓެއްގެ އަގު 100ރ. އަށް ބޮޑުކުރުން ނަމަވެސް، އަޅުގަނޑުގެ ވިސްނުމަކީ އެއަށް ވުރެ ވެސް ބޮޑު އަގެކެވެ. ބޮޑުވެގެން ގޮސް އޭގައި އަތް ނުލެވޭ ވަރުގެ އަގެކެވެ. ސަބަބުތައް ބައިވަރެވެ. މައިގަނޑު ސަބަބަކީ އެ ވަބާއިން މީހުން ދުރުކުރުވުމެވެ.

އެކަމަކު ސަރުކާރުގެ ވިސްނުމަކީ މީހުން އެއިން ދުރުހެލިކުރުވުމެއް ނޫނެވެ. ވަރަށް ސާފު ބަހުން މި ދަންނަވަނީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ނަގާ ޓެކްސް އަކީ މީހުން އެއާ ދުރުހެލިކުރުވުމަށް ވުރެ ބޮޑަށް ދައުލަތަށް އާމްދަނީ ހޯދަން ޖަހާ މަޅިއެއް ކަމެވެ. މިއީ، ސިއްހީ ދުޅަހެޔޮ ވެއްޓެއް އުފައްދަން ކުރާ ކަމެއް ނަމަ ސުވާލު އުފެދޭ ބައިވަރު ކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ރައްޔިތުންނަށް ސިނގިރޭޓް ބޮވޭ ވަރަށް އަގު ބަހައްޓައިގެން އެއިން އާމްދަނީ ހޯދުން ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެ އެވެ.

ބެލެވޭ ގޮތުގައި އަންނަ މަހުން ފެށިގެން ސިނގިރޭޓް އަގު ބޮޑުވެގެން ދާނީ ފޮއްޓަކުން ގާތްގަނޑަކަށް 25 ވަރަކަށް ރުފިޔާ އެވެ. އާންމު ބައެއް އެނާޖީ ޑްރިންކުން ދަޅަކުން ބޮޑުވެގެން ދާނީ ބައި ރުފިޔާ ނުވަތަ އެންމެ ބޮޑުވެގެން ވެސް ރުފިޔާއެއް ވަރެވެ. މިއީ، މިހާރު މި އާދަ އަށަގެންފައިވާ މީހުން އެއާ ދުރުހެލިވާނެ އަދަދެއް ނޫނެވެ. މީގެ ކުރީގެ ތަޖުރިބާތަކަށް ބަލާއިރު، މި ރޭންޖްގައި ސިނގިރޭޓްގެ އަގު ވަނީ ބޮޑުވެފަ އެވެ. އޭގެ ފަހުން، ފަސް ވަރަކަށް އަހަރު ވެގެން ދިޔައިރު ދިރާސާއެއް ކޮށްލައިފި ނަމަ ފެންނާނީ ހަމަ ކުރިއެކޭ އެއް މަންޒަރެކެވެ. ވިއްޔާ ވީ، ސިނގިރޭޓް ބޯ މީހުންގެ އަދަދު އިތުރެވެ. އެތެރެކުރާ ސިނގިރޭޓްގެ އަދަދު ވެސް ވީ އިތުރެވެ. ދައުލަތަށް އެއިން ލިބޭ އާމްދަނީ ވެސް ވީ އިތުރެވެ.

ސިނގިރޭޓަކީ ރާއްޖޭގައި އަގުގެ ގޮތުން ބަލާއިރު އެންމެ ގިނަ އަދަދަކަށް އެތެރެކުރެވޭ ބާވަތެވެ. ހަމަ އެހެންމެ އެނާޖީ ޑްރިންކް ވެސް މި ވަނީ ވަކި ޖީލެއްގެ އެންމެ ގާތް އެކުވެރިޔާ އަށް ވެފަ އެވެ. އެހެންވެ، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޓަކައި ނުވަތަ ބަޖެޓް ހަމަޖެއްސުމަށް ޓަކައި، މި އަހަރުގެ ބަޖެޓް ފޮތުގައި އެ ދެ ބާވަތުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ވަނީ ހުށަހަޅާފަ އެވެ. ސީދާ އާމްދަނީ އިތުރު ކުރުމުގެ ލިސްޓުގައި އެކަން ހިމަނާފައި ވާތީ އޭގެ މާނައަކީ ބޮޑު ހޭދައެއް ރައްޔިތުން ކުރާ ކަމަކުން ސަރުކާރަށް ލިބޭ ބައި އިތުރު ކުރުމުގެ ވިސްނުން ކުރިއަށް ނެރުމެވެ.

ދުންްފަތުގެ އިސްތިއުމާލު ކުރުން ރާއްޖޭގައި މައިތިރި ކުރަން ބޭނުން ނަމަ ޑިއުޓީ ބޮޑުކުރުމަކީ، އޭގެ ތެރޭގައި ހިމެނޭ އެއް ކަންތަކެވެ. ނަމަވެސް ހަމައެއާ އެކު ކުރަން ޖެހޭ ބައިވަރު އެހެން ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނު ތަންފީޒު ކުރުމެވެ. މީގެ އަށެއްކަ އަހަރު ކުރިން ހަދާފައިވާ ގާނޫނު އަދިވެސް އޮތީ އޮތް ތާނގަ އެވެ. އެ ގާނޫނުގެ ދަށުން ބޯޑެއް އުފައްދާފައި އޮތަސް، ދާދި ފަހަކާ ޖެހެންދެން ވެސް އެ ބޯޑު އޮތީ ފާޑަކަށް މަރުވެފަ އެވެ. ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދު ރައީސް އޮފީސް ތެރޭގައި ތާށިވެފައި އޮންނަތާ އެތަކެއް އަހަރު ވެއްޖެ އެވެ. އެހެން އޮވެއޮވެ އެ ގަވައިދުގެ މުއާލާތްް ވެސް މިހާރު ކެނޑިއްޖެ އެވެ. އެ ގާނޫނުގެ ދަށުން ކިރިޔާ ވެސް ކުރެވޭ ކަމަކީ ބައެއް ސައި ހޮޓާ/ ރެސްޓޯރަންޓްތަކުގެ މަނާ ސަރަހައްދުގައި ސިނގިރޭޓް ބޯ މީހުން ޖޫރިމަނާ ކުރުމެވެ. އެއީ ވެސް، ފަހަރެއްގައި އެއިން ލާރިކޮޅެއް ލިބޭތީ ފުލުހުން ކުރާ ކަމެއް ކަމަށް ވެދާނެ އެވެ. ގާނޫނުގައި ވަރަށް މުހިންމު އެހެން ބައިތަކެއް ހުރިހެނެއް ހިޔެއް ނުވެ އެވެ.

ސީދާ އާމްދަނީ އިތުރު ކުރުމުގެ ލިސްޓުގައި އެކަން ހިމަނާފައި ވާތީ އޭގެ މާނައަކީ ބޮޑު ހޭދައެއް ރައްޔިތުން ކުރާ ކަމަކުން ސަރުކާރަށް ލިބޭ ބައި އިތުރު ކުރުމުގެ ވިސްނުން ކުރިއަށް ނެރުމެވެ.

ސިނގިރޭޓް ވިއްކައިގެން އެއިން ލިބޭ އާމްދަނީން ގައުމު ހިންގުމުގެ ވިސްނުމަކީ ވަރަށް ގޯސް ވިސްނުމެކެވެ. އެކަމަކު މިހާރު އަޅުގަނޑަށް މަންޒަރު ފެންނަނީ އެ ގޮތަށެވެ. ހަމައެކަނި ޑިއުޓީ ބޮޑުކޮށް، ދައުލަތް ހިންގަން ހޯދާ އާމްދަނީގެ ތެރެއަށް އެ ފައިސާ އަޅަން މި އޮތީ ނިންމައިފަ އެވެ. އޭގެ ބަދަލުގައި، ގާނޫނު ތަންފީޒުކޮށް، ސިނގިރޭޓުން ނަގާ ޑިއުޓީގެ ފައިސާ، އެއާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ހޭދަކުރެވޭ ނަމަ މިއީ ސަރުކާރަށް އެންމެން ވެސް މަރުހަބާ ކިޔާނެ ކަމެކެވެ. ނަމަވެސް، ހަމައެކަނި ޑިއުޓީ ބޮޑުކޮށް، ދައުލަތުގެ މީހުންނަށް މުސާރަ ދޭން އެ ފައިސާ ބޭނުންްކުރާ ނަމަ، މިއީ ކިތައް މީހުންް ތަރުހީބު ދޭނެ ކަމެއްތޯ ވިސްނާލަން ޖެހެ އެވެ. ހަމަ ގައިމު ވެސް އެގޮތަކަށް އަޅުގަނޑު ތާއީދެއް ނޫނެވެ. ރައްޔިތުން ލައްވައި ނުބައި ކަމެއް ކުރުވާފައި އެއިން ފައިސާ ހޯދައިގެން ދައުލަތް ހިންގުމަކީ އެކަކު ވެސް ތަރުހީބު ދޭނެ ކަމެއް ނޫނެވެ. މި އާދައާ މީހުން ދުރުކުރަން ބޭނުން ނަމަ، އޭގައި ނިކަން އަތް ނުލެވޭވަރުގެ އަގެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްބަލާށެވެ! އޭރުން އިޚުލާސްތެރިކަން ހުރި ވަރެއް އެނގޭނެ އެވެ.

އެކި ނަންނަމުގައި ޓެކްސްތައް އިތުރުވަނީ އެވެ. ގްރީން ޓެކްސްއެއް އިތުރުވެ، އެއީ ތިމާވެށީގެ ހަރަކާތްތަކަށް ހޭދަކުރާ ފައިސާއެއް ކަމަށް ބަލައި، ޓޫރިސްޓު މީހާ އެ ޓެކްސް ދެއްކިޔަސް ހަގީގަތުގައި އެ ފައިސާ ތިމާވެށި ހިމާޔަތް ކުރާކަށް ހޭދައެއް ނުކުރެވެ އެވެ. ހަމަ އެގޮތަށް ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށްގެން ވެސް، ސިނގިރޭޓް ބޯ މީހުން އެއާ ދުރުހެލި ކުރަން އެ ފައިސާއެއް ހޭދައެއް ނުކުރެވެ އެވެ. ސިނގިރޭޓް ބޯ މީހުންގެ އަދަދު މަދެއް ނުވެ އެވެ. އެކަން ހުއްޓުވާލެވޭ ވަރުގެ އަގެއް ހުށަހަޅާކަށް ނުކެރެ އެވެ. ބޯން ވެސް ޖެހެ އެވެ. ބޯން ދޭން ވެސް ޖެހެ އެވެ. ހުއްޓާލައިފި ނަމަ ދައުލަތަށް ބޮޑު ގެއްލުމެއް އެބަ ވެ އެވެ. ސިނގިރޭޓް ކޮންޓްރޯލް ކުރަން ގާނޫނެއް އޮންނަން ޖެހެ އެވެ. ގާނޫނެއް ނުވެއް ހިންގަ އެވެ. އެކަމަކު ބޭރު ފުށުން މި ޑިއުޓީ އިތުރުވަނީ އެކަން ހުއްޓުވުމުގެ ބޭނުމުގަ އެވެ. ނަތީޖާ ސުމެކެވެ.

18 ކޮމެންޓް, 65 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 2%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަންދެލި

16 February 2017

ހަކުރު ޕެކެޓެއް ލިބެނީ 500 އަށޭ ކިޔާ އަޑު އިވޭ! އެކަމަކު ބޯ މީހުން މަދެއް ނުވޭ! ސިނގިރޭޓް ބޯ މީހުންވެސް މަދު ވާނެ ކަމަކަށް ނުފެނޭ! އެއާ ޚިލާފަށް ވައްކަން އިތުރުވާނެ ކަމަށް ފެނޭ! އަދި ފޯނު ފޭރުން ސއަިކަލު ވަގަށް ނެގުން ފަދަ ކަންކަން ބާރު ސްޕީޑު ގަ ކުރިއަރާނެ ހެން ހީވޭ އެގޮތއ ވެސް ހަމަ #ރަނގަޅުވެދާނެ ތޯއްޗޭ!

The name is already taken The name is available. Register?

އަކްމެޑް

16 February 2017

މީހުން ދުންފަތުން ދުރުކުރުވުމަށް އަގުބޮޑުކުރަންވީކީ ނޫން. ހޭލުންތެރި ކުރުވަންވީ. ސީދާ ލާރިހޯދަން ޖަހާ މަޅިއެއް.

The name is already taken The name is available. Register?

4444444444

16 February 2017

ޑްރަގް ބޭނުންކުރަނީ އެ އެފޯޑަބްލް ޕްރައިސްގަ ހުންނާތީތަ؟ހަމައެގޮތައް ދުންފަތުގަވެސް ހިއެއްނުވޭ އަތްނުލެވޭވަރުގެ ބޮޑުއަގެއް އޮންނާނެހެން. އަގުބޮޑުވާވަރަކަށް އެގަންނަން ލާރިހޯދާނެ ގޮތްތައް މީހުން ހޯދާނެ. އެވައްކަންކޮށް އަތުގައާއި އާއިލާމީހުންގެ މުދާ ވިއްކައިގެން ނަމަވެސް. އެހެންކަމުން އަގުބޮޑު ކުރުމަކީ ހައްލެއްނޫން.!!! އެކަމަކު އަގޮބޮޑު ކުރުމުން ދައުލަތައް އިތުރު ލާރި ވަންނާނެ.

The name is already taken The name is available. Register?

ފަލާޙް

16 February 2017

މި ކަހަލަ ލިޔުންތަކަށް ފަލައްޓޭ ވަރަށް ލައިކް! މީ އަސްލު ޙަޤީޤަތް ހާމަކުރާ ލިޔުމެއް! މި އެޑިޓަރަށް ސާބަސް! މަގޭ ހިތުގައި އޮތް ޚިޔާލު ބުނެދިނީތީ!

The name is already taken The name is available. Register?

އައްޔު

19 February 2017

މަވެސް މި ކިޔަނީ ހަމަ މިހެން. ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާފަ ސިނގިރޭޓުން އިތުރު ފައިސާ ދައުލަތަށް ހޯދުން. މިއީ އަދުގެ ސަރުކާރުން ކުރާ ވަރަށް ކަޑަކަމެއް

The name is already taken The name is available. Register?

ދިވެހިން

16 February 2017

އަގަކީ ދިވެހީން ދަންނަ އެއްޗެއްނޫން. ކޮންމެ މީހަކީ މާ ލިބޭ މީހެއްކަން ދައްކަން ވެސް އަގުބޮޑު އެއްޗެހި ގަންނަން ބޭނުންވޭ. ކޮފީ އެއް ބޮއެގެން ގެންނަ ބިލު ނުބައިކޮށް އޮތަސް އެލާރިވެސް ދައްކާނެ ލާރި ނެތިގެންނެއް ނޫޅެމޭ ކިޔާފަ. ޕެޓްރޯލް އަގުބޮޑުވެއްޖެއޭ ކިޔާފަ ޙަބަރުގަ ގޮވިޔަސް ކޮންމެ ރެއަކު ބުރުޖަހަން ނުދެވިއިޖިއްޔާ ވަރަށް ދަށްވީ. މިހެން މި ކިޔަނީ އިންކަމް ޓެކްސްޢާއި އެއްޗެހި ނަގާ ޤައުމުތަކުގައި އުޅޭމީހުނަށް އެމީހުން ބޭނުންކުރާ ތަކެތީގެ އަގަށް ކުޑަ ބަދަލެއް އަޔަސް އެކަން ސީރިއަސްކޮށް ނަގާތީ. އޮޕޮޗުނިޓީ ކޮސްޓަކީ ދިވެހިން އަޅާލާއެއްޗެއްނޫން. އިކޮނޮމިކްސް ގައި ކިޔެވި އެއްޗެއްސަކީ މި ރާއްޖެއަށް އެޕްލައި ވާ އެއްޗެއްސެއްނޫން. ދަރައިގެންވިޔަސް އަގުބޮޑު އެއްޗެހި ގަންވަރަކުން ފެންވަރު ދައްކާލެވޭނީ.

The name is already taken The name is available. Register?

ބަލަންވީ

16 February 2017

ރާއްޖޭގައި މިހާރަކަށް އައިސް ޒުވާން އަންހެން ކުދިން ވެސް ފެގް ބުއިން އޮންނަނީ އިންތިހާ އަށް މައްޗަށް ގޮސް ފައެވެ. ދުވާލަކަށް ފޮއްޓެއްވެސް މަދުވެފައި އޮންނަނީ. މީ އެމެންގެ ސިއްހަތަށް ވަރަށް ގެއްލުން ވާނެ ކަމެކެވެ. ކަން މިހެން ހުުރުމުން މިފަދަ ކަންކަން ރަނގަޅު ކުރެވޭތޯ ސިނގިރެޓް އަގުބޮޑު ކޮށް ގެން އަދި އެމެންނަށް ނަސޭހަތް ދީގެން ވެސް މިފަދަ ކަންކަމާއި ދުރަށް ދޭތޯ ބައްލަވަންވީ އެވެ. މީ މަމެން ވަރަށް ދެރަވެ ހިތާމަ ކުރާ ކަމެކެވެ.

The name is already taken The name is available. Register?

ރަނގަޅު ވާހަކައެއް

16 February 2017

ތިމާވެށީގެ ގާނޫން ކުރާ ޖުރިމަނާއިންވެސް ވަރަށް ބޮޑު އާމްދަނީ އެއްލިބޭ! އެކަމަކު ދައުލަތުގެ ބަޖެޓްުން ތިމާވެށި ހިމާޔަތް ކުރަން އެ ފައިސާ ހަރަދެއް ނުކުރޭ! ގިނަ ފަހަރަށް ބައިނަލް އަގްވާމީ ޖަމާއަތްތަކުގެ އެހީގައި މިކަން ކަން ކުރަނީ! ވީމާ މިއީވެސް ހަމަ ދައުލަތް ހިންގުމަށް ކުރާ ކަމެއް! މިހާރުވެސް ދުންފަތާ އެނާޖީ ދްރިންކްސް އާ މެދު ހޭލުންތެރި ކުރަނީ ކީ ނޫން! ހެލްތް ޕްރޮޓެކްޝަން އެޖެނސްީ އަކީ ނަމެއްގައި އޮންނަ ތަނެއް! ބަޖެޓޭއް ނޯވޭ

The name is already taken The name is available. Register?

ހަކީމް

16 February 2017

އަތްނުފޯރާ ފަށަށް އަގު ޖެއްސީމަ ދެން ފަށާނީ ވަގަށް އެތެރެކުރަން. ސްމަގުލްކުރަން. އެވެސް އެދެވޭ ގޮތެއް ނޫން. މި ހުރިހާ ކަމެއް ވަޒަންކޮށްފަ އަގާ ކުޅެންވާނީ. ދެން އަނެއް ކޮޅުން ބަލާއިރު ދިވެިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއަށް ވީ ގޮތް ހަނދާންކޮށްލަންވެސް ޖެހޭ...

The name is already taken The name is available. Register?

ތަކުރު

16 February 2017

އިޚުލާސް ތެރި ކަމެއް " އިޚުލާސް ތެރިކަން ހުންނަން ޖެހޭ މީހުންގެ" ނެތުމުން ވާނެ ގޮތް މިޤައުމަށް މިވަނީ. ހުރިހާ ކަމެއް ވެލިއު މިކުރެވެނީ ފައިސާއިން. ފައިސާ އަށްޓަކާ ގޮސް ހުސްވެފައި. މިދަތުރު ކިހާ ހިސަބަކަށް ދާނެބާ! ޢަޅުގަނޑުމެންގެ ޢިއްޒަތްތެރި މެމްބަރު ނިހާނަށް ވަރަށް ވެދުން. މާދަމާ ކިޔާ އެއްޗެއް އަބަދުވެސް އާދޭ!!! އެކަން ހަނދުމަފުޅުގައި ބެހެއްޓެވުން އެދެން.

The name is already taken The name is available. Register?

ކުރަންވީ

16 February 2017

ސިނގިރެޓް ވެސް އަގުބޮޑު ކުރަންވީ އަދި އެނަރޖީ ޑްރިންކްސް ރާއްޖެތެރޭ ރަށްރަށަށް އެތެރެ ވެސް ނުކުރާ ރަށް ރަށަށް އިނާމު ވެސް ދޭންވީއެވެ. އެއިރުން ދެން ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ސަލާމަތުން ހުންނާނީ. އެނަރޖީ ޑްރިންކްސް ދިވެހި ޒުވާނުން މިދަމާލަނީ އެއީ ވެންޑިންގް މެޝިނަކަށް ދަޅު ލާ އުސޫލުންނެވެ. އެއީ ހަށިގަނޑަށް ވަރަށް ގެއްލުން ހުރި ކަމެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454