މިސްކިތަށް ވަދެ ހަތިމަށް ކުޅުޖެހި މީހާ ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްގެން ގެންދަނީ. -- ފޮޓޯ: ސޯޝަލް މީޑިއާ
07 ނޮވެމްބަރ 2021 - 17:21
މާލޭގެ ދެ މިސްކިތަކަށް ވަދެ އެތަންތަނަށް ކުޑަކަމުދިޔަ މީހާ އަށް ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓާ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި މިއަދު ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ މާލޭގެ އިބްރާހީމް މިސްކިތަށް އަރައި ހަތިމަކަށް ކުޅު ޖެހި މައްސަލައެއްގައި 40 އަހަރުގެ މީހަކު 4:00 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނި ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ. ނަމަވެސް އެއީ މިސްކިތަށް ކުޑަކަމުދިޔަ މީހާކަން ވަނީ އެނގިފަ އެވެ.
މީހުން ނަމާދަށް ތިބި ވަގުތުގައި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒު ތެރެއަށް، އަދި ރައީސް އޮފީހުގެ ބޭރަށް ވެސް ކުޑަކަމު ދިޔަ މައްސަލައިގައި ކުރިން ހައްޔަރުކުރީ މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40، އެވެ.
މިސްކިތަށް ކުޑަކަމުދިޔަ މައްސަލާގައި މި މީހާ ހައްޔަރުކުރީ މިދިޔަ މަހު ތިން ވަނަ ދުވަހު އެވެ. މި މީހާ ހައްޔަރުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށް ބެލެވޭ ކަމަށް ކުރިން ބުނި ނަމަވެސް އޭނާގެ ނަފްސާނީ ބައްޔެއް ހުރިތޯ ބެލުމަށް ފަހު މިހާރު ވަނީ ތަހުގީގު ނިންމައި ދައުވާކުރަން ވެސް ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
08 November 2021
ހަމަ މީހަކު އެޒާތު ކަންކަން ނުކުރާނެ.. ދީނެއް ގަބޫލު ނުކުރާ މީހަކުވެސް ނުކުރާނެ އެ ޒާތު ކަމެއް.. މި މީހާގެ މައްސަލައެއް ހުރެމެ އޭގެ ސަބަބުން އެހެން މީހުންނަށް ތުރާ ވާނަމަ އެ މީހާ އާންމުންތެރެއަށް ދޫވެފައި ހުރެގެން ނުވާނެ..
ދެރަ
08 November 2021
މީގެ 8 ވަރަކަށް އަހަރު ކުރިން ގަލޮޅުގަ އުޅުން އިރު މިމީހާ ދެކެން، އޭރުވެސް ޕާޓޭއެއް. މާލޭގަ ގެހުރޭ، ދިގުމުއްދަތަށް އެގެއިން ބައެއް ދޭނަމޭ ބުނެ މީހުންއަތުންލާރި ވެސް ހޯދާކަމަށް އޭރުވެސް އަޑުއެހިން، އަބަދު އަނބިމީޙާޔާ ޒުވާބުކޮށް ހަޑިއެއްޗިހި ކިޔާ އަނިޔާ ކޮށް ހަދާނެ، އޭރު މެންޓަލް މައްސަލަ ހުންނަ ވާހަކަ އެއް ނުކިޔާ، މިހާރު ހައްދުން ނެއްޓީތާ، ދެރަ. ﷲ ހިދާޔަތު ދައްކަވާށި
ާއުނިމާ
08 November 2021
މިކަހަލަގެ ކަންކަން ތަކުރާރުވަނީ ހަރުކަށި އަދަބު ނުދެވޭތީ! މިކަހަލަ ކަންކަންވީ މާ ހިތައްއަރަނީ މި އިސްލާމީ ޤައުމުގެ ވެރިމީހާ ކޮބާބާވާއޭ؟
ްްދޮންބުޅާ
08 November 2021
ކުރީގައި ރޫހާނީ ލީޑަރު ކޮހެއް ގޮވައިފި ނަމަ ރުޅި އަންނަދިވެހީން ގިނަ ވާނެ. މަޑު މަޑުން ކޮސް ވާހަކަ ދައްކަމުން ގޮސް އެކަމަށް ދިވެހިން ހާނާލީ. މިހާރު ކޮންމެ ފަދަ ވާހަކަ އެއް ދެއްކިޔަސް އެކަމަށް ދިވެހިން ތިބީ ހޭނިފައި. ދެން މިހާރު މިޖައްސަނީ ދީނާއި ހިލާފު ކަންކަން ފުރަތަމަ ފަހަރު ރުޅި އަންނަ ދިވެހިން ގިނަ ވާނެ. މަޑު މަޑުން އެކަމަށް ވެސް ހޭނެނީ. ދިވެހިން އަމިއްލަ އަށް ހަލާކު ތެރެއަށް ދެވޭ އިރުވެސް ނޭނގެނީބާ
ބައި
08 November 2021
ތިއީ އަސްލުވެސް މެންޓަލް ކޭހެއް. ތިކަލޭގެ ގެންދަންވީ ޖަލަކަށް ނޫން. މޮޔައިންގެ ހަސްފަތާލަކަށް.
އަފުރާސިޔާބު
07 November 2021
މިވައްތަރުގެ މީހުންނަކީ މުޖުތަމައަށް ދޫކޮށްލާފައި ތިބެންޖެހޭ ބައެއްނޫން. އެމީހުންނަކީ ޖަލުގެ ކުޑަގޮޅި ހައްގުބައެއް. އެމީހުން ބައިތިއްބަންޖެހޭނީ ފުރަގަހަށް ބިޑިއަޅުވާފައި. އެއީ އިންސާނުންގެ ތެރޭގައި ހިމެނޭ ... އެކަމަކު މިރާއްޖޭގައި މިއޮންނަނީ ދީނަށް ފުރައްސާރަ ކޮށް ޑްރަގް ބޮއި ވިއްކާ އުޅޭ މީހުންނަށް މަތިވެރިވެންވާ ޢިއްޒަތް. މިހާރު މިގައުމު ކޮލަމްބިއާ އަށްވުރެ 6 ދަރަޖަ ކުރީގައި މިއުޅެނީ. ސަރުކާރު ހިންގަން ބަޔަކުވެސް އެބައުޅޭ.
ވާނުވާ
07 November 2021
މިފަދަ ހަރުކަށި މީހުން ނަކީ ވަރަށް ނުރައްކާބައެއް. މީނަ ދޫވެފައި ހުރެގެނަނުވާނެ...ސަރުކާރުގެ ވުޒާރާތަކުން މީނަ ހައްޔަރު ކުރޭ.....ހަރުކަށި ފިކުރުގެމީހުން ފެނޭތަ.
ހަސާނިކުބޭ
07 November 2021
މިސްކިތަށް ކުޑަކަމުދާއިރު ހަތިމަށް ރަތްކުޅު ޖަހާއިރު ބަލަން މިތިބެނީ މާބޮޑުކަމަކަށް ނުވަނީބާ، ބިރެއް ނުގަންނަނީބާއޭ. މިއީ މޮޔައެއް ސައިކެއް ނޫން. މިއީ ގަސްތުގައި ރުޅިއަރުވަން، ދީނާއިމެދު އާންމުންގެ ވިސްނުން ހުރީ ކިހާހިސާބެގަތޯ ހޯދުމަށް ކުރިއަށް ގެންދާ އެކްސްޕެރިމެނޓުތަކަކަށްވެސް ވެދާނެ. ހަގީގަތް ބަލައި ހޯދަންޖެހޭ. އެކަށީގެންވާ ފިޔަވަޅު އަޅަންޖެހޭ. ރަސޫލުﷲސވ ގެ ޒަމާނުގައި އައުރާބީއަކު މިސްކިތަށް ކުޑަކަމުދިޔަކަހަލަ ކަމެއްނޫންމީ.މިދަނީ ސީރީސްއެއް.
ބޮޑުމީހާ
07 November 2021
ހަގީގަތުގައި ނުކުޅެދުންތެރިކަން ހުރީ މިގައުމުގަ ގާނޫނު ތަންފީޒުކުރަން ތިބި މީހުންގެ. ކުޅެދޭ ބަޔަކު ތިބިނަމަ މިސްކިތް އަދި ކީރިތިގުރުއާނުގެ ހުރުމަތްކަޑާތަން ބަލަން ނުތިބޭނެ،
ޤައުމީ މަސްލަޙަތު
07 November 2021
3 މިސްކިތަށް ކުޑަކަމުގޮސް އޮއްބާލަން ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމު ދިޔައީމާވެސް މަގުމައްޗަށް ދޫވީ ކިހިނަކުންތޯ؟ މިފަހަރުވެސް އަނެއްކާ ދޫވެފަ ހުންނާނި މިއަށްވުރެ ބޮޑު ޚަބަރެއް އައިމަ. މީނަ ވައްތަރީ ބަޔަކު މީހުން މި މުޖުތަމަޢުގެ އިސްލާމީ ރޫޙާނީ ޖޯޝު ހުރިނެތް މިންވަރު އަޖުމަ ބަލަން ގެންގުޅޭ ބޯއިއަކާ.