ޚަބަރު / ޓްރާންސްޕޯޓް އޮތޯރިޓީ

ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް ކޮމިޓީން ނިންމައިފި

މާލެ ހުޅުމާލެ ބްރިޖު މަތީގައި ވެހިކަލްތަކެއް. ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ އުވާލަން ހުށަހެޅި އިސްލާހު ކޮމިޓީން ފާހެއް ނުކުރި.--- ފޮޓޯ/މިހާރު

ގަރާޖެއްގައި ޕާކު ކުރެވޭނެ ކަމުގެ ލިޔުމެއް ނެތި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރެވޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނުފެންނަ ކަމަށް ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީން ނިންމައި އެ ބިލު މަޖިލިސް ތަޅުމަށް ފޮނުވައިފި އެވެ.

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާ އެކުގައި ކަމަށް ޝަރުތު އުވާލާ ގޮތަށް ގާނޫނު އިސްލާހު ކުރަން ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އޭނާ އެ އިސްލާހު ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ގަރާޖު ސިޓީގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ބިލުގައި ބުނެފައިވެ އެެވެ.

މިދިޔަ އޭޕްރީލް މަހު ހުށަހެޅި އެ ބިލަށް މަޖިލީހުގައި ބަހުސްކުރުމަށްފަހު ފުރަތަމަ ތަރިކަ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ކުރީގެ މާލެ ސިޓީ ކައުންސިލާއި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށް ފަހު ނިންމީ ގަރާޖު ސިޓީ އުވާލުމަށެވެ. އެކަމަކު އެ ނިންމުމަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ދެކޮޅު ހެއްދެވި އެވެ. އަދި އެ ބިލު ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާލީ އެވެ.

އެހެންވެ އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ނިންމާލުމުގެ ކުރިން ކޮމިޓީން ވަނީ މާލެ ސިޓީގެ ކައުންސިލާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ މިހާރު ވެސް ވަރަށް ބޮޑަށް ތޮއްޖެހިފައި އޮތް އިރު އިތުރު ވެހިކަލްތައް އެތެރެކުރާއިރު އެ ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާ ކަމުގައިވާ ނަމަ އެކަމުން ނުކުންނާނީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމަށެވެ.

އެހެންވެ ހާއްސަކޮށް މާލެ އެތެރެކުރާ ވެހިކަލް ކޮންޓްރޯލު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ގަރާޖު ސިޓީ އުވާލުމަކީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ވިދާޅުވި އެވެ.

އެ މައްސަލަ ކޮމިޓީން ދިރާސާކުރުމަށް ފަހު ގިނަ މެންބަރުން ވެސް ނިންމީ ގަރާޖު ސިޓީ އުވާލުމަކީ މާލެ ތޮއްޖެހުމަށް މަގުފަހިވާނެ ކަމެއް ކަމުގަ އެވެ. ވޯޓުގައި ބައިވެރިވީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވޯޓު ދެއްވީ ގަރާޖު ސިޓީ އުވާލާ އިސްލާހު ގެންނަން ނުފެންނަ ކަމަށެވެ.

އެހެން ނަމަވެސް މެންބަރު ނަޝީދު ހުށަހެޅުއްވި އިސްލާހުގެ މަގްސަދު ހާސިލުކުރުމަށްޓަކައި ގަރާޖު ސިޓީގެ ސަބަބުން ދިމާވާ މާލީ ތަކުލީފު ތަކާއި ޕާކިންގެ މައްސަލަ އަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލާއި ޓްރާންސްޕޯޓު އޮތޯރިޓީގައި ދަންނަވަން ރިކޮމެންޑޭޝަން ރިޕޯޓުގައި ހިމެނި އެވެ.

20 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 6%
icon angry icon angry 56%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

13 November 2021

ކުޑަސިޓީވެސް، ތީމުގޭސިޓީވެސް އަލުން ތަޢާރަފުކުރަން ފެންނަނީ، މާލެ ސިޓީ ވަށައި ކުރީގެ ބުރުޒުތައް ރާނާއި، ހަތަރުކަށިމަތި މާލެ ނޫން މީހުންގެ ނިކަމެތިކަން ހާމަވާނެ ހުރިހާ ކަމެއްވެސް އަލުން ކުރަންވީ. މާލޭ މަގުތަކަށް ރަށްރަށުން އަކިރި ގެނެސް އަޅައި، މިހުރިހާ ކަމެއްވެސް އަލުން ބަލުން ކުރަންވީ ހަމަ.

The name is already taken The name is available. Register?

ގަރާޖު ކާނާ

13 November 2021

ކިޔާބާތުހޭ. އަނދުންގެ ގަރާޖުގައި 6000 ކާރު، އޮޓޯ ގަރާޖުަގއ 4500 ކާރު. ރަންމުތްގޭ "ގަރާޖުަގއި" 75 ކާރު. ޕްރޫވްމީ ރޯންގް

The name is already taken The name is available. Register?

ގަރާޖް ސިޓީ

12 November 2021

ކިހިނެއް އުއްވޭނީވެސް. ހާދަހާ ލާރިއެކޭ ގެއްލިގެން ދާނީ. އުމުރު ހަމަވާ ކާރުތައްވެސް ތޫޓީފޮއިވް ތައުޒްންޑ ދެނިކޮށް ރެޖިސްޓަ ކުރެވެޔޯ.. އެހެންވެގެން ކަސްޓަމްސްއިން އެއެއްޗިހި އެތެރަ އެކުރެވެނީ.. ހަމަ ޢުމުރު ހަމަވެއްޖެނަމަ އިމްޕޯޓު ނުވެވޭގޮތްވެސް ހެދޭނެ ދޯ ބަޔަކު އެކަން ކުރަން އުޅުނިއްޔާ! ސަރުކާރެއް ނޫނޭ ކަޑައީ، މިއީވެސް ވަރުގަދަ ވެކްސިންއެއް ބޭނުންވާ “ކޮރަޕްޝަން” ކިޔާ ބައްޔެއް. ސަރުކާރު ބަދަލުވިޔަސް “ހޯސްޓް” ދެމިއޮންނާތީ ބަދަލެއް ނުފެންނަނީ

The name is already taken The name is available. Register?

ކުދު

12 November 2021

ގަރާޖު ސިޓީން ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ނުކުރެވޭއިރު ކޮން ބޭކާރުވާހަކައރއްހެއްޔެވެ. ތި ގަރާޖް ސިޓީގެ ބޭނުމަކީ ނާޖާއިޒް މަންފާއެއް ބަޔަކަށް ހޯދާދިނުން ހެއްޔެވެ؟

The name is already taken The name is available. Register?

ވާވާ

12 November 2021

ގަރާޖް ސިޓީ ދޭއިރު، އެއްގަރާޖަކަށް ކިތައްސިޓީ ދީފައިވޭތޯއާއި، އެގަރާޖްގައި ބޭއްވެނީ ކިތައްއުޅަނދުތޯވެސް ބަލާނުލައެވެ. އެއްގަރާޖެއްގައި ވިހިތިރީސް އުޅަނދު ރަޖިސްޓްރީކޮށްފައި އެބަހުއްޓެވެ. ކޮންމެ އުޅަނދަކަށް 80 ހާހުން ފެށިގެން މަތީގެ އަދަދުތަކުން ފައިސާ އެބަނަގައެވެ.

The name is already taken The name is available. Register?

މ އަސްލު

12 November 2021

މިނޫނީ ނެތްއެއްޗެއް ގެންނަން މަޖުބޫރު ކުރާ ބައެއް ތިބޭނެތަ؟...

The name is already taken The name is available. Register?

ސަންޕަދަރި

12 November 2021

ކުރަންވީ ކަމަކީ މާލޭގެ މަގުތަށް ހަލާކުކުރާ 6 ކުންފުނި, ސްޓެލްކޯ, އެމްޑަބްލިއުއެސްސީ, ދިރާގު, އޫރިދޫ, މީޑިއާނެޓް, އާރއޯއެލް, މިތަންތަން ބޮޑު އަދަދަކުން ޖޫރިމަނާ ކުރން, މީ ސިޓީ ކައުންސިލުން މިހާރުން މިހާރަށް ކުރަންޖެހޭކަމެއް, މިއަދު މަގު ހެދިއްޔާ,މާދަމާ މިމީހުން މަގު ކޮނެލާ ހަލާކުކޮށްލާނެ. ސަރުކާރަށް ޖެހޭނީ މަގު ހަދަހަދާ ތިބެން.

The name is already taken The name is available. Register?

ރޯނުބަދުރު

12 November 2021

ކުރަންވީ ކަމަކީ ވާނުވާ ދަސްކުރަންވީ. ބަސްމަދުކުރަންވީ. ތަންދޮރު އޮޅުންފިލުވަންވީ

The name is already taken The name is available. Register?

އަހްމަދު މާހިރު

12 November 2021

މައްސަލައަކީ ގަރާޖު ސިޓީއެއް ނޫނެވެ. މައްސަލައަކީ ތަންފީޒު ނުކުރެވޭ ކަމަކަށް ވާތީއެވެ. ކޮރަޕްސަނަށް ހުޅުވާދޭ ދޮރަކަށް ވާތީއެވެ. 4 ކާރު ޖާގައަށް 100 ކާރު ޖައްސާ 3 ވަނަބުރި 5 ވަނަބުރީގަ ޕާކު ކުރާގޮތަށް ހުއްދަދީ ކާރަކަށް 75000 އާއި 130000 ރުފިޔާ ކޮރަޕްސަނަށް ނަގާތީއެވެ. ދައުލަތަށް ވަންނަ ނަމަވެސް ކިތަންމެހައިވެސް ރަނގަޅެވެ. މިހާރު ތިކަން އޮތީ ސިޓީ ކައުންސިލްއަށެވެ. ހައްޓަކު ހޭ ނުހުންނާނެ ކަމާމެދު ސައްކު ކުރާނެ މީހަކު މި ފަސްގަޑަކު ވެސް ނެތެވެ.

The name is already taken The name is available. Register?

??

13 November 2021

ސިޓީކައުންސިލަށް އެކަން އޮތީ މިދިޔަ ހައެއްކަމަސްތެރޭތަ؟ އޭގެ ކުރިންނޯ! ކަދުރުކޮޅެއްވެސް ލޮލަށް ނުފެނި ކަދުރުކަޅުދައްތަ ކައިލީ މި ހަމަސްތެރޭތަ؟ ހީނހީނ ހަލާކު

The name is already taken The name is available. Register?

ރައްޔިތުންނަށް އުޅެންދަތި ގައުމެއް

12 November 2021

ބޭކާރު، ކަޑައެޅިގެން ދޮގު ކަން އެގޭ ކަންކަންވެސް އުސޫލަށް މިހަދާލަނީ.

The name is already taken The name is available. Register?

ކުޗީ

12 November 2021

ރަނގަޅު ނިންމުމެއް. މީގަ ނުބައި ހަދަނީ ޓްރާންސްޕޯޓް އޮތޯރިޓީ ގައި ތިބޭ ބައިގަނޑެއް. ގާނޫނު ރަނގަޅު ގޮތުގައި ތަންފީޒް ނުކުރުމަކީ ގާނުނު ގަވާއިދު އުވާލަން ޖެހޭ ސަބަބެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454