17 ނޮވެމްބަރ 2021 - 20:47
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މިކަން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާގެ ލިމިޓެއް ކަނޑަައަޅައިފަ އެވެ. އެހެން ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ހުށަހަޅުއްވައިފަ އެވެ. އެއަށް ތާއީދުކުރެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ.
އަންނަ އަހަރު އޯވަޑްރޯ ކުރުމާ އެކު މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި 50 އަހަރުން އެ ބޮންޑު އަނބުރާ ދައްކާ ގޮތަށް ކޮމެޓީން ވަނީ ހަމަޖައްސައިދީފަ އެވެ.
އޯވަޑްރޯ ކުރުމާ ގުޅޭ ގޮތުން މިއަދު ގަވަރުނަރު ވިދާޅުވީ، މި ވަގުތު އޯޑީ ފެސިލިޓީގެ އިންޓްރެސްޓް ރޭޓު 0.1 ޕަސެންޓްގައި އިނުމަކީ އިންޓްރެސްޓް ރޭޓެއް ނުނެގުން ކަހަލަ ކަމެއް ކަމަށާއި މިހާރަށް ވުރެ ބޮޑަށް މާލީ ކަންކަން ޒިންމާދާރުކުރަން އެއަށް ވުރެ ބޮޑު އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ޖެހޭ ކަަމަށެވެ.
ގަވަރުނަރު ވިދާޅުވީ، އިންޓްރެސްޓް ރޭޓެއް ކަނޑައަޅަން ނިންމީ ހަރަދުތައް ހަމަޖެއްސުމުގައި ދައުލަތް ޒިންމާދާރުކުރުމަށް ކަމަށެވެ. އެމްއެމްއޭ އިން ވަނީ އިންޓަރެސްޓަކާ ނުލައި 4.4 ބިލިއަން ރުފިޔާ، އޯޑީ ފެސިލިޓީއެއްގެ ގޮތުގައި މިދިޔަ އަހަރު ހުއްދަ ދިން ފަހުން، އެ ހުއްދައިގެ މުއްދަތު މިދިޔަ އޭޕްރީލް މަހު އިތުރުކޮށްދީފަ އެވެ. އޭރު އެމްއެމްއޭ އިން ވަނީ އިތުރަށް އޯވަޑްރޯގެ މުއްދަތު އިތުރު ނުކުރަން ލަފާދީފަ އެވެ.
އެމްއެމްއޭ އިން މިހެން ބުނި ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނަނީ އޯވަޑްރޯ ނުކޮށްފި ނަމަ، އަންނަ އަހަރުގެ ބަޖެޓު ކުޑަކޮށް މަޝްރޫއުތައް މަދުކޮށް، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަދުކުރާ ހާލަތަށް ހިނގައިދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސްމީޑިއާ
17 November 2021
އެމްއެމްއޭ ގާނޫނުގެ 1-6 : ބޯޑުގެ މަސައްކަތްތަކާއި ބާރުތައް- ބޯޑުގެ މަސައްކަތްތަކާއި ބާރުތައް ތިރީގައި އެވަނީއެވެ. )1 )މަނިޓަރީ ސިޔާސަތުތައް އެކަށައަޅައި ފާސްކުރުން؛ މަނިޓަރީ މަޤްޞަދުތަކާއި، މައިގަނޑު އިންޓްރެސްޓް ރޭޓްތަކާއި، ދިވެހިރާއްޖޭގައި ފައިސާ ލިބެންހުންނާނެ ގޮތް ހެދުމާއި، އެކަންކަމާ ގުޅޭގޮތުން އެއިރަކަށް އެކަށީގެންވާ ނިންމުންތައް ކަނޑައެޅުން މުތުލަގުކޮށް ގާނޫނުގަ އޮތް ބާރެއް، މަޖިލީހަށް އަމިއްލައަށް ނަގާފަ މިއޮތީ މާލިއްޔާ ލޫޓުވާލަންތޯ؟
އިބޫ ހޯލިސް
17 November 2021
ދައުލަތް ބަނގުރޫޓުވެއްޖެ ދެންބުނާނެ އެއްޗެއް ނެތް
މުދައިގަން
17 November 2021
ބަޖެޓު ކުޑަކޮށް މަޝްރޫއުތައް މަދުކޮށް، ސިވިލް ސާވިސްގެ މުވައްޒަފުން ވެސް މަދުކުރާ ހާލަތަށް ދިޔަތާ ވީދުވަހެއް ވެއްޖެ. މިކަން ކުރަންވެއްޖެ އެއްނު. ގައުމަށް އެކަށީގެންވާ ދަރަނިތަކެއް ނޫނޭ ތިއީ. ކޮންތާކުން ކިޔަވައިގެން އައި ފިނޭންސް މިނިސްޓަރެއްތަ؟ ކިރިޔަކިރިޔާ ފާސްވީތަ؟
ޢިބޫ
17 November 2021
މުދަލުގެ އަގު މައްޗަ އަރާ ރައްޔިތުންނަ އަތް ނުފޯރާހިސާބަށް ދިޔުމުގަ މަޖިލީސް މެންބަރުން ޒިންމާވާންޖެހޭނެ.
ޖަހަވަން
17 November 2021
އެމީހުން ޒިންމާވެގެން އެތިބީނު. ޑޮލަރުގެ ކަޅުބާޒާރުވެސް އަދި ހަމަ ފޯރީގައި. ލޯ ހުއްޓަސް ފެންނަ މީހަކު ނެތްފަދަ.