ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިންޑިއާ އަށް ވަޑައިގަތުން.
23 ނޮވެމްބަރ 2021 - 14:30
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރަސްމީ ދަތުރެއްގައި މިއަދު އިންޑިއާ އަށް ވަޑައިގެންފި އެވެ.
މިނިސްޓަރު މާރިޔާގެ ހަ ދުވަހުގެ ދަތުރުގައި އިންޑިއާގެ ކޮޗީގެ އިތުރުން ކަންނޫރަށް ވެސް ވަޑައިގަންނަވާނެ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި ބުނީ އިންޑިއާގެ ނޭވަލް އެކަޑެމީން ބާއްވާ ޕާސިން އައުޓް ޕެރޭޑް ޝަރަފްވެރިކޮށްދެއްވާ ބޭރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރަށް މާރިޔާ ވެވަޑައިގަންނަވާނެ ކަމަށެވެ.
Special gesture for a time-honoured partnership!
— India in Maldives (@HCIMaldives) November 23, 2021
Defence Minister @MariyaDidi has embarked on a visit to India; she will be the first Foreign Defence Minister to Review Passing out Parade at the Indian Naval Academy. HC @AmbMunu saw off Minister prior to departure.
(1/2) pic.twitter.com/gTFLwzzHBi
މި ދަތުރުގައި އިންޑިއާގެ ޑިފެންސްގެ ޓްރެއިނިން ފެސިލިޓީތަކަށާއި އެ ގައުމުގައި ޓްރެއިނިން ހަދަމުން އަންނަ އެމްއެންޑީއެފްގެ އޮފިސަރުންނާ ވެސް މިނިސްޓަރު ބައްދަލުކުރައްވާނެ އެވެ.
މާރިޔާ އިންޑިއާ އަށް ވަޑައިގެންނެވިއިރު، ރާއްޖެ އާއި ސްރީ ލަންކާ އަދި އިންޑިއާގެ ދިފާއީ ބާރު ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އަންނަނީ "އެކްސަސައިޒް ދޯސްތީ"ގެ 15 ވަނަ ތަމްރީން ޕްރޮގުރާމް ބާއްވަމުންނެވެ.
މާރިޔާ ވަނީ މީގެ ކުރިން ވެސް ވަނީ އިންޑިއާއަށް ވަޑައިގެން ދިފާއީ ކަންކަމާ ގުޅޭ ބައްދަލުވުންތައް ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 November 2021
އަހަރުމެން "އައްޑޫމީހުން އެދެނީ" އިންޑިޔާ ކުރާންއުޅޭކަމެއް އަވަހަށްކޮށް އަހަރުމެނަށް މުސްތަޤުބަލެއް ޔަޤީންކޮށްދިނުން. # އަހަރުމެން "ކޮޅުމަޑުލުން އައްޑުއަށްހިމެނޭ ސަރަހައްދު" ބާކީކޮށްފައިއޮތް އޮތުމަށް ނިމުންގެނެވޭނީ އިންޑިޔާފަދަ އެހީތެރިއަކު އަހަރުމެނަށް މަދަދު ދީގެން. # އަހަރުމެނަށް ޔަޤީންކަންއެބައޮތް މިހާރުނުލިބޭ އެތައް ފުރުސަތާއި ޙައްޤު އިންޑިޔާއާއި އެކުގައި އަހަރުމެނަށް ކަށަވަރުވާނެކަން. އެހެންވެ އަހަރުމެން ބޭނުމީ ހަމަ "ނެއްޓިގަންނާން" އިގޭތޯ.
ސަސިި
23 November 2021
ކުޅިވަރު އިވެންޓުތަކާ ފާޑުފާޑުގެ ރސްމީއްޔާތު ސަރަފުވެރިކުރަން މެޑަލް ޖަހަން ދާއިރު ހީވަނީ މިރާއްޖެ މިއޮތީ ކުށްތަކުން ރައްކާތެރިވެ އަމާންވެފަހެން، މިމާލެ އާއްމު މީހަކަށް އުޅޭވޭ ވަރަށް އަމާން ކޮށްދީބަލަ. މިއުޅެނީ ދާހިލީ ވަޒީރަށް އެކަން ނުވެގެން ރައީސް އަށް ސަނާކިޔަން ހަދައިގެން
އުދުހޭ
23 November 2021
އަނބުރާ ނަޔަސް އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް
ޑޮކްޓާރ. ބަނާނާ
23 November 2021
ތިޔާ ދަތުރުގައި ކަމަނާފާނު އިންޑިޔާގެ ކަމާއި ބެހޭ ފަރާތް ތަކާއި ތިރީގައި މިދަންނަވާ ސުވާލުތަށް ކުރެއްވުން އެދެން! 1. ކޮންއުސޫލަކުންތޯ ރާއްޖޭގެ ދުވަހު ނޫހަކާއިބެޙޭގޮތުން ފިޔަވަޅު އަޅުއްވަން ރައްޔިތުންގެ މަޖިލިސްއަށް އެންގެވީ؟ 2. ދިވެހި ސަރުކާރަށް ނޭގި އައްޑުއަތޮޅު ގައި އިންޑިޔާގެ އެމްބަސީއަށް ހުޅުވާނެ ކަމަށް އިއުލާންކުރެއްވިސަބަބު؟ 3 ރާއްޖޭގެ އެކިސަރަހައްދު ތަކުގައި ބޮދައިގެން އިންޑިޔާގެ މިލިޓްރީ ސިފައިން ތިބޭސަބަބު؟ ވަރަށް ވެދުން!
ގެދާނޯމޮސް
23 November 2021
އިންޑިޔާގެ އެހީ ނުލިބި 23 ކާމިޔާބެއް ނުވާނެތީވެ އަނެއްކާވެސް ފައިބުޑަށް ދާންފެށީއެވެ. ނޫނަސް ފައިސާ ޖަހަން މަޖުބޫރު ކުރުވާ އުޒުރަކީ ލޯނުގެ މައްސަލަ ކަމުގަ ހަދަނީ އިދިކޮޅުގެ ލޮލުގަ އަޅުވާ ޑޯޕް އައިނެކެވެ. މިހާރު ރިޒާވުގަ ހުރި އެއްވެސް ދަރަަނިއެއް މިއިން މަދެއްނުވާނެއިރު ވާނީ އިތުރެވެ. އެއީ ކެމްޕެއިންނަށް އިނޑިޔާ އަށް ދަރުވާލާ ބައެވެ.
ހުުން
23 November 2021
މިފަހަރު ގޮއްސަ ސިފައިންގޭގަ ހަތިޔާރު ހުރިވަރު ނުބުނެވިއްޖިއްޔާ ރަންގަޅު. ލަދުން ބޯފަޅައިގެންދޭ މިމީހުންނާހެދި.
ސަކީނާ
23 November 2021
ޕަކާސް ވިއްކާލައިފި ވިއްކާލައިފި!!!!