ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބޮޑެތިި ބަދަލުތަކެއް ހުށަހެޅުއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ
28 ނޮވެމްބަރ 2021 - 14:08
ޓެރަރިޒަމްގެ ތުހުމަތު ކުރެވިގެން ތަހުގީގު ކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކޮށް އޮތް ނަމަވެސް، އެ މީހަކާ ދެކޮޅަށް އާ ހެއްކެއް ލިބިއްޖެ ނަމަ، އަލުން އެ މައްސަލަ ބަލައި ދައުވާ ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ހުށަހަޅައިފި އެވެ.
ޓެރަރިޒަަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ސަރުކާރުން ހުށަހަޅާފައިވާ ބިލު ކޮމިޓީިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުުން އެ ގާނޫނުގެ 28-1 ވަނަ މާއްދާގެ (ޅ)ގެ ފަހަތަށް އަކުރުތަކެއް އިތުރުކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ. އެ އަަކުރުތައް އިތުރުކުރުމުގެ ބޭނުމަކީ ކޮމިޓީ ރިޕޯޓްގައި ބުނި ގޮތުގައި އެ މާއްދާގެ (ރ) ގެ ދަށުން މައްސަަލައެއް ތަހުގީގުކުރާ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމެނީ ފުލުހުންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކަމަށް ވެއްޖެ ނަމަ ތަހުގީގަށް އިތުރު މުއްދަތު ދިނުމެވެ.
މުއްދަތު ފަހަނައަޅައި ދާއިރު ދައުވާ ކުރެވޭ ވަަރަށް ތަހުގީގު ނުނިމިގެން ހުއްޓިފައިވާ މައްސަލައެއްގައި އާ ހެއްކެއް ލިބިއްޖެ ނަމަ އަލުން ތަހުގީގުކޮށްް ދައުވާކުރުމުގެ ފުރުސަތު ދިނުމަކީ ވެސް އެ އިސްލާހުގެ އެއް ބޭނުމެވެ.
"...އެ މައްސަލައާ ގުޅިގެން އާ ހެއްކެއް ލިބިއްޖެ ނަމަ، އެ މައްސަލައެއް އަލުން ތަހުގީގުކުރުމުގެ ފުރުސަތު އޮންނާނެކަމާއި، އަދި އަލަށް ލިބުނު ހެއްކާ ގުޅިގެން ތަހުގީގު ކުރިއަށް ގެންދެވޭނެ މުއްދަތުތައް ބަޔާންކުރުމެވެ،" ކޮމިޓީ ރިޕޯޓްގައި ބުންޏެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލުގެންނަން ހުށަހަޅާފައިވާ ބިލަށް ކޮމިޓީން ހުށަހެޅި އެއް އިސްލާހަކީ އެ ގާނޫނުގެ 28-1ގެ (ކ) އިން ފެށިގެން (ފ) އާ ހަމައަށް އަކުރުތައް އިތުރުކުރުމެވެ. އެ މާއްދާއަށް އިތުރުކުރާ (ކ)ގައިވާ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގުކުރަން ގާނޫނުގައި މިހާރު އޮތް މުހުލަތު ހަމަވާ އިރު ތަހުގީގު ނިންމައި ދައުވާކުރަން ނުފޮނުވޭ ނަަމަ އެ މުއްދަތު އިތުރުކުރަން ޕީޖީ އޮފީހަށް ހުށަހެޅޭނެ އެވެ. އެގޮތަށް ހުށަހެޅުމުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އިތުރުކޮށްދިނުމުގެ އިޚުތިޔާރު ޕީޖީ އަށް އޮންނާނެ އެވެ.
ގާނޫނުގެ 28-1 އަށް އިތުކުރަން ހުށަހަޅާފައިވާ (އ) ގައި ވާ ގޮތުން މުއްދަތު އިތުރުކޮށްދޭ ހާލަތުގައިވެސް އެ މާއްދާގެ (ޅ)ގައިވާ އިޖުރާއަތްތައް ހިނގާނެ އެވެ. އެެއީ 15 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި މުއްދަތު އިތުރުކުރި ސަބަބު ބަޔާންކުރާ ލިއުމެއް، ދައުވާއާ އެެކު ކޯޓަށް ހުށަހެޅުމެވެ.
އިތުރުކުރާ (ކ)ގައިވާ ގޮތަށް ކުރާ ތަހުގީގު ހިންގައި، އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އަލުން ދައުވާ ކުރެވޭނީ (މ)ގައިވާ ގޮތަށް އާ ހެއްކެއް ލިބިއްޖެ ހާލަތެއްގައި އެކަންޏެވެ.
މި ބަދަލުތަކާއި އެކު 241 ކޮމިޓީން ރިޕޯޓްް ފާސްކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްްޔަތުންނެވެ. ބެލެވޭ ގޮތުގައި އެ ރިޕޯޓަށް މަޖިލީހުގެ މާދަމާގެ ޖަލްސާގައި ބަހުސްކޮށް ގޮތެއް ނިންމާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
28 November 2021
މިފަހަރު މާޒީން އިބްރަތް ލިބިގަނެ ޑޮކްޓަރުންގެ ބަސް އަހަންޖެހޭ. ސިޔާސީ ކަމަކަށް ނުހެދުމުން ރަނގަޅުވާނެ.