މާލޭގެ މަގެއްގައި ވެހިކަލްތަކެއް ދުއްވަނީ. މާލޭގައި މިނީ ބަހުގެ ހިދުމަތް ނުފެށެނީ ބަޖެޓް ނުލިބޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މިއަދު ވިދާޅުވި.ފޮޓޯ: ފަޔާޒް މޫސާ
29 ނޮވެމްބަރ 2021 - 11:36
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވެވަޑައިގެންނެވި ވައުދެއް ކަމަށް ވިޔަސް، އެކަން އަދިވެސް ނުފެށެނީ ބޭނުންވާ ވަރަށް ބަޖެޓް ނުލިބޭތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާާލަކަށް ޖަވާބު ދެއްވަމުން މިިނިސްޓަރު ވިދާޅުވީ މިނީބަހުގެ ހިދުމަތް ފަށަން ބަޖެޓް ނުލިބުުމުން، އެހީދޭ ޖަަމާއަތްތަކުގެ އެހީ ހޯދަން ވެސް މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. މިނީ ބަހުގެ ހިދުމަތަށް އަންނަ އަހަރުގެ ބަޖެޓްގައި 16 މިލިޔަން ރުފިޔާާ ޖަހާފައި އޮތަސް އެއީ އެކަމަށް އެކަށީގެންވާ އަދަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތަރު ބަސް ނޫނީ ފަސް ބަސް ގަނެގެންނެއް އަޅުގަނޑުމެންނަކަށް [މާލޭގެ ބަސް ދަތުރުގެ] މަސައްކަތެއް ނުފެއްޓޭނެ،" އޭނާ ވިދާޅުވި އެވެ.
މާލޭގައި މިނީ ބަހުގެ ދަތުރުތައް ފެށުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ޖެހޭ ވައުދުތަކުގެ ތެރެއިން، ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުވެ، ނުނިމި އޮތް ހަމަ އެކަނި ކަންތައް ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ. މިނިސްޓްރީން އެކަމަށް ގިނަ މަސައްކަތްްތަކެއް ކޮށްފައި ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. އޭނާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތަށް ބަޖެޓް ނުލިބޭ ކަމަށް-- ފޮޓޯ: މަޖިލިސް
"ވަޒީރެއްގެ ގޮތުގައި އަޅުގަނޑުމެން އައްޔަން ކުރިޔަސް އަޅުގަނޑުމެެންނަށް މަސައްކަތްތައް ކުރެވޭނީ އަދި އަަޅުގަނޑުމެންނާ ހަވާލުކުރާ ޒިންމާތައް އަދާކުރެވޭނީ އަޅުގަނޑުމެންނަށް އެ މަސައްކަތަކަށް ބަޖެޓް ލިބިގެން ކަމަށް ވާތީ، އަދި އެކަމަށް އަޅުގަނޑުމެންނަށް މިހައިތަނަށް ބަޖެޓް ލިބިފައި ނުވާތީ އެކަން ނުވެ އޮތީ،" އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ނަހުލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިނީ ބަހުގެ ހިދުމަތަށް ބަޖެޓް ލިބެން އޮތީ "ބުރިބުރިކޮށްގެން" [އެކި ފަހަރު މަތިން] ކަމަށާއި، އެގޮތަށް އެކަމަށް ބޭނުންވާ ފައިސާ ހަަމަވުމުން މަސައްކަތް ފަށްޓަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
29 November 2021
މާލެފަދަ ކުޑަކުޑަ ރަށެއްގެތެރޭގައި އިންޖީނުލީއުޅަނދު ދުއްވަން ސަރުކާރުންވިސްނުމަކީ ވަރަށްދެރަކަމެއް. # މިފަދަ އެއްގަމު އުޅަނދު ދަތުރުތަކަށް އަންދާ ތެޔޮމަދުކޮށް އިޤްތިސޯދު ކުރަންޖެހޭ. މާލެ ހުޅުމާލެއަށް ދުއްވާ ބަސްތައްވެސް އެތައް ތަނަކަށް މަޑުކުރުމުގެ ބަދަލުގައި މާލޭގެ ދޭއް ނުވަތަ 3 ސްޓޭންޑަކުން ހުޅުމާލެ ފޭސް 1 އަދި 2 ގެ މެއިން ބަސް ޓާމިނަލް ތަކަށް މީހުން އުފުލާގޮތަށް ދަތުރު ބަދަލުކޮށްލާ. މީހުން ކަންނެތް ކުރުވުމަކީ އުފެއްދުންތެރިކަން ދަށްވާކަމެއް.
އަހައްމަދު ނަޝީދު.
29 November 2021
އަޖައިބު އަންތަރީސް ނުވާނެތަ. ބަލަ ތިއީ ޕާކެއްވަރުގެ ކުޑަކުޑަ ރަށެކޭ. ބައިސިކަލް ދުއްވަބަލަ. ކިހާ ބޮޑު ކަމެއްތަ.
މިނި ބަސް
29 November 2021
ކަމާނާއަކަށް ތިކަމެއްނުވިއެއްނު. އަވަހަށް ޢިސްތިޣުފާދެއްވާ. ރީތި އުސޫލު ހިޔާރު ކުރައްވާ. ވ. ވެދުން.
އޮނަރަބްލް އަފީފު ދީދީ
29 November 2021
މިދައުލަތުގެ މުއްސަނދިކަމާއި ޙަޒާނާއަކީ ހަމައެކަނި ކ.އަތޮޅު މާލޭ ބިންވެރިންގެ އެއްޗެއްތޯ؟ އަކަކިލޯމީޓަރު ހަމަނުވާ ކުޑަކުޑަ ރަށްގަނޑަކަށް އަނެއްކާވެސް އެތައް މިލިޔަން ރުފިޔާގެ ލަޤްޒަރީ ޔޫރޯ ސްޓަރ ބަސްތަކެއް ގަންނާން އުޅޭއިރު މިދައުލަތުގެ ރައްޔިތުންގެގޮތުގައި ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތް ފަދަ އަސާސީ ޙައްގުވެސް ވަނީ ނުދީ.! މިއީތޯ އިންސާފަކީ؟ ރޭސިސްޓް މިސިޔާސަތު ބަދަލުކުރާކަށް ނުވޭތޯ!
އޮމިކްރޯން
29 November 2021
16 މިލިއަނުން ގަނެވޭނީ އެންމެ 5 ބަހެއްނޫން
ސަސި
29 November 2021
އަދި 100 ދުވަސް ނުވަނީ ކަމަށްވާނީ. ކަމަނާގެ މިނިސްޓްރީން ކުރަންޖެހޭ ކަމެއް ދުވަހަށް ނުނިމި އޮންނާނެކަމަށް ގަބޫލެއް ނުކުރެވޭ
އިބުރާ
29 November 2021
މާނައަކީ ސިޔާސީ އޮއިވަރުގެ ތެރޭގައި ބަޖެޓްގެ ދަތިކަމާއި އެކު އެކަން ކުރައްވާނެ މަގެއް ހޯއްދަވަން އެނގި ނުލެއްވީއޭތޯ. ކަމަނާގެ އޮފީހުގެ ކުއްޔަށް އެކަނި ވެސް އަހަރެއްގެ މައްޗަށް އެތައް މިލިޔަން ރުފިޔާ އެބަ ހޭދަވޭ!!
އިއްޒަތްތެރި މެމްބަރުގެ މާމަ
29 November 2021
މާލެ އަށް ބަހޭ؟ އަދިވެސް ތިއުޅެނީ މިތާ ކާރުބާރު ކުޑަވެ، ޖެއްސުމަށް މީހުންނަށް ތުރާ ޖައްސާނެ އަޑު ގޮއްވާ ދުއްވާތަކެއްޗާއި މީހުން މަދުވެ، މިތަނުގެ ޕޮލިއުޝަން ކުޑަވެ ބަލިތައް ފެތުރޭލެ މަދުކަމުންތަ؟ ވިސްނަން ގެންގުޅޭ ގުނަވަނުގެ ނަން ބުނެލަދީބަލަ އަޅެ!