އިންޑިއާ ސިފައިންގެ ވެރިޔާ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު އިއްޔެ ވެއްޓި އަލިފާން ރޯވެފައި. -- ފޮޓޯ: އޭއެފްޕީ
09 ޑިސެމްބަރ 2021 - 10:21
އިންޑިއާ ސިފައިންގެ ވެރިޔާ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވަތު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވި އެކްސިޑެންޓާ އެކު އަނެއްކާވެސް އެ ގައުމުގެ އަސްކަރީ އެއާކްރާފްޓްތަކުގެ ރައްކާތެރިކަމާ މެދު ވަނީ ސުވާލު އުފައްދަަން ފަށައިފަ އެވެ. އިއްޔެ 13 މީހަކު މަރުވި މި ހާދިސާ ވެސް ވަދެގެން ދިޔައީ އިންޑިއާގެ އަސްކަރިއްޔާ އަށް ދިމާވެފައިވާ، ވައިގެ އެކްސިޑެންޓްތަކުގެ ސިލްސިލާގެ ތެރެއަށެވެ.
މިދިޔަ ހަފްތާގައި ވެސް ސެންޓްރަލް ގަވަމެންޓުން ވަނީ މިދިޔަ ދެ އަހަރު ތެރޭ އަސްކަރިއްޔާގެ ހަތް އެއާކްރާފްޓެއް އެކްސިޑެންޓް ވެފައިވާކަން، ގާނޫނު ހަދާ މަޖިލީހަށް އަންގައިފަ އެވެ.
"މިދިޔަ ދެ އަހަރު ވަނީ އެއާ ފޯސްގެ ހަތް ބޯޓެއް ވެއްޓިފައި. މީގެ ތެރޭގައި ދާދި ފަހުން މަދިޔަ ޕްރަދޭޝް އަށް ވެއްޓުނު މިރާޖް 2000 ވެސް ހިމެނޭ،" މިނިސްޓަ އޮފް ސްޓޭޓް ފޯ ޑިފެންސް އަޖޭ ބަޓް، ލޮކް ސަބާގައި ވިދާޅުވި އެވެ.
މި މައްސަލަ ހައްލުކުރުމަށް ވައިގެ ދަތުރުތަކުގެ ރައްކާތެރިކަން އިތުރުކުރުުމާ ގުޅުން ހުރި ކަންކަމާއި އެކްސިޑެންޓްތަކާ ބެހޭ ޑޭޓާބޭސް އެއް ބެލެހެއްޓުމާއި ތަމްރީނު ދިނުމާއި މިހާރަށް ވުރެ ގިނައިން ސިމިއުލޭޓާސް ބޭނުންކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލިކޮޕްޓަރު ވެއްޓި، އިއްޔެ އަވަހާރަވި އިންޑިއާގެ ޗީފް އޮފް ޑިފެންސް ބިޕިން ރާވަތު.
މީގެ ކުރިން 2019 ވަނަ އަހަރު މަޖިލީހަށް އަންގާފައިވާ ގޮތުގައި 2014 އިން 2015 އަށް އަދި 2018 އިން 2019 އަށް ފަސް އަހަރު ތެރޭ އަހަރަކު 10 އެކްސިޑެންޓް ހިނގާފައިވެ އެވެ. އަދި 2014/15 އިން ޖުލައި 2019 އަށް މިފަދަ އެކްސިޑެންޓްތަކުގައި 46 މީހަކު މަރުވެފައިވެ އެވެ.
• މިރާޖް 2000 އެއާކްރާފްޓެއް މަދިޔަ ޕްރަދޭޝްގައި އަސްކަރީ ތަމްރީންތަކެއްގައި އުޅެނިކޮށް އޮކްޓޫބަރު 1، 2021 ގައި ވެއްޓުނު.
• މިގް-21 މަރުކާގެ ފައިޓަ ޖެޓެއް ޓްރެއިނިން މިޝަނެއްގައި އުޅެނިކޮށް ރާޖަސްތާނުގައި އޯގަސްޓް 25، 2021 ގައި ވެއްޓުނު.
• ޕަންޖާބްގައި މިގް-21 އެއާކްރާފްޓެއް މޭ 20، 2021 ގައި ވެއްޓި އޭގެ ޕައިލެޓް މަރުވި
• މަދިޔަ ޕްރަދޭޝްގައި މާޗް 17، 2021 ގައި މިގް-21 ބައިސަން އެއާކްރާފްޓެއް ވެއްޓި ކެޕްޓަން މަރުވި
• މިގް-21 ބައިސަން އެއާކްރާފްޓެއް ޖެނުއަރީ 5، 2021 ގައި ރާޖަސްތާނުގައި ވެއްޓުނު.
• ފެބްރުއަރީ މަހުގެ ކުރީކޮޅު 2019 ވަނަ އަހަރު، އެއަރޯ އިންޑިއާގެ ރިހާސަލް ޝޯއެއްގައި އެއާފޯސްގެ އެއަރޮބެޓިކް ޓީމެއްގެ ދެ އެއާކްރާފްޓް ވައިގެ ތެރޭ އެކްސިޑެންޓުވެ ޕައިލެޓަކު މަރުވެ އިތުރު ދެ މީހަކު ޒަހަމްވި.
• ދެ ހާސް ސަތާރަ ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުރީކޮޅު އެއާ ފޯސްގެ ހެލިކޮޕްޓަރެއް އަރުނަޗަލް ޕްރަދޭޝްގެ ޓަވަންގްގައި ވެއްޓި ހަތް މީހަކު މަރުވި.
• ޑިސެމްބަރު މަހު 2015 ވަނަ އަހަރު ޕެރަމިލިޓަރީ ޕްލޭނެއް ދިއްލީ އެއާޕޯޓް ކައިރިއަށް ވެއްޓި ބޯޑަ ސެކިއުރިޓީ ފޯސްގެ 10 މީހަކު މަރުވި.
އިންޑިއާގެ ވައިގެ ސިފައިންގެ އެއާކްރާފްޓްތަކަށް އެކި މައްސަލަތައް ދިމާވެ އެކްސިޑެންޓްތައް ދިމާވުމުގައި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ފާހަގަކުރަނީ އުޅަނދުތައް ބާވެ ޒަމާނަށް ނުފެތުމާއި ސަލާމަތީ ކަންކަމުގައި އަމަލުކުރާނެ ރަނގަޅު ނިޒާމަކަށް އަމަލު ނުކުރެވުމެވެ.
ހެލިކޮޕްޓަރު ވެއްޓިގެން އިއްޔެ އަވަހާރަވި ރާވަތު 2015 ވަނަ އަހަރު ވެސް ވަނީ އެއާކްރާފްޓް އެކްސިޑެންޓެއްގައި ސަލާމަތްވެފަ އެވެ. މިއިން ކޮންމެ އެކްސިޑެންޓަކަށް ފަހު ވެސް އިންޑިއާގެ އަސްކަރީ އެއާކްރާފްޓްތަކުގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެތައް ވާހަކައެއް ދައްކަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުއްބާ
10 December 2021
ބުޅި ކެނޑޭނީ އަބަދުވެސް ކެޔޮޅުއަތުން..
ޑެން
09 December 2021
ޢިންޑިއާ މީހުން އަޅާ ބުރިޖަށް އަހަރުމެން އަރަން މިހާރު ބިރުގަނޭ. ޢަނެއްކޮޅުން ހާހެއްވެސް ނުވޭ އެއީ އެނގޭ އިންޑިއާ އަކަށް 2023 ކުރިން ބުރިޖު ނޭޅޭނެކަން.
ހަމްކިސީސޭ ކަމްނެހީ
09 December 2021
ތިމީހުންގެ އެއްޗެތި އަބަދު ވެއްޓޭ. ސަބަބަކީ ގިނަވާނީ ރަޝިޔާގެ ކަޑަ އެއްޗެހި. ސާވީސް ކުރުން އެހާ ކެރަވަޅު ވާނެ.
ނާމްދި ކާނޫ
09 December 2021
އިންޑިއާގެ މިލިޓަރީ ފަހަކަށް އައިސް ވަރަށް "އާދަޔާ ޙިލާުފު" ކަންކަން ކޮށްފައި އެބަހުރި، މިގެއިން އެއްމެ ފާހަގަކޮށްލެވޭ ހާދިސާއަކީ 2019 ފެބްރުއަރީގައި އެމީހުންގެ އަމިއްލަ ހެލިކޮޕްޓަރެއް "އޮޅުމަކުން" ބަޑިޖަހާ ވައްޓާލި، މިލިޓަރީ ބަހުރުވައިން ނަމަ "ފްރެންޑްލީ ފަޔާރ" މިހާދިސާގައި 7 މީހުން މަރުވެ. ހަގީގީ ފެންވަރު މިހުންނަނީ!
ކައުންސެލަރު
09 December 2021
ހަކުރު ދެންޏާ ބޮޑުބޭބެ. ބޮޑުބޭބެ މާސްކު އަޅާށޭ ބުނެފައޮއްވަ މާސްކު ނާޅާ ހުއްޓައި ކޮވިޑް ޖެހުނީމާ ދެން އަހަރެން ބުނާނީ ހަމަ މިބީދައިން "މާސްކު ނޭޅީމާ ރަނގަޅެއްނު". މިއީ އެހެން އެއްވެސް ކަމެއްނޫން. އަހަރެން ބޮޑުބޭބެ ދެކެ އަބަދުވެސް ވަރަށް ލޯބިވޭ. އެހެންވީމާ ބޮޑުބެ އަށް ކަމެއް ދިމާވެއްޖެނަމަ ދެރަވާތީ މިހެން މިބުނީ. ގެޓް؟ ވަރަށް ސަލާން
ނަގިއްޔާ
09 December 2021
މީވަރަށް ރޫޑް މާލާމާތުގެ ރާގަށްއިން ހެޑިންއެއް. އުދުހޭއެއްޗަކަަށް އަހާއިރު އޭގެ ސޭފްޓީގެ ކޮންޓްރޯލް ނޮއޮންނަ ބައިވަރު ކަންތަށް އޮވޭ، މިސާލަކަށް މޫސުން، ނުވަތަ ކުއްލިއަށް އުފެދޭ ތޫފާނެއް. އެހެންވީމަ، ކިތަންމެ ފެންވަރު ރަގަޅު ރިލައިބަލް އެއްޗެއްވެސް ވެއްޓީދާނެ ދިމާވާ ވަރަށް ގިނަ އެހެނިހެން ސަބަބުތަކާހެދި. ބައެއްގެ މިޒިރީގަ މަލާމާތީ ހެޑިންއަކުން ސްމާކްކުރަންވީ ވަގުތެއްނުންމީ
ސަރީރ
09 December 2021
ޢެމްޑީޕީ ކުދިންނަށް ގޯސްވާނީ ހެޑިން
5434
09 December 2021
އެހެންވީމާ އިންޑިޔާއިން ރާއްޖެއަށްދީފާމިހުރީ އެންމެމޮޅު ހެލްކޮޕްޓަރުތާ!
ހުތްޢާދަނު
09 December 2021
ތިތަނުން ގެނައި ބާއެއްޗެއް މިތާގައިވެސް އޮތީ ، ސަލާމަތާއި ދޭތެރޭ ކިހާވަރެއްގެ ޔަގީންކަމެއް އޮތީ
ހހުތް
09 December 2021
އޭތި ބަލަހައްޓަންވެސް ތިބީ ހަމަ އެތަނުގަ ތިބިފަދަ ޓެކްނިކަލް މީހުން.