ވައްކަރު ރިސޯޓުގެ ވޯޓާ ވިލާއެއްގައި އަލިފާން ރޯވެފައި---
14 ޑިސެމްބަރ 2021 - 16:56
ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގެ ލެގޫން ބާ ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން އެ ރިސޯޓުގެ ލެގޫން ބާގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފައިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
ފުލުހުން ބުނީ ރިސޯޓު މުވައްޒަފުން އެތާނގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ.
އަލިފާން ރޯވާން ދިމާވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
14 December 2021
ހިތާމަވެރި ހާދިސާއެއް. މިފަދަ ހާދިސާތަކުން ﷲ އަޅަމެން ރައްކާތެރި ކުރައްވަވާށި އާމީން