ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސި، ސިމާއޯ ކޮސްޓާ (ވ) އާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް --- ފޮޓޯ: އެފްއޭއެމް
22 ޑިސެމްބަރ 2021 - 10:19
ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ހަމަޖައްސައިފި އެވެ.
އިޓަލީގެ ލެކްސީ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ކުރީގެ މިޑްފީލްޑަރުގެ ކެރިއާގައި ކުޅުންތެރިއެއްގެ ގޮތުގައި މާފާހަގަކުރެވޭ ކާމިޔާބެއް ނެތެވެ. އޭނާ ވަނީ ދެކުނު ކޮރެއާގެ ޑެޖާއޯން ސިޓަޒަން އަށް ކުޅެ އޭޝިއާގެ ފުޓްބޯޅައިގެ ތަޖުރިބާތަކެއް ހޯދައިފަ އެވެ.
ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ހަމަޖެއްސުމުގެ ކުރިން، ކޮސްޓާ ވަނީ ސްވިޒަލެންޑްގެ އެފްސީ ބެރޯޝޭ ގޮރްގިއާގެ ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފަ އެވެ. އެ ޕްރޮޖެކްޓް އޭނާ ދޫކޮށްލީ މިދިޔަ މަހު އެވެ.
"މި މުހިންމު މަސައްކަތުގައި އަހަންނަށް އެހީތެރިވެ ހިއްސާ ވެވިދާނެ ކަމަށް ގަބޫލު ކުރީތީ ރާއްޖޭގެ އެފްއޭއެމްއަށާއި އެފްއޭއެމްގެ ރައީސް (ބައްސާމް އަދީލް ޖަލީލް) އަށް ޝުކުރު އަދާކުރަން،" ރާއްޖޭގެ އެސިސްޓެންޓް ކޯޗު ކަމަށް ހަމަޖެއްސުމުން، ސޯޝަލް މީޑިއާގައި ކޮސްޓާ ލިޔެފައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ އާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދި ގައުމީ ޓީމުގެ އާ އެސިސްޓެންޓް ކޯޗު ސިމާއޯ ކޮސްޓާ --- ފޮޓޯ: އެފްއޭއެމް
ގައުމީ ޓީމުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ، ރާއްޖޭގެ އެސިސްޓެންޓް ކޯޗުގެ މަގާމަށް ސިމާއޯ ގެންނަން އޭނާ ހުށަހެޅީ، ސިމާއޯ އަށް އިތުބާރު ކުރެވޭތީ އާއި އެކުގައި ރަނގަޅު މަސައްކަތްތަކެއް ކުރެވިދާނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.
މޮރިއޭރޯ ބުނީ، ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ވަރަށް ސާފުކޮށް އެނގެން ބޭނުންވާތީ ކްލަބްތަކުގެ ޕްރެކްޓިހާއި ކުޅުންތެރިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.
"ހުރިހާ ކުޅުންތެރިން އިތުރަށް ދެނެގަތުމަށް ޓަކައި އަހަރެން ކޮންމެ ދުވަހަކު ވެސް މެޗުތަކާއި ޓްރެއިނިންތައް ބަލަން. އަހަރެން ބޭނުން ދިވެހި ފުޓްބޯޅައިގެ ހުރިހާ ކަމެއް އެނގެން،" މޮރިއޭރޯ "މިހާރު" އަށް ބުންޏެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި ތަޖުރިބާކާރު ލޯކަލް ކޯޗު އަލީ ސުޒޭން ވެސް މަސައްކަތް ކުރެ އެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅުނު ފުރަތަމަ މުބާރާތަކީ، މިދިޔަ މަހު ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލަށް ރާއްޖެ އަށް ނުދެވުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ނަމަވެސް މޮރިއޭރޯ ބުނެފައި ވަނީ ކުރު މުއްދަތަކުން މަސައްކަތްކޮށްގެން ކާމިޔާބު ހޯދުމަކީ އުނދަގޫ ކަމެއް ކަމަށާއި ގައުމީ ޓީމު ބިނާ ކުރުމަށް އޭނާ އަށް ވަގުތު ބޭނުންވާ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜެޕްޓަސް
23 December 2021
ސޯބިރާ ތިޔަ ބުނީ ތެދެއް ، ހަމަ ބާސްކެޓް އެސޯސިއޭސަން ގެ ހަމަ 30 އަހަރު ވީ ސުޕުން އެއް ބަހައްޓައިގެން އުޅޭތާ ،
ސޯބިރާ
22 December 2021
ކޯޗު އެއް މުބާރާތަށްފަހު ބޭރުގެ އެސިސްޓެންޓް ކޯޗަކު ގެނައީ ކީއްވެ؟ މިއީ އުފެދޭ ސުވާލެއް. 1. އޭނާއަށް އެހީތެރިވާންތިބި ދިވެހިން ފެންވަރުނެތީބާ؟ 2. ސުޒޭނަށް ބޭރު ކޯޗެއްގެ ކައިރީގައި އެސިސްޓެންޓް ކޯޗުކަން ނުކުރެވެނީތަ؟ 3. ސުޒޭނަށް އިތުބާރު ނުކުރަނީތަ؟ މި ސުވާލުތަކުގެ ޖަވާބު ކޯޗާއި އެފްއޭއެމުން ދޭނީ ކޮންއިރަކު؟ އަދި ސުޒޭނުވެސް؟
އަބޫބަކުބެ
22 December 2021
ސޫޒޭނު މަށަކަށް އެއްގޮތަކަށްވެސް ކަމަކުނުދޭ. މާ އަނގަފޮނީ.
ޖަމާ
22 December 2021
ދެން ރާއްޖޭގެ އެންމެ މޮޅު ކޯޗުކަމަށް ބުނާ ސުޒޭންގެ ދައުރަކީ ކޮބާ؟ އެސިސްޓެންޓް ހެދިފައި ދަނޑުބޭރުގައި ފައިދަށަށް ބޯޅަލައިގެން ޕްރެކްޓިސް ބަލަން ހުރުން އެކަނިބާ؟
ހަމްފޭ
22 December 2021
ކިތަންމެ މޮޅު ކޯޗެއް ގެނަޔަސް ގާ ތަޅާ ބަޔަކު ހަމަ ގާ ތަޅާނީ
ހިބިރިންބެއްޔާގެ ކުޑަސޮރު
22 December 2021
މިމީހުންނަށްދޭ މުސާރަ ހާމަކުރަންއުޅޭށޭ. ރައްޔިތުން ފޮރުވައިގެން ކީއްކުރާނަމޭހިތާހޭ ތިއުޅެނީ؟
ރަދީފްއޮފިޝިއަލް
22 December 2021
ދާނީ ޗޮކުންނޭ ނުބުނަން މަމެން ނެތިން.ތަންކޮޅެއް ކޮލިޓީ ރަނގަޅު ކޯޗަކު ގެނެބަލަ.އެފްއޭމަށް އެކަނި އެކަން ނުކުރެވޭނެނަމަ ޓޫރިޒަމް ދާއިރާގެ އިސްފަރާތްތަކުގެ އެހީވެސް ހޯދިދާނެ. 60 ރިސޯޓް ، ކޮންމެ ރިސޯޓަކުން މަހަކު 3000 ޑޮލަރު ރެއިޒްކުރެވޭނެ ފަދަ އަންޑަސްޓޭންޑިންއެއް ކްރިއޭޓްކުރެވިއްޖެނަމަ ކްލާސް ކޯޗެއް ގެނެވޭނެ.މިމަގުން ކަންނުކުރާނަމަ ރަނގަޅު ކާމިޔާބީއެއް ހޯދުން އެއީ ވުމަށްވުރެ ނުވުން ގާތްކަމެއް.ވ.ވެދުން
ބަނބޫ
22 December 2021
ނުސީދާގޮތުން ތިބުނަނީ ލާރިތައް ބޯޅައަށް ތަޅާބުރުވާށޭ.