މުޅި އަހަރުތެރޭ ވެސް އެއް މައުލޫއެއްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ މަކަރާއި ހީލަތް. ދެން އޮތީ ކުއްލި މަރާއި ހަރުކަށި ފިކުރާއި ޖިންސީ އަނިޔާގެ ވާހަކަތައް.
01 ޖެނުއަރީ 2022 - 07:55
ނޫހުގެ ލިޔުންތަކަށް 2021 ވަނަ އަހަރު ކިޔުންތެރިން އިޖާބަ ދީފައިވާ ގޮތުން މުޖުތަމައުގެ ހާލަތު ވަރަށް ސާފުކޮށް އަންގައިދެ އެވެ. މުޅި އަހަރު އެންމެ ގިނައިން ކިޔާފައިވާ ފަސް ލިޔުން އަދި މުޅި އަހަރު އެންމެ ބޮޑު ސަމާލުކަމެއް ލިބުނު މައުލޫތަކުން ވެސް ފެންނަނީ އެއް މަންޒަރެކެވެ.
މަރަކާއި ހީލަތާއި ކުއްލި މަރާއި ހަރުކަށި ފިކުރާއި ޖިންސީ އަނިޔާ އެވެ.
މުޅި އަހަރުތެރޭ ވެސް އެއް މައުލޫއެއްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނު އެއް ކަމަކީ މަކަރާއި ހީލަތެވެ. ނޫހުގެ ކިޔުންތެރިން ވަނީ މި މައުލޫގައި ހުރި ޚަބަރުތައް ވަރަށް ގިނައިން ކިޔައި އެތައް ސަތޭކަ ކޮމެންޓެއް ކޮށްފަ އެވެ.
މިއީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ހޭދަކުރި ދެ ވަނަ އަހަރަށް ވުމުން އެ ބައްޔަށް ސަމާލުކަން ކުޑަވެފައި އޮތްކަން ކިޔުންތެރިން ކޮވިޑްގެ ޚަބަރުތަކަށް ދިން ފިނި އިޖާބައިން އެނގެ އެވެ. އަނިޔާވެރި އަމަލުތަކާއި ކުއްލި މަރުތަކާއި ޖިންސީ އަނިޔާގެ ވާހަކަތަކުން ކިޔުންތެރިން ތިބީ އެހެން ކަމަކަށް ވިސްނުން އަނބުރާލެވޭ ގޮތަކަށް ނޫނެވެ.
މުޅި އަހަރު "މިހާރު" ގައި އެންމެ ގިނަ މީހުން ކިޔާފައިވާ އާޓިކަލް އަކީ ވެސް މަކަރާއި ހީލަތުގެ ފިތްކަނޑައިގެންދާ ވަރުގެ ވާހަކައެކެވެ. އެއީ "ސަމާލުވޭ، ފިތްކަނޑައިގެންދާ ވަރުގެ ސްކޭމެއް 10 ބުރީގެ ގެއެއްގައި!" އެވެ. މިއީ މާލޭގައި 10 ބުރިއަށް ހަދާފައި ހުރި ގެއެއްގެ އެޕާޓްމަންޓްތައް އެކި މީހުންނަށް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައި އެތައް ބަޔަކަށް ލަނޑު ލިބުނު ވާހަކަތައް މި ރިޕޯޓްގައި ގެނެސްދީފައިވެ އެވެ.
މި ރިޕޯޓަށް ފަހު މި މައްސަލައާ ގުޅުން ހުރި އެތައް ކަމެއް ހާމަވި އެވެ. އަދިވެސް މިއީ ކޮޅެއްމެދެއް ނޭނގޭ މައްސަލައެކެވެ.
މި މައުލޫގެ ކޮންމެ ލިޔުމަކީ ވެސް ނޫހުގައި އަދި ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެތައް މިލިއަން ފަހަރަކު ބަލާފައި ހުރި ލިޔުންތަކެވެ.
ކުއްލި އަދި ހިތްދަތި މަރުތަކުން އެތައް ބަޔަކު ރޮއްވާލި މި އަހަރު، އެފަދަ ހިތާމަތަކުގައި ނޫހުގެ ކިޔުންތެރިން ބައިވެރިވީ ވަރަށް ބޮޑަށެވެ. މީގެ ތެރެއިން ވެސް އެންމެ ގިނަ މީހުންގެ ސަމާލުކަން ލިބުނު އެއް ހާދިސާ އަކީ އަލަތު ދަރިފުޅު ވިހެއުމަށް ފަހު، ޒުވާން އަންހެނެއްގެ ހިތްދަތި ވަކިވުމެވެ.
ސަލްމާ ނަސީރު، 25، މަރުވީ އޭޑީކޭގައި ވިހެއުމަށް ފަހު ލޭ މަނާ ނުވެ ލޭ ހުސްވެގެންނެވެ. އެންމެ ބޭނުންވި ވަގުތު އަނބިމީހާ ވަކިވެގެން ދިއުމުން ހިތް ކުދިކުދިވި ފިރިމީހާ، އުމުރުން 29 އަހަރުގެ އިބްރާހިމް އަދުހަމް އިތުރަށް މާޔޫސްކޮށްލީ ލިބުނު ދަރިފުޅު ވެސް އޭނާގެ އަތުން ބީވެދާނެތީ އެވެ. އަދުހަމްގެ މި ހިތްދަތި ވާހަކަތައް ހިއްސާކުރި ރިޕޯޓަކީ މުޅި އަހަރު ވެސް ދެ ވަނަ އަށް އެންމެ ގިނައިން ކީ ލިޔުމެވެ.
ދެން އެންމެ ގިނައިން ކިޔާފައި ވަނީ ވެސް ސަލްމާގެ މަރުގެ ޚަބަރެވެ.
މުޅި އަހަރަށް ބަލާއިރު މިފަދަ ކުއްލި މަރުތައް ގިނަވެފައި އެ ޚަބަރުތަ ވެސް ވެފައި ވަނީ އެންމެ ގިނައިން ނޫހުން މީހުން ކިޔާފައިވާ ލިޔުންތަކުގެ ގޮތުގަ އެވެ.
މިފަދަ އަމަލުތަކުގެ ތެރެއިން އެންމެ ބޮޑު ކަމަކަށްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާ އެވެ. ނަޝީދު ވަރަށް ބޮޑަށް ޒަހަމްވި މި ހަމަލާއަށް މުޅި ގައުމުގެ ސަމާލުކަން ލިބުނެވެ.
ހަމަލާ ދިން ކަމުގެ ތުހުމަތުކުރެވޭ މީހުން ހޯދައި އެ މީހުންނާ ބެހޭ އެތައް މައުލޫމާތެއް ވަރަށް އަވަހަށް ހާމަވެގެން ދިޔަ އެވެ. ރާއްޖޭގައި ހަރުކަށި އަދި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ އެތައް ބަޔަކު ތިބިކަމާއި މިފަދަ މީހުން ވަރަށް މިނިވަންކަމާ އެކު އުޅެމުންދާކަން ވެސް މި ހަމަލާގެ ތަހުގީގުން ހާމަވި އެވެ. ނަޝީދަށް ދިން ހަމަލާއަށް ފަހު، ހަރުކަށި ފިކުރުގެ އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ.
މި އޮޕަރޭޝަންތަކުގައި ހަރުކަށި ފިކުރުގެ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް އެތައް ބައެއްގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ ވާހަކަތަކުން ލޭކެކިގެން ނުދާ ދުވަހެއް މަދެވެ. މި މުޑުދާރު އަމަލެއް އަލަށް ހާމަވާ ނުވަތަ އެފަދަ އަމަލެއްގެ ތަހުގީގާ ގުޅޭ މައުލޫމާތެއް ލިބޭ ކޮންމެ ދުވަހު ކަމުގެ ހަގީގަތް ހޯދަން ކިޔުންތެރިން ވަރަށް ބޮޑަށް ބޭނުންވެ އެވެ.
މިފަދަ ވާހަކަތަކުގެ ތެރެއިން އަހަރު ތެރޭ އެންމެ ގިނައިން ކިޔާފައި ވަނީ ގަލޮޅު ސްކޫލްގައި ކުޑަ އަންހެން ކުއްޖަކަށް ލިބުނު ޖިންސީ އަނިޔާގެ ވާހަކަ އެވެ.
ސްކޫލުން ގެޔަށް ދިޔައިރު ލިބިފައި ހުރި އަނިޔާއެއްގެ ހަގީގަތް ހޯދަން އާއިލާ އިން ކުރި މަސައްކަތާއި އެކަމުން ހާމަވި ނިޒާމީ އެކި މައްސަލަތަކުން އާންމުން ރުޅިގަދަވި އެވެ. މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެކެވެ.
މި ހާދިސާއާ ގުޅޭ، އެންމެ ގިނައިން ކިޔާފައިވާ ރިޕޯޓްގައި އޮތީ ކުއްޖާއަށް ލިބުނު ޖިންސީ އަނިޔާ އެނގުނު ހިސާބުން ފެށިގެން އެ ހިސާބަށް ކަން ހިނގި ގޮތެވެ.
މި ފަސް ލިޔުމަކީ މުޅި އަހަރަށް ބަލާއިރު ވެސް އެންމެ ގިނަ މީހުން ކިޔާފައިވާ ޚަބަރާއި ރިޕޯޓްތައް ނިސްބަތްވާ މައުލޫތަކެވެ. އަހަރު ނިމިގެން މި ދިޔައީ މި ހާސްކަމުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކ7
02 January 2022
މީ ކޮންތަނަކުން ޤައުމުގެ ޙާލަތު ވަޒަންކުރާލިއުމެއް. މިލިއުން އެގެނީ ޤައުމުގެ އެންމެ ނުރައްކާ ޙާލަތު ވަޅުލާފައި އެހެން ކަންތައް ތަކެއް ދައްކަން ކުރާ މަސައްކަތުގެ ޙާލަތު. ފަސްއަޅާ ޙަލަތަކީ ޤައުމު ދަރުވާލެވިފައިވާ މިންވަރު. އިންޑިޔާގެ ނުފޫޒު ސަރުކާރުގެ ތެރެއަށް ވަންވަރު. މަސްތުވާތަކެތި އެތެރެކުރާ މިންވަރު. ޢޭގެ ކުށްވެރިން ސޮއްޑުދަށު7ން މިނިވަން ކުރާވަރު.
ކައުންސެލަރު
01 January 2022
ވަރަށްކުރުކޮށް މިބުނަނީ، ތީގެ ތެރެއިން %99 ކަންކަން ވެފައި އޮންނަނީ ހައްގުތަކާ ހައްގު މިންވަރުތަކާ ހޯދައިދޭން ކިޔާމީހުންގެ އެއްވެސް އިޚްލާސްތެރިކަމެއްނެތްތާނގަ ގައުމު އިނދަ ޖައްސާ ރައްޔިތަކާ ރައްޔިތަކު ދޫކޮށް ފުރަފުރައިގެން ދިއުމުގެ ވިސްނުން ހުރީމަ. ގެޓް؟
ރައްޔިތު މީހާ ނިޔު ގެނެރޭށަން
01 January 2022
އެއްމެ ގިނައިން މީހުން ކިޔާފައިވާ ހަބަރު ތަކަކީ ގައުމެއްގެ ހާލަތު ބެލޭނެ އިންޑިކޭޓާ އެއް ނުން. ވަރަށް މާފާައެކު ދަންނަވަން އޮތީ، މި ލިޔުމުގައި ބަޔާން ކޮއްފައިވާ ކަމަކުން ގައުމުގެ ހާލަތެއް ރަމްޒެއް ނުކޮއްދޭ! ސިއްހީ ކަންކަން ، ބޯހިޔާވަހިކަން ފަދަ ހައްސާސް ކަންކަމެއް ބަޔާން ކޮައްފައެއް ނުވުމަކީ އޭގެ އަލިގަދަ ހެއްކެއް.
ޤަދްޤާމް
01 January 2022
ނިކަން ނުކުމެ ގައުމު ތެރެއައް ބަލާލަބަލަ. އޭރުން އިނގޭނެ ގައުމުގެ ހާލަތް. މަސްތުވާ އެކި ބާވަތުގެ ތަކެއްޗާ، ފަދައެއް ނެތި ތިއްބާ ޓަސްލާފަ ވަމުންދާ މުއްސަނދިކަމާއި، އެއްދޮރަކުންވެސް ނުވަދެ އެހަރަ ވާ ސަލާމަތާއި، އުޅަބޮށި ދަށުން ރާސްލާފަ އެހަރަ ދުއްވާ ގިނަގުނަ ވެހިކަލް ތަކާއި، އިންސީންގަނޑު ވެފަ މިތިބަ ކަންނެއްކަމާއި، މާއްދިއްޔަތަށް އެހަރަ ގެނބެމުންދާ ބޮޑުންނާއި މެދުންނާއި ކުޑައިން... އެހެންނު.
ކޮޮބާ
01 January 2022
ކޮބާ މަސްތުވާތަކެތީގެ މައްސަލަ. ޓަނުން އެތެރެކޮށް، ހިނދުން ހިނދަށް މިނިވަންވާ މައްސަލަ ނުވަނީތޯ ބޮޑުކަމަކަށް. ނޫނީ 2021 ގައި މީގެ ކަމެއް ނުހިނގަނީތޯ؟ ގާނޫނީ ބައިގަނޑުތައް ބޭނުންކޮށްގެން ނޫނީ ހަމަ ގަސްތުގައި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތައް ފަނުފުލުން ދުއްވާލި ހަަބަރުތަކަކީ 2021 ގެ ގަދަ 3 ގައި ހިމެނޭނެ ސުރުހީ. މި މައްސަލަ 5 ލިޔުމުގެ ތެރޭ ނެތީމާ އިންސާފުވެރިއެއް ނޫން.
ކޮރަލް
01 January 2022
އެންމެ ބޮޑަށްދެކެވޭ ވާހަކަ އަކީ އަދި އެކަމުގަ ހިމެނޭ ބަޔަކު މައްސަލަ ބަލާ އަވަހަށް ހުކުމް ކުރެވޭ މައްސަލަ އަކީ ޓެރަރިޒމްގެ މައްސަލަ ތަކެވެ. ދެން ހުރި ބޮޑެތި ކަންކަމަކީ ހުސްވާހަކަ އެވެ. މައްސަލަ ބަލާ ހުކުމެއް ނުކުރެވެ އެވެ. ތަހުގީގުނުނިމެނީ އެވެ. ނޫނީ ކޯޓުން ދޫކޮށްލަނީ އެވެ. އެއްވެސް ސަރުކާރަކަށް ޑްރަގް އަދި ބިދޭސީން ގެ މައްސަލަ ތަކުގަ ހައްލެއް ހޯދަ އެއް ނުދެވުނެ ވެ.
ޙޯނޭ
01 January 2022
އާނ ދޯ.. ދިވެހިން ގަމާރުކަންމަތީ އަބަދަށް.
ރަދީފު ބިން ރަފައިދާ
01 January 2022
ގައުމުގެ ހާލަތުގެވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ.