ޚަބަރު / އެންވަޔަރްމެންޓް މިނިސްޓްރީ

ފެނަކަ އިން ސޯލާ ޕެނަލް ހަރުކޮށްދޭ ބޮޑު މަޝްރޫއެއް ފަށައިފި

އައްޑޫ ސިޓީގެ މޫދުގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓަން ނިންމާފައިވާ ގޮތުގެ ކުރެހުމެއް: މިއީ ދުނިޔޭގެ ވެސް މީގެ އެންމެ ބޮޑު ނިޒާމް -- ފޮޓޯ: އެންވަޔަރަންމަންޓް މިނިސްޓްރީ

ގޭގައި އަވިން ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ހަރުކޮށްދިނުމުގެ ބޮޑު މަޝްރޫއެއް ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

"ހޯމް ސޯލާ" ޕްރޮގްރާމްގެ ދަށުން ދެ ކިލޯވޮޓް އާއި ފަސް ކިލޯވޮޓާ ދެމެދުގެ ސޯލާ ސިސްޓްމްތައް މާކެޓަށް ނެރެ، ގޭގައި ހަރުކޮށްދިނުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ކުރާނެ އެވެ.

އެ ކުންފުންޏާ މަޝްރޫއު ހަވާލު ކުރުމަށް މިއަދު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ ހަކަތައިގެ ސިޔާސަތަށް އިންގިލާބީ ބަދަލެއް ގެންނަންޖެހޭ ކަމަށާއި ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނާ މިއަދު ހޯމް ސޯލާ މަޝްރޫއު ހަވާލުކުރީ 20 މިލިއަން ރުފިޔާ ދައުލަތުން އިންވެސްޓުކުރާ ގޮތަށް ކަމަށާއި އެ ފަންޑުގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ބެހެއްޓުމަށް ހަރަދު ކުރުމަށް ފައިސާ ދޫކުރާނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

އެ މަޝްރޫއު ފަށަން ވެސް 1،000 ގޭގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރަން ހަރަދު ކުރަން ނިންމާފައިވާ ކަމަށާއި އޭގެ އަސަރު ރައްޔިތުންގެ ކަރަންޓު ބިލުން ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއީ ރައްޔިތުންގެ ކަރަންޓު ބިލް ކުޑަ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަން ފާހަގަކުރަން،" ޝައުނާ ވިދާޅުވި އެވެ.

ކަރަންޓު ބިލު ބޮޑުވުމަކީ އާންމު ރައްޔިތުންގެ ބޮޑު ކަންބޮޑުވުން ކަމަށާއި ކަރަންޓު ބިލު ކުޑަ ކުރުމަށް ސޯލާ ޕެނަލް ހަރުކުރުމަށް ޝައުނާ އެދިވަޑައިގަތެވެ. އޭގެ ސަބަބުން މިސާލަކަށް، މަހަކު 300 ޔުނިޓުގެ ކަރަންޓު ބޭނުން ކުރާ ގެއެއްގައި ދެ ކިލޯވޮޓުގެ ސޯލާ ސިސްޓަމެއް ހަރުކޮށްފި ނަމަ ބިލުން 90 ޕަސަންޓު ކުޑަ ވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު އޭސީ އާއި ދޮންނަ މެޝިނު ގަންނަ ފަދައިން ކޮންމެ ގެއެއްގެ ފުރާޅުގައި ސޯލާ ޕީވީ ހަރުކުރުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް އަދި ޑިމާންޑު ވެސް ކުރާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު އެކަނި ވެސް ތެޔޮ އެތެރެ ކުރުމަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި ރާއްޖެއަކީ އަވިންނާއި އިތުރު އިއާދަކުރެވޭނެ ހަކަތަ ބޭނުން ކުރެވޭނެ ގައުމަކަށް ވާއިރު ތެލަށް ބަރޯސާވާ މިންވަރު އެތައް ގުނައަކުން ކުޑަ ކުރެވޭނެ ކަމަށް ޝައުނާ ވިދާޅުވި އެވެ.

މި ސަރުކާރާ ހަވާލުވި އިރު އެކި ސަރަހައްދުތަކުގައި ގާއިމް ކޮށްފައި ވަނީ 16.5 މެގާވޮޓްގެ ސޯލާ ކަމަށާއި މިދިޔަ ތިން އަހަރު ތެރޭގައި އިތުރު 20 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި އިތުރު 26 ރަށެއްގައި 11 މެގަވޮޓް ސޯލާ ހަރުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށާއި 32.8 މެގަވޮޓްގެ ސޯލާ ސިސްޓަމް ގާއިމް ކުރަން ބީލަން މަރުހަލާގައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަމާޒަކީ 2023 ވަނަ އަހަރު ނިމޭއިރު 2018 ގައި ހުރި މިންވަރަށް ވުރެ 20 ޕަސަންޓު އިތުރަށް ރާއްޖެއިން އިއާދަކުރެނިވި ހަކަތަ އުފެއްދުން. މި އަމާޒާއެކު މަސައްކަތް ކުރަމުން މިދަނީ ރާއްޖެއަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަށް،" ޝައުނާ ވިދާޅުވި އެވެ.

ހޯމް ސޯލާ މަޝްރޫއުގެ ދަށުން ސޯލާ ސިސްޓަމް ހަރުކުރުމަށްޓަކައި އެ ގެޔެއް ނިސްބަތްވާ ރަށުގައި ހުންނަ ފެނަކަ ބްރާންޗަށް ހުށަހެޅުމުން އެކަމަށްޓަކައި ކުރަން ޖެހޭ ސާވޭތައް ފެނަކަގެ ޓެކްނިކަލް ޓީމުން ކުރާނެ އެވެ. އެ ގޭބިސީއެއްގެ ކަރަންޓު ބިލަށް އަރާ ވަރާއި، އެ ގެއެއްގެ ފުރާޅުގެ ފެންވަރަށް ބެލުމަށް ފަހު ސޯލާ ސިސްޓަމް ހަރު ކުރަން ފެނަކަ އިން ވަނީ ނިންމައިފަ އެވެ.

17 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 0%
icon angry icon angry 14%
icon wow icon wow 14%
icon inlove icon inlove 43%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުރާޅު

07 January 2022

ސޯލާ ކަރަންޓް އަދިވެސް ނިސްބަތުން ތެލަށްވުރެ އަގުބޮޑު. މޫދުގަ ބެހެއްޓީމަ މެއިންޓެނެންސް އަދި އެއްޗިހި ހަލާކުވެގެން ބަދަލުކުރަން ހޭދަކުރާ އެހެނިހެން ހަރަދުތައްވެސް މާބޮޑަށްވެސް އިތުރުވާނެ. ރާއްޖޭގެ ގެތަކުގެ ފުރާޅުން ޖާގަ ހުސްވީތަ؟

The name is already taken The name is available. Register?

މަސައްކަތްނުކުރެއޭ

07 January 2022

މުޅި ރާއްޖޭގައި މިހާތަނަށް ސަރުކާރުން 2008 އިން ފެށިގެން ޖެހި ސޯލަރ ޕެނަލްސް ތަކުގެ އަގު އެބަޖެހޭ 900 މިލިއަން ޑޮލަރާއި ގާތަށް މީ މުޅި ރާއްޖެތެރެއަށް ކަރަންޓް ލެވޭނެ ފައިސާ ސުމަކުން ފެށި ނަމަވެސް ނުވަތަ މާލެ އަށް ކަރަންޓް ދޭން ހިންމަފުށި ފަޅު ހިއްކާ އެފަޅުން ހުޅުމާލެ އަށް ބްރިޖަކުން ގުޅުވާލާ އަދި އެތަނުގައި ބޮޑު އިންޖީނުގެ އެއް އަޅައިގެން މުޅި މާލެ ސަރަހައްދަށް ކަަރަންޓް ދެވޭނެ ފައިސާއޭ 5 އަހަރު ނުވާ ޕެނަލްސް ތައް ވެސް ވަނީ ހަލާކުވެފައޭ

The name is already taken The name is available. Register?

ދިސްވޭއިން

07 January 2022

ހޯމް ސޯލަރ ޕެނަލްސް ތައް މާލޭގައި ވެސް ޖަހާފައި އެބަހުރި އޭގެ ސަބަބުން އިންޖީނުގެއިން އަންދާ ތެލުން އެންމެ ލީޓަރު ޑީސަލެއް ވެސް ސަލާމަތް ވެފައި ނެތޭ ސަބަބަކީ ގެއިން ގްރިޑަށް ކަރަންޓް ނުދެވޭނެއޭ އެއީ ތިއަރެޓިކަލީ އެކަން ވާނެ ކަމެއް ނޫނޭ ޕަންޕް ބަހައްޓާފައި ހުންނަނީ ވަޅު ކައިރީގައި ހުއްޓާ ގޭގައި ޕަންޕެއް ބަހައްޓާ ގެއިން ވަޅަށް ފެންދޭން އުޅުމުން އުފެދޭނީ ފްރިކްޝަންއޭ ކަރަންޓް ގައި އުފެދޭނީ ރެސިސްޓެންޓޭ މީގެ ސަބަބުން ލޮސްބޮޑުވުން ނޫން ކަމެއް ނުވާނެއޭ

The name is already taken The name is available. Register?

ސަމީރާޕ

08 January 2022

ރޯނު އެދުރުންވެސް އުޅެނީތާ!

The name is already taken The name is available. Register?

އަދޮަޮ

07 January 2022

އައްޑޫ ގެ އެތެރެވަރިޔަކީ މުޅި ރާއްޖޭގެވެސް އަތޮޅެއްގަ އޮތް އެންމް ކުޑަ އެތެރެވަރި.. ތިތަނަކީ އަހަރުމެން ކުރޫސްލައިނާޔެއް ގެނަޔަސް އޭތި އެންކަރުކޮއްލަން އޮތްކުޑަ ޖާގަކޮޅު.. ތިއުޅެނީ އެކަންވެސް ވިޔަނުދޭން..

The name is already taken The name is available. Register?

ބޮލި

07 January 2022

ބޭރު ގައުތަކުން ހިލޭ ހަދިޔާ ކުރާ ސޯލާ ޕެނަލްތައް ބޮޑު އަގުގައި ރައްފުށު ރައްޔިތުން ބޮލުގައި އަޅުވަން ޖަހާ މަޅިއެއް ޖަންނޭގެ. ކަރަންޓް ބިލް ކުޑަވާއުރު ސޯލާ ޕެނަލް އަށް ޗާޖު ކުރާޗަރު އެތައްގުނަ ބޮޑު ވެއްޖިއްޔާ އަދި މެއިންޓެނަސް ހަރަދު ބޮޑު ބަމަ ކޯޗަކަށްތޯ ވާނީ؟

The name is already taken The name is available. Register?

ނުވާނެއޭ

06 January 2022

ތިޔާއީ ސީދާ އެނަރޖީ މިނިސްޓްރީން ހިންގާ ބޮޑު ސްކޭމް އެކޭ ތިއިން ކަރަންޓް ބިލް ކުޑަ ނުވާނެއޭ...

The name is already taken The name is available. Register?

ހުސެން

06 January 2022

ސޯލާއެނާޖީ ސިސްޓަމްތަކެއް ހަރުކުރިޔަސް ނުފުދޭ، އޭގެ މެއިންޓަނެންސް ކަންކަން ރަނގަޅަށް ނުބެލެހެއްޓޭނަމަ އެކަންވެގެންދާނީ ބޮޑު އިސްރާފަކަށް، ބޮލުގަރިހުމަކަށް، ރައްޔިތުން މިކަމަށް ވިސްނާތި، ތެދެއް ސޯލާއިން ކަރަންޓުއުފެއްދުމުން ކަރަންޓުބިލު ކުޑަވާނެ، މީގެ އަހަރެއްކުރިން އަޅުގަނޑު އަމިއްލަޔަށް 3 ކިލޯވޮޓްގެ ސޯލާ އޮފްގުރިޑްސިސްޓަމެއް އިންސްޓޯލްކޮށް ބޭނުންކުރަމުންމިދަނީ، ކުރިން ބިލަށް -/2500ރ ވަރުއަރާ މިިހާރު -/150ރ

The name is already taken The name is available. Register?

1828

07 January 2022

3 ކިލޯވޮޓްގެ ސޯލާ އޮފްގުރިޑްސިސްޓަމެއް އިންސްޓޯލް ކުރުމަށް ކިހާ ވަރެއްގެ ޚަރަދެއް ހިނގި ތޯ؟

The name is already taken The name is available. Register?

1829

07 January 2022

260ވޮޓްގެ 12 ޕެނެލް 8000ގެ މަގުން ޖުމްލަ 96،000 ރުފިޔާ އެއީ ކޮމްޕްލީޓް އޮން ގުރިޑު ސެޓްއަޕް. އޭރުން 3 އަހަރުފަހުން ކަރަންޓް ހިލޭވީ. އޯފް ގުރިޑް ސިސްޓަމްގެ ބެޓެރީ ބޭންކް އަގުބޮޑުވާނެ.

The name is already taken The name is available. Register?

ހުސެން

07 January 2022

@ 1828 އިންސްޓޯލްކުރުމާއި ހުރިހާ މަސައްކަތެއް އަޅުގަނޑު އަމިއްލަޔަށް ކުރެވޭތީ އެކަންކަމަށް ހަރަދެއްނުދޭ! ސޯލަރޕެނަލްތަކާ، އިންވަރޓަރ، ބެޓެރީބޭންކް (600އެންޕިއަރު) އަދި ވައިރުކުރުމަށް ބޭނުންވާ ކޭބަލާއި ހުރިހާ ސާމާނަކަށް ހަރަދުވީ ގާތްގަނޑަކަށް -/45000ރ (ގިނައެއްޗެހި ޗައިނާއިން) ބެޓެރީ ނުހިމަނާ (އޮންގުރިޑުކޮށް) ހަދާނަމަ ގާތްގަނޑަކަށް -/25000ރ އިން މިވަރުގެ ސިސްޓަމެއް ނިންމާލެވޭނެ، ފެނަކައިން އަޅާދޭވާހަކަމިއޮތީ އޮންގުރިޑްކޮށް (ބެޓެރި ނުހިމަނާ)

The name is already taken The name is available. Register?

ވާންޗޯއް

06 January 2022

ދުވަސްކޮޅެެއްފަހުން އިވޭނެ ފުރާޅުގަހުރި ސޯލަާކޮޅު ވަގައް ނަގައިގެންގޮސް ވިއްކާލި ހަބަރު. ގައުމުގެ ޒުވާނުން ވަރައް ކުޅަދާނަވާނެ..

The name is already taken The name is available. Register?

ދަގުއި

06 January 2022

ތިޔަކަމަކީ ޢާއިލީ އާމްދަނީގެ ހާލި ބޮޑުކުރަން ކުރެވޭ ކަމެއް ތިޔާ ކަމުގެ ފަހަތުގައި ދެމެހެއްޓެނިވި އެއްވެސް ސިފަ އެއް ނެތް ތިޔަ ބަހެއްޓީމަ އެ ބެހެއްޓި މީހުންގެ ބިލަށް ސަރުކާރުން ފައިސާ ދައްކާނެ އެއްވެސް ރޭވުންތެރިކަމެއް ތިކަމުގަ ނެތް ދޯހޮޅި ކަމެއް ކަމަކީ

The name is already taken The name is available. Register?

ދުނިޔެކާނީ މަކަރާ ޖަހައިގެން

06 January 2022

ކޮން ބޮޑު މަޝްރޫޢު އެއްތޯ ތިޔައީ ނަށީދުގެ ބޭބެ ޝައުނާ މެދުވެރިކޮށް ހިންގާ ނިކަމެތި މަޝްރޫޢު އެއް ތިޔަ މަޝްރޫޢު އަށް ހޭނިފަ ހުރި ތަމްރީނު ދެވިފަ އެކަކުވެސް އެއްވެސް ރަށެއްގަ ނެތް ތި އެއްޗެއް ބަހައްޓާ ތާކު ބަހައްޓާފަ ހުރެ ހަލާކު ވީމަވެސް ސަރުކާރަށް އޮންނާނީ އެބަހައްޓާ މީހުންނަށް ފައިސާ ދޭން ޖެހިފަ ދެން އޮންނާނީ ސަރުކާރުން ލޯނު ފައިސާ ނަގާފަ އެދައްކަން ޖެހިފަ ތިޔައީ ގޭދޮށު މަސްފެކްޓަރީ ފަދައިން ޢާއިލާގެ އާމްދަނީ ފެކްޓަރީ ގަބުޅިކާނީ ހަކުރާޖަހައިގެން

The name is already taken The name is available. Register?

ނަޝީދު11111

07 January 2022

ބަލަ ތިއުޅެނީ ދުނިޔެ ފިތުނައާއި ލައިގެން ކާންތަ؟ ނަޝީދުގެ ބޭބެއަށް ބާވައިލެއްވި އެއްޗެއްތަ ސޮޅާ ހަކަތައަކީ؟ މިރާއްޖޭގައި ސޯލާ ކަރަންޓް ވިޔަފާރި ކުރަނީ ނަޝީދުގެ އާއިލާއިން އެކަނިތަ؟ ފުކެއްބޮޑުވަރު ތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454