ށ.ދޮނިޔަދޫ އެސްބީއައި އިން ވަނީ އެ ރިސޯޓު ވިއްކަން އިއުލާނުކޮށްފައި
18 ޖެނުއަރީ 2022 - 15:43
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި ލޯނެއް ނުދެއްކުމުން، އެ ބޭންކަށް ނަގާފައިވާ ށ. ދޮޅިޔަދު އާއި މ. ޑްރީމް ގަސްވެލި ރިސޯޓް ވިއްކާލަން މިއަދު އިއުލާނުކޮށްފި އެވެ.
ތްރީއޭ ކުންފުނިން ހިންގާ ދޮޅިޔަދު އަކީ 2019 ގައި ވެސް އެސްބީއައި އިން ވިއްކުމަށް އިއުލާންކުރި ރަށެވެ. އެ ފަހަރު އެ ރަށް ވިއްކަން އިއުލާންކުރީ 42 މިލިއަން ޑޮލަރު (659 މިލިއަން ރުފިޔާ) އަށެވެ.
އެސްބީއައި އިން މިއަދު ކުރި އިއުލާނުގައި، 100 އެނދުގެ ދޮޅިޔަދޫ ރިސޯޓް ވިއްކުމަށް ކަނޑައަޅާފައިވަނީ 33 މިލިއަން ޑޮލަރު (508 މިލިއަން ރުފިޔާ) އަށެވެ.
އެސްބީއައި އަށް ދޮޅިޔަދޫ ވިއްކައިލުމުގެ ހުއްދަ ލިބިފައިވަނީ 2016 ގައި ބީއޯސީން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ނުދެއްކުމުންނެވެ.
ދޮޅިޔަދޫ ރިސޯޓު ހަދަން ދޫކުރި ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އާއި ވީއޭ ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެ އެވެ.
ދޮޅިޔަދޫގެ އިތުރުން އެސްބީއައި އިން ވިއްކައިލަން ދެން އިއުލާނުކުރި ގަސްވެލި ރިސޯޓަކީ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ކުންފުންޏަކަށް ނަގާފައިވާ ދެ ލޯނަކަށް 35 މިލިއަން ޑޮލަރު (552 މިލިއަން ރުފިޔާ) ނުދެއްކުމުން އެ ބޭންކަށް ނެގި ރިސޯޓެކެވެ. މިހާރު އަވަހާރަވެފައިވާ މަނިކުގެ ގަސްވެލީގެ އިތުރުން ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހުއްދަ ވެސް ސިވިލް ކޯޓުން އެސްބީއައި އަށް ދީފައިވެ އެވެ.
މ. އަތޮޅުގައި އޮންނަ ގަސްވެލި ވިއްކާލުމަށް ކަނޑައަޅާފައި ވަނީ 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) އަށެވެ.
ގަސްވެއްޔާއި ދޮޅިޔަދޫ ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ބިޑް ޑިޕޮސިޓްގެ ގޮތުގައި 15،000 ޑޮލަރު ހުށަހަޅަން ޖެހޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރ
19 January 2022
ދުވަސްކޮޅަކުން ފެނިގެންދާނީ އޯޑިއޯން ބިމާއި، ނާދީބިމާއި ، އުތުރުތިލަފުށްޓާއި، ގުޅީފަޅާއި ވިލިމާލެވެސް ވިއްކާލާ މަންޒަރެވެ. އެމްޑީޕީ ސަރުކާރުން ރާއްޖެއަށް ގެނެސްދޭ ތަރައްޤީއަކީ މިއީތޯއެވެ؟
ަހާސިރު
20 January 2022
ކުރިސަރުކާރު ތަކުން ހާވާފަ ހުރިހަޑި ފިުވައިފީ އިންސާފު ލިބެނީ މިހާރު
ދެބަންދިހާރު 2.0
18 January 2022
"އެސްބީއައި އަށް ދޮޅިޔަދޫ ވިއްކައިލުމުގެ ހުއްދަ ލިބިފައިވަނީ 2016 ގައި ބީއޯސީން ދޮޅިޔަދޫ އިންވެސްޓްމަންޓަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) ނުދެއްކުމުންނެވެ." ބީއޯސީން ނެގި ލޯނެއް ނުދައްކައިގެން އެސްބީއައިއަށް އެތަންތަން ވިއްކުމުގެ ހުއްދަ ކޯޓުން ދިން ސަބަބަކާ ދޭތެރޭ މިހާރު މި ވިސްނަނީ ހުރިހާ ކަމެއް ހުއްޓާލާފަ.
ސާދާގަރު
18 January 2022
އިންޑިއާއިން ދަރަނިދަންތުރަ ޖަހައިގެން މިގޮތަށް އަތުލާފަވަނީ ރާއްޖޭގެ ކިތައް ރަށްތޯ، މީގެ ހައެއްކަމަސް ކުރިންވެސް ހަމަމިގޮތަށް ރަށެއް ޕަކަޅާކޮށްގެން ލޭންޑްގްރެބްކުރި. އެކަމަކު ނަންވަނީ ޗައިނާ.
ޙިނި
18 January 2022
ބޭންކު އިންޓަރަސްޓާ ދުރުވާންވީ. ތިޔަކާއިގެން ކިތައް ވިޔަފާރި ކިތައް މީހުންގެ ދިރިއުޅުން އެ ފެންޑެނީ. އެންމެފަހުން ރައްތައް ދާނީ ބޭރުމީހުންގެ އަތްދަށައް.
މެހި
19 January 2022
ބަލަ ކީއްކުރަން ތަ ލޯނު ނަގަނީ؟؟ އެނަގާއިރު ނޭންގޭތަ އެޔަށް އިންޓްރަސްޓު އަރާނެ ކަމެއް އެއީ ދައްކަން ޖެހޭ އެއްޗެއް ކަމެއް.....