އެޓާނީ ޖެނެރަލް ރިފްއަތު: ދޭންނުޖެހޭ ފައިސާތަކެއް ދޫކުރުމުގައި އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
23 ޖެނުއަރީ 2022 - 12:21
ވިމަސް ކުންފުންޏަށް ދޭން ނުޖެހޭ 1.7 މިލިއަން ރުފިޔާ ދައުލަތުން ދޫކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދަން ދައުވާކޮށް، އަދި އެ ފައިސާ ދޫކުރުމުގައި އިހުމާލުވި ފިނޭންސް މިނިސްޓްރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
ސުނާމީއާ ގުޅިގެން ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ސަރުކާރުން ހަވާލުލުކުރި މަޝްރޫއަށް ވިމަސް ކުންފުނިން ދޮންވެލި ފޯރުކޮށް ދިނުމުން ދައްކަން ޖެހޭ 72،500ރ. ނުދެއްކުމުން ޖޫރިމަނާއާ އެކު 1.8 މިލިއަން ރުފިޔާ ދައްކަން ގއ. ވިލިނގިލީ ކޯޓުން އެންގީ ދައުލަތުގެ މައްޗަށެވެ. އެ ނިންމުން ހައި ކޯޓުން ބާތިލް ކޮށްފައި ވަނިކޮށް، ފިނޭންސް މިނިސްޓްރީން ވިލިނގިލީ ކޯޓަށް އެ ފައިސާ ޖަމާކޮށްދިނެވެ. އަދި އިތުރު ހުކުމެއްގެ ދަށުން އެ ކޯޓުން ވަނީ އެ ފައިސާ ވިމަސް އަށް ދޫކޮށްފަ އެވެ.
ވިލިނގިލީ ކޯޓުން ފަހުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކުރުމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހައި ކޯޓުން ވަނީ ބާތިލްކޮށް އަދި އެ ފައިސާ ވިމަސް އަށް ދޭން ނުޖެހޭނެ ކަމަށް ނިންމައިފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ވިމަސް އަށް ދޫކުރި އެ ފައިސާ ހައި ކޯޓުގެ ހުކުމާ ގުޅިގެން އަނބުރާ ހޯދުމަށްޓަކައި ސިވިލް ކޯޓުގައި އެ ކުންފުނީގެ މައްޗަށް ދައުވާ ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދޫކުރުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން މުވައްޒަފަކު އިހުމާލުވި ނަމަ އެ މީހަކަށް ފިޔަވަޅު އަޅަން ވެސް އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ފައިސާ ދޫކުރުމުގައި އިހުމާލުވި މުވައްޒަފަށް ފިޔަވަޅު އަޅަން އެޓާނީ ޖެނެރަލްގެ އޮފީހުން އެންގިއިރު، ހައި ކޯޓުގެ ހުކުމުގައި ވެސް ބުނެފައިވަނީ ފައިސާ ދޭން ކުރި އަމުރު އެ ކޯޓުން ކުރިން ބާތިލް ކޮށްފައި ވަނިކޮށް އެ ފައިސާ ދޫކުރުމުގައި ދައުލަތުގެ ފަރާތުން އިހުމާލުވި މުވައްޒަފުންނަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
23 January 2022
މަތިން ތިރިއަށް ފިޔަވަޅު އަޅަންވާނީ. އެންމެ ފުރަތަމަ ހުއްދަ ދިން މީހާ، ފައިސާ ދޫކުރި މުވައްޒަފުން. ގާނޫނާއި ޚިލާފްކަން ކަނޑައެޅިގެން އިގޭއިރު މުވައްޒަފުން ތަބާ ވެގެން ނުވާނެ
ރަޝީދު
23 January 2022
ﷲ އަކުބަރު މިތިބިބަ ނުބައި ބަޔެއްދޯ ލަދެއް ނުގަނޭތަ ރައްޔިތުންގެ ލާރިކޮޅު ދިރުވާލާކައް.
ހާމިދު ޝާޙިދު
23 January 2022
މިފަހަރު މުވައްޒަފު މި ގޯސްވީ. ތިވިދާޅުވާ ފައިސާ މިހާރު ބަހާ ނިންމައިފި. ދެނެއް ތިއެއް ރިކަވަރ އެއް ނުކުރެވޭނެ. ޤާނޫނީ ހަމަތަކުގެ ތެރެއިން އެކުންފުންޏަށް ދައުލަތުން ދައްކަން ޖެހޭ ބަދަލެއް އެއީ. ބަދަލު ދިނުމާއެކު، މުސާރަވެރިންނަށް މުސާރަދީ އެހެނިހެން ކަންކަން ކޮށް ނިންމާލައިފި.
ޖުހާނާ
23 January 2022
މިކަލޭގެ މިއީ ބަދަލުދެނީއޭ ކިޔާފައި، މިކަލޭގެއަށް ބައި އެޅޭގޮތަށް ދައުލަތުގެ ފައިސާ އެކި ފަރާތްތަކަށް ދޫކުރުމަށް އެއްބަސްވެ، ފައިސާ ދޫކުރުމުގައި ބައިވެރިވާ އެކަކު. މިއީ ފުރަތަމަ ހައްޔަރުކުރަންވީ މީހާ. އޭސީސީން މިކަލޭގެއާ ބެހޭ މައްސަލައެއް ބަލަންވެގެން އެތަނަށް ހާޒިރުކުރަން ޗިޓް ފޮނުވީމަޔޯ އެމްޑީޕީ މެންބަރުންނާ ގުޅިގެން އޭސީސީގެ މެންބަރުން ބޭރުކޮށްލީ.
ބަކުންބޭ
23 January 2022
ޖޫރިމަނާއޭ ކިޔައިގެން ދައުލަތުން ފޭރުން ހުއްޓުމަކަށް ގެންނަން ވެއްޖެ ނޫންތޯ؟
އަލި
23 January 2022
ެއެމް އެމް ޕީޢާރސީ މައްސަލަ އޭޖީން ނުބެލިގެން އުޅެނީ ކީއަވެތަ. އެކަން ދައުލަތުން އޮއްބާލީތަ
ރަދީފްއޮފިޝިއަލް
23 January 2022
ވަގު ވައްކަން.މި ޒަމާނުގަ ވައްކަން ކުރަނީ ވަރަށް ރީތިކޮށް.