ގދ. ތިނަދޫގައި އަޅާ ފްލެޓްތަކުގެ މަސައްކަތް ނިމިފައި: މި ފްލެޓްތަކަށް 850 މީހުން ވަނީ ކުރިމަތިލާފައި
18 ޑިސެމްބަރ 2016 - 11:26
ގދ. ތިނަދޫގައި އިމާރާތް ކުރި 120 ފްލެޓްގެ މަސައްކަތް ނިންމާލައިފި އެވެ.
ތިން ކޮޓަރީގެ އެ ފްލެޓްތަކަށް ކުރިމަތިލުމުގެ ފުރުސަތު، މިދިޔަ ޖޫން މަހު ހަމަވި އިރު 850 މީހުން ވަނީ ފްލެޓަށް ކުރިމަތިލައިފަ އެވެ.
ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވީ ފްލެޓްތަކުގެ މަސައްކަތް އެއްކޮށްހެން ނިމިފައިވާއިރު މިހާރު ކުރިއަށް ދަނީ ބިންގަނޑު ލެވެލްކޮށް، އެ ސަރަހައްދު ރީތިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތް ނިމުނުހާ އަވަހަކަށް، ފްލެޓްތައް މީހުންނާ ހަވާލު ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށް ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން މިހާރު ވެސް އަންނަނީ ފްލެޓަށް ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް އިވެލުއޭޓް ކުރަމުންނެވެ.
ތިނަދޫގައި އަޅާ ފްލެޓްތަކުގެ ތެރެއިން 25 ފްލެޓް ދިނުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރު މީހުންނަށެވެ.
ސައުދު ވިދާޅުވީ އެ ފްލެޓަށް 250 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އަދި ރަށުގެ މީހުންނަށް ދޫކުރާ 80 ފްލެޓަށް 650 މީހުން ކުރިމަތިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބާކީ 15 ފްލެޓް ވިއްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ފްލެޓަށް ފައިސާ ދައްކަން ޖެހެނީ 20 އަހަރަށް ބަހާލައިގެން މަހަކު 3،000 ރުފިޔާގެ މަގުންނެވެ. ޑައުންޕޭމަންޓު ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާސިހު
28 December 2016
ސައުދު އަލީ ސައިޒް ވެއްޖެ ދޯ! ރައީސް ޔާމިންގެ ސަރުކާރުން ތިނަދޫ ތަރައްގީ ކޮއްފި؛؛ އަހަރުން ނަމަ ލަދުވެސް ގަންނާނެ ތިވާހަކަ ދައްކަންވެސް. ފޮލެޓް ތަކައް މީހުންނައް ލިބުނު މާކްސް ކިޔާދިނީމަ ދެން ހޮވޭތަ ކައުންސިލައް. ތި އޮތީ އެމްޑީޕީ ޕްރައިމަރީން ބޭރު ކޮއްފަ...............
މޫސާ އަބުދުﷲ
19 December 2016
ކިހާ ދެރަކަމެއް ވަކިމީހެއްގެ ވަކިބައެއްގެ ކުލައެއް ނޯންނާނެ މިއީ 2016 ތަންކޮޅެއް ތަރައްގީވެބަލަ ލަދުން ބޯހަލާކު..
ައާޒިމް
28 December 2016
ޝުކުރިއްޔާ ރައީސް ޔާމިން
ރ ބެއްޔާ
18 December 2016
ޝުކުރިއްޔާ ސަރުކާރު ރާއިސް ޔާމީން
ފޮށިރޭސް
18 December 2016
މުޅި ގާފު އަލިފު އަދި ގާފު ދާލު ޕިންކް ކުލައިން ޖަރީ ކުރަންވީ އެވެ. އެގޮތުން ފްލެޓްގެ ކުލަ އެއްކޮށް ޕިންކް ކުލަ އަށް އަދި ހުރިހާ މަސް ދޯނި ތައްް އެއްކޮށް ޕިންކް ކުލައަށް އަދި މަސްވެރިންނަށް ވިއްކާ ފްލޭކް އައިސް ވެސް ހުންނަންވީ ޕިންކް ކުލައިންނެވެ. އެއީ އޭގައި މަމެން ނަށް ވަރަށް ބޮޑު އެއްޗެއް ކުރިމަތި ވަމުން އަންނަ ފޮށި ކައިރިއަށް ދުވާ ރޭހުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެކެވެ.
ރައުހަތު
28 December 2016
މުޅި ތިނަދޫ ކީއްކުރަން މުޅި ރާއްޖެއިން ވެސް ފެންނާނީ ޕިންކް.
ބަދަލުކުރޭ
18 December 2016
ތަމެން ހައުސިންގް މިނިސްޓްރީގައި ތިބި ބޮޑުންނަށް ހަމަ ނޭގެނީތީ މި ފްލެޓްސް ތަކުގެ ފުރާޅުގައި ރަތް ކުލައިގެ ޓިނު ޖަހާ އަދި ރަތް ކުލައިގެ ދަވާދު ތިލަނީ އެމެން ޖޭޕީގެ ކުލަ ކަން. މަމެން ނަށް ވަރަށް ބޮޑަށް ސުވާލު އުފެދިއްޖެ ތަމެން ތީ ޕިންކް ކުދިންނާއި މެދު އިނގޭ. މިހާރުން މިހާރަށް މުޅި އިމާރާތުގެ ހުރިހާ ތަނެއްގެ ކުލަ ބަދަލު ކުރެވެން އޮތް ނަަމަ ކުރަންވީ ޕިންކް ކުލަ އެއް. ދެން މީގައި މާ ގިނަ ބަހަނާ ދައްކައިގެން ނުވާނެއެވެ. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.
އަހްމަދު އިލްހާމް
18 December 2016
މިދިޔަ ޖޫންމަހު ފޯމްލުމުގެ ސުންގަޑި ހަމަވިއިރު، ފޯމްލާފައިވާ ބައެއް ފަރާތްތަކަށް ހައުސިންގ މިނިސްޓްރީގެ ބޭފުޅުން ގުޅައިގެން މިވެނި އެވެނި ސިޓީއެއް ލާށޭ ބުނަން ޖެހެނީ ކޮން ހައިސިއްޔަތަކުންތޯ؟ އެއީ ޕާޓީ މީހުން ކަމުގައިވާތީ އެމީހުންނަށް ފްލެޓް ދޭންޖެހޭތީ ލިޔެކިޔުންތައް ފުރިހަމަ ކުރުވަނީތޯ؟ އެހެންނޫންނަމަ ފުރުސަތު ލިބި ޝަރުތު ފުރިހަމަނުކޮށް ފޯމްލުމަކީ ކާކުގެ މައްސަލައެއްބާ؟ އެ ފޯމްތައް ބަލައިގަންނަން ޖެހެނީ ކީއްވެބާ؟
މުހައިމިން
28 December 2016
ޝުކުރިއްޔާ ރައީސް ޔާމިން
އަބްދުއްލާ އަލީ
18 December 2016
އާބާދީ އެއްފަސް ކުރުމުގެ މަސްރޫއަށް ބަލާ އިރު މިއީ މުހިންމު މަސްރޫއެއް ބޭނުންވަނީ ފްލެޓް ތަކެއް ނަމުގަ ހެދުމެއްނޫން ފެންވަރު ރަނގަޅުކޮށް ފްލެޓްގެ ކޮންކްކީޓް ހެދިފާ ހުރުމާއެކު ޒަމާނީ ފެންވަރު ރަނގަޅު ފިނީސިން ކޮޓަރިތަކެއް ފާހާނާ އެކު ހުރުން މުހިންމު. ވަކި ރަށަކަށް ނިސްބަތް ކުރުމަކާ ނުލާ ނުވަތަ ހުވަދު އަތޮޅުން އާބާދީ ހުސްކުރަން ބޭނުންވާ ރަށްރަށަސޤ ހުޅުވާލައިގެން ފްލެޓް ހަދާ އެފްލެޓް ތައްލިބޭފަރާތްތަކަށް ތިނަދޫއަށް ހިޖްރަ ކުރުމުން އާމްދަނީ ލިބޭނެ މަގެއް ދަވްލަތުން ގާއިމު ކޮށް ދީފިނަމަ މުސްތަގުބަލުގާ ތިނަދޫއަށާ ދަވްލަތަށްވެސް ފައިދާ ކުރަނިވި މަސްރޫއަކަށް ތިނަދޫ ފްލެޓް ވެގެން ދާނެ. މިހާރުވެސް ނިކުމެގެން އުޅޭ މައްސަލަ އަކީ ފުރަތަމަ ފްލެޓް އިމާރާތް ބިން ނެތް ރަށެއްގާ ގްރައުންޑް ފްލޯ އިމާރާތް ތަކެއްގެ ގޮތުހާ ހެދުނުކަން . މިއީ ވިސްނުމެއްނެތި ކުރެވިފައިވާކަމެއް.
ދި ޓްރޫތު
18 December 2016
މީ ފްލެޓް ދޮންބެގެ މަސައްކަތް. ރައީސް ޔާމީން ޕިންކް ރެބަން ކަނޑުވައިދެއްވުން އަވަސް ކޮށްދެއްވުންއެދެން. އަދި ހއ.ދިއްދޫ އާއި ކުޅުދުއްފުށީ ފްލެޓްތައް ނުދެވި ވީރާނާވާން ފަށައިފި. ސިޔާސީ ފައިދާ ހޯދެއްވުމަށް ލަސްނުކޮށް ފްލެޓް އޭގެ ހައްގުވެރިންނާއި ހަވާލުކޮށްދެއްވުން އެދެމެވެ.
ދިސްވޭ
18 December 2016
ތިނަދޫ ފްލެޓްސް ތައް ނިމުނަސް ތިފްލެޓް ހިފާނެ ބަޔަކު އެބަތިބި ތޯ ތިރަށުގައި. ތީ ބޮޑަށް ބެލެވޭނީ ބޭކާރު އިންވެސްޓްމަންޓްްސް ތަކަށެވެ. ތި ފްލެޓްސް ތައް ތިނަދޫން ގޯތި ބޭނުން ވެގެން އުޅޭ މީހުން ނަށް ހުޅުމާލޭގައި އަޅާ ދިން ނަމަ ތީގެއިން ދިވެހި ދައުލަތަށް ވެސް އަދި ގައުމަށް ވެސް ފައިދާ އެއް ކުރާނީ.
ޙަސަން އަޙްމަދު
20 December 2016
ޚަބަރު އެކަށް ކީންތަ؟ ފްލެޓް ގެ އަދަދަށް ވުރެ ކުރިމަތި ލީ މީހުންގެ އަދަދު ގިނަ. ރަށުން ބޭރު 25 ފްލެޓަށް ވެސް 200 އަށް ވުރެ ގިނަ މީހުން އެބޮތް ލައިފަ. ތިބޭފުޅާ ނިސްބަތްވާ ރަށަކީ ފަޅު ސަރަހައްދެއްގައި އޮތް ރަށަކަށް ވިޔަސް ދިރުން ހުރި ސަރަހައްދުތައް ރާއްޖޭގަ އެބަހަރި.
ނުވާނެ
18 December 2016
ރަށްފުށުގައި ފްލެޓް އަޅައިގެން ފްލެޓް ކުއްޔަށް ދިނަސް ތި މީހުން ފްލެޓްސް ތަކުގެ ކުލި ވެސް ނުދައްކާނެއެވެ. ތީ ރަށްފުށެއް ނޫން. ނޯރެގިއުލޭޝަން ނޯ ލޯ ކޭން ބީ އެޕްލައިޑް ޓު ދެމް.