15 ފެބުރުއަރީ 2022 - 13:05
އަފްގާނިސްތާނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަމަށް ލުޔެއް ދިނުމުގެ ގޮތުން އިންޑިއާ އިން ހަދިޔާކުރާ ގޮދަން، އަފްގާނިސްތާނަށް ގެންދިއުމުގައި ޕާކިސްތާނުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ޕާކިސްތާނުން ދީފި އެވެ.
އިންޑިއާ އިން އަފްގާނިސްތާނަށް ހަދިޔާކުރަން ނިންމީ 50 ހާސް ޓަނުގެ ގޮދަނެވެ. މި ތަކެތި އެއްގަމު މަގުން އަފްގާނިސްތާނަށް ގެންދިއުމުގައި ޕާކިސްތާނުގެ ސަރަހައްދު ބޭނުންކުރުމަށް އެ ގައުމުން ހުއްދަ ދިނީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިންޑިއާ ސަރުކާރުން އެކަމަށް އެދުމުންނެވެ.
India and WFP sign landmark agreement today. @WFP thanks @indiainitaly and @MEAIndia for the generous contribution of wheat in support of the people of Afghanistan facing severe food shortages. pic.twitter.com/Aox7hohvhR
— WFP Govt Partners (@WFPGovts) February 11, 2022
ޕާކިސްތާނު ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ އިން ދޭ ގޮދަންތައް ބަލައި އެ ގައުމަށް ދާނީ އަފްގާނިސްތާނުގެ ލޮރީތަކެވެ. އެ ލޮރީތައް އިންޑިއާ އަށް ގޮސް ގޮދަން ބަރުކޮށްގެން ޕާކިސްތާނުގެ ވަގާހް ބޯޑަރު ހުރަސްކޮށް ޕާކިސްތާނުގެ ތެރެއިން ލާފައި ދަތުރުކުރާނީ އަފްގާނިސްތާނުގެ އިރުމަތީ ސަހަރެއް ކަމަށްވާ ޖަލާލް އާބާދަށެވެ.
އިންޑިއާ ސަރުކާރުން ބުނާ ގޮތުގައި އިންޑިއާ އާއި ޕާކިސްތާނު ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ އައްޓާރީ އަވަށުން ގޮދަން ބަރުކުރާ ލޮރީތަކުގެ ފުރަތަމަ ގާފިލާ އަފްގާނިސްތާނަށް ދިއުމަށް ފުރާނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އިންޑިއާ އިން އަފްގާނިސްތާނަށް ހަދިޔާކުރާ ގޮދަންތަކާ ހަވާލުވަނީ، އަފްގާނިސްތާނުގެ ޖަލާލް އާބާދުގައި ތިބޭ އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމްގެ މުވައްޒަފުންނެވެ.
އަފްގާނިސްތާނުގެ ރައްޔިތުންނަށް ގޮދަން ބެހުމުގެ މަސައްކަތް ކުރާނީ އެ އިދާރާގެ ފަރާތުންނެވެ. މި މަސައްކަތް އދ.ގެ ކާނާއާ ބެހޭ ޕްރޮގްރާމާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިންޑިއާ ސަރުކާރާއި އެ އިދާރާއާ ދެމެދު ސޮއިކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Yes
15 February 2022
ޕާކިސްތާން އިންޑިއާ ރަނގަޅު ގުޅުމެެއް. ރާއްޖެ ގޯސް ވަނީ މިހާރު
ހސ01ހނ
15 February 2022
ޝުކުރިއްޔާ އިންޑިޔާ.