ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް ކައިރީގެ މަގުތަކުގައި ތާރު އަޅައި 15 ދުވަހުގެ ތެރޭގައި ނިމޭނެ: އެޗްޑީސީ

ހިޔާ ފްލެޓްތައް ކައިރީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްކުރަނީ-- ފޮޓޯ: އެޗްޑީީސީ

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ނިންމާލައި މަގުތައް އާންމުންނަށް ހުޅުވައިލާނެ ކަަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

ހުޅުމާލޭ ބަލަހައްޓާ އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގެ މަގުހެދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.

"ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ހިޔާ ސަރަޙައްދުގެ ހުރިހާ މަގެއްގައި ތާރުއަޅައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މަގު ހުޅުވައިލެވޭނެ،" އެޗްޑީސީން ކުރި ޓްވީޓެއްގައި ވެ އެވެ.

ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް ނިންމަން ފުރަތަމަ އަމާޒު ހިފީ މިދިޔަ އަހަރުގެ ނޮވެމްބަރަށެވެ. އެކަމަކު، އެ ތާރީހަށް ވެސް މަސައްކަތް ނުނިމި ވަކި ހިސާބަކުން ހުއްޓުނެވެ.

އިންޑިއާގެ ކުންފުންޏަކާ ހަވާލު ކޮށްގެން ބައެއް މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއިރު ބައެއް މަގުތަކުގެ ފަސްގަނޑު އެއްވަރުނުކޮށް ހުރުމާއި އެކި ތަންތަނުގައި ފަސް ފުނިތައް ޖަހާފައި ހުރުމުން ވައިގަދަވުމުން ހިރަފުހާއި ވެލި، ވަޔާ އެކީ މުޅި ސަރަހައްދުގައި "އުދުހޭތީ" ޝަކުވާ ބޮޑުވި އެވެ.

އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ މަގުތަކުގެ މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކާ ހެދި އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއް އަދި ދޭއްގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑު އިސްކަމެއް ދެނީ ހިޔާ ފްލެޓްތައް ކައިރީގެ މަގުތައް ނިންމުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

18 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

120687

22 February 2022

ސަރުކާރުން މުސާރަޔަށް މީހަކު ހިފާފަ ހުރީތަ ޑިސްލައިކްކުރަން. އެހެން އެބަ ހީވޭ. ކޮންމެ ކޮމެންޓަކަށް ހެން އެބައޮތް އެއް ޑިސްލައިކް ދީފައި މަދު ކޮމެންޓެއް ފިޔަވައި. ހެވޭ. ހަމަ ސްލޯވް. ރަސްރަސްކަލުންނާއި ވެރިންނަށް އެމީހުންގެ ވެރިކަމުގެ މައިގަނޑު ސިފަޔާ ގުޅުވައި ލަގަބު ދެވޭ. މިސާލަކަށް: އެލެކްޒޭންޑަރ ދި ގްރޭޓް ތައިމޫރު ދި ލޭމް އައިވަން ދި ޓެރިބަލް ސޮލަމަން ދި ކޮންކުއަރާރ އެހެންވެ، ސްލޯލިހު ދި ފިނިހަކަ

The name is already taken The name is available. Register?

09864

22 February 2022

ހަމައެގޮތަށް ވަގުބަންޑާރައިންނޭ ވެސް ކިޔޭނެ

The name is already taken The name is available. Register?

ާއުނިމާ

21 February 2022

ނިކަން ކޮންމެވެސް ކުއްޖަކު ކިނބިދޫ ވޭމަންޑޫ ބުރިޖުގެ ޚަބަރެެއްވެސް...

The name is already taken The name is available. Register?

ކޮރަލް

21 February 2022

ތިޔައީ މީގެ ދެއަހަރު ކުރީން ނިމިފަ ހުންނަން ޖެހޭ މަސައްކަތެކެވެ. އެތައް ހާސް ބަޔަކު ދިރިއުޅޭ ފްލެޓް ތަކެއްގެ ވަށައިގެން ހުރި މަގުތައް ތިޔަ ހުރީ ނުހަދަ އެވެ. އެކަމު ކުލި ނަގަން ފައި ވިއްދާ ފަ އެވެ. އެޗްޑީސީ އަށް ފައިދާ ނުވާނަމަ އެކަމެއް ކުރުމަށް ކޮންމެ ފަހަރަކު މުޒާހަރާ ކޮށް އަޑު ގަދަ ކުރަން ޖެހެ އެވެ.

The name is already taken The name is available. Register?

ޢަޗިޑިސި

21 February 2022

ތާޜޭ ތާރޭ ކިޔާތާ ހަތަރުމަސް ފަހުން ތިަޔަކަން ތިޔަ ފެށުނީ. 15 ދުވަސް އަހަރުން.މިތިބީ ގުނަން. މިޓަވަރުގެ ކޮމަންއޭރިއާގަ އެއްވެސް އަލިކަމެއް ނުހުންނަތާ ހަފްތާއެއް ވާނެ.މާދަމާއަށް. ތިޔަބުނާ އެޗްޑީސީއަކަށް ގުޅާ މެސެޖުކުރާތާ 3 ވަނަ ދުވަސް.މީ. އަދި ހަމަ.ހިލާ ހަބަރެއްނުވޭ. ތިޔަކަން ބަލަނީ ބަލާނެ ކިޔާލަކިޔާލަ.ތިބެނީ.

The name is already taken The name is available. Register?

ކިޑިކީ

21 February 2022

ހުޅުމާލެއިން ހައިވޭއަށް ނިކުންނަ ދިމާލުގަ އިންޓަނޭޝަނަލް ހެލްމެޓް އެރީނާއެއްވެސް އަވަހަށް ހެދުން ވަރަށް މުހިންމު، މިހާރު މަގުމަތީ މަޑުކޮށްގެން އަވީގަތިބެ ގިނަމީހުން ހެލްމެޓް އަޅަނީ.

The name is already taken The name is available. Register?

120687

21 February 2022

ތިޔަ ބުނާ 15 ދުވަސް އައިސް ގޮސް ނިމޭ އިރުވެސް ނޭނގޭނެ. ތިޔަ ބުނާ 15 ދުވަސް ގުނަން އެންމެ ރަނގަޅު ވާނީ، ވަގުތު ކަށީގެ ހުކުމު ނުހިނގާ، ޖައްވުގެ ފުނުން ފެންނަ ކަހަލަ 'ކަޅުލޯވަޅު' (ބުލްކުހޯލް) އެއްގެ 'ތުންފަތް' (އިވެންޓް ހޮރައިޒަން) މަތީގަައި ތިބިގެން ތޯއްޗެއް. އެހެން ނޫނީ ނިމެނޭނީ ތިޔަ ބުނާ 15 ދުވަސް ނޫނީ، އެ ގުނަން ތިބޭ މީހުން. މަގެއް ހަމަ ހީނުވޭ ނިމޭނެ ހެންނެއް. ނިމުކަމެއް ނެތި މި ނިމޭ ފުރަތަމަ ސަރުކާރު ކަމަށް ވާނެ ސްލޯލިހުގެ ސަރުކާރު. ވ ވ ވެދުން

The name is already taken The name is available. Register?

މުލޭ

21 February 2022

2023 އަންނަންދެން މަޑުކޮށްލަން ފެނޭ.

The name is already taken The name is available. Register?

ކުރީގެބަތަލާ ސަކީނާ

21 February 2022

ކުޅުދުއްފުށި ސިޓީގެ ފުލެޓުތަކުގެ މަގުތައް ހަދާނެކަމެއްނެތް، ހިރަފުސްގަނޑަށް ރައްޔިތުން ހޭނިފަތިއްބާ ކުއްލިއަކަށް ތާރުއަޅައިގެން މަގުހަދައިފިއްޔާ ބަލިމަޑުކަމެއްވެސް ފެތުރިދާނެހެން ހީވަނީ.

The name is already taken The name is available. Register?

ހަނުހުންނަ މީހާ1

21 February 2022

އައްޑޫ ފުލެޓްތައް ކައިރީ ތާރު އަޅާދުވަހެއް ސާފުކޮށްދީބަލަ. އައްޑޫ ފުލެޓްތަކުގަވެސް ކުޑަރަށެއްގެ ރައްޔިތުންނަށްވުރެ ގިނަ މީހުން ދިރިއުޅޭ.

The name is already taken The name is available. Register?

ބާރަށް

21 February 2022

ޢެޗްޑީސީން ބުނަނީ މަގުތައް ހެދުން ކުރިޔަށްދަނީ ވަރަށް ބާރަށޯ!! ޙީހީ ހަލާކުވާ ވަރުވޭ. ތިހާބާރަށް ތިމަސައްކަތް ކުރިޔަށް ގެންދާތީ ދޯ 4 އަހަރު ވީއިރު 1 ކިލޯމީޓަރުގެ މަގެއް ހަދާނުލެވުނީ. ނޮވެމްބަރުމަސް ވެސް ދިޔައީ. ދެން ބުނި ޖެނުއަރީވެސް ގޮސްސި. ފެބްރުއަރީ މަސް ވެސް ނިމެނީ. މިހާރު ތިބުނަނީ މާޗް މަހުގައި ނިމޭނެކަމަށް. ޢިންޑިޔާ މީހުންގެ ސްޕީޑުގައި އަދި ތިކަން ނިންމަން 6 މަސްްވަރު ނަގާނެ ކަން ޔަގީން.

The name is already taken The name is available. Register?

ޗޫޖާ

21 February 2022

ރަނގަޅަށް ފިޔާމިރުން އަޅައިގެން ދެބިހުގެ ބިސްގަނޑެއް އަޅައިގެން ކާލަބަލަ. ޢޭރުން ހަޖަމު ވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454