ޚަބަރު / އަހުމަދިއްޔާ ސްކޫލް

އަހުމަދިއްޔާގެ އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދިނުން: ރައީސް

އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ އުފަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

ފާއިތުވި 40 އަހަރުގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް ބިނާކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި އަހުމަދިއްޔާ އިން ހޯދާފައި ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ކަމަށެވެ.

އޭގެ ތެރެއިން ވެސް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި، އެންމެ ބޮޑު ކާމިޔާބަކީ ގައުމަށް ބޭނުންތެރި ދަރިންތަކެއް އެ ސްކޫލުން ބިނާކޮށްދީފައިވުން ކަމަށް ވިދާޅުވި އެވެ.

"މި ސްކޫލުން ތައުލީމު ހާސިލު ކުރެއްވި ދަރިވަރުން ރައްޔިތުންގެ މަޖިލީހުގައި އަދި ދައުލަތުގެ މަގާމުތަކުގައި ވެސް އެބަތިއްބެވި. އެ ކުދިން ބިނާކުރުމުގައި އުޅުއްވި ގިނަ ބޭފުޅުން މި ތަނުން [ޖަލްސާ] އިން މިރޭ ފެންނަން އެބަތިއްބެވި. ސަރުކާރުގެ ނަމުގައި އިހުލާސްތެރި ޝުކުރު ދަންނަވަން އެ ބޭފުޅުންނަށް،" ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12 އާ ހަމައަށް މާލޭގައި މި ވަގުތު ކިޔަވައިދޭ ހަމައެކަނި ސްކޫލަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މަދްރަސަތުލް އަހްމަދިއްޔާގެ ބިންގާ އެޅީ ޖޫން 4، 1979 ގަ އެވެ. އެ ތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަން ފެށީ ފެބްރުއަރީ 21، 1982 ގަ އެވެ. މިތަން އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކޮށްގެން މިހާރު ހިންގަމުން އަންނައިރު އެއީ މައްޗަންގޮޅި އަށް ނިސްބަތްވާ ޑީ އަހުމަދު ދީީދީ އަމިއްލަ ހަރަދުގައި އެޅި ތަނެކެވެ،

މަދަރުސަތުލް އަހުމަދިއްޔާގެ ނަމުގައި ސްކޫލު ހިންގިއިރު--

މައްޗަށްގޮޅީގެ ދަރިވަރުންނަށް ހާއްސަ ކޮށްގެން މައުމޫންގެ ވެރިކަމުގައި 1979 ވަނަ އަހަރު ބިންގާ އެޅި މަދްރުސަތުލް އަހްމަދިއްޔާއަކީ އެ އަވަށަށް އުފަން ޑީ މުހައްމަދު ދީދީގެ މަސައްކަތެވެ.

އެތަނުގެ މަސައްކަތް ނިންމައި އަވަށު މަދަރުސާއެއްގެ ގޮތުގައި ހިންގަމަށް ފަހު، މިހާރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ނަން ދީފައިވާ މި ސްކޫލަކީ މާލޭގެ އަވަށު މަދަރުސާތަކުގެ ތެރެއިން ދެގޮތެއް ނުވެ އެންމެ ކާމިޔާބުކަމާ އެކު މިހާރު ހިންގަމުން އަންނަ ހަމައެކަނި ސުކޫލުގެ ގޮތުގައި އޮތީ ވެސް ދީދީގެ ތެދުވެރި ނިޔަތާއި އިހުލާސްތެރި ހެޔޮ އަމަލުގެ ސަބަބުން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވި އެވެ.

އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން މަރުހަބާ ދެންވެނުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް ވިދާޅުވިގޮތުގައި، މީގެ 40 އަހަރު ކުރިން ރާއްޖޭގެ ތައުލީމީ ހާލަތު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރު ތައުލީމެއް ވެސް ލިބެން ނެތް ކަމަށާއި އޭރު މާލޭގައި ހުރީ ސަރުކާރުން ހިންގާ އެންމެ ތިން ސްކޫލާއި އަމިއްލަ ބަޔަކު ހިންގި ދެ ތިން ސްކޫލު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާލޭގެ ސަރުކާރު ސްކޫލުތަކުން ވެސް މާލޭގެ ހުރިހާ ކުދިންނަށް އޭރު ޖާގައެއް ނުލިބޭ. އޭރު ދިމާވާ އަނެއް ކަމަކީ ޖެހިޖެހިގެން ދެ އަހަރު ފެއިލްވެއްޖެއްޔާ ސްކޫލުން ވަކިވާން ޖެހުން. އެހެން ވެގެން ވެސް ސްކޫލަކުން ޖާގައެއް ނުލިބި މަގުމަތިވެފައި ތިބި އެތައް ކުދިންނެއް އުޅުނު،" މާލޭގެ ހަތަރު އަވަށުގައި އުފެއްދި އަވަށު މަދަރުސާއަކީ އެ ކުދިންނަށް ހޯދައިން ފުރުސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

އަހުމަދިއްޔާއަކީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި މިހާރު ވެސް ވަރަށް މަތީ މަގާމެއްގައި ދެމިއޮތް ސްކޫލެއް. މިދިޔަ 40 އަހަރު މި ސްކޫލުގެ ދަރިވަރުން ހޯދާފައި ވަނީ ރިކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަންވަނަތަކެއް. ސްކޫލު ފެންވަރުގައި ވާދަކުރި އިތުރު ހަރަކާތްތަކުގައި ވެސް މި ސްކޫލުގެ ނަން ފެވެނީ ރަން ވަނަތަކުން-- ރައީސް

އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ 40 އަހަރުގެ ކާމިޔާބީގެ ދަތުރުގެ ތެރެއިން ވެސް ސްކޫލުގައި ހައްލުކުރަން ޖެހިފައިވާ ބައެއް ކަންކަން ހުރިކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ ސްކޫލުގެ ޖާހައިގެ ދަތިކަމެވެ. އެ މައްސަލައަށް ވަރަށް އަވަސް ހައްލެއް ހޯދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ދަރިވަރުން އިތުރު ހަރަކާތް ބާއްވާނެ ބިންކޮޅެއް މި ސްކޫލަކު ނެތް. ތުއްތު ކުދިން ކުޅެން ނިކުމެލާނެ ބިންކޮޅެއް ނެތް. އެ މައްސަލަ މި ސްކޫލުގެ ފަރާތުން ވެސް ވަނީ ސަރުކާރަށް ހުށަހަޅާފައި. އަޅުގަނޑު ދަންނަވާނީ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާ ފަދައިން މި މައްސަލަ އަށް ވެސް ވަރަށް އަވަސް ހައްލެއް ލިބޭނެއޭ،" އަހުމަދިއްޔާގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ. "އެކަމުގައި އެންމެ ފުރިހަމަ އެހީދޭން މި ދަނީ މަސައްކަތް ކުރަމުން."

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، މިދިޔަ 40 އަހަރު އެ ސްކޫލު ވަނީ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުބާރު ހޯދާފައި ކަމަށާއި އޭގެ ނަތީޖާއަކީ އެ ތަނުން ކިޔަވާ ދަރިވަރުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވުން ކަމަށެވެ. އަދި ވަށައިޖެހޭ ތައުލީމުގެ ތެރެއިން ވަށައިޖެހޭ ދަރިން ސްކޫލުން އުފައްދަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން އެ ސްކޫލުން ކިޔަވާ ދަރިވަރުންނަކީ ކުށުގެ ވެށިން ފެންނަ މިންވަރު މަދު ކަމަށެވެ.

އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަހުމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު- ފޮޓޯ: ރައީސް އޮފީސް

ރަޝީދު ވިދާޅުވީ، އޯލެވެލާއި އެލެވެލް އިމްތިހާނުގައި ރަނގަޅު ނަތީޖާތަކެއް ދަރިވަރުން ހޯދަމުން އަންނަނީ އެ ސްކޫލުގައި ތަޖުރިބާކާރު ޓީޗަރުންގެ ޓީމެއް އޮތުމުން ކަމަށެވެ. އެފަދަ ޓީޗަރުން ބިނާކުރަން ސްކޫލުން އިސްކަންދީ، ކިޔަވައިދިނުމަށް އެންމެ ފަހު ވަސީލަތްތައް ސްކޫލުގައި ގާއިމުކުރުމާ އެކު، ހިންގުންތެރި މެނޭޖުމަންޓެއް އޮތުމަކީ ވެސް ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދިއްޔާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވަނީ ސްކޫލަށް 10 އަހަރާއި 15 އަހަރު އަދި 20 އަހަރަށް ވުރެ އިތުރަށް މެދު ނުކެނޑި މަސައްކަތްކުރި މީޙުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދީފަ އެވެ.

4 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

2021

22 February 2022

އޯލެވެލްއަށް ކުދިން ވައްދަން ބެލެނިވެރިން އުޅެނީ ނަތީޖާ ރަގަޅުކުރަން. ޢެކަމު ޑިމާންޑް ބޮޑުވީމަ ޖާގަ ދެނީ ކޮރަޕްޓްކޮށް. މީ އަޅުގަޑުގެ ތަޖުރިބާ، އޯލެވެލް ރަގަޅު ނަތީޖާ ލިބޭ ކުދިންވެސް އޭލެވެލް އަށް ދަނީ އެހެން ތަންތަނަށް. ސަބަބެއްނޭގެ. 9،10 ގަ ޖާގައެއް ނެތަސް އޭލެވެލް އަށް ވަންނާނެ ކުދިންނުވަނީ ކީއްވެބާއޭ ހިތަށް އަރާ. އަޅުގަޑުގެ ދަރިއަށް 8ކުންފެށިގެން ޖާގަ ނުދިނީ ދަށްކަމަށް ބުނެެ، އޭލެވެލްއަށްވެސް ތިތަނަށް ނުލާ ވޭތޯ ބަލާނަން

The name is already taken The name is available. Register?

ޝަމްސު

22 February 2022

އަހުމަދިއްޔާ ސްކޫލްގައި ހިނގާ ބުލީކުރުމުގެ ހަރަކާތްތައް އެބަޖެހޭ ހުއްޓުވަން. ކުދިން ކުދިން ބުލީކުރުމާއި ޓީޗަރުން ކުދިން ބުލީކުރުމުގެ މައްސަލަތައް. ހަމައެކަނި އެކަޑަމިކަލީ މޮޅެތި ކުދިންނަށް އެންރޯލްމަންޓް ދެންޏާ އަބަދުވެސް 1ވަނަ ހޯދިދާނެ. އެހެން ސްކޫލްތަކުން ހުރިހާ ފަންތިއެއްގެ ކުދިންނަށް ފުރިސަތު ދީގެން މަސައްކަތްކުރަނީ. އެހެންވީމާ އަޅާ ކިޔޭނެތަ؟

The name is already taken The name is available. Register?

އެފް

22 February 2022

ތެދުފުޅެކެވެ. އެންމެ ބޮޑުކާމިޔާބަކީ އެ އެވެ. އެނގޭގޮތުގަ އި ވަކިިހިސާބަކުން އެ ސްކޫލަށް ދަންފެށީ ތަ އުލީމީ ގޮތުން ގާބިލްކަން ބޮޑުކުދިންނެވެ. އެވެސް ގޯސްގޮތެއް ނޫނެވެ. ގިނަ ސްކޫލްތަކުން ހުރިހާ ފެންވަރެއްގެ ކުދިންނަށް ފުރުސަތުދީ ޚާ އްސަކޮށް އިތުރު ހުނަރުތަ އް ތަރަ އްގީ ކޮށްދީ ބޭނުންތެރި ދަރީންކޮޅެ އް ނެރެދެ އްވުމަށް ބާރުލެ އްވިވެ. މާލޭގަ އި އެފަދަ ޕްރައިވެޓް/ ކޮމިޔުނިޓީ ނަމޫނާ ސްކޫލްތަ އް ހިންގަވާފަ އި ވެ އެވެ.

The name is already taken The name is available. Register?

ބޮޑުމީހާ

22 February 2022

މަނިކްފާނުގެ ވެރިކަމުގައި މިގައުމަށް ލިބުނު ކާމިޔާބެއް ބުނެލަބަލަ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454