ރިޕޯޓް / ހިތުގެ ބަލި

އަރީޝާ: މަދުން ނޫނީ ނުފެންނަ ބޮޑު ދެ ބައްޔެއްގައި!

މި ޒުވާނާ އަށް ކުރިމަތިވެފައިވަނީ ވަރަށް ތަފާތު ހާލަތެއް. ހިތާއި ފުއްޕާމޭ ވަނީ ބަދަލުކުރަން ޖެހިފައި. އިންޑިއާގެ ގާނޫނު އޮންނަ ގޮތުން ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އެ ދެގުނަވަން ނެގޭނީ މަރުވެފައި އޮންނަ މީހެއްގެ ގުނަވަނަކުން ކަމަށް ވާތީ އެއީ ފަސޭހަ ކަމެއް ނޫން.

އަރީޝާ، މިދިޔަ އަހަރުގެ އޭޕްރީލް މަހު އައިޖީއެމްއެޗްގެ އައިސީޔޫގައި އެޑްމިޓްކޮށްފައި އޮއްވައި ނަގާފައިވާ ފޮޓޯއެއް.-

ދޭތެރެ ދޭތެރެއިން އޭނާ ބަލިވެ އެވެ. އެހެން ހުއްޓައި އަރީޝާ އަބްދުﷲގެ މޭގައި ވަރަށް ބޮޑަށް ރިއްސާތީ، ހެދި ޓެސްޓުތަކުން އެނގުނީ ހިތުގެ މައްސަލަތަކެއް ހުންނަ ކަމެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ލަފައާ އެކު 2017 ގައި އިންޑިއާއިން ހެދި ޓެސްޓުން ޔަގީންވީ ދުނިޔެއިން ވަރަށް މަދުން ނޫނީ ނުފެންނަ ދެ ބައްޔެއް އަރީޝާ އަށް ޖެހިފައިވާ ކަމެވެ. ޕަލްމިނަރީ އާޓެރީ ހައިޕަޓެންޝަން ނުވަތަ ހިތާއި ފުއްމާޕެއާ ދޭތެރޭގައި އިންނަ ލޭ ހޮޅީގެ ޕްރެޝަރު މަތިވަމުން ދިއުމާއި ޝޯގްރީން ސިންޑްރޯމް ނަމަކަށް ކިޔާ ބައްޔަކާ އެކު، އަރީޝާގެ ހިތާއި ފުއްޕާމޭ ވަރަށް ބޮޑަށް ބަލިކަށިކޮށްލި އެވެ. އެއީ ހިތުގެ ކަނާތު ފަޅި ފެއިލްވުމުގެ ސްޓޭޖް ދޭއް ތަހައްމަލުކުރަމުން އަންނަ ޒުވާނެކެވެ.

އޭރު އޭނާ ދިޔައީ ގައުމީ ޔުނިވާސިޓީން ބިޒްނަސް މެނޭޖްމަންޓްގެ ޑިގްރީގެ ފުރަތަމަ އަހަރު ކިޔަވަމުންނެވެ.

ދުވާލަކު ގާތްގަނޑަކަށް ފަސް ގުޅަ ބޭސް ކައިގެން އާދައިގެ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ޔަގީންކަން ޑޮކްޓަރުން އޭރު ދިނުމުން އާއިލާއަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންވެ، އާއިލާ ކައިރީގައި ހުންނަން ބޭނުންވާތީ ކޯހުން ވަކިވެ އަރީޝާ، 23، ރަށަށް ބަދަލުވި އެވެ.

އޭނާގެ ފިރިމީހާ، އަލީ ޝިފްރާޒް ބުނީ ގަވައިދުން ބޭސްތައް ކައި، ޓެސްޓުތައް ހަދަމުން އަރީޝާ އުޅެމުން ދިޔައީ އާދައިގެ ދިރިއުޅެމެއް ކަމަށެވެ. އެކަމަކު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ގަދައަށް ކެއްސައި، އަނގައިން ލޭ އަންނަން ފެށުމުން އިމަޖެންސީގައި މާލެ ގެނެސް އައިސީޔޫގައި ފަރުވާ ދޭން ފެށި އެވެ. ނިއުމޯނިޔާ ޖެހިފައިވާކަން އޭރު އެނގުނެވެ.

"އޭރު ބުނި ބޭސް ކައިގެން ނޯމަލް ލައިފެއް އުޅެވޭނެއޭ. އެކަމަކު ޕްރޮގްރެސް ވާ ހިސާބެއް ވެސް އަންނާނެ. އެ ބޭހަކީ އަލާމަތްތައް ސްލޯ ކޮށްދޭނެ އެއްޗެއް،" ޝިފްރާޒް ބުންޏެވެ.

އެ ހާލަތު އިތުރަށް ގޯސްވީ، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ޝިފްރާޒް ބުނީ އެ ދެ ބައްޔަކީ ވެސް ދުނިޔޭގައި ވެސް ވަރަށް މަދު، އަދި ވަކި ހާއްސަ ފަރުވާއެއް ނެތް ބައްޔެއް ކަމަށެވެ. އޭގެ ބަދަލުގައި އޮންނަނީ، ބަލީގައި ބޮޑުވަރު ވިޔަ ނުދީ، އަލާމާތްތައް ލަސްކޮށްދިނުމަށް ދޭ ޒަމާނީ ފަރުވާއެކެވެ.

އޭރުން އާއްމު ދިރިއުޅުމެއް އުޅެން މަގުފަހިކޮށްދެ އެވެ.

އެކި ގޮތްގޮތުން ހޯދާފައިވާ މައުލޫމާތުތަކާ ހަވާލައިދީ ޝިފްރާޒް ބުނީ ހައިޕަޓެންޝަން ހުންނަ ކޮންމެ މީހެއްގެ ކޭސް ވެސް ތަފާތުވާ ކަމަށެވެ. ބައްޔަށް ވަކި ފަރުވާއެއް ހޯދަން ދަތިތަކާ ކުރިމަތިވެފައި ވަނީ އެ ސަބަބާ ހެދި އެވެ.

އަރީޝާ، އެމެރިކާގައި ހައިޕަޓެންޝަން ބައްޔަށް ދޭނެ ފަރުވާއެއް ދިރާސާކުރަމުން ދިޔަ ޑޮކްޓަރަކަށް ވެސް 2019 ވަނަ އަހަރު ތައިލެންޑަށް ގޮސް ދައްކާފައިވެ އެވެ.

ބެންކޮކްގައި ސްޕެޝަލިސްޓަށް ދެއްކީމަ ވެސް ވަރަށް ސަޕްރައިޒްވި، ވަރަށް ސްޓޭބަލްކޮށޭ އަދި ދަނީ ވަރަށް ރަނގަޅަށް ޓްރީޓްމަންޓް ކުރިއަށް ގެންދާތީވެ [ބުނި]. ނުލާހިކު ހިތްހަމަޖެހިގެން އޭރު އުޅުނީ. ފުއްމާޕޭގެ އިންފެކްޝަން ޖެހުނު ފަހުން މީހާ އެއްކޮށް ބަލިވީ.

"ހިއެއް ނުކުރަން ދުވަހަކު ވެސް މިހާ އަވަހަށް މި ވަރު ވާނެ ކަމަކަށް. ބެންކޮކްގައި ސްޕެޝަލިސްޓަށް ދެއްކީމަ ވެސް ވަރަށް ސަޕްރައިޒްވި، ވަރަށް ސްޓޭބަލްކޮށޭ އަދި ދަނީ ވަރަށް ރަނގަޅަށް ޓްރީޓްމަންޓް ކުރިއަށް ގެންދާތީވެ [ބުނި]. ނުލާހިކު ހިތްހަމަޖެހިގެން އޭރު އުޅުނީ. ފުއްމާޕޭގެ އިންފެކްޝަން ޖެހުނު ފަހުން މީހާ އެއްކޮށް ބަލިވީ،" ޝިފްރާޒް ބުންޏެވެ.

ޝޯގްރީން ސިންޑްރޯމް ބަލީގައި މީހުންގެ ގުނަވަންތަކަށް ބަލިކޮށްލަ އެވެ. އަރީޝާގެ ހަށިގަނޑުގައި އެ ބަލި ހަމަލާދެނީ ފުއްޕާމެ އާއި ހިތަށެވެ. ހައިޕަޓެންޝަނާ ހެދި ހިތާއި ފުއްޕާމެ އަށް މިހާރު ވެސް އަސަރުކުރެ އެވެ. އޭގެ އިތުރަށް، ޝޯގްރީން ވެސް ހަމަލާދެނީ ފުއްމާޕެއާ ހިތަށް އެކަންޏެވެ.

"އެހެންވެ އެހާ ބޮޑަށް ސިވިއާ ވެގެން އެ ދަނީ،" ޝިފްރާޒް ބުންޏެވެ.

"ފޯނުގައި ރިމައިންޑާއަށް ލައިގެން ބޭސް ކާނީ. ބާރުގަދަ ބޭސްތަކެއް ވީމަ ފަރުވާ ކުޑަކޮށްލެވޭކަށް ވެސް ނޯންނާނެ،" އޭނާ ބުންޏެވެ.

އެންމެ ފަހުން އައިޖީއެމްއެޗުގައި އެޑްމިޓުކޮށްގެން ފަރުވާ ދިނުމަށްފަހު ސްޓޭބަލްވުމުން ދޫކޮށްލަން އުޅުނުއިރު، އެޗްޕީއޭއިން އަންގާފައި އޮތީ މާލެ ސަރަހައްދުން ރަށްރަށަށް ދެވޭނީ ނެގެޓިވް ޕީސީއާރަކާއެކު ކަމަށެވެ. އެހެންވެ ޖެނުއަރީ މަހުގެ ތެރޭގައި ނެގި ސާމްޕަލް އިން ކޮވިޑަށް ޕޮޒިޓިވްވުމުން ކަރަންޓީން ނިމެންދެން ހުޅުމާލޭގައި މަޑުކުރި އެވެ.

އެހެން ހުއްޓައި އަނެއްކާ ވެސް އަރީޝާއަށް ނޭވާލާން އުނދަގޫވި އެވެ. ނޭވާލާން ގޭގައި ގެންގުޅޭ އޮކްސިޖަން މެޝިނުން ވެެސް ނޭވާ ނުހިފެއްޓި އެވެ. މިދިޔަ ޖެނުއަރީ 24 އިން ފެށިގެން އޭނާއަށް އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ.

އަރީޝާ.

އެ ހޮސްޕިޓަލަށް ދައްކައި، ޓެސްޓުތައް ހެދުމަށްފަހު ހިތާއި ފުއްޕާމޭ ފެއިލްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން އެންގުމުން، ވީހާ ވެސް އަވަހަކަށް ޓްރާންސްޕްލާންޓް ހެދުމުގެ ކަންކަން ކުރުމަށް ޓްރީޓޮޕުން އެދުނެވެ.

އެކަން ގަބޫލުކުރަން ދަތިވެގެން ޝިފްރާޒް ވަނީ އަމްރިތާ ހޮސްޕިޓަލަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި އަދި އެހެން ހޮސްޕިޓަލެއްގެ ޓްރާންސްޕްލާންޓް ޑޮކްޓަރަކަށް ދައްކައިގެން ވެސް އެ ރިޕޯޓުތައް އިތުރަށް ބަލައިފަ އެވެ.

އެ އެންމެން ވެސް ދިނީ އެއް ޖަވާބެވެ.

"ޓްރާންސްޕްލާންޓް ހެދުމޭ އޮތް ގޮތަކީ. އަދި މިހާރު އެ ދެނީ ދެވޭނެ އެންމެ ރަނގަޅު ފަރުވާ ކަމަށް،" އޭނާ ބުންޏެވެ.

ޝިފްރާޒް ބުނީ އިންޑިއާގެ ގާނޫނު އޮންނަ ގޮތުން ހިތާއި ފުއްޕާމޭގެ ޓްރާންސްޕްލާންޓް ހެދުމަށް އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ. ހިތާއި ފުއްމާޕޭ ނެގޭނީ މަރުވެފައި އޮންނަ މީހެއްގެ ގުނަވަނަކުން ކަމަށް ވާތީ ވަރަށް އެ މީހުންނަށް އެކަން ކުރުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ.

ޓްރާންސްޕްލާންޓް ހެދުމަށް ވެއިޓްލިސްޓް ހެދުމުގައި އިސްކަންދެނީ އިންޑިއާގެ މީހުންނަށެވެ. ޓްރާންސްޕްލާންޓް ހަބްގެ ގޮތުގައި އެންމެ މަޝްހޫރީ އާސަންދަ ލިބޭ ބެންގަލޫރާއި ޗެންނާއީ އެވެ. އެކަމަކު އެ ތަނުގެ ވެއިޓްލިސްޓު، އިންޑިއާގެ އުތުރަށް ވުރެ ދިގެވެ.

އާއިލާއާ ހޮސްޕިޓަލާ ވާހަކަދައްކާފައި މި ނިންމީ ބެންގަލޫރްގެ އެޕޯލޯ ހޮސްޕިޓަލަށް ދާން. އެއީ ޓްރާންސްޕްލާންޓުގެ ފުރަތަމަ ޕްރޮސެސް، އިވެލުއޭޝަނަށް. ފަރުވާ ލަސްކުރެވޭކަށް ނެތް، ފަންޑިން ލިބެންދެން މަޑުކުރެވޭކަށް ވެސް ނެތް.

"ސައުތު އިންޑިއާގައި ޕްރޮސީޖާގެ އަގު ހެޔޮ. އެހެންވެ އެ ހިސާބުގެ ވެއިޓްލިސްޓު ވަރަށް ދިގު.. ނޯތު އިންޑިާގައި ޓްރާންސްޕްލާންޓް އަގުބޮޑުވިއަސް ވެއިޓްލިސްޓް ކުޑަވީމަ އަވަހަށް ގުނަވަން ލިބުމުގެ ފުރުސަތު ބޮޑު. އެކަމަކު ނޯތު އިންޑިއާގައި އާސަންދަ ސްކީމްގެ ދަށުން ފަރުވާ ކުރެވޭނެ ހޮސްޕިޓަލެއް ނުހުރޭ. އާއިލާއާ ހޮސްޕިޓަލާ ވާހަކަދައްކާފައި މި ނިންމީ ބެންގަލޫރްގެ އެޕޯލޯ ހޮސްޕިޓަލަށް ދާން. އެއީ ޓްރާންސްޕްލާންޓުގެ ފުރަތަމަ ޕްރޮސެސް، އިވެލުއޭޝަނަށް. ފަރުވާ ލަސްކުރެވޭކަށް ނެތް، ފަންޑިން ލިބެންދެން މަޑުކުރެވޭކަށް ވެސް ނެތް."

އެ އާއިލާއިން މިހާރު ތައްޔާރުވަމުން އަންނަނީ މެޑިކަލް ފޯމް ފުރުމަށްފަހު، އެއާލައިންގެ ހުއްދަ ލިބުމާއެކު އަރީޝާ ވީހާ ވެސް އަވަހަކަށް އިންޑިއާއަށް ގެންދާށެވެ. އެހެންވެ އާއިލާއިން އެދެނީ، ވީހާ ވެސް އަވަހަކަށް ޑޯނާއެއް ލިބި، އަރީޝާގެ ފަރުވާ ކާމިޔާބުވޭތޯ އާއްމުންގެ ހެޔޮ ދުއާ އަށެވެ.

އަރީޝާއަށް އެހީ ދިނުމަށް އޭނާގެ ފިރިމީހާގެ ނަމްބަރު: 7614312

10 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 99%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިންގް އިލްހާމް

21 April 2022

ﷲ އަވަސް ޝިފާއެއް މިންވަރުކޮށްދެއްވާށި، ހިތާމަ ނުކުރައްވާ ތިޔަކަމުގައި ހެވެއްވާނެ ނަމާދުކޮށް ދުޢާކުރައްވާ އަދި ދުނިޔެވީ ސަބަބުތަކުގައި ހިއްޕަވާ ، ހަމަކަށަވަރުން ބަލިވުމަކީވެސް ނިޢުމަތެއް ، އިންސާނާއަށް އޭނާގެ ވެރިރައްބު އޯގާތެރިވެ ރަޙުމްކުރާ ފަދައިން ، އޯގާތެރިވެ ރަޙުމް ކުރާނެ އެއްވެސް ޖިންނި އެއް އިންސިއެއް ނުވޭ

The name is already taken The name is available. Register?

ޢހމދ

05 March 2022

اللهم اغفرلها وارحمها، انا لله وأنا اليه راجعون

The name is already taken The name is available. Register?

ށަވިޔަނި

05 March 2022

އަރީޝާއަށް އަވަސް ޝިފާއެއް ދެއްވުންއެދި ﷲ ގެ ހަޒުރަތުގައި ދަންނަވަން. ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަންތަ އިލާހު. شفاها الله عاجلا آمين

The name is already taken The name is available. Register?

ސާފު

05 March 2022

އަރީޝާއަށް އަވަސް ޝިފާއަކަށް އެދެން. ﷲ ތަޢާލާއަށް ގިނަގިނައިން ދުޢާ ކުރޭ

The name is already taken The name is available. Register?

ޑޯނަރ

04 March 2022

އޯގަން ޑޯނަރ ރަޖިސްޓްރީއެއް ހަދާބަލާށެވެ! ނުދޭ ބަޔަކު ނުދިނަސް ދޭ ބަޔަކު ދޭނެއެވެ! އަހަރެން މަރުވުމުން އަހަރެންގެ މުޅި ހަށިގަނޑުގެ ހުރިހާ ގުނަވަނެއް ވެސް ބޭނުން ހިފޭ ބަޔަކަށް ދޭށެވެ! މެޑިކަލް ކޮމިއުނިޓީއިން ނިކަން މިކަމާ އުޅެބަލާށެވެ!

The name is already taken The name is available. Register?

މިފަދަ ހިތާމަވެރި ޚަބަރުތައް ފެންނާތީ ބުނެވެނީ......

04 March 2022

ﷲގެ ރަޙްމަތްފުޅުން އަރީޝާއަށް ފުރިހަމަ ޝިފާއެއް މިންވަރު ކުރައްވަށި! އާމީން މުޅި ލިޔުމުގައުވެސް ފެނުނީ ޓްރާންސްޕްލާންޓް ހަދަންށާއި، ގުނަވަންތައް ހޯދުމަށް "އިންޑިއާ" އަށް ދާން އުޅޭ ވާހަކައެވެ. މިފަދަ ބަލިމީހުންގެ ޙައްޤުގައި ވެސް އިންޑިއާ އައުޓް ގޮވުން ހުއްޓަން ޖެހެއެވެ.

The name is already taken The name is available. Register?

ބަލިމީހާ

04 March 2022

ލޮލުކުރިމައްޗަށް ބަލީގެ އަލާމާތް ތައް ގެއްލުވާލުމަކީ މިޒަމާނުގެ ބޭސް ވެރިކަމުގެ އެންމެ އާންމު ފަރުވާ. ބަލި ވަނީ އިތުރައް ގޯސް. ހަގީގަތުގަ ބޭސްވެރިކަމުގައި، ބޭހުގެ ކަންތައް ދިޔައީ ފަހަތަށޭ ބުންޏަސް ގޯހެއްނުވާނެ. ވިސްނާބަޔަކަށް އިބުރަތެއްކަމުގާ ނޫނީ ނުވެއެވެ.

The name is already taken The name is available. Register?

އެމްސް

04 March 2022

އޮޓޯއިމިއުން ޑިޒީސްތައް ރާއްޖޭގަވެސް މިއަދު ދަނެގަނެވިފަ އެބަހުރި، ދުވާލަކު 14 ގުޅަ ބޭސް ކައިގެން ދިރިއުޅޭ ބަޔަކުވެސް އެބަ އުޅޭ! އެއްވެސް ބައްޔަކަށް ދާއިމީކޮނެއްވެސް ބޭހެއް ނުކެވޭނެ! އެހެނީ ވަކިހިސާބަކުން އެބޭހަކުން ވާފައިދާއަކަށްވުރެ ގެއްލުން/ސައިޑް އިފެކްޓްސް ބޮޑުވެގެންވެސްދޭ!

The name is already taken The name is available. Register?

ޙިނި

04 March 2022

ޜާއްޖެއިންވެސް ވެއްޖެ ނުންތޯ އޯގަން ޑޯނޭޓް ކުރެވޭނެ ގޮތްތައް ބަލަން. ކުރެވޭނަމަ ކިތައް ފުރާނަ ސަލާމަތް ކުރެވުނީސްތޯ. ކޯބާތަ މިގައުމުގެ ހިންގަން ހަވާލުވެ ތިބި ސިޔާސީ ވެރިން. ކޮންމެއް ކަމެއްގައިވެސް މިޖެހެނީ އާދޭސްކޮއް ސަލާންޖަހަން... ގައުމެއްގޮތުގަ ފަންޝަން ކުރާތަނެއް ނުފެނޭ.

The name is already taken The name is available. Register?

ގަރިސްމ

04 March 2022

ބޭނުން ޖެހިފައި ތިބި މީހުނަށް އަހަރެންގެ ގުނަވަންތައް ހަދިޔާކުރުމަށް ފަހު ވަޅުލުމަށް ވާރިސުންނަށް ވަސިއްޔަތް ކުރާނަމެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454