އއ. ތޮއްޑޫ: ދަނޑުތަކުގައި އަލިފާން ރޯކުރާ މައްސަލަ ބޮޑު---
05 މާޗް 2022 - 13:06
އއ. ތޮއްޑޫ ދަނޑުތަކުގައި އަލިފާން ރޯ ކުރާ ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ތޮއްޑޫގައި އާންމުންނަށް އުނދަގޫވާ ގޮތަށް ރަށު ތެރޭގައި އަލިފާން ރޯކުރާ ކަމުގެ ޝަކުވާތައް ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ދެ މީހެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
ހައްޔަރު ކޮށްފައި ވަނީ 52 އަހަރާއި 38 އަހަރުގެ ދެ ފިރިހެނުންނެވެ. އެ މީހުންގެ ބަަންދުގެ މުއްދަތު ޖަހާފައި ވަނީ ދެ ދުވަހަށެވެ.
އެކަމާ ގުޅޭ ގޮތުން ތޮއްޑޫ ކައުންސިލް މެމްބަރު އަހުމަދު ކަރަމް ވިދާޅުވީ މިއީ ފަހަކަށް އައިސް ރަށު ތެރޭގައި އާންމު ވެގެން އުޅޭ މައްސަލައެއް ކަމަށެވެ. މިހާތަނަށް އެކި ތަންތަނުގައި ރޯވެގެން 10 ވަރަކަށް ފަހަރު އޭނާ ވެސް އަލިފާން ނިއްވަން ވަޑައިގަތް ކަމަށް ކަރަމް ވިދާޅުވި އެވެ.
"އެއް ސަރަހައްދެއް ނޫން، އެކި ސަރަހައްދުތަކުގައި މިކަން ކުރާ ބަޔަކު ކުރަނީ. ސަބަބެއް ނޭނގެ މި ފަހުން ކެމެރާ އަށް ބަޔަކު އަރައިގެން އެ މީހުން ފުލުހުން ވަނީ ހައްޔަރު ކޮށްފައި،" ކަރަމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކަރު
06 March 2022
މިމީހުންނަކީ ތޮއްޑޫގައި ވަރައް ގަދަބާރު ދައްކައިގެން ކަންކަން ކުރަން އުޅޭބައެއް. ވަކިވެގަތުމާއި ބޮޑާކަމާއި ޖާހިލުކަމުން ފުރިގެންވާ ނުބައިނުލަފާ ބައެއް. އެކި ދުވަސވަރު ތޮއްޑޫގެ އެކިތަންތަނުގައި ހުޅުޖެހުމުގައާއި މީހުން ފެންބޯން ބޭނުންކުރާ ފެންތާނގިއަށް މަޑިހިލަ އެޅުންފަދަ ކަންކަން ކޮށްފައި އެބަހުރި. މި ހުރިހާ ކަމެއްގައި ( މަންޒަރު ) އާއިލާއަށް ނިސްބަތްވާ އެކަކު އަބަދުވެސް ހުންނާނެ.
ކުޑަކަތީބު
06 March 2022
ރަށް ރަށް ތަރައްގީ ނުވަނީ މިހެންވީމަ، ވިޔަފާރިއެއް ކުރާ ބަޔަކު ދުއްވާލާނެ ސިހުރު ހަދައިގެން ނޫނީ އެސްފީނާ އަޅާއިގެން ވިޔަސް، މި މީހުން ބޭނުންވާނީ ހޮޓާތަކުގަ އަނގަތަޅަން ތިއްބާ ސަރުކާރުން އައިސް ނަރުދަމާ އާއި ފެނާ އަދި ފަޅުވެސް އެމީހުންގެ ރޯނު އެދުރު ވިސްނުމުގަ ހަދާދޭން. މިހާރުވެސް ރަށްރަށުގަ ކޮށްފަ ހުންނަ އެހެން ރަށްރަށުގެ މީހުންގެ ވިޔަފާރިތަކަށް ވަރަށް ގޯނާކުރޭ، ރާއްޖެތެރޭ ހޭލުންތެރިވާނީ ކޮން ދުވަހަކުންބާ
ސަތަރޭ
05 March 2022
ފުލުހުންނައް ކުރާ ޙަރަދު ކުޑައީ އަދިވެސް ކޮންމެ މޯހަކައް ކާރެއްވެސް ދޭންވީ ކޮންކަމެއްބާ މަދުވަނީ ހިތައްއަރާ ވެލްފެއާ ހުރިހާކަމެއް މަދުކަމެއްއޮތްނަމަ އެކަމެއްގޮވާނަަމަވެސް އިނގޭނެތާ ކޮށްދޭން ޙިދުމަތް ރަނގަޅުކުރަންޏާ އަދިވެސް ފުލުހުނގެ ބަޖެޓް ބޮޑުކުރަނވީ.. ދެެންމިނޫންކަމެއް ނިފެނޭ މައްސަލަތައް ފުނިޖެހިފަ
ވަހީދު
05 March 2022
ތަންތާނގައި ރޯކުރުމަކީ ބައެއް ގައުމުތަކުގައި ވަރަށް ބޮޑު އަދަބު ވެސް ކަނޑައަޅާފައި އޮންނަ ބޮޑު ކުށެއް. މިސްރުގެ ގާނޫނުގައި އޮންނަ ގޮތުން ތަނެއްގައި އަލިފާން ގަސްދުގައި ރޯކޮށް، އެއަލިފާނުގެ ސަބަބުން މީހެއްގެ ފުރާނަ ގޮސްފިނަމަ، މަރަށްމަރު ހިފޭނެ. އަދި އަނދައިގެން ދިޔަ މީހުންގެ މުދަލުގެ ބަދަލު ދޭން ޖެހޭނެ.
ޚަލީލޫ
05 March 2022
މިރާއްޖޭގައި މިއުޅެނީ ރޯމާ ދުވާލު ވަޅިއާއި ކޯރާޑި ހިފައިގެން ގޮސް މީހުން ކޮށާއިރުވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވެގެން. ދެން ވަލުތެރޭގައި އަލިފާން ރޯކުރީމާ މިހާވަރުން މި ތެޅެނީ ކީއްވެބާ..
ކެލާ
05 March 2022
އާއްމު ރައްޔިތުންނަށް ގެންލުންވާގޮތަށް މިޒާގުތެ ގޮތްކުޑައަމަލުތައް ހިންގައިގެން ނުވާނެ ހިފާ ހައްޔަރުކޮށް އަދަބުދޭންޖެހޭ
ޖަންބުލް ހަސަނު
05 March 2022
ތީ ތޮއްޑޫމީހުންނަށް އެކަނި ޖެހޭނެ އުނދަގުލަކަށްނުވާނެ. ރޯދަ މިއޮތީ ބޯމަތިވެފާ. އެހެންކަމުން ވަރުގަދަ އުގޫބާތެއް ދޭންވާނެ ތިދެމީހުންނަށް.
ކޮރަލް
05 March 2022
ތިޔަ ކަން ކުރާ ބަޔަކު ހޯދާ ރަށައް ނޭރޭ ގޮތައް ރަށުން ބޭރަށް ފޮނުވާލަން ވީ އެވެ. ދެން ރޯ ކުރާނެ ބަޔަކު ނުހުންނާނެ އެވެެ.
ޝާހިދާ
05 March 2022
ދެން އެދާ ރަށެއްގައި ރޯ ކުރާނެ. ރަނގަޅު ގޮތަކީ އިގްތިސާދީ މަސައްކަތް ކުރާ ރަށެއްގައި ގެންގުޅުން މަހު މުސާރަވެސް ދީގެން. ހައެއްކަ މަސްވީމަ ހާލަތަށް ބަލާފައި ދޫކޮށްލާނީ.