މަވޯޓާ ވާހަކަ ދައްކަވަނީ: ޕާޓީ ހިނގާ ކަމަށް ބުނެ ވާހަކަ ދައްކާއިރު މެމްބަރުންގެ ހައްގުތައް އޮތީ ގެއްލިފައި ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
08 މާޗް 2022 - 23:06
އެމްޑީޕީ މިހާރު ހިނގާ ކަމަށް ބުނެ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިސްގެ ޖަލްސާގައި މަވޯޓާ ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ހައްގު ވޭތުވެދިޔަ އަށް އަހަރު އޮތީ ފޭރިގެންފައި ކަމަށެވެ. އަދި އެންމެ ފަހުގެ ޗެއާޕާސަނާއި އޭގެކުރިން ހުންނެވި ޗެއާޕާސަން ވެސް އަމަލު ކުރެއްވީ އެގޮތަށް ވިދާޅުވެ، ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަސް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ސްލޯގަން އަކަށް "ހިންގާލަން" ބޭނުންކުރާތީ، އެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިނުން ފާޑުކިޔައި ބުނަނީ އެމްޑީޕީ ނުހިނގާ ކަމަށް ނުބުނެވޭނެ ކަމަށެވެ. ފައްޔާޒާ އެއްކޮޅަށް ހުންނެވި ޝަރީފް ރައްދު ދެއްވީ އެ ވާހަކައަށެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ކުރިއަށްދަނީ. -- ފޮޓޯ: އެމްޑީޕީ
"ޕާޓީ ހިނގާ ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ އިނގޭތޯ. ލަދު ގަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ހައްގު ވަނީ ފޭރިގެންފައި މި ޕާޓީގައި މިހާ ހިސާބަށް ތިބި ލީޑާޝިޕްގެ ފަރާތުން. އެކަމަކު ރައްޔިތުންގެ ހައްގު ހިމާޔަތް ކުރާ ވާހަކަ މި ދައްކަނީ." އޭނާ ވިދާޅުވި އެވެ.
މަވޯޓާ ވިދާޅުވީ އޭނާ ނިސްބަތްވާ ދާއިރާގައި އެމްޑީޕީގެ އެތައް ހާސް މެމްބަރުން ތިއްބަސް، ވޭތުވެދިޔަ އެއްވެސް ކޮންގްރެސްއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ މީހުންނަށް ނުލިބުނު ކަމަށެވެ. އަދި ދައުލަތުން ގިނަ އަދަދެއްގެ ފައިސާ އެމްޑީޕީއަށް ދިނަސް، އެއްވެސް ދާއިރާއަކަށް ފައިސާއެއް ނުދޭ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕާޓީގެ ރަށްރަށުގެ އޮފީސްތައް ހިންގަނީ ވެސް މެމްބަރުންގެ އަމިއްލަ ޖީބުން ހަރަދުކޮށްގެން ކަމަށެވެ.
"މި ގައުމީ މަޖިލީހުން އެތައް ފަހަރަކު ފާސްކޮށްފި 50 ޕަސެންޓް ދާއިރާތަކަށް ދޭންޖެހޭނެ ކަމަށް. އަދިއަދާ ހަމައަށް ވެސް ލޯލާރިއެއް ވެސް ނުދޭ. މިއިނީ އަޅުގަނޑުމެންގެ ދާއިރާގެ ރައީސް. ޕާޓީގެ ކަރަންޓް ބިލް ދައްކަނީ ފޯނު ބިލް ދައްކަނީ އެހެނިހެން ކަންކަން ކުރަނީ އެ ދާއިރާގެ މެމްބަރުން އަމިއްލަ ޖީބުން،" މަވޯޓާ ވިދާޅުވި އެވެ.
މިރޭގެ ޖަލްސާގައި ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށް، ޖަލްސާގައި އަޑުގަދަކުރި އެވެ. އަދި ފައްޔާޒް ވަނީ އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ވަރަށް ސީދާކޮށް ރައްދު ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮޑުމީހާ
09 March 2022
އަމިއްލައަށް އިއުތިރާފް ތިވަނީ ޕާޓީއެއް ނުހިންގޭ ވާހަކަ، ދެން ގައުމު ކިހިނެއް ހިންގާނީ
ސައިޚް
09 March 2022
އެމް.ޑީ.ޕީ. ހިނގާ ބަރާބަރަށް ހިނގާ، އެމް.ޑީ.ޕީ. ހަލާކުކުރަނީ މަވޯޓާކަހަލ، ރޮޒޭނާކަހަލަ، ފައްޔާޒުމެން ފާޑުގެ ނުބައި ނުލަފާ މީހުން ޕާރޓީއަށް ވަދެގެން، އިބޫ ހީކުރީ ވެރިކަމަކީ އިބޫ މޮޅުކަމުން ލިބުނު ކަމެއްކަމަށް، ތިޔަ ބާޣީންގެ ބޮޑުންގެ ޖީބަށް އިބޫ ވެއްޓިގެން 2023 ކާމިޔާބުވިއަކަ ނުދޭނަން، އިންޝާﷲ،
އަޅެފަހެ
09 March 2022
ރޮޒޭނާމެން ގަދަކަމުންތަ ޕާޓީއަށް ވައްދައިގެން ތި އުޅެނީ؟
ފިކުރު
09 March 2022
ޕާޓީ ހިންގުން ހުއްޓުވީ ކޮއްބައެއްކަށް ޕާޓީގެ އާއްމު މެމްބަރުންނަށް އެގޭނެއެވެ. މިހާރު މަޖުލިސް މެމްބަރުންނާއި ސިޔާސީގިނަ މަގާމުތަކުގައި ތިބިމީހުން ވަޒީފާގެ ބިރުވެރިކަމާއި ޕްރޮޖެކްޓް ތަކަށްވާގޮތް އެގޭއެވެ. ކުންފުނި ތަކުގައި ވެސްގިނަ މަގާމުތަކުގައި އެތިބީ ބޯވާތަށް ކުލަ ބަދަލުކޮއްގެންނެވެ. ކުރީ ސަރުކާރުގެތިބި މީހުންނެވެ. އާއްމު މެމްބަރުން ކުރިފޮނި އުއްމީދުގެއްލި މާޔޫސްވީ މިސަރުކާރުގެ ސަބަބުންނެވެ. މާލެ ކައުންސިލްގެ އިންތިހާބުން އެގިގެން ދިޔަނޫންތޯ ؟
ނޭގޭފިކުރު
09 March 2022
އެ ސަރުކާރުގެ ތިޔަ ބުނާ ނުބައި މީހުންނަށް މިސަރުކާރުގަ ތިބެވޭނީ މިސަރުކާރު ގެންނަން އެމީހުން އެހީވީތީ ބަދަލެއްގެ ގޮތުން. ތި ބުނާ ބޯވާތައް އެއީ މިހާރުގެ ވެރިން އޭރު ސަރުކާރަށް ފަނި ހަދަން ލީ ބޯވަތައް. އެމީހުން ނުބައިނަމަ ދުރުނުކުރެވޭނީ ކަމެއްވެގެން.
ރަދީފު ބިން ރަފައިދާ
09 March 2022
އެއްޕާޓީން އަނެއްޕާޓީއަށް 3 ފަށްކުރަމުން ދުވާމީހަކު ހުންނާނީ ކޮންލަދެއް.
ދެފުއްކެހެރި ފިކުރު
09 March 2022
އެފަދަ މީހުން ހޮވައިގެން ގެނެސް އުނގަށް ލައިގެން އުޅޭ މީހުން އޯކޭދޯ އެކަމު. ކިއްލި ތެޅި މީހުންނަށް ޕާޓީން ޖާގަ ދިނީ ނޭނގި ތިބެބާ..
ބަކުންބޭ
09 March 2022
އެއްވެސް ސިޔާސީ ޕާރޓީ އަކީ ވަކި މީހެއްގެ ހަރުމުދާ ގަނޑެއްކަމަށް ބެލުމަކީ ގޯހެއް، ސިޔާސީ ކޮންމެ ޕާރޓީ އެއްގަވެސް ކެރޭ ޤާބިލް ފަރާތްތަކަށް އެންމެ މަތީ ހަރުފަތާ ހަމައަށް ދިއުމަށް ފުރުސަތު އޮންނަންޖެހޭނެ، ސިޔާސީ ޕާރޓީތަކަށް ޓެކްސްޕޭޔަރ (ރައްޔިތުން/ އަސްލު ވެރިން) ގެ ފައިސާ އިން ބޮޑު ޢަދަދެއް ކޮންމެ އަހަރަކު ޚަރަދުކުރޭ. ޕާރޓީތަކުގަ ވަކި ހިއްޕައިގެން ތިބި މީހުން ދުރުކުރަންޖެހޭ.
މަރަދޫ
09 March 2022
ތިއީ މަރަދޫ މެމްބަރު ކަމަށް ބުނަން ލަދުގަންނަންޖެހޭނެ!
އުދުހޭ
09 March 2022
ގައުމީ މަޖިލީހުން ފާސްކުރާ އެއްޗަކަށްވުރެ ކެނެރީގެއިން ނެރޭ މުރަސްމީ އަލުމު އުޅެނީ މާ މަތީގަ. ޗެއަރޕާސަނަށް ހުރެގެން ހަސަންލަތީފް އެ އަމަލުކުރިގޮތުން އޭނާ ޕާޓީންވެސް ވަކިކުރަންޖެހޭ.
ސައްދާ
09 March 2022
މުޅި ރާއްޖެ ހުރިހާ ސިޔާސީ މީހުން އެއްފަރާތްކުރަންޖެހޭ. މިފަހަރު ވޯޓުލާން ގިނަ މީހުން ނުނިކުތުން ރައްޔިތުންނަށް މޮޅު އިތުރީ. އެހެން ނޫނަސް ކޮންމެހެން ވޯޓުލާން ދާންޖެހޭ ވަރުގެ ބަޔަކު ތިތާކު ނެތް ނިކުމެފަކާއެއް.
އޮނަރަބްލް އަފީފު ދީދީ
09 March 2022
ޔާމީނުގެ ވެރިކަމުގައި "އަދީބް ބްރޯގެ ދަންތުރައިގަ ނުޖެހެނީ" އޭރުގެ މަޖިލިސް މެންބަރުގެ ތެރެއިން ވަރަށް މަދުބައެއް. # މަޖިލިސް އެމްޑީޕީ މެންބަރުންގެ ތެރެއިން "އަދީބަށް ވިކުނީ" ކޮންބައެއްކަން ޔަޤީނަށް ނޭގުނު ކަމުގައިވިޔަސް "ފައްޔާޒު، އިމްތިޔާޒު އަދި ޝަރީފު އާއި އާޒިމް އަކީވެސް" އަބީދުގެ އެހީތެރިކަން ލިބިނުގަންނަ މެންބަރުންކަމަށް ޤަބޫލު ނުކުރެވޭ އަދަދު ނުކުރެވޭފަދަ ކަންކަން ހުރީތީ މިއެންމެނަކީވެސް ސާފުބައެއްކަމަށް ބުނަން ވަރަށް ދަތި.
ވަރިހަމައެއްނު
09 March 2022
ޕާޓީއަށް ފައިދާވާނަމަ ކޮންމެ ފަދަ ގޯސް ކަމެއް ކުރިއަސް ޕާޓީން ބޭރެއް ނުކުރާނެ. އަދީބަށް ވިކުނޭ ކިޔާފަ ކާކަށް ފިޔަވަޅު އެޅީ. އެންމެ ފުރަތަމަ ރޫހާނީ ލީޑަރު އެއޮތީ ޕާޓީގެ ނިންމުމާ ޚިލާފަށް މެމްބަރަކު އަނބުރާލައިގެން މަޖްލިހުގަ އިދިކޮޅަށް ވޯޓުލައްވައިގެން ބޮޑު ކުޅިއެއް ކުޅެފަ. އެކަން އޯކޭ ޕާޓީގެ އެންމެންނަށް.
އަސްލު.
09 March 2022
އެމްޑީޕީ ގެ މަޖިލީސް މެމްބަރުން ހާދާންކޮށްލަން ޖެހޭކަމަކީ ޔާމީން ގެ ދައުރުގަ އެމްޑީޕީ މެންބަރުންނަށް ލިބުނު އަޔާ، ދެން ހަދާންކުރަންޖެހެނީ އެމްޑީޕީގެ އެންމެ ވާދަވެރިޔާ އެމްޑީޕީ އަށް އެންމެ އަނިޔާކުރި ފަރާތް ޔާމީން އާއި އެކު އެމްޑީޕީގެ މިހާރުގެ ވެރިކަމާއި ދެކޮޅަށް މަސައްކަތް ފެއްޓވި ދުވަސް. އެކަމަށް މާފެއް ނުކުރެވޭނެ އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން. މިމައްސަލަ ބައްލަވާ ފިޔަވަޅު އެޅުއްވުން މުހިެއްމު ބަޣާވާތް ކުރައްވަން އުޅުއްވީ ޔާމީން އާއި