މަރުވެފައި އޮތް އިރު އޮތީ ފާހާނާ ދޮރުގައި ފައި ވިދިފައި. އެތަނަށް އެހެން މީހަކު ވަދެފައި ހުރި ކަމުގެ ނިޝާނެއް ނެތް.
ކ. ގާފަރު--
22 މާޗް 2022 - 16:25
ކ. ގާފަރު ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވައި އިއްޔެ ރޭ ފެނުނު އަންހެން މީހާ މަރުވެފައި އޮތީ ފާހާނާ ތެރޭގައި ކަމަށާއި އޭނާގެ ކަރުގައި ވަރަށް ބޮޑު ޒަހަމެއް ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތް އިރު ކައިރީގައި ވަޅިއެއް ވެސް އޮތެވެ. އަދި މަރުވެފައި އޮތީ ފާހާނާގެ ދޮރުގައި ފައި ވިދިފަ އެވެ.
ގެސްޓްހައުސްއެއްގައި މީހަކު މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބިގެން އެކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު މައުލޫމާތެއް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެ އެވެ.
މިކަމާ ބެހޭ މައުލޫމާތު އެނގޭ މީހަކު ކިޔައިދިން ގޮތުގައި ފާހާނާއަށް ވެސް އަދި ކޮޓަރި ތެރެއަށް ވެސް އެހެން މީހަކު ވަދެފައި ހުރި ކަމަށް ޝައްކުވާ ކަހަަލަ ކަމެއް ފެންނާކަށް ނެތެވެ.
އުމުރުން 27 އަހަރުގެ އެ އަންހެން މީހާ ގާފަރަށް ދިޔައީ ބުދަ ދުވަހު ކަމަށްވެ އެވެ. އޭނާ މަރުވެފައި އޮތްކަން އެނގުނީ އިއްޔެ ޗެކްއައުޓްވާންޖެހޭ ގަޑި ޖެހުނު އިރު ވެސް ކޮޓަރިން ނުނިކުމެގެން ގެސް ހައުސްގެ މީހުން ފުލުހުންނާ އެކު ގޮސް ވަދެ ބެލުމުންނެެވެ.
"އޭނާ ރަށަށް އައި ފަހުން އުޅުނީ އެކަނި. ދަންވަރު އެކަނި މޫދަށް ވެސް އެރި އުޅެނިކޮށް ފެނުނު ކަމަށް މީހުން ބުނޭ. އެހެންވެ ޝައްކުވާ ކަހަލަ ކަންތައްތަކެއް ކުރިން ވެސް ފެނިފައި ހުރީމާ ކަންނޭނގޭ ގެސްޓް ހައުސް މީހުން ފުލުހުންނާ އެކު ގޮސް ކޮޓަރިއަށް ވަނީ،" ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާ ހުރި ގެސްޓްހައުސް އިން އޭނާ ޗެކިން ކުރުވީ އެއްވެސް ކަހަލަ އައިޑެންޓިޓީއަކާ ވެސް ނުލަ އެވެ. އެހެންވެ އޭނާ މަރުވި ފަހުން އެއީ ކާކުކަން ކަށަވަރުކުރަން ވެސް ވަގުތުތަކެއް ނެގި އެވެ. ގެސްޓްހައުސް ގަވާއިދު އޮންނަ ގޮތުން އެތަންތަނަށް ޗެކިންވާ މީހުންގެ މައުލޫމާތު ގެސްޓްހައުސަށް އެނގެން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްރާހު
23 March 2022
މީ ވަރަށް ހިތާމަވެރި ކަމެއް، ކޮންމެސް ކަމަކާ ދެރަވެ އެކަނިވެރިވުމުން އެހެން ގޮސް އުޅޭނީ، މިތާ މީހުންނަކީ އެހެން އަދި ގޮސް އެޅުނަސް ޝައްކުކުރެވެންޏާ ހާލުބަލާކަށްވެސް ނުކެރޭނެ، ކުޑަ ގައުމަކަސް ވަރަށް އާއިލީގޮތުންވިޔަސް އަދި ދޭދޭ މީހުންގެ ގޮތުންވިޔަސް އަޅާލުން ކުޑަ ތަނެއް، މީހުންނަށް އެހީވުމާ ހާލުބެލުމާ އެއްގޮތަކަށްވެސް ނެތް ސުމެއްގެ ގައުމެއް
އަހުމަދުބޭ
24 March 2022
މިސާލަކަށް މަސްރާހް އެހެން ތަނަކަށްގޮސް އުޅޭއިރު އިރުއިރުކޮޅައި ކޮންމެވެސް މީހަކަު އައިސް ބޭކާރު ސުވާލްކުރާނަމަ ހިއްހަމަޖެހޭނެތޯ، މަރުވެދިޔަމީހައި އެހުރީ ގެސްޓުހައުސްގައި ގެސްޓުހައުން ހޮޓައިތަކަށް މީހުންގޮސް އުޅެނީ ހިއްހަމަޖައްސައިލައި ބޯހަމަޖައްސާލަން ދެން ގެސްޓުންނަށް އުނދަގޫވެދާނެތީ ގެސްޓުންނާ ވާހަކަދައްކާ ނުހަދާނެ، މިތާމީހުންނޭ ތިޔަކިޔަނީ ދުނިޔޭގެ ކޮންގައުމެއްގެ މީހުންތޯ ގެސްޓުންނާ ސުވާލްކޮށް ވެގެންއުޅޭގޮތް އޮޅުންފިލުވަނީ
އިއްޔެރޭ
23 March 2022
އެހާ އުމުރުގެ ދިވެހި އަންހެނުން އެހެން އެކަނި ގެސްޓްހައުސްއިން ރޫމް ހިފައިގެން ގޮސް އުޅުމަކީ މިގައުމުގައި މިހާ އާއްމު ކަމަކީތަ؟
މާދަންރެ
24 March 2022
ނޭނގޭތަ އެކަމެއް؟
ބުއްރާސް
23 March 2022
ފުރަތަމަ ކަމަކީ މީގެ 20 އަހަރު ކުރީގަވެސް ތަނެއް ކުއްޔަށް ހިފާއިރު އައިޑީ ކާޑު ބަލާފަ ފޮތުގަ ލިއެފަ ސެކިއުރިޓީ ފައިސާނަގާފަ ދެން ކޮޓަރީގެ ތަޅުދަޑި ހިފައިގެން އައިސް ކޮޓަރި ހަވާލު ކުރަނީ
ސައިމް
23 March 2022
އަންހެންކުދިންނަށް ކުޑައިރު އަމުރުކުރަން ޖެހޭނެ "ދަތުރުކޮށް މިނިވަންކޮށް ނޫޅެވޭނެ"
ސައިޚް
23 March 2022
ގެސްޓް ހައުސްއަށް ނޭންގޭ ކޮން ގައުމެއްގެ މީހެއްކަންވެސް ދޯ.؟އަންހެނެއްކަން އެނގުނު.؟
ލާމަސީލު
23 March 2022
ގެސްޓްހައުސް ގައި ޑަބަލްކީ އޮންނާނެ. އަނެއްކާ އެއްވެސް އައިޑެންޓިޓީ އަކާއި ނުލައި ރޫމް ކުއްޔަށްދިނީ އެތަނުގެ ކޮންމެވެސް މީހަކު އެރޫމްއަށްލިބޭ ފައިސާކޮޅުން ކަޓްނަގަންކަމަށް ބެލެވޭ. ފައިސާއަށްޓަކައި ކުރިންވެސް ރަށްރަށުގަ ދިވެހިންގެ ފުރާނަ ދުއްވާލާފަ އެބަހުރި. ފުރަތަމަ ބަލަން ޖެހޭނީ ރޫމް ސާރވިސް ބަލަހައްޓަނީ ކޮންގައުމެއްގެ ކާކުތޯ؟؟؟
ޢަރުތަ
22 March 2022
އަމިއްލައަށް ދަން ޖެހެންކެރުމާ، އަމިއްލައަށް ކަރުގަ ވަޅި އަޅަންކެރުމާ ވަރަށް ތަފާތު، އެކަމަކުވެސް ނޭގެ ހަމަ އަމިއްލައަށް ކަރުގަ ވަޅިވެސް ނާޅާނެކޭ ބުނާކަށް ނުކެރޭނެ.
ހަމް67
22 March 2022
މީގަ ވަރަށް ގޯސް އެބައުޅޭ
ޖެނިފާފެއާގޭޓް
22 March 2022
ހަނދާނަށް އަންނަނީ ޖެނިފާ ފެއާގޭޓް ގެ ކޭސް. މީގެ އަހަރުތަކެއް ކުރިން ނޯވޭގެ ހޮޓެލް ރޫމެއްގަ މަރުވެފަ އޮތް ގޮތް ނޭނގޭ އަންހެން މީހާ. އޭނަގެ ބޮލަށް ބަޑިޖަހާފަ އޮތްއިރު، ބަޑި އޮތީ އަތުގަ. އެކަމަކު ފޮރެންސިކް އެކްސްޕާޓުން ބުނަނީ އަމިއްލަ ބޮލަށް ބަޑިޖަހާއިރު ރީކޮއިލް ވެފަ ބަޑި އަތުން ވެއްޓޭނެއޭ. އެހެންވީމަ ހީވަނީ މީހަކު ކޮށްފަ އޮތް ކަމެއްހެން.
ޖެނިފަ
23 March 2022
އެކަމަކު އެތަނަށް ދެވަނަ މީހަކު ވަދެފަ ހުރި ކަމުގެ އެއްވެސް ނިޝާނެއް ނެތް. އަދި އަދަށް ދާންދެންވެސް އެ ކޭސް ސޯލްވް އެއް ނުވޭ. އަދި އެ އަންހެން މީހާގެ އަސްލު އައިޑެންޓިޓީ ވެސް ދެނެގަނެވިފައެއް ނުވޭ.
ޝެފް
22 March 2022
ސައުންޑްސް ފިޝީ